Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެސޯސިއޭޝަން ކަޕް 2022

މުބާރާތުގައި ޓީމު ދެއްކި ކުޅުމާމެދު ހިތްހަމަޖެހޭ: ފައްލޯ

ވެމްކޯ އަތުން ބަލިވެ، ޕޮލިހަށް ވަނީ އަމިއްލަ ބާރު ގެއްލިފައި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 19 ޖޫން 2022 | އާދީއްތަ 03:27
ޕޮލިސްގެ ކޯޗު ފައްލޯ

ޕޮލިސްގެ ކޯޗު ފައްލޯ

ވޮލީބޯޅަ އެސޯސިއޭޝަން ކަޕްގައި ޕޮލިސް ކުލަބުގެ ކުޅުންތެރިން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ޕޮލިސް ކުލަބުގެ ކޯޗު ފަތުހުﷲ ވަހީދު (ފައްްލޯ) ބުނެފިއެވެ.

މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުލަބް ވެމްކޯ އަތުން ބަލިވެ ޕޮލިހަށް ވަނީ އަމިއްލަ ބާރު ގެއްލިފައެވެ. އެ މެޗުގައި ޕޮލިސް ބަލިވީ ފުރަތަމަ ސެޓު ގެނެސްފައި ވަނިކޮށް، އަނެއް ތިން ސެޓު ގެއްލިގެންނެވެ. މެޗުގެ ދެ ވަނަ ސެޓުގައި ޕޮލިސް ޓީމުގެ ބިދޭސީ ކުޅުންތެރިޔާ އަކިން އަށް ރަތް ކާޑު ދައްކައި ކޯޓުން ފޮނުވާލުމުން ޕޮލިހަށް އޭގެ އަސަރުކުރިއެވެ. އޭނާއަށް ރަތް ކާޑު ދައްކާފައިވަނީ ރެފްރީގެ ނިންމުމާމެދު ހިތްހަމަ ނުޖެހި، ތަކުރާރުކޮށް ރެފްރީއާ ޒުވާބު ކުރުމުންނެވެ. އޭގެ ކުރީ މެޗުގައި ވެސް ޕޮލިހަށް ދިމާވީ އެ މައްސަލައެވެ. އެ މެޗުގައި އެ ޓީމުގެ ސެޓަރު މުތުސާމީއަށް ވަނީ ރަތް ކާޑު ދައްކާފައެވެ.

ޕޮލިހަށް ސެމީގެ ޖާގައެއް ލިބޭނީ މިރޭ ދިވެހި ސިފައިންގެ ކުލަބާއި ގުޑީސް ސްޕޯޓްސް ކުޅޭ މެޗުގައި ފަސް ސެޓަށް ނުގޮސް ސިފައިން ބަލިވެއްޖެނަމައެވެ. ސެމީގެ ޖާގައެއް ހޯދުމަށް ސިފައިންނަށް ބޭނުންވަނީ އެންމެ ޕޮއިންޓެކެވެ.

މެޗަށްފަހު ފައްލޯ ބުނީ ޖުމުލަ ގޮތެއްގައި ބަލާނަމަ، އެ މެޗުގައި ވެސް ޕޮލިސް ޓީމުގެ ކުޅުން ރަނގަޅު ކަމަށެވެ. އަދި ދެވަނަ ސެޓުގައި ބަކި ހިސާބަކުން އަކިން ފައިބަންޖެހުމުން، ދިވެހި ކުޅުންތެރިން ރަނގަޅު ކުޅުމެއް ދެއްކި ކަމަށެވެ. އަދި އެ ސެޓު ގެއްލުމުގެ ސަބަބުން އިތުރު މަސައްކަތްތަކެއް ކުރަން ޖެހުނު ކަމަށެވެ.

މީގެ އިތުރުން ފައްލޯ ބުނީ ކުރިން ވެސް ބުނި ގޮތަށް ވެމްކޯއަކީ ހުރިހާ ޑިޕާޓްމަންޓުތަކެއް ވަރަށް ހަމަހަމަ ޓީމެއް ކަމަށެވެ. އަދި ގަބޫލުކުރެވޭ ގޮތުގައި މެޗުގައި ވެމްކޯއަށް ލިބުނީ އޭގެ ފައިދާ ކަމަށެވެ. މުޅި މުބާރާތަށް ބަލާ ނަމަ، ޕޮލިސް ޓީމުގެ ކުޅުންތެރިންގެ ކުޅުން ރަނގަޅުކަން ފައްލޯ ފާހަގަކުރިއެވެ.

މުބާރާތަށް ޕޮލިސް ޓީމާއެކު ފައްލޯ އެކުލަވާލާފައިވަނީ ޒުވާން ޓީމެކެވެ. އެ ޓީމުގައި ހިމެނޭ ހައިލަމް ހަސަން އާއި މާއިޝް އަހުމަދުގެ ކުޅުން މުބާރާތުގައި ފާހަގަކޮށްލެވެއެވެ. ވަރުގަދަ މެޗުތަކުގައި ވެސް އެ ޓީމުގެ ޒުވާން ކުޅުންތެރިން އައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އިތުބާރާއެކު ކުޅެމުންނެވެ. ސެމީގެ ޖާގަ ނުލިބިއްޖެނަމަ، ޕޮލިސް މުބާރާތް ނިންމާލާނީ ހަތަރު ވަނައިގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

ކުޓީނިއޯ ކުޅުމާމެދު ވަކި ގޮތެއް ނުނިންމަން: ކްލޮޕް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މާރިޗު
އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!
20251 އަހަރު ކުރިން
ރިޕޯޓު

އިއުލާނު ނުކުރިޔަސް ރާއްޖެ ބަނގުރޫޓުވެއްޖެ!

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ރޯދަމަހު ސުފުރާއަށް ކަންވާރުތައް އޮފުކުރުމުގައި ތޫނިސްގެ ކަނބުރުން

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަމަޟާން މަހާއި ޝައްވާލުމަހުގެ 7 ދުވަހުގެ ރަސްމީ ގަޑިތައް އާންމުކޮށްފި

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ
20224 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ އަސްކަރީ އަދި މާލީ އެހީތެރިކަމަށް ރަޝިޔާއިން އެދިއްޖެ

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ
20215 އަހަރު ކުރިން
ރިޕޯޓު

ސްކޮޓްލޭންޑްގެ ދެމަފިރިންގެ ވާހަކަ: އަތްތިލައަށްވުރެ ކުޑަ ދަރިފުޅު ސަލާމަތްވާނެކަމުގެ އުންމީދު ކަނޑާލި ނަމަވެސް ދެމަފިރިން އުންމީދު ކަނޑައެއްނުލާ

އައިޝާގެ ޖަވާބުން ފުދިއްޖެ!
20197 އަހަރު ކުރިން
ރިޕޯޓު

އައިޝާގެ ޖަވާބުން ފުދިއްޖެ!

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރެއް ނުލިބޭ: އޭސީސީ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު