Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަބޫބަކުރު ފައިސަލް

ފައިސަލް ހުރި ގޮޅި ކޮންމެ 10 މިނެޓަކުން ފުލުހުން ދިޔައީ ޗެކްކުރަމުން

ފައިސަލްގެ ހާލު ވަރަށް ކްރިޓިކަލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ޑިސެމްބަރު 2022 | ބުދަ 04:54
ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ނިޝާމާ މުހައްމަދުގެ ފިރިމީހާ އަބޫބަކުރު ފައިސަލް

ހދ. ނޮޅިވަރަމު 28 އަހަރުގެ ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އޭނާގެ ފިރިމީހާ، އދ. ފެންފުށި ރޯޒީ ވިލާ، 32 އަހަރުގެ އަބޫބަކުރު ފައިސަލް ދަންޖެހެން މަސައްކަތް ކުރީ ގޮޅި ކޮންމެ 10 މިނެޓަކުން ފުލުހުން ޗެކް ކުރަމުން ގޮސްފައިވާކަން ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.

ފައިސަލްގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރުމަށް ކޯޓުން ވަނީ ހުއްދަ ދީފައެވެ.

Advertisement - newsAdvertisement

މި މައްސަލައާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ، ފައިސަލް ދަަންޖެހެން މަސަައްކަތް ކުރަނިކޮށް ހޯމަ ދުވަހުގެ ރޭ 23:15 އެހާއިރު ފުލުހުންނަށް ފެނިފައިވާ ކަމަށެވެ. ފައިސަލް ދަންޖެހިފައިވަނީ ކުޅުދުއްފުށީ ފުލުހުންގެ ބަންދުގައި ހުއްޓާއެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

އިތުބާރު ހުރި މަސްދަރަކުން ރާއްޖެއެމްވީއަށް ކިޔާދީފައިވާ ގޮތުގައި، ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި އޭނާ ދަންޖެހެން މަސައްކަތް ކުރީ ބާލީހުގެ އުރަ ގޮޅީގެ ތޭރިތަކުގައި އައްސައިގެންނެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ކޮންމެ 10 މިނެޓަކުން ފުލުހުން ގޮޅި ޗެކް ކުރެއެވެ. އެގޮތުގެ މަތިން އޭނާގެ ގޮޅި ޗެކް ކުރިތާ 10 މިނެޓު ނުވަނިސް ފުލުހުން އަނެއްކާވެސް އެ ގޮޅި ޗެކް ކޮށްފައިވެއެވެ. ވުމާއެކު، އޭނާ ދަންޖެހެން އެޓެމްޕްޓު ކުރިތާ ކުޑަ ވަގުތުކޮޅެއް ނުވަނީސް ފުލުހުންނަށް ވަނީ އެ ސީންއަށް އެޓެންޑުވެވިފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ވިންދު ނެތެވެ. އަދި އެމަރޖެންސީގައި ވަގުތުން ފަރުވާ ފަށާ، ވިންދު އައުމުން އައިސީޔޫއަށް ބަދަލުކުރެވި ވެންޓިލޭޓަރަށްވެސް ވަނީ ލާފައެވެ.

ކުޅުުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފައިސަލްގެ ހާލު ވަރަށް ކްރިޓިކަލް ކަމަށާއި، އަދިވެސް އޮތީ އައިސީޔުގައި ވެންޓިލޭޓަރުގައި ކަމަށެވެ.

ފައިސަލް ދަން ޖެހުމުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ މަޖިލީހަށް ވަނީ މައްސަލައެއްވެސް ހުށަހަޅާފައެވެ. ރައްޔިތުންގެ މަޖިލިހުގެ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެންބަރު އާދަމް ޝަރީފް އުމަރު ވަނީ މި މައްސަލަ މަޖިލިހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ހުށަހަޅުއްވާފައެވެ.

ކުށުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ތިބޭ މީހުން ބެލެހެއްޓުމަކީ ފުލުހުންގެ ޒިންމާއެއްކަން ފާހަގަ ކުރައްވައި އެ ސިޓީގައި އާދަމް ޝަރީފް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ފައިސަލް މިފަދަ ނުރައްކާތެރި އަމަލެއް ހިންގިއިރު، ފުލުހުންނަށް ނޭނގުމަކީ ވަރަށް ބޮޑު އިހުމާލެއް ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމެއްކަމަށް ވިދާޅުވެފައެވެ.

އަދި، މި މައްސަލައިގައި ފުލުހުންގެ އިހުމާލެއްވޭތޯއާއި، އެފަދަ ކަންކަން ކުރިމަގުގައި ދިމާ ނުވާނެ ގޮތްތަކެއް ހެދުމަށް ފުލުހުން މަސައްކަތް ކުރަމުންދޭތޯ ކޮމިޓީ މެދުވެރިކޮށް ބަލައިދިނުމަށް ސިޓީގައި އެދިވަޑައިގެންފައިވެއެވެ.

ނިޝާމާ މުހައްމަދުގެ މަރުގެ މައްސަލައަބޫބަކުރު ފައިސަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި

ނިޝާމާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވައިފި

21 ޑިސެމްބަރު 2022
ފައިސަލް މަރުވި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ: ހޯމް މިނިސްޓްރީ

ފައިސަލް މަރުވި މައްސަލައިގެ ތަހުގީގު ކުރިއަށްދާނެ: ހޯމް މިނިސްޓްރީ

19 ޑިސެމްބަރު 2022
ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފައިސަލް މަރުވެއްޖެ

ނިޝާމާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ފައިސަލް މަރުވެއްޖެ

19 ޑިސެމްބަރު 2022
ނިޝާމާގެ 3 ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި، ހާލަތު ދަނީ މޮނިޓަރކުރަމުން: ޖެންޑަރ

ނިޝާމާގެ 3 ކުދިން ތިބީ ރައްކާތެރި މާހައުލެއްގައި، ހާލަތު ދަނީ މޮނިޓަރކުރަމުން: ޖެންޑަރ

14 ޑިސެމްބަރު 2022
ދަންޖެހެން އުޅުނު ފައިސަލްގެ ހާލު ކްރިޓިކަލް - ހޮސްޕިޓަލް

ދަންޖެހެން އުޅުނު ފައިސަލްގެ ހާލު ކްރިޓިކަލް - ހޮސްޕިޓަލް

13 ޑިސެމްބަރު 2022

އަހަރުތަކުން މިއަދު

14 މެއި
"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް
20251 އަހަރު ކުރިން
ރާއްޖެ

"ނަލަ މަރަދޫ" – އައްޑޫގެ އެހެން ރަށްތަކަށް ނަމޫނާއެއް

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!
20242 އަހަރު ކުރިން
ރިޕޯޓު

އައީ ފޯނުކޯލެއް: ލިބުނީ މުޅި ދިރިއުޅުން ފަހަތަށް ސޮއްސައިލި ޚަބަރު!

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ
20233 އަހަރު ކުރިން
ރާއްޖެ

އާއްމުތަނެއްގައި ބަދުއަހުލާގީ އަމަލު ހިންގި މައްސަލައެއް ފުލުހުން ބަލަނީ

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟
20224 އަހަރު ކުރިން
ރިޕޯޓު

ދުވަސްތައް ފާހަގަކުރަން ކުދިން ލައްވައި ބޮޑު ޚަރަދުތަކެއް، ސްކޫލްތަކަށް ހަމަ ނުވަނީ؟

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި އަނިޔާތައް ފެންނަ ފޮޓޯ އާއްމުކޮށްފި

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް
20197 އަހަރު ކުރިން
ރިޕޯޓު

ފުއާދު ނުދައްކާ ހުރި ހިތްދަތި ވާހަކަތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް
20188 އަހަރު ކުރިން
އިސްލާމް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު