Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލެ ސިޓީ ކައުންސިލް

ޑިސެމްބަރު 26 އިން ފެށިގެން މާލޭގެ އާންމު ތަންތަނުން ކުނި ނަގާނީ މާލެ ސިޓީ ކައުންސިލުން!

7 ޑިސެމްބަރު 2022 | ބުދަ 12:10

ވެމްކޯއާއި ސިޓީ ކައުންސިލާ ދެމެދު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ ޑިސެމްބަރު 26އަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ޑިސެމްބަރު 2022 | ބުދަ 12:10
ވެމްކޯ ކުނި ނެގުން

ވެމްކޯ ކުނި ނެގުން

މި މަހުގެ 26 ގެ ފަހުން މާލެ އާއި ވިލިމާލޭގެ އާންމު ތަންތަނުން ސިޓީ ކައުންސިލުން އަމިއްލައަށް ކުނި ނަގަން ނިންމައި ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރުމަށް އެ ކައުންސިލުން ފާސްކޮށްފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި އެ ކައުންސިލްގެ ބައްދަލުވުމުގައެވެ. ވެމްކޯއާއެކު ވެފައިވާ އެއްބަސްވުން އައު ނުކުރަން މިދިޔަ ސެޕްޓެމްބަރު މަހު ސިޓީ ކައުންސިލުން ނިންމައި އެކަން އިއުލާންވެސް ކުރިއެވެ.

Advertisement - newsAdvertisement

ސިޓީ ކައުންސިލުން "ރާއްޖެ ޓީވީ" އަށް މައުލޫމާތު ދީފައިވާ ގޮތުގައި މާލެ ސަރަހައްދުގެ އާއްމު ތަންތަނުގެ ކުނި ނެގުމަށް ވެމްކޯއާއެކު އެ ކައުންސިލުން ވެފައިވާ އެއްބަސްވުމުގެ މުއްދަތު މި މަހުގެ 26 އަށް ހަމަވާނެއެވެ. އެހެންކަމުން އެ ދުވަހުން ފެށިގެން ކުނި ނަގާނީ އެ ކައުންސިލުގެ މުވައްޒަފުންނެވެ.

އެ ކައުންސިލުން މިގޮތަށް ނިންމީ އެއްބަސްވުމުގެ ދަށުން ވެމްކޯއަށް 2.5 މިލިއަން ރުފިޔާ ޚަރަދު ކުރާއިރު އާއްމު ތަންތަނުގައި ހުންނަ ކުނި ވެމްކޯއަށް ނުނެގި، އެކަން ސިޓީ ކައުންސިލުން މިހާރު ވެސް ކުރަން ޖެހޭތީއެވެ. މީގެ ސަބަބުން ޚަރަދުތައް ބޮޑުވެފައިވާ ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ދަށުން އެކަން ކުރުމަށް އޮންނަނީ ކައުންސިލަށް ކަމަށް ވެސް އެ ކައުންސިލުން ފާހަގަކުރިއެވެ.

ސިޓީ ކައުންސިލުން އެއްބަސްވުން އައު ނުކުރުމަށް ސެޕްޓެމްބަރު މަހު ނިންމުމާ ގުޅިގެން ވެމްކޯއިން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ވެމްކޯއިން ބުނީ ޚަރަދުގެ ގޮތުގައި މުވައްޒަފުން ބެލެހެއްޓުމަށް އަހަރަކު 12 މިލިއަން ރުފިޔާ ސިޓީ ކައުންސިލުން ހުށަހަޅާފައިވާއިރު މިފަދަ ބޮޑު ޚިދުމަތެއް ފޯރުކޮށްދިނުމުގައި ހިމެނޭ އެހެނިހެން ޚަރަދުތައް ކަމުގައިވާ ވެހިކަލް މަރާމާތު ކުރުމާއި ކުނި ރައްކާތެރިގޮތުގައި ނައްތާލުމަށް ކުރަންޖެހޭ ބޮޑެތި ޚަރަދުތަކަށް އެއްވެސް ވަރަކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. އަދި 100 އިންސައްތަ ދިވެހި މުވައްޒަފުން ހިއްސާކުރާ ވެމްކޯގެ ބޮޑު އޮޕަރޭޝަންގެ ތެރެއިން މާލެ ސިޓީގެ ހުރިހާ ސަރަހައްދެއް ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ހުށަހަޅާފައިވާ 100 މުވައްޒަފުންނަކީ އެކަށީގެންވާ އަދަދެއްކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި ސިޓީ ކައުންސިލުގެ މިކުއްލި ނިންމުމާއެކު މިކޯޕަރޭޝަންގެ ކުނި ކެހުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ދިވެހި އެތައް މުވައްޒަފުންނެއްގެ ވަޒީފާގެ ކުރިމަގާއި މެދު މިއަދު ސުވާލު އުފެދިފައިވާ ކަން ވަނީ ފާހަގަކޮށްފައެވެ.

މާލެ ސިޓީ ކައުންސިލުގެ އެކިއެކި މުނިސިޕަލް ޚިދުމަތް ދިނުމުގައި އަމަލީ ގޮތުން އެތަކެއް ބައިވަރު ބިދޭސީ މުވައްޒަފުން ހަރަކާތްތެރިވެއެވެ.

މާލޭ ސިޓީ ކައުންސިލްވެމްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް