Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ރައްޔިތުންގެ ބައްދަލުވުން

މާލެ ސިޓީ ރައްޔިތުންގެ ބައްދަލުވުން މިމަހު 24 ގައި

މިއީ ގާނޫނުން ލާޒިމްކުރާ ބައްދަލުވުމެއް

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 4 މާރިޗު 2022 | ހުކުރު 06:35
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މާލެ ސިޓީ ރައްޔިތުންގެ މިއަހަރުގެ ފުރަތަމަ ބައްދަލުވުން މިމަހުގެ 24 ގައި ބާއްވަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

ގާނޫނުގައި ބަޔާންކުރާ ގޮތުން ރައްޔިތުންގެ ބައްދަަލުވުން ކޮންމެ އަހަރަކު ދެ ފަހަރު ބާއްވަން ޖެހެއެވެ. މި ދެ ބައްދަލުވުމުގެ ތެރެއިން ފުރަތަމަ ބައްދަލުވުން ބާއްވާނެ ތާރީޚު ކަނޑައެޅުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ 42 ވަނަ ރަސްމީ އާއްމު ޖަލްސާގައި ވަނީ މަޝްވަރާކުރެވިފައެވެ. ޖަލްސާގެ އިއްތިފާޤުން ފާސްވެފައިވަނީ މިއަހަރުގެ ފުރަތަމަ ބައްދަލުވުން 24 މާރޗް ވާ ބުރާސްފަތި ދުވަހުގެ ރޭ ކޮންމެ ދާއިރާއަކުން މަދުވެގެން 20 ރައްޔިތުން ހިމެނޭ ގޮތަށް މާހެފުމަކާއި އެކު ބޭއްވުމަށެވެ.

Advertisement - newsAdvertisement

މި ބައްދަލުވުމާއި ގުޅޭގޮތުން މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކައުންސިލްތަކުން އެ ކައުންސިލެއްގެ އިހުތިސާސް ހިނގާ ސަރަޙައްދުގައި ހިމެނޭ ރައްޔިތުންނާއި އަހަރަކު ދެފަހަރު ގާނޫނީ ބައްދަލުވުމެއް ބާއްވަން ޖެހޭ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެ ބައްދަލުވުން ބޭއްވުމަށް ގާނޫނުގައި ބަޔާންކުރަނީ ފެބްރުއަރީ މަހުގެ ނިޔަލަށް ނޫނީ ފެބްރުއަރީ މަސް ނިމުމުގެ ކުރިން ކަމަށެވެ.

އެހެންނަމަވެސް ކޮވިޑާއިއެކު އަމަލުކުރަން ފެށި ކުއްލި ނުރައްކަލުގެ ހާލަތާއި ގުޅިގެން ރައްޔިތުންގެ ބައްދަލުވުންތައް ބޭއްވުމަށް ވަކި ތާރީޚެއް އެލްޖީއޭއިން ކަނޑައަޅާފައި ނުވާކަމަށާއި، ހާލަތު ރަނގަޅުވުމުން ވީހާވެސް އަވަހަށް އެ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް އެލްޖީއޭ އިން ލަފާ ދެއްވާފައިވާކަން މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

މުއިއްޒު ވިދާޅުވީ މި ބައްދަލުވުން ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ބޭއްވުމަށް ކައުންސިލުން ނިންމާފައިވަނީ ފުރަތަމަ ބައްދަލުވުން ބާއްވާ ތާރީޚް ފަސްކޮށްފިނަމަ ގާނޫނުގައި ބުނާ ދެވަނަ ބައްދަލުވުން ބާއްވާ ތާރީޚާއި މާބޮޑަށް ކައިރިވެދާނެ ކަމަށް ފެނިވަޑައިންނަވާތީ ކަމަށެވެ.

މާލެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯއްދެވުމަށް މީގެ ކުރިން އަވަށްތަކުގެ މެދުގައި ބައްދަލުވުންތައް ބޭއްވިކަމުގައި ވީނަމަވެސް މިފަހަރު މޭޔަރު މުއިއްޒު އެދިވަޑައިގަންނަވާފައިވަނީ މުޅި މާލެ ސިޓީ ތަމްސީލު ވާނެހެން ބޮޑު އެއް ބައްދަލުވުން ބޭއްވުމަށެވެ. ގާނޫނީ އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ ގޮތުން ބައްދަލުވުން ބޭއްވުމަށް ނިންމި ކަމުގައިވިޔަސް ކައުންސިލްގެ މަގުސަދަކީ ރައްޔިތުންނާއި ކައުންސިލާއި އޮންނަ ގުޅުން ބަދަހި ކުރުމާއި އެކު، މުޅި މާލެ ސިޓީ ތަމްސީލްވާނެހެން މާލޭގެ ކޮންމެ އަވަށަކަށް ނިސްބަތްވާ ރައްޔިތުންނާއި އެކު މި ބައްދަލުވުން ކުރިއަށް ގެންދިއުމަށް ކަމަށް މޭޔަރު ވިދާޅުވިއެވެ.

ކޮވިޑްގެ ހާލަތާއި ގުޅިގެން 50 މީހުންނަށްވުރެ ގިނަ މީހުން އެއްވުން މަނާކޮށްފައި އޮތް އޮތުން އެޗްޕީއޭ އިން ނިމުމަކަށް ގެނެސްފައިވީ ނަމަވެސް، އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް ގައިދުރުކަމާއިއެކު މިފަދަ ބައްދަލުވުންތައް ކުރިއަށް ގެންދިޔުމަށް ވަނީ ލުއިތަކެއް ދީފައެވެ.

މާލޭ ސިޓީ ކައުންސިލްއެޗްޕީއޭ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު