Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑަބްލިޔުޑީސީގެ މެމްބަރުންގެ ކަންބޮޑުވުން

ޑަބްލިޔުޑީސީގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް މައްޗަންގޮޅީގައި ހުންނަ މާލެސިޓީ ކައުންސިލްގެ އޮފީސް ބަންދުކޮށްފި

6 ފެބުރުއަރީ 2022 | އާދީއްތަ 14:51

އޮފީހުގައި ނުނިކުމެފައި 45 މިނެޓަށް ވުރެ ގިނައިރުވި

އަމްނާ އިމާދު
އަމްނާ އިމާދު | 6 ފެބުރުއަރީ 2022 | އާދީއްތަ 14:51
ޑަބްލިޔުޑީސީގެ މެމްބަރުން މައްޗަންގޮޅީގައި ހުންނަ މާލެސިޓީ ކައުންސިލްގެ އޮފީސް ކައިރީގައި މަޑުކޮށްގެން

ޑަބްލިޔުޑީސީގެ މެމްބަރުން މައްޗަންގޮޅީގައި ހުންނަ މާލެސިޓީ ކައުންސިލްގެ އޮފީސް ކައިރީގައި މަޑުކޮށްގެން

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިޔުޑީސީ)ގެ ބައްދަލުވުމެއް ކުރިއަށް ދަނިކޮށް މައްޗަންގޮޅީގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އޮފީސް ބަންދުކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރާއްޖެއެމްވީއަށް ޑަބްލިޔުޑީސީގެ ރައީސް ރައީސް ފާތުފަތު ޝިފާ ވިދާޅުވީ, ބައްދަލުވުންތައް ކުރިއަށް ގެންދަނީ މާލެސިޓީ ކައުންސިލްއަށް ރަސްމީކޮށް އެންގުމަށްފަހު ކަމަށެވެ. އެގޮތުން އާދިއްތަ ދުވަހު 1:30ގައި ރަސްމީ ބައްދަލުވުން ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، 2:00ގައި ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ބައްދަލުވުމަށް މައްޗަންގޮޅީ މާލެ އޮފީހަށް ދިޔައިރު ވެސް މުވައްޒަފުން ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާ ވިދާޅުވީ ބައްދަލުވުން ނިންމައި 3:10ހާއިރު މީޓިން ރޫމުން ނުކުތްއިިރު އޮފީސް ބަންދުކޮށްފައިވާ ކަމަށާއި، ނުކުމެވޭނެ އެއްވެސް ގޮތެއް ނެތް ކަމަށެވެ. އަދި އެވަގުތުން ފެށިގެން މާލެސިޓީ ކައުންސިލްގެ އެކި ބޭފުޅުންނަށް ގުޅި ކަމަށާއި، އޮފީސް ހުޅުވާފައިވަނީ އޭގެ ގާތްގަނޑަކަށް 45 މިނެޓް ފަހުން ކަމަށް ޝިފާ ވިދާޅުވިއެވެ.

މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ވަރަށް ދަތިވާކަން ފާހަގަކުރައްވައި ޑަބްލިޔުޑީސީގެ މެމްބަރުން ވިދާޅުވީ, މަސައްކަތް ކުރުމަށް ވަކި އޮފީހެއް ނެތުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އަދި މަސައްކަތްތައް ކުރުމަށް ތަނެއް ވެސް ލިބެނީ ގިނަ ފަހަރަށް ކައުންސިލްގެ ބޭފުޅުން ގާތު އާދޭސްކޮށްގެން ކަމަށެވެ. ގާނޫނުގައި ސިޓީ ކައުންސިލުން 18 ޑަބްލިޔުޑީސީގެ މެމްބަރުންނާ ބައްދަލުކުރަން ޖެހޭ ކަމަށް އޮތް ނަމަވެސް ފާއިތުވި 9 މަސް ދުވަހުގެ ތެރޭގައި އެއްވެސް ބައްދަލުވުމެއް ބާއްވާފައިނުވާ ކަމަށް މެމްބަރުން ވިދާޅުވިއެވެ.

މެމްބަރުން ވިދާޅުވީ މާލެސިޓީ ކައުންސިލުން ޑަބްލިޔުޑީސީގެ މެމްބަރުންނަށް އުނދަގޫތައް ކުރިމަތިކުރުވަނީ ސިޔާސީ ގޮތުން އޮންނަ ހިތްހަމަ ނުޖެހުމެއްގެ ސަބަބުން ކަމަށެވެ. އަދި ކައުންސިލުންގެ އެއްބާރުލުން ނުލިބުނު ނަމަވެސް ރައްޔިތުންގެ އެންމެހައި ކަންކަމުގައި ޑަބްލިޔުޑީސީގެ މެމްބަރުން މަސައްކަތް ކުރާނެ ކަމަށާއި، މިއަހަރު ތަފާތު ދައްކާނެ ކަމަށެވެ. މާލެސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކުރައްވައި މެމްބަރުން ވިދާޅުވީ, ސަރުކާރުން އެއްބާރުލުން ނުދެއްވާ ކަމަށް އެބޭފުޅާ ވިދާޅުވި ނަމަވެސް އެކަމަކީ ގަބޫލުކުރެވޭ ކަމެއް ނޫން ކަމަށާއި، ކައުންސިލްގެ ދަށުން މަސައްކަތް ކުރާ ބަޔަކަށް އެއްބާރުލުން ނުދެވޭ ކަމަށެވެ.

މިމައްސަލައާ ގުޅިގެން މާލެސިޓީ ކައުންސިލުން ބުނީ މައްޗަންގޯޅީގައި ހުންނަ މާލެސިޓީ ކައުންސިލްގެ އޮފީސް ބަންދުކުރީ ގަސްތުގައި ނޫން ކަމަށާއި، ނުރަސްމީ ބައްދަލުވުމެއް ކުރިއަށް ގެންދާކަން އަންގާފައިނުވާ ކަމަށެވެ. އަދި މީގެ ކުރިން ވެސް އެއޮފީހުގައި ނުރައްމީ ބައްދަލުވުންތައް ކުރިއަށް ގެންދާ ކަމަށާއި، އެކަން އެޗްއާރަށް އެންގުމުން އެފުރުސަތު ދޭ ކަމަށް ކައުންސިލުން ބުނެއެވެ. އާއްމު ގޮތެއްގައި މެންދުރުފަހު 2:00ގައި އެއޮފީސް ބަންދު ކުރާ ކަމަށް ކައުންސިލުން ބުނެއެވެ.

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް