Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕޯސްޓުން މަސްތުވާތަކެތި އެތެރެކުން

ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެންނަ ޕެކޭޖްތައް ސްކޭން ކުރޭ: ކަސްޓަމްސް

23 ފެބުރުއަރީ 2022 | ބުދަ 04:54

ޕިކްޕޯޓްސް މެދުވެރިކޮށް ޕާޓީ ޑްރަގްސް ރާއްޖެ އެތެރެ ކުރޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 23 ފެބުރުއަރީ 2022 | ބުދަ 04:54
ޕޯޓްސް މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރި ޕާޓީ ޑްރަގްސް

ޕޯޓްސް މެދުވެރިކޮށް ރާއްޖެއަށް އެތެރެ ކުރި ޕާޓީ ޑްރަގްސް

ޕޯސްޓް މެދުވެރިކޮށް ރާއްޖެ ގެންނަ ޕެކޭޖްތައް ސްކޭން ކުރާ ކަމަށް ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް އަބްދުﷲ ޝަރީފް ވިދާޅުވެއްޖެއެވެ.

ޕިކްޕޯޓްސް މެދުވެރިކޮށް ޕާޓީ ޑްރަގްސް ރާއްޖެ އެތެރެކުރާ ކަމަށާއި ސްކޭންކޮށް އެކަން ހުއްޓުވާނެ އެކަށީގެންވާ ނިޒާމެއް ނެތްކަމަށް ފުލުހުން ބުނުމާއި ގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުމުން ޝަރީފް ވިދާޅުވީ ޕޯސްޓް އޮފީހުގައި ވެސް ސްކޭން މެޝިން ހުންނާނެ ކަމަށެވެ. މިހާރު ވެސް ގެންނަ ޕެކޭޖްތައް ސްކޭން ކުރާ ކަމަށާއި ބައެއް ފަހަރު ކޮލެޓީ ދަށް މެޝިންތަކުން ސްކޭން ކުރާއިރު އެއީ ކޯއްޗެއްކަން ހުރި ޕެކޭޖެއްކަން ނޭނގިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޓްރެކް ނުކުރެވޭނެ ހުރިހާ ގޮތެއް ބަލައި ރާއްޖޭގައި ތިބެ އެކި ސައިޓުތަކުން އޯޑަރުކޮށްގެން ޕިކްޕޯސްޓަށް ގެންނަނީ ހުސް ފޮށިތަކެކެވެ. އެގޮތަށް ފޮނުވާ ފޮށިތަކުގެ ތެރެއިން ފޮއްޓެއް ފުލުހުން ނޫސްވެރިންގެ ކުރިމަތީގައި ކެނޑިއިރު އެތެރޭގައި އެއްވެސް އެއްޗެއް ފެންނާކަށް ނެތެވެ. އެކަމަކު ފޮށީގެ އަރިމަތިން ކަފާލިއިރު ފޮށި ވަށައިގެން ހުރީ ބޭސްގުޅަތަކެކެވެ.

ޝަރީފް އިތުރަށް ވިދާޅުވީ މިހާރު ވެސް ޝައްކު ކުރެވޭ ޕެކޭޖުތައް ބަހައްޓާފައިވާ ކަމަށާއި އެންމެ ގިނައިން މަސްތުވާތަކެތި އަތުލައިގެންފައިވަނީ ޕޯސްޓުގެ މަގުން ކަމަށެވެ. އެއްވެސް ޕެކޭޖަކީ ސްކޭން ނުކޮށް ދޫކޮށްލެވޭ ޕެކޭޖެއް ނޫން ކަަމަށް ޝަރީފް ވިދާޅުވިއެވެ. މިހާރު ވެސް ދުވާލެއްގެ މައްޗަށް 4،000 ވަރަކަށް ޕޯސްޓަލް ޕެކޭޖް ރާއްޖެ އެތެރެކުރާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޑްރަގް އޮޕަރޭޝަންތަކުގެ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކުރުމަށް ފުލުހުން ކުރިއަށް ގެންދިޔަ މީޑިއާ އިވެންޓުގައި ފުލުހުން އާންމު ކުރި ތަފާސްހިސާބުތަކަށް ބަލާއިރު މާލޭގައި ހިންގާ ޑްރަގް ކެފޭތަކުން 1،118 މީހުން މަސްތުވާތަކެތި ބޭނުންކުރެއެވެ. އޭގެތެރެއިން 65 އަންހެނުންނާއި 50 އަހަރުން މަތީގެ 56 މީހުން ކެފޭތަކުން ހިދުމަތް ހޯދައެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި 2015 ވަނަ އަހަރުން 2021 ވަނަ އަހަރަށް 146 ބިދޭސީން ހިމެނޭއިރު ބަނގުރަލުގެ ވިޔަފާރީގައި 525 ބިދޭސީން ހިމެނެއެވެ.

މީގެއިތުރުން 2019 ވަނަ އަހަރު 518 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގަތްއިރު 2020 ވަނަ އަހަރު 384 ކިލޯގެ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އަދި 2021 ވަނަ އަހަރު 487 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ފުލުހުން މަސައްކަތް ކުރަމުންދާއިރު ގާނޫނަށް ގެންނަން ޖެހޭ ބަދަލުތަކެއް ވެސް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މަސްތުވާތަކެތިމޯލްޑިވްސް ކަސްޓަމްސް ސާރވިސް

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!

08 ޑިސެމްބަރު 2025
ކުނިވެފައި އޮތުމުގެ ސަބަބުން، ހޮސްޕިޓަލަށް ނުގެންގޮސް ފެޅި ކަމަށް ބުނި ހަށިގަނޑު، ސީޓީ ސްކޭން ހެއްދީ ހޮސްޕިޓަލު ގައި!
06 ޑިސެމްބަރު 2025

އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި

06 ޑިސެމްބަރު 2025
އައްޑޫ ޑްރަގް ނެޓްވޯކުގައި ހިމެނޭ 10 މީހަކު ހައްޔަރުކޮށްފި
30 ނޮވެމްބަރު 2025

މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް

30 ނޮވެމްބަރު 2025
މަސްތުވާތަކެތި ފޮރުވައި، ފިލަން މަސައްކަތް ކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ޒުވާނާގެ ބަންދަށް 5 ދުވަސް
25 ނޮވެމްބަރު 2025

ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ

25 ނޮވެމްބަރު 2025
ޑްރަގުގެ ބޮޑު އޮޕަރޭޝަންގައި މުޅި ރާއްޖެއިން އަތުލައިގަތީ 29 ކިލޯ ގެ މަސްތުވާތަކެއްޗާއި 188،000 ރުފިޔާ
25 ނޮވެމްބަރު 2025

މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި

25 ނޮވެމްބަރު 2025
މަސްތުވާތަކެތީގެ މައްސަލަ އެއްގައި، އަނެއްކާ ވެސް އެންޑީއޭ ގެ މުވައްޒަފަކު ހައްޔަރުކޮށްފި
24 ނޮވެމްބަރު 2025

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން

24 ނޮވެމްބަރު 2025
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޒުވާނެއްގެ ފޮޓޯ އާންމު ކުރުމަށްފަހު އެ ނެގީ ތަހުގީގު ބޭނުމަށް: ފުލުހުން
20 ނޮވެމްބަރު 2025

މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟

20 ނޮވެމްބަރު 2025
މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟
16 ނޮވެމްބަރު 2025

51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް

16 ނޮވެމްބަރު 2025
51 މިލިއަން އަށް ލިބޭ ކޮންޓޭނަރު ސްކޭނަރެއް ގަންނަން ފިނޭންސުން ހަމަޖައްސައި ދިނީ އެންމެ 15 މިލިއަން ރުފިޔާ: ކަސްޓަމްސް
14 ނޮވެމްބަރު 2025

ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި

14 ނޮވެމްބަރު 2025
ކަނޑުމަގުން މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހުވަދޫ އިން 16 މީހުން ހައްޔަރު ކޮށްފި
13 ނޮވެމްބަރު 2025

ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް

13 ނޮވެމްބަރު 2025
ކަސްޓަމްސް އެކަށީގެންވާ ގޮތެއްގައި މަސައްކަތެއް ނުކުރޭ، އެތަން ޖަވާބުދާރީ ކުރުވޭކަށް ނެތް: މެންބަރު ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް