Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން

މާލެސިޓީ ކައުންސިލްގެ މިއަހަރުގެ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފި

3 މާރިޗު 2023 | ހުކުރު 02:19

މާލެސިޓީ ކައުންސިލްގެ ނިމިދިޔަ 2022 ވަނައަހަރު ކުރެވުނު މުހިންމު މަސައްކަތްތަކުގެ އުސްއަލިތައް ހުށަހެޅި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 3 މާރިޗު 2023 | ހުކުރު 02:19
މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން

މާލެ ސިޓީ ކައުންސިލުން ރައްޔިތުންނާ ބައްދަލުކުރުން

ސިޓީ ކައުންސިލްތަކުން ކޮންމެ އަހަރު ބާއްވަން ލާޒިމްކުރާ ރައްޔިތުންގެ ބައްދަލުވުންތަކުގެ ތެރެއިން މި އަހަރުގެ ފުރަތަމަ ބައްދަލުވުން މާލެ ސިޓީ ކައުންސިލުން ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ބުރާސްފަތި ދުވަހުގެރޭ އާރޓިފިޝަލް ބީޗް ސަރަޙައްދުގައެވެ.

Advertisement - newsAdvertisement

މިފަހަރުގެ ރައްޔިތުންގެ ބައްދަލު ވުންވެސް ކުރިއަށް ގެންގޮސްފައިފައިވަނީ މީގެ ކުރީގެ ބައްދަލު ވުންތަކެކޭ އެއްފަދައިން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދާ ރައްޔިތުން ބޭނުންވާ ކަންކަން މާލެ ސިޓީގެ މޭޔަރ ޑރ މުޙައްމަދު މުޢިއްޒު އާއި އަދި ކައުންސިލަރުންނާއި ޚިއްސާ ކުރުމުގެ ފުރުޞަތު ހުޅުވާލައިގެންނެވެ.

މި ބައްދަލުވުމުގައި މާލެސިޓީ ކައުންސިލްގެ ނިމިދިޔަ 2022 ވަނައަހަރު ކުރެވުނު މުހިންމު މަސައްކަތްތަކުގެ އުސްއަލިތަކާއި، ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މުހިންމު މަޝްރޫޢުތަކާއި، ކައުންސިލް ހިންގުމަށް ދިމާވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ އަހަރީ ރިޕޯޓާއި މާލެސިޓީ ކައުންސިލްގެ ނިމިދިޔަ އަހަރުގެ ބަޖެޓް ރިޕޯޓްވެސް ވަނީ ހުށަހަޅާފައެވެ.

ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެސިޓީގެ ރައްޔިތުންނަށް ބޭނުން ޖެހިފައިވާ އެންމެ ބޮޑު މައްސަލަ ކަމުގައިވާ ގެދޮރާއި ބިމުގެ ދަތިކަމާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދައިދިނުމަށް ކައުންސިލުން ކުރެވުނު ގިނަ މަސައްކަތްތަކާއި އެކަމުގައި ކައުންސިލަށް ލިބެންޖެހޭ އެއްބާރުުލުން ސަރުކާރުން ދެއްވާފައިނުވާކަމުގެ ކަންބޮޑުވުން މޭޔަރު ހިއްސާކުރެއްވިއެވެ.

މީގެއިތުރުން މާލޭގެ މަގުތަކުގެ މައްސަލަ ހައްލުކުރުމަށް ކައުންސިލުން ކުރި މަސައްކަތްތަކުގެ ތަފްޞީލާއި، އެކަންކުރިއަށްނުދިޔަ ސަބަބާއިއެކު ތޮއްޖެހިފައިވާ މާލޭގެ ޕާކިން މައްސަލައަށް އެދެވޭ ހައްލެއް ހޯދައިދިނުމަށް ހަތަރުވަނަ ދައުރުގެ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް މޭޔަރު މުޢިއްޒުވަނީ ތަފްޞީލް ކޮށްދެއްވާފައެވެ.

ބައްދަލުވުމުގައި އެންމެ މުހިންމު އެއްކަމެއްގެ ގޮތުގައި މާލެސިޓީގެ މިސްކިތްތަކަކީ މާލޭގެ އެންމެ ރީތި އަދި އެންމެ ރައްކާތެރި ތަންތަނުގެ ގޮތުގައި ހެދުމަށް ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލްވެސް ރައްޔިތުންނާއި ހިއްސާކުރެވުނެވެ.

ވިލިމާލޭގައި ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދަން ނިންމާފައިވާ މުހިންމު ޚިދުމަތްތަކުގެ ތެރެއިން ބަގީގެ ޚިދުމަތާއި، ވިލިމާލޭގައި ތަރައްޤީ ކުރުމަށް ނިންމާފައިވާ ޕިކްނިކް ދިޔުމަށް ޚާއްޞަ ސަރަޙައްދަކާއި އިލެކްޓްރިކް ވެހިކަލް ޗާރޖުކުރާ ސްޓޭޝަންއާއި، ޒަމާނީ ކާބޯތަކެތި ވިއްކާ ގާޑިޔާތަކާއި ތަފާތު ކުޅިވަރު ހިމެނޭ ކުޑަކުދިންގެ ޕާރކަކާއި ފުޓްސެލް ދަނޑުތައް ފަދަ ގިނަ މަޝްރޫޢުތަކެއް ކުރިޔަށް ގެންދިޔުން އެކި މަރުޙަލާތަކުގައި ވާކަން ބައްދަލުވުމުގައި މޭޔަރު ފާހަގަކުރެއްވިއެވެ.

މޭޔަރުގެ ވާހަކަފުޅުގައި ރައްޔިތުންނަށް ގިނަ އުންމީދުތަކެއް ދެއްވަމުން ވިދާޅުވީ ރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ މާލެސިޓީ ކައުންސިލަކީ ވަޢުދެއްކޮށްފިނަމަ އެ ވަޢުދެއް ހަނދާނުގައި ދަމަހައްޓާ ބައެއްކަމަށާއި، ބަހެއް ބުނެފިނަމަ އެ ބަހެއްގެ އިތުބާރު ހިފަހައްޓާ ބައެއްކަމަށެވެ. މާލެސިޓީ ކައުންސިލްގެ މިއަހަރުގެ ރައްޔިތުންގެ ބައްދަލުވުމުގައި މާލެސިޓީގެ ހުރިހާ އަވަށްތަކުން ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެ ތަފާތު ޚިޔާލުތައްވަނީ ހުށަހަޅާފައެވެ.  

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް