Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެގޯތި ބޭނުންވާ މީހުންގެ ދަފްތަރު

މާލޭ ސިޓީން ގޯތި ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވައިލަނީ

29 ޖެނުއަރީ 2022 | ހޮނިހިރު 06:55

މާލޭގައި ކުދި ގޯތިތައް ހުރި މީހުން އެގޯތިތައް ދޫކޮށްލުމަށްފަހު، ހުޅުމާލެއިން ގޯތި ދޫކުރާނަމަ އެ ފުރުސަތު ބޭނުންވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 29 ޖެނުއަރީ 2022 | ހޮނިހިރު 06:55
މާލޭގެ އަމީނީ މަގު

މާލޭގެ އަމީނީ މަގު

މާލޭ ސިޓީން ގޯތި ބޭނުންވާ މީހުންގެ ދަފުތަރެއް އެކުލަވައިލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މި ނިންމުން ނިންމީ މާލޭ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 37 ވަނަ ޖަލްސާގައެވެ. އެ ޖަލްސާގައި ވަނީ މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުގައި އެދިގެން މިހާތަނަށް ކުރި މަސައްކަތުގެ ނަތީޖާގެ އަލީގައި ދެން ކުރިއަށްދާނެ ގޮތަކާމެދު މަޝްވަރާ ކޮށްފައެވެ.

Advertisement - newsAdvertisement

މި ޖަލްސާގައި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވަނީ, މާލޭގައި ކުދި ބިންތައް ހުރި މީހުން އެ ބިންތައް ދޫކޮށްލުމުން, މާލެ ސިޓީން ދޫކުރާ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވައިލުމާއި، އެކަމަށް ޝައުގުވެރިކަން ހުރި މީހުން ދެނެގަތުމަށް ކައުންސިލުން އިސްނަގައިގެން އޮންލައިން ޕޯޓަލެއް ގާއިމުކުރުމަށް ހުށަހަޅުއްވާފައެވެ. މިކަމަށް ތާއީދު ކުރައްވާފައިވަނީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

މިކަމާ ގުޅޭގޮތުން ކުރެވުނު މަޝްވަރާގައި މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ, ލާމަރުކަޒީ ގާނޫނުގައިވާ ގޮތުން ގައުމީ އިދާރާތަކުން މާލެ ސިޓީގެ އިޚްތިސާސްގައިވާ ސަރަހައްދެއްގައި އެއްވެސް މަޝްރޫއެއް ހިންގަންވާނީ ސިޓީ ކައުންސިލާ މަޝްވަރާކުރުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ގާނޫނުގައިވާ ފަދައިން މާލެ ސިޓީ ކައުންސިލްގެ އިޚްތިސާސްގައި ހިމެނޭ ހުޅުމާލޭގައި, އެޗްޑީސީން ކުރިއަށްގެންދާ އެއްވެސް ކަމެއްގައި ސިޓީ ކައުންސިލާ އެއްވެސް މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް މޭޔަރު ވިދާޅުވިއެވެ.

މޭޔަރު ވިދާޅުވީ ކަންކަމުގައި ސިޓީ ކައުންސިލާ މަޝްވަރާކުރާނަމަ، މާލޭ ރައްޔިތުންގެ ގޯތިގެދޮރުގެ މައްސަލާގައި ވެސް ރައްޔިތުން އެދޭ ގޮތްތައް ސަރުކާރަށް ވަރަށް ސާފުކޮށް އެނގޭނެ ކަމަށެވެ. މާލޭގައި ކުދި ގޯތިތައް ހުރި މީހުންވެސް އެފަދަ ގޯތިތައް ދޫކޮށްލުމަށްފަހު ހުޅުމާލެއިން ގޯތި ދޫކުރާނަމަ އެ ފުރުސަތު ބޭނުންވާ ކަމަށް އެދި މޭޔަރަށް ސިޓީ ހުށަހަޅާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން ސަރުކާރުން އެފަދަ ފުރުސަތެއް ހުޅުވާލާއިރު މާލޭގެ ރައްޔިތުންގެ ގެދޮރުވެރިކަމާ ގުޅޭ މިފަދަ ދަފުތަރެއް އެކުލަވައިލެވިފައި އޮތުމުން ކަންކަން ތަންފީޒުކުރަން ސަރުކާރަށް ވެސް ފަސޭހަވާނެ ކަމަށެވެ.

މީގެ އިތުރުން ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ, މާލޭގައި ކުދި ބިންކޮޅު ހުރި މީހުން އެ ބިންތައް ދޫކޮށްލުމަށްފަހު ހުޅުމާލެއިން ނުވަތަ މާލޭގެ އެހެން ސަރަހައްދަކުން ވެސް ދޫކުރާ ގޯއްޗަށް އެދުމުގެ ފުރުސަތު ބޭނުންވާ މީހުން ދެނެގަތުމަކީ މާލެ ސިޓީ ކައުންސިލްގެ ޒިންމާއެއް ކަމަށެވެ. އަދި އެފަދަ މީހުން ދެނެގަތުމަށްފަހު އެ ދަފްތަރު ސަރުކާރަށް ހުށަހެޅުމަކީ ސަރުކާރަށް ވެސް އަދި ސިޓީ ކައުންސިލަށް ވެސް ފަސޭހަވާނެ ކަމެއް ކަމަށެވެ.

މާލޭ ސިޓީން ގޯތި ބޭނުންވާ މީހުންގެ ދަފުތަރު އެކުލަވައިލުމަށް ހުށަހެޅުނު ހުށަހެޅުން ފާސްވީ ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ އިއްތިފާގުންނެވެ. އެހެންކަމުން މި ނިންމުން ތަންފީޒު ކުރުމަށް ކުރަންޖެހޭ ކަންކަން ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

މާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް