Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމްޓީޑީސީއަށް 15 އަހަރުފުރުން

އެމްޓީޑީސީގެ އައު ލޯގޯ، ވެބްސައިޓް އަދި ހެޑް އޮފީސް މަޝްރޫއު އިފްތިތާހުކޮށްފި

9 ފެބުރުއަރީ 2023 | ބުރާސްފަތި 02:05

މި އޮފީހަކީ 6،000 އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި އަޅައި ހަތް ބުރީގެ އިމާރާތެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 9 ފެބުރުއަރީ 2023 | ބުރާސްފަތި 02:05
އެމްޓީޑީސީގެ އައު ލޯގޯ، ވެބްސައިޓް އަދި ހެޑް އޮފީސް މަޝްރޫއު އިފުތިތާހުކުރުން

އެމްޓީޑީސީގެ އައު ލޯގޯ، ވެބްސައިޓް އަދި ހެޑް އޮފީސް މަޝްރޫއު އިފުތިތާހުކުރުން

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގެ ޒަމާނީ އައު ވެބްސައިޓާއެކު އެ ކޯޕަރޭޝަންގެ އައު ލޯގޯ އިފުތިތާހުކޮށްފިއެވެ.

އެ ކޯޕަރޭޝަނަށް 15 އަހަރު ފުރުން ފާހަގަކުރުމަށް ކުރުނބާ މޯލްޑިވްސްގައި ބުދަ ދުވަހުގެރޭ އޮތް ޚާއްސަ ހަފުލާގައި އައު ލޯގޯއާއި ވެބްސައިޓްގެ އިތުރުން އެ ކުންފުނީގެ ހެޑް އޮފީސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ.

Advertisement - newsAdvertisement

މި އޮފީހަކީ 6،000 އަކަފޫޓަށްވުރެ ބޮޑު ބިމެއްގައި އަޅައި ހަތް ބުރީގެ އިމާރާތެކެވެ. މި އޮފީހުގައި މަލްޓި ޕާޕަސް ހޯލަކާއި، ޕާކިން އޭރިއާއަކާއި ޖިމަކާއި ބިޒްނަސް ލޯންޖެއްގެ އިތުރުން އޯޕަން އޭރިއާ ޓެރަހެއް ހުންނާނެއެވެ.

މި އޮފީސް އިމާރާތް ހުންނާނީ ހުޅުމާލެ ސެންޓްރަލް ޕާކު ކުރިމަތީގައެވެ. މި އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނި މިއަހަރުގެ ދެ ވަނަ ކުއާޓަރގައެވެ. އަދި އިމާރާތް ތަރައްޤީކޮށް ނިންމާ ރަސްމީކޮށް ހުޅުވަން ހަމަޖެހިފައިވަނީ 2024 ވަނަ އަހަރުގެ ފަހުކޮޅުގައިކަމަށް އެމްޓީޑީސީން ބުންޏެވެ.

މީގެއިތުރުން އެ ކުންފުންޏަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންނަށް އަގުވަޒަން ކުރުމުގެ ގޮތުން ވަނީ ހަނދާނީ ފިލާ ދީފައެވެ.

އެގޮތުން މި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނެވެ.

އެމްޓީޑީސީ ތަރައްގީކޮށް، ހިންގަމުން އަންނަނީ މައިނާ އިންޓަނޭޝަނަލް ކުންފުންޏަށް ސަބް ލީޒްކޮށްގެން ހިންގާ ބ. ކިހަވަށް ހުރަވަޅި (އަނަންތާރާ ކިހަވަށް) އަދި ތުރުކީގެ އަހްމެޓް އައިދިޒް ކުންފުންޏަށް ސަބް ލީޒް ކޮށްގެން ހިންގާ ގދ. މަގުދުވާ (އަޔާދާ މޯލްޑިވްސް)އެވެ.

އެމްޓީޑީސީގެ 47 ޕަސެންޓް ހިއްސާ ސަރުކާރަށް އޮތްއިރު، 53 ޕަސެންޓް އޮތީ އާންމުންނަށެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

އިތުރަށް ކިޔާލަން

05 ޖޫން 2017

ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް!

05 ޖޫން 2017
ޖޭޕީގެ ދިދަ އާއި ލޯގޯ ބޭނުން ނުކުރަން އެންގި މައްސަލައިގައި ކޯޓަށް!
04 ޖޫން 2017

ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން

04 ޖޫން 2017
ޖޭޕީގެ ލޯގޯ އާއި ދިދަ މަނާކުރުމަކީ ޕާޓީ ހުއްޓުވުން: އަމީން
04 ޖޫން 2017

ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި

04 ޖޫން 2017
ޖުމްހޫރީ ޕާޓީގެ ލޯގޯ އާއި ދިދަ ބޭނުންކުރުން މަނާކޮށްފި
15 މެއި 2017

އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި

15 މެއި 2017
އައު ކައުންސިލަރުން ހުވާ ކުރުމަށް އަންނަ ޖޫން މަހުގެ 3 ވަނަ ދުވަސް ކަނޑައަޅައިފި
14 އެޕްރީލު 2017

ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި

14 އެޕްރީލު 2017
ސަރުކާރުގެ އަނިޔާވެރިކަން ނިމުމަކަށް އައުން އެދި ގިނަ ބަޔަކު ދުއާކޮށްފި
30 މާރިޗު 2017

ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި

30 މާރިޗު 2017
ކެރެންޏާ މަޝްވަރާތަކަށް އައުމަށް އިދިކޮޅު ފަރާތްތަކަށް ސަރުކާރުން ގޮވާލައިފި
01 މާރިޗު 2017

ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި

01 މާރިޗު 2017
ނޭޝެނަލް އެސެސްމަންޓް އޮފް ލާނިންގ އައުޓްކަމްސް ގެ ނަތީޖާ އާއްމުކޮށް ރިޕޯޓް ނެރެފި
13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް ތައާރަފުކޮށްފި
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް