Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެންމެ ނުތާހިރު މީހާ މަރުވުން

ފެންނުވަރާތާ ބައިގަރުނަ އަށް ފަހު އެންމެ "ނުތާހިރު މީހާ" މަރުވެއްޖެ

26 އޮކްޓޯބަރު 2022 | ބުދަ 08:50

އަމޫ ހާޖީ މިފަދަ ދިރިއުޅުމެއް އިޚްތިޔާރު ކުރީ ދިމާވި ހިތްދަތި ކަންތައްތަކަކަށް ފަހު ކަމަށްވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 26 އޮކްޓޯބަރު 2022 | ބުދަ 08:50
އަމޫ ހާޖީ އޭނާގެ ގޭގެ ކުރިމަތީގައި

އަމޫ ހާޖީ އޭނާގެ ގޭގެ ކުރިމަތީގައި

ދުނިޔޭގައި ހުރި އެންމެ ނުތާހިރު މީހާގެ ނަމުން މީޑިޔާގައި ނަންދީފައިވާ އީރާނުގެ ރައްޔިތަކު ފެންނުވަތާ ފަންސާހަށްވުރެގިނަ އަހަރު ވެފައިވަނިކޮށް މަރުވެއްޖެއެވެ. މަރުވި އިރު އޭނާގެ އުމުރަކީ 94 އަހަރެވެ. އީރާންގެ ފާސް ޕްރޮވިންސްގެ އެކަހެރި ހިސާބެއްގައި ވަކިން އުޅެމުން ގެންދިޔަ އަމޫ ހާޖީ ނަމަކަށް ކިޔާ މީހާ ބުނަމުން އައި ގޮތުގައި އޭނާ ފެންވަރާ ސާފުތާހިރު ނުވަނީ ފެންވަރައިފި ނަމަ އޭނާ ބަލިވާނެތީއެވެ. އަދި މިގޮތަށް ފެން ނުވަރާ އުޅޭތާ ފަންސާހަށް ވުރެ ގިނަ އަހަރުވެފައިވާ ކަމަށް ވެއެވެ.

އީރާންގެ ލޯކަލް މީޑިއާއިން ޚަބަރު ދީފައިވާ ގޮތުގައި އަމޫ ހާޖީ ބަލިވެ، މަރުވެފައިވަނީ އަވަށްޓެރިން ބާރު އެޅުމާ އެކު ފެންވެރިތާ ދެމަހެއްހާ ދުވަސް ތެރޭއެވެ. އިރްނާ ނޫސް އެޖެންސީ އިން ބުނި ގޮތުގައި އޭނާ ފެންވެރިތާ މާގިނަ ދުވަހެއްނުވެ އޭނާ ބަލިވެފައިވެއެވެ. އަދި އެބަލީގަ އޭނާ އާދީއްތަ ދުވަހު މަރުވެފައިވާކަމަށް ބުނެފައިވެއެވެ.

2014 ވަނަ އަހަރު ދީފައިވާ އިންޓަރވިއުއެއްގައި އަމޫ ހާޖީ ބުނެފައިވާ ގޮތުގައި އޭނާ އެންމެ ކާހިތްވަނީ ޕޯކިއުޕައިންގެ މަހެވެ. އަދި އޭނާ ދިރި އުޅެނީ ބިމު އަޑިޔަށް ކޮނެފައިވާ ހޮހޮޅައެއްގަ އާއި ހެޔޮއެދޭ ބައެއް މީހުން އަޅާދީފައިވާ ކުޑަ ހަތަރުފާރު އެކުލެވޭ ގެއެއްގައެވެ. އޭނާ އޭރު ބުނެފައިވާ ގޮތުގައި މިގޮތަށް އެކަހެރި ނުތާހިރު ދިރިއުޅުމެއް އުޅެން ދިމާވީ އޭނާގެ ޒުވާން އުމުރުގައި ދިމާވި ހިތާމަވެރި ކަންތައްތަކެއްގެ ސަބަބުންނެވެ.

ފެންނުވަރާ އެހާ ގިނަ ދުވަސް ވުމުގެ ސަބަބުން އޭނާގެ ހަންގަނޑުގައި ކިސަޑާއި ކިލާ ހިފާ، ފާރު ގަނޑުތައް ހެދި ދޮސްލާފައިވާކަމަށް ވެއެވެ. އޭނާ އާންމު ގޮތެއްގައި ކައި އުޅެނީ ކުނިވެފައި ހުންނަ އެއްގަމުމަހާ އަދި ބޮނީ ވެސް ބޯން ކަމުނުދާހާ ނުތާހިރު ފެން ކަމަށް ވެއެވެ.

އަމޫ ހާޖީ އަކީ ސިނގިރެޓް ބުއިމަށް ވެސް ލޯބި ކުރި މީހެއް ކަމަށް ވެއެވެ. އަދި އެއްފަހަރާ ދެތިން ސިނގިރެޓު ބޮއި އުޅުނު ކަމަށް ވެއެވެ.

އިރްނާ ނޫސް އެޖެންސީ ބުނެފައިވާ ގޮތުގައި އޭނާ ފެންވަރުވާ ރީތި ކުރުމަށް ނުވަތަ ބުއިމަށް ތާހިރު ރަނގަޅު ފެން ދޭން އުޅުމުން އޭނާ ވަރަށް ދެރަވެއެވެ.

އަމޫ ހާޖީ ފެން ނުވަރާތާ ބައިގަރުނު ވެފައި ވީނަމަވެސް އެންމެ ގިނަ ދުވަހު ފެންނުވަރާ ހުރި މީހަކީ އަދި އަމޫ ހާޖީ އަށް ނުވެދާނެއެވެ.

ފެން ނުވަރާތާ 35 އަހަރުވެފައިވާ އިންޑިޔާ ރައްޔިތެއްގެ ވާހަކަ 2009 ވަނަ އަހަރު ފެންމަތި ވެފައި ވެއެވެ. އޭނާއަށް ވީގޮތެއް އަދި ސާފު ނުވާތީ އެންމެ ގިނަ ދުވަހު ފެންނުވަރާ ހުރި މީހަކީ ކާކުކަން އަދި ނޭނގޭ ކަމަށް ޚަބަރުތައް ބުނެއެވެ.  

އީރާންދުނިޔެ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

06 ޑިސެމްބަރު 2025

އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!

06 ޑިސެމްބަރު 2025
އިމްރާން ރައީސް މުޢިއްޒަށް: ދީނާއި ޤައުމުދެކެ ލޯބިވާންޖެހޭ ވަރާ ގާތަށްވެސް ލޯބިވާނަމަ އަޑި ނޭނގޭ ބޭރު މީހުންނަށް ސިޓިޒަންޝިޕް ދިނުމުގެ މަސައްކަތް ނުކުރެއްވީސް!
27 ނޮވެމްބަރު 2025

އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި

27 ނޮވެމްބަރު 2025
އީރާނުގެ ދައުލަތުގެ އަސްކަރިއްޔާ, އައިއާރުޖީސީ އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އޮސްޓްރޭލިއާ އިން ކަނޑައަޅައި، ސަފީރު ފުރައިގެންދާން އަންގައިފި
25 ނޮވެމްބަރު 2025

އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ

25 ނޮވެމްބަރު 2025
އީރާނުގެ ފޮރިން މިނިސްޓަރާއި، ފްރާންސްގެ ފޮރިން މިނިސްޓަރު ބައްދަލު ކުރައްވަނީ
19 ނޮވެމްބަރު 2025

އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު

19 ނޮވެމްބަރު 2025
އަންގާރަ ދުވަހު ސަލާމަތީ މަޖިލީހުން ޣައްޒާ އާ ބެހޭ ގޮތުން ފާސްކުރި ގަރާރުގައި މުހިންމު ކަންތައްތަކެއް ވަނީ ގަސްދު ގައި އުނި ކޮށްފައި: އީރާނު
13 ނޮވެމްބަރު 2025

އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި

13 ނޮވެމްބަރު 2025
އީރާނުގެ މިސައިލް އަދި ޑްރޯން ޕްރޮގްރާމަށް އެހީތެރިވެދޭ ކަމަށް ބުނެ އެމެރިކާ އިން 32 ފަރާތަކަށް ދަތި ކުރުމުގެ ފިޔަވަޅު އަޅައިފި
11 ނޮވެމްބަރު 2025

އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި

11 ނޮވެމްބަރު 2025
އީރާނުގައި ޑޮކްޓަރަކު މަރާލުމުގެ ކުށް ސާބިތުވި މީހަކު ދަންޖައްސާ މަރާލައިފި
10 ނޮވެމްބަރު 2025

ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި

10 ނޮވެމްބަރު 2025
ހުސްވި ހަފްތާގައި އދ.ގެ ނިއުކްލިއާ ވޯޗްޑޯގް ގެ އިންސްޕެކްޓަރުން އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް ޒިޔާރަތް ކޮށްފި
07 ނޮވެމްބަރު 2025

ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި

07 ނޮވެމްބަރު 2025
ލުބުނާން އާ ދެކޮޅަށް ދެމުންދާ ހަމަލާތައް އިތުރު ކުރަމުން ގެންދާތީ އިޒްރޭލަށް ފިޔަވަޅު އަޅާ އަދަބު ދިނުމަށް އީރާނުން ގޮވާލައިފި
04 އޯގަސްޓު 2025

އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި

04 އޯގަސްޓު 2025
އީރާން އިން ޤައުމީ ދިފާއީ ކައުންސިލެއް އުފައްދައިފި
17 ޖުލައި 2025

އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި

17 ޖުލައި 2025
އީރާނަށް ޖާސޫސު ކޮށްދިނުމުގެ ކުށުގެ ދައުވާ އިސްރާއީލު ސިފައިންގެ މީހެއްގެ މައްޗަށް އުފުލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް