Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިޓީ ކައުންސިލުން ކުނިކަހާނެ މީހުން ހޯދުން

ސިޓީ ކައުންސިލުން، މާލެއާއި ވިލިމާލެ ކުނިކަހާނެ މީހުން ހޯދަނީ

17 ޑިސެމްބަރު 2022 | ހޮނިހިރު 02:18

ވިލިމާލެއަށް 28 މީހުންނާއި މާލެއަށް 80 މީހުން ހޯދަން ކައުންސިލުން ވަނީ އިއުލާންކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 ޑިސެމްބަރު 2022 | ހޮނިހިރު 02:18
މާލޭގެ މަގުތައް ސާފުކުރުމުގައި ވެމްކޯގެ މުވައްޒަފުން

މާލޭގެ މަގުތައް ސާފުކުރުމުގައި ވެމްކޯގެ މުވައްޒަފުން

ސިޓީ ކައުންސިލުން 9,600 ރުފިޔާގެ މުސާރައަށް މާލެއާއި ވިލިމާލެ ކުނިކަހާނެ މަސައްކަތު މީހުން ހޯދަން އިއުލާނުކޮށްފިއެވެ.

އެގޮތުން ވިލިމާލެއަށް 28 މީހުންނާއި މާލެއަށް 80 މީހުންނާއެކު ޖުމްލަ 108 މީހުން ހޯދަން އެ ކައުންސިލުން ވަނީ އިއުލާނުކޮށްފައެވެ. އެ މީހުންގެ އަސާސީ މުސާރައަކީ 3،100 ރުފިޔާއަށް ވާއިރު، ސަރވިސް އެލަވަންސްއާއެކު އެމީހުންނަށް މުސާރައިގެ ގޮތުގައި ލިބޭނީ 7،000 ރުފިޔާއެވެ. އަދި އިތުރު ގަޑީގެ އެލަވެންސްގެ ގޮތުގައި 2،600 ރުފިޔާ ވަނީ ކަނޑައެޅިފައެވެ. ސިޓީ ކައުންސިލުން ބުނީ ކޮންމެ މުވައްޒަފަކަށްވެސް ގެއަށް ގެންދަން މުސާރައިގެ ގޮތުގައި 9،600 ރުފިޔާ ލިބޭނެކަމަށެވެ.

Advertisement - newsAdvertisement

އެ ވަޒީފާއަށް ހުށަހެޅުމުގެ ފުރުސަތު ހަމަވާނީ ޑިސެމްބަރ 22 ވަނަ ދުވަހުގެ 14:00އަށެވެ. އަދި އެ ވަޒީފާތަކަށް މީހުން ހޮވުމަށް ބާއްވަ އިންޓަރވިއުތައް އޮންނާނީ މި މަހުގެ 25 ވަނަ ދުވަހާއި އަންނަ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހާ ދެމެދުއެވެ.

މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގައި ކުނި ކެހުމުގެ މަސައްކަތް މިހާރު ކުރަނީ ވެމްކޯއިންނެވެ. ނަމަވެސް މާލޭގެ އާންމު ތަންތަނުން ކުނި ނަގަން ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން މިމަހުގެ 26ވަނަ ދުވަހު ހަމަވުމުން، އެ އެއްބަސްވުން އައުނުކޮށް އެ މަސައްކަތް ސިޓީ ކައުންސިލުން ކުރަން އެ ކައުންސިލުން ވަނީ ނިންމާފައެވެ.

އެ މަސައްކަތް މާލޭ ސިޓީ ކައުންސިލުގެ ދަށަށް ބަދަލުކުރުމުން މާލޭގެ އާންމު ތަންތަނުން ކުނި ނެގުމަށް ވޭސްޓް މެނޭޖްމަންޓް ސެކްޝަންގެ ނަމުގައި ޚާއްސަ ސެކްޝަނެއް އުފައްދަން އެ ކައުންސިލުން ވަނީ ނިންމާފައެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމީ، ވެމްކޯއަށް މިހާރު އަހަރަކު ދެމުން އަންނަ 2.5 މިލިއަނަށްވުރެ ހެޔޮ އަގެެއްގައި އެ މަސައްކަތް ކުރެވޭނެކަމަށް ބުނެއެވެ. އެކަމަށް ރައްދުދީ ވެމްކޯއިން މީގެ ކުރިން ބުނެފައިވަނީ، ސިޓީ ކައުންސިލުން އެގޮތަށް ނިންމާފައި ވަނީ އެފަދަ އޮޕަރޭޝަނަކަށް ކުރަންޖެހޭ ޚަރަދުތައް ނުހިމަނާ ކަމަށެވެ.

ވެމްކޯގެ ހުރިހާ މުވައްޒަފުންނަކީ ދިވެހިންކަމާއި، ސިޓީ ކައުންސިލުގެ އެކި މަސައްކަތްތަކުގައި ބިދޭސީން ގިނަކަން ފާހަގަކޮށް، ވެމްކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކައުންސިލުގެ ނިންމުމާއެކު، ވެމްކޯއިން ކުނިކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ މުވައްޒަފުންގެ ވަޒީފާގެ ކުރިމަގާމެދުވެސް ސުވާލުއުފެދިފައިވާ ކަމަށެވެ.

މާލޭގެ އާންމު ސަރަހައްދުތައް ކުނިކަހާ ސާފުކުރުމަށް ވެމްކޯއާ ހަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް