Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗް

ދުނިޔޭގެ 32 ވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސް މި އަހަރު ރާއްޖޭގައި

މިފަދަ ކޮންފަރެންސެއް އެ ހޮސްޕިޓަލުގައި ބޭއްވުމަކީ އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެކަމެއްް ކަމަށް އައިޖީއެމްއެޗުން ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް, ރާއްޖެ އެމްވީ | 12 އެޕްރީލު 2023 | ބުދަ 13:07
ކޮންގްރެސްގެ ޕްރެޒިޑެންޓް ސަރޖަރީއެއްގައި

ކޮންގްރެސްގެ ޕްރެޒިޑެންޓް ސަރޖަރީއެއްގައި

ދުނިޔޭގެ 32ވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސް މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ކްރޭނިއޯ-މެކްސިލޯފޭޝަލްއަކީ އުފެދުމުގައި ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ލޮލާ ނޭފަތް އަދި ބޯ ހިމެނޭހެން ކަރުންމަތީގެ ގުނަވަންތަކަށް އަދި މޫނުގެ އައިބުވެފައި ހުންނަ ކަށިތައް ރަނގަޅު ބައްޓަމަކަށް ގެނެސްދިނުމަށް ހަދާ ސާރޖަރީއެކެވެ. މިފަދަ ސާރޖަރީއެއް ހެދުމުން ބަލާލަން ރީތި ވެފައި އައިބުތައް ފިލުވާލަދެއެވެ.

Advertisement - newsAdvertisement

މިއަހަރުގެ ކޮންގްރެސްއަކީ އިންޓަރނޭޝަންލް ކޮލެޖް އޮފް މެކްސިލޯފޭޝިއަލް ސާރޖަރީ (އައި.ސީ.އެމް.އެފް.އެސް) ގެ ކޮންފަރެންސްއެކެވެ. މިފަދަ ބައްދަލުވުންތަކުގައި މިކަމާއި ގުޅިގެން ހޯދިފައިވާ ކުރިއެރުންތަކާއި، އައު ވިސްނުންތަކާއިި އަދި ކުރެވެމުންދާ ދިރާސާތަކާއިބެހޭ ވާހަކަތައް ބަދަލުކޮށްހަދާނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. މި ކޮންގްރެސް ގެ ޕްރެޒިޑެންޓަކީ އަވަށްޓެރި އިންޑިއާގެ ޕްރޮފެސަރ ޑޮކްޓަރ އެސް.އެމް. ބާލާޖީއެވެ.

ޕްރޮފެސަރ ޑރ. ބަލާޖީ އަކީ އޮނޮރަރީ ކޮންސަލްޓަންޓް ފޭޝިއޯމެކްސިލަރީ ސަރޖަން އެއްގެގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅެކެވެ. ފާއިތުވި އަހަރުތަކުގެ ތެރޭގައި އައި.ޖީ.އެމް.އެޗް އަދި ރީޖަނަލް ހޮސްޕިޓަލްގައި އޭނާ ވަނީ ގިނަ އޮޕަރޭޝަންތައް ކުރައްވާފައެވެ. ސްވިޒަލޭންޑް އަދި ކެނެޑާގައި ބޭއްވުނު ދުނިޔޭގެ ކްލެފްޓް ކޮންގްރެސްގައި އެންމެ މޮޅު ސައިންސް ތަހުލީލުތަކާއި ބެހޭ ކަރުދާސް، ދެފަހަރުމަތިން ހާސިލް ކުރުމާއެކު އިންޑިއާގެ އެސޯސިއޭޝަން އޮފް އޯރަލް އެންޑް މެކްސިލޮފޭޝަލް ސާރޖަންސް ގެ ފަހުރުވެރި "ޖިންވާލާ" ޓްރޮފީ އަދި އޭޝިއަން އެސޯސިއޭޝަން އޮފް މެކްސިލޮފޭޝަލް ސަރޖަރީ އިން ރަން މެޑަލް ހާސިލްކުރައްވާފައިވެއެވެ. އަދި ޓެމިލްނާޑޫ ސަރުކާރުގެ ފަރާތުން ދެއްވާ ސައިންޓިސްޓް އެވޯޑް ހާސިލްކުރެއްވުމުގެ އިތުރުން ޑރ. ބަލާޖީ ލިޔުއްވި ފޮތްތަކަށް ޓެމިލްނާޑޫގެ ސަރުކާރުން ދެއްވާ އެންމެ މޮޅު މެޑިކަލް ފޮތުގެ އެވޯޑުވެސް އެކި ފަހަރުމަތިން ވަނީ ލިބިފައެވެ.  

ދުނިޔޭގެ 32ވަނަ ކްރޭނިއޯ-މެކްސިލޯފޭޝިއަލް ކޮންގްރެސްގެ ޕްރީ ކޮންފަރެންސްތަކެއް އަންނަ މެއި މަހުގެ 1 އަދި 2ގައި ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މޭ 1 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ހޭންޑްސްއޮން ވޯރކްޝޮޕް ގެ މަޢުލޫއަކީ "ކޯޓިކޯ ބާރސަލް އިމްޕްލާންޓޮލޮޖީ" ކަމަށް އައިޖީއެމްއެޗުން ބުންޏެވެ. މި ވޯރކްޝޮޕް ކުރިޔަށް ގެންދާނީ ޑެންޓިސްޓުންނަށް ހާއްސަކޮށް ހުޅުވާލެވިގެން، އިންޑިއާގެ އެކަމާ ގުޅުންހުރި އެންމެ ފުންނާބުއުސް ޑޮކްޓަރުންގެ ޓީމަކުންނެވެ.

ދޭއް މެއިގައި ކުރިއަށްގެންދާ މާސްޓަރ ކުލާހުގެ މަޢުލޫއަކީ "ޕީޑިއަޓްރިކް އެންޑް އެޑަލްޓު ކްރޭނިއޯމެކްސިލޯ ސާރޖަރީ ކޮންޖެނިޓަލް އެންޑް އެކުއާރޑް ޗެލެންޖަސް"އެވެ. މި މާސްޓަ ކްލާސް ކުރިއަގެންދާނީ އެމެރިކާގެ ނިއުޔޯރކް ޔުނިވާރސިޓީގެ ކްރެނިއޯފޭޝިއަލް ޓީމެކެވެ. މި މާސްޓަރ ކުލާހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލެވިފައިވަނީ އޯރަލް ސަރޖަރީ، ޕްލާސްޓިކް ސަރޖަރީ، ނިއުރޯ ސާރޖަރީ ފަދަ ކްރޭނިއޯ މެކްސިލޮފޭޝަލް ސާރޖަރީއާއި ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ މާހިރުންނަށެވެ.

މި ކޮންފަރެންސާ ގުޅޭގޮތުން އައިޖީއެމްއެޗުން ބުނީ މިފަދަ ކޮންފަރެންސެއް އެ ހޮސްޕިޓަލުގައި ބޭއްވުމަކީ އިތުރު ތަޖުރިބާތަކެއް ލިބިގެންދާނެކަމެއްް ކަމަށެވެ. އަދި އެ ހޮސްޕިޓަލުގެ ސިއްޙީ ދާއިރާ ކުރިއެރުމަށްލިބޭ އިތުރު ފުރުސަތެއް ކަމަށް ވެސް ބުންޏެވެ.

އައި.ސީ.އެމް.އެފް.އެސްގެ ތިންދުވަހުގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ހަމަޖެހިފައިވަނީ ބަނޑޮސް އައިލެންޑު ރިސޯޓުގައެވެ.މެއި 3-5 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންގްރެސްގައި މުޅި ދުނިޔޭގެ އެކި ހިސާބުތަކުން ފުންނާބުއުސް ސިއްޙީ މާހިރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ފެބުރުއަރީ
ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު
20251 އަހަރު ކުރިން
ރާއްޖެ

ރޯދަ މަސް އެކީ މަޖިލިސް ޗުއްޓީ އަށް ދާން އެމްޑީޕީ މެމްބަރުން ދެކޮޅު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!
20242 އަހަރު ކުރިން
ރިޕޯޓު

އޭރަކު ނުވި ސިއްރެއް، މިހާރު އެކަމަކު ސިއްރެއް!

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް
20233 އަހަރު ކުރިން
ރާއްޖެ

އަނބިމީހާއަށް ގެވެށި އަނިޔާކުރި މައްސަލަ: އަނބިމީހާ ބުނަނީ ގަޔަށް ވަޅި ހެރިފައިވަނީ ނިދީގައި ފުރޮޅެމުން ކަމަށް

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި
20224 އަހަރު ކުރިން
ރިޕޯޓު

ސީރިއަސްކަން އެނގުނީ ތިން ދަރިން ބަލައި ދިނުމަށް ވަސިއްޔަތް ކުރުމުން، މިހާރު ވަނީ ވޯޑަށް ބަދަލުކުރެވިފައި

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގަބުރުސްތާނުން ވިނަނޮޅައި މަހާނަގައު ސާފުކުރާ ބާރައަހަރުގެ އަންހެން ކުއްޖެއްގެ ވާހަކަ!

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ވެލިދޫގައި ދެ އަންހެން ފަތުރުވެރިން ކައިވެނި ކުރި ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށްފި

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު
20188 އަހަރު ކުރިން
ރިޕޯޓު

ފުރަތަމަ ފިލްމުގެ ފުރަތަމަ ލަވަ: މުޅި ދުނިޔެއަށް މަޝްހޫރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު