Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޗައިނާގެ ސްޕައި ބެލޫން

އެމެރިކާއިން ނައްތާލި ޗައިނާގެ ސްޕައި ބެލޫންގެ ބައިތައް އެމެރިކާއިން ދައްކާލައިފި

ކަނޑު އަޑީގެ ޑްރޯންތަކާއި އެހެންވެސް އާލާތްތައް ބޭނުންކޮށްގެން އެމެރިކާގެ ނޭވީން ގެންދަނީ ބެލޫންގެ ހުރިހާ ބައިތަކެއް ހޯދައި ހަމަކުރުމުގެ މަސައްކަތް ކުރަމުން

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 8 ފެބުރުއަރީ 2023 | ބުދަ 16:05
ވައްޓާލި ސްޕައި ބެލޫންގެ ބައިތައް ކަނޑުން ނަގަނީ

ވައްޓާލި ސްޕައި ބެލޫންގެ ބައިތައް ކަނޑުން ނަގަނީ

އެމެރިކާގެ އަސްކަރިއްޔާއިން މިދިޔަ ހަފުތާގައި އެޓްލާންޓިކް ކަނޑު ތެރެއަށް ވައްޓާލި ޗައިނާގެ ސްޕައި ބެލޫންގެ ބައިތައް ފުރަތަމަ ފަހަރަށް އެމެރިކާއިން ދައްކާލައިފިއެވެ. އެމެރިކާގެ ނޭވީން އަންގާރަ ދުވަހު ވަނީ، ކަނޑުތެރޭން ބެލޫންގެ ބައިތައް ނަގާތަން ފެންނަ ފޮތޯތަކެއް ހާމަކޮށްފައެވެ. އަދި ވައިޖަހާ ކަހަލަ ލުއި ލޯންޗުތަކާއި ކަނޑު އަޑީގެ ޑްރޯންތައް ބޭނުންކޮށްގެން ނޭވީ ސިފައިން ގެންދަނީ ބެލޫންގެ ހުރިހާބައިތައް ހޯދައި ހަމަކުރުމުގެ މަސައްކަތް ކުރަމުންނެވެ. ދުއިސައްތައެއްހާ ފޫޓު އުސް ބެލޫންގައި، ސެންސަރ ހަރުކޮށްފައިވާ ބޮޑު ޕެކޭޖެއް އަޅުވާފައިވާކަމަށްވެއެވެ. މި ޕެކޭޖްގެ ބޮޑުމިން ކުޑަ ޖެޓެއްވަރު ވާކަމަށް އެމެރިކާގެ ނޮދަރން ކޮމާންޑްގެ ވެރިޔާ ޖެނެރަލް ގްލެން ވިދާޅުވެފައިވެއެވެ.

ޗައިނާއިން ބުނެފައިވަނީ ބެލޫނަކީ މޫސުން ބެލުންފަދަ މަދަނީ ބޭނުންތަކަށް ދޫކޮށްފައިވާ އެއަރޝިޕެއް ކަމަށެވެ. ނަމަވެސް އެމެރިކާއިން ބުނަނީ އެއީ އަސްކަރީ އާލާތެއް ކަމުގައެވެ. އަދި އެމެރިކާގެ ވައިގެ ސަރަހައްދުގެ ތެރެއަށް ވަދެފައިވާކަން ގަބޫލު ނުކުރެވޭނެ ކަމަށް ބުނެފައިވެއެވެ. އަދި ބެލޫންގެ އެއްވެސް ބައެއްގައި ނުރައްކާތެރި ގޮވާ ތަކެތި އެކުލެވިފައިވޭތޯ ބެލުމަށް އެމެރިކާ ސިފައިން ޚާއްސަ ސަމާލު ކަމެއް ދެމުން ދާކަމަށް ޚަބަރުތައް ބުނެއެވެ.  

ޗައިނާގެ ސްޕައި ބެލޫން އެމެރިކާ މުހިންމު ސްޓޭއެއް ކަމަށްވާ މޮންޓާނާ މަތިން ފެނުމާއެކު އެ ދެ ގައުމުގެ ގުޅުންތަކަށް ވަނީ ކިލަނބުކަން އައިސްފައެވެ. އަދި ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިކަން ޗައިނާއަށް ކުރައްވަން އޮތް ދަތުރު ފުޅެއްވެސް ވަނީ ފަސްކުރައްވާފައެވެ.

މޮންޓާނާއަކީ އެމެރިކާގައި ނިއުކްލިއަރ ހަތިޔާރު ގުދަން ކޮށްފައި ހުންނަ އެއް ތަނެވެ. އަދި ހަތިޔާރު ފޮނުވާލުމަށް ބޭނުންކުރާ މަރުކަޒެއްވެސް މޮންޓާނާގައި ހުރެއެވެ.

އެޓްލާންޓިކް ކަޑަށް ސްޕައި ބެލޫން ވައްޓާލި ފަހުން އޭގެ ދެވަނަ އެއްޗެއްވެސް ލެޓިން އެމެރިކާ މަތިންވެސް ފެނިފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

އިތުރަށް ކިޔާލަން

10 މާރިޗު 2017

އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ

10 މާރިޗު 2017
އެމެރިކާއިން ސީރިޔާއަށް އިތުރު 400 ސިފައިން ފޮނުވަނީ
07 މާރިޗު 2017

މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު

07 މާރިޗު 2017
މިޔަންމާ އާއި އިންވެގެން އޮންނަ ޗައިނާގެ ބޯޑަރު ސަރަހައްދުގައި ހިނގި ހަމަނުޖެހުންތަކުގައި 30 މަރު
07 މާރިޗު 2017

ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި

07 މާރިޗު 2017
ދެކުނު ކޮރެއާގައި މިސެއިލް ޑިފެންސް ސިސްޓަމެއް އެމެރިކާއިން ގާއިމު ކުރަން ފަށައިފި
14 ފެބުރުއަރީ 2017

ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި

14 ފެބުރުއަރީ 2017
ޑްރަގް ޓްރެފިކްކުރާ ކަމުގެ ތުހުމަތުގައި ވެނެޒުއޭލާގެ ނައިބު ރައީސްއަށް އެމެރިކާއިން ދަތިކޮށްފި
09 ފެބުރުއަރީ 2017

ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި

09 ފެބުރުއަރީ 2017
 ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް ޝުކުރު އަދާކުރައްވާ ސިޓީފުޅެއް ފޮނުއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު