Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕާކިސްތާން - އިންޑިއާގެ ގުޅުން

އިންޑިއާ އާއި އެކު ސުލްހައިގެ ގުޅުން ޤާއިމްކުރަން ބޭނުންވޭ: ޕާކިސްތާނުގެ ބޮޑުވަޒީރު

1947 ވަނަ އަހަރުން ފެށިގެން އިންޑިއާ އާއި ޕާކިސްތާނާއި ދެމެދު ދެބަސްވުން އުފެދިފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 19 އޯގަސްޓު 2022 | ހުކުރު 14:23
 ޕާކިސްތާނުގެ ބޮޑުވަޒީރު

ޕާކިސްތާނުގެ ބޮޑުވަޒީރު

އަވަށްޓެރި އިންޑިއާ އާއި އެކު ސުލްހައިގެ ގުޅުންތައް ޤާއިމްކުރުމުގެ ޝައުގުވެރިކަން އެބަ ހުރި ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝާރީފް ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އެމަނިކުފާނު ވިދާޅުވީ ބޭނުން ވަނީ ޖައްމޫ އާއި ކަޝްމީރުގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދަން ކަމަށެވެ. ޕާކިސްތާނަށް ކަނޑައަޅުއްވާފައިވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނަރ ބީލް ހޯކިންސް އާއި އެކު ބޭއްވި ބަައްދަލުވުމުގައި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ކަޝްމީރު ސަރަހަައްދުގައި ދިރިއުޅޭ މީހުންނަށް ސަލާމަތާއި ރައްކާތެރިކަން އެދިލައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ސުލްހަވެރިކަމާއި އެކު އިންޑިއާ އާއި ޕާކިސްތާން އާއި ދެމެދު މުއާމަލާތްތައް ކުރުމަށްޓަކާ ބައިނަލްއަގުވާމީ ގުޅުންތަކުން އަދާކުރަން ޖެހޭ ދައުރު ވަރަށް ބޮޑު ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ސުލްހަވެރިވުމަކީ ދެކުނު އޭޝިއާ ސަރަހައްދުގެ ސަލާމަތަށްޓަކާ ނުހަނު ބޭނުންތެރިކަމެއް ކަަމަށް ވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު އެފަދައިން ވިދާޅުވެފައި މި ވަނީ ދާދިފަހުން ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން އިންޑިއާގެ ޚާރިޖީ ސިޔާސަތު ގެންގުޅޭ ގޮތުން ހިތްހަމަޖެހިވަޑައި ނުގެން އެކަމަށް ފާޑުވިދާޅުވެފައި ވަނިކޮށެވެ.

ދެވަނަ ބޮޑު ހަނގުރާމަ ނިމުމަށްފަހު، 1947 ވަނަ އަހަރުގެ އޮގަސްޓްމަހުގެ ތެރޭގައި އޭރުގެ ބްރިޓިޝް އިންޑިއާގެ ތެރެއިން ޕާކިސްތާނު އަދި އިންޑިއާ އުފަންވެގެންދިޔަ ފަހުން އިންޑިއާ އާއި ޕާކިސްތާނުގެ ދެމެދުގައި ނުތަނަވަސް ކަން ބޮޑުވެ ބައެއް ކަންކަމުގައި ސީރިއަސް ދެބަސްވުންތައް ދެގައުމުގެ ދެމެދުގައި އުފެދިފައި އެބަހުއްޓެވެ.

އެގޮތުން ކަޝްމީރުގެ މިލްކުވެރިކަމުގެ މައްސަލައިގެ އިތުރުން އެއްގައުމު އަނެއް ގައުމުގެ މައްޗަށް ޓެރަރިޒަމް އަށް ވާގިވެރިވުމުގެ ތުހުމަތު ދަނީ ކުރަމުންނެވެ.

އިންޑިއާ - ޕާކިސްތާން

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
10 ސެޕްޓެމްބަރު 2025

އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް

10 ސެޕްޓެމްބަރު 2025
އޭޝިއާ ކަޕް ބަލަން ދިރާގާއި މީޑިއާނެޓް ގުޅިގެން ހާއްސަ އޮފާއެއް
23 މެއި 2023

މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި

23 މެއި 2023
މަސްތުވާތަކެއްޗާއެކު ބޯޑަރު ހުރަސްކުރަން އުޅުނު ޕާކިސްތާންގެ އިތުރު ޑްރޯނެއް އަމްރިތުސާރުގެ ބީއެސްއެފް އިން ވައްޓާލައިފި
22 މެއި 2023

އަމްރިތުސާރުން 2 ދުވަހުގެ ތެރޭގައި ޕާކިސްތާންގެ 4 ޑްރޯން ވައްޓާލައިފި

22 މެއި 2023
އަމްރިތުސާރުން 2 ދުވަހުގެ ތެރޭގައި ޕާކިސްތާންގެ 4 ޑްރޯން ވައްޓާލައިފި
13 ފެބުރުއަރީ 2022

ކަޝްމީރަށް ތާއީދުކޮށް ކުރި ޓްވީޓަކާއި ގުޅިގެން ގުޖުރާތުގައި ހިންގަމުން އަންނަ ބައިނަލްއަގްވާމީ ބްރޭންޑްތަކެއް ބަންދުކުރަން ޖެހިއްޖެ

13 ފެބުރުއަރީ 2022
ކަޝްމީރަށް ތާއީދުކޮށް ކުރި ޓްވީޓަކާއި ގުޅިގެން ގުޖުރާތުގައި ހިންގަމުން އަންނަ ބައިނަލްއަގްވާމީ ބްރޭންޑްތަކެއް ބަންދުކުރަން ޖެހިއްޖެ
02 ސެޕްޓެމްބަރު 2021

އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަޝްމީރުގެ ހަނގުރާމަވެރި ލީޑަރު 92 އަހަރުގައި ނިޔާވެއްޖެ

02 ސެޕްޓެމްބަރު 2021
އާލާސްކަންފުޅާ އުޅުއްވުމަށްފަހު ކަޝްމީރުގެ ހަނގުރާމަވެރި ލީޑަރު 92 އަހަރުގައި ނިޔާވެއްޖެ
24 މާރިޗު 2021

ބޭނުން ވަނީ ޕާކިސްތާނާއިއެކު ގާތް އެކުވެރި ގުޅުމެއް ބާއްވަން - މޯދީ

24 މާރިޗު 2021
ބޭނުން ވަނީ ޕާކިސްތާނާއިއެކު ގާތް އެކުވެރި ގުޅުމެއް ބާއްވަން - މޯދީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު