Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޖަޕާނު ބަލިކޮށް، ކޮސްޓަރިކާއިން އުންމީދު އާކޮށްފި

27 ނޮވެމްބަރު 2022 | އާދީއްތަ 12:02

ކޮސްޓަރިކާ މޮޅުވީ 1-0ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 27 ނޮވެމްބަރު 2022 | އާދީއްތަ 12:02
ޖަޕާނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗުގެ ތެރެއިން

ޖަޕާނާއި ކޮސްޓަރިކާ ބައްދަލުކުރި މެޗުގެ ތެރެއިން

ފީފާ ވޯލްޑް ކަޕްގައި ޖަޕާނު ބަލިކޮށް ކޮސްޓަރިކާއިން މުބާރާތުގައި ކުރިއަށް ދިއުމުގެ އުންމީދު އާކޮށްފިއެވެ.

އަހްމަދް ބިން އަލީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ކޮސްޓަރިކާއިން ކާމިޔާބުކުރީ 1-0ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުންވެސް މާ އެދެވޭ ކުޅުމެއް ނުފެނުނެވެ. ދެޓީމުންވެސް މަސައްކަތްކުރީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ފުރަތަމަ ހާފު ނިންމާލުމަށެވެ. އިދިކޮޅު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާއެއް ދެޓީމުންކުރެ އެއްވެސް ޓީމަކަށް ނުއުފެއްދެއެވެ.

ދެވަނަ ހާފުގައި ދެޓީމުންވެސް މަސައްކަތްކުރީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ނެރުމަށެވެ. ދެޓީމުންވެސް ދިޔައީ އިދިކޮޅު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ހަމަލާތައް އުފެއްދުމަށް މަސައްކަތްކުރަމުންނެވެ. ކޮސްޓަރިކާ މެޗުން މޮޅުވި ލަނޑު މެޗުގެ 81 ވަނަ މިނެޓުގައި ޖަހައިދިނީ ކޭޝާ ފުލާއެވެ. މިއީ ޖަޕާނުގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި, އޭރިއާގެ ބޭރުން ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ.

މި ލަނޑާއެކު ޖަޕާނުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ދެއަރިމަތީގެ ބޭނުންހިފައި އެޓީމުން ދިޔައީ ފުލުފުލުގައި ހަމަލާތައް އުފައްދަމުންނެވެ. ނަމަވެސް ފުރުސަތުގެ ބޭނުންހިފައި، ގޯލުގެ ތެރެއަށް ބޯޅަ ފޮނުވައެއް ނުލެވުނެވެ.

މި މެޗަށް ނުކުތްއިރު، މީގެ ކުރިން މި ދެޓީމު ވަނީ ރަހުމަތްތެރިކަމުގެ ފަސް މެޗެއްގައި ބައްދަލުކޮށްފައެވެ. މީގެ ތެރެއިން ހަތަރު މެޗުން ޖަޕާނު މޮޅުވިއިރު, އެއް މެޗުން ވަނީ އެއްވަރުވެފައެވެ. ޖަޕާނުން މޮޅުވި ހަތަރު މެޗުގެ ތެރެއިން ކޮންމެ މެޗެއްގައިވެސް އެޓީމުން ވަނީ ކޮސްޓަރިކާ ކޮޅަށް ތިން ލަނޑު ޖަހާފައެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ޖަޕާނު ވަނީ ފަހަތުން އަރައި 2-1ން ޖަރުމަނު ބަލިކޮށްފައެވެ. ކޮސްޓަރިކާގެ ފުރަތަމަ މެޗުގައި ސްޕެއިން އަތުން ބަލިވީ 7-0ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެހެންކަމުން މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމަށް މި މެޗުން މޮޅުވާން ކޮސްޓަރިކާއަށް އޮތީ މަޖުބޫރުވެފައެވެ.

މެޗުން މޮޅުވެގެން ލިބުނު ތިން ޕޮއިންޓާއެކު ކޮސްޓަރިކާ އޮތީ ގްރޫޕް އީގެ ތިންވަނަ މަގާމުގައެވެ. އެއްވަނާގައި އޮތް ސްޕެއިނާއި ދެވަނާގައި އޮތް ޖަޕާނަށްވެސް ލިބެނީ ތިން ޕޮއިންޓެވެ. ފުލުގައި އޮތް ޖަރުމަނަށް ޕޮއިންޓެއް ނުލިބެއެވެ.

މި ގްރޫޕްގައި ޖަރުމަނާއި ސްޕެއިން ވާދަކުރާ މެޗު އޮންނާނީ ރާއްޖެ ގަޑިން މިރޭ ދަންވަރު 12 ޖަހާއިރުއެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
14 ޖެނުއަރީ 2017

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
08 ޖެނުއަރީ 2017

ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި

08 ޖެނުއަރީ 2017
ގަތަރު އޯޕަން ޓެނިސް މުބާރާތް: މަރޭ ބަލިކޮށް ޖޮކޮވިޗް ތަށި ދިފާއުކޮށްފި
08 ޖެނުއަރީ 2017

އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް

08 ޖެނުއަރީ 2017
އެފްއޭކަޕް: ރަޝްފަޑްގެ ދެ ލަނޑުން ރެޑިން ބަލިކޮށް ޔުނައިޓެޑް ހަތަރުވަނަ ބުރަށް
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
06 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި

06 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ޑެލެ އަލީގެ ދެ ލަނޑުން ޓޮޓެންހަމް އިން ޗެލްސީގެ އުންމީދުތައް ފެނަށް ދުއްވާލައިފި
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކްރިސްޓަލް ޕަލަސް ބަލިކޮށް އާސެނަލް ތިންވަނަ އަށް ޖެހިލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް