Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓީ ޖެޓީއާއި ނޯތު ހާބަރުގެ މައްސަލަ

ޓީޖެޓީއާއި ނޯތު ހާބަރުގެ އާމްދަނީ ބަހާނީ އެއްބަސްވުމަކަށް އައިސް އިކޮނޮމިކް ކައުންސިލުން ފާސްކުރުމުން – އެމްޕީއެލް

ސިޓީ ކައުންސިލުން ވަނީ ލިޔުމުން ހުށަހަޅަން އެމްޕީއެލްއަށް އަންގާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 28 ޖެނުއަރީ 2022 | ހުކުރު 12:43
ޓީ ޖެޓީއާއި ނޯތް ހާބަރުގެ މައްސަލައިގައި ސިޓީ ކައުންސިލާއި އެމްޕީއެލްއާއި ދެމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން

ޓީ ޖެޓީއާއި ނޯތް ހާބަރުގެ މައްސަލައިގައި ސިޓީ ކައުންސިލާއި އެމްޕީއެލްއާއި ދެމެދު މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުން

މާލޭގެ ޓީޖެޓީ އާއި ނޯތު ހާބަރުން ލިބޭ އާމްދަނީގެ އެއްބައި މާލޭ ސިޓީ ކައުންސިލަށް ދޭން ރައީސް އޮފީހުން އެމްޕީއެލްއަށް އެންގުމާއި ގުޅިގެން އެކަމުގެ މަޝްވަރާތައް ފަށާފައިވާ ކަމަށާއި، އެއަށް ގޮތެއް ނިންމާނީ މަޝްވަރާއަށްފަހު ކަމަށް އެމްޕީއެލްއިން ބުނެފިއެވެ.

ދެ ބަނދަރުން ލިބޭ އާމްދަނީ އާއި ގުޅޭ ގޮތުން، ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ ވިދާޅުވީ، ރައީސް އޮފީހުގެ އެންގެވުމާއެއް ގޮތަށް ސިޓީ ކައުންސިލާއި މިކަމާއި ގުޅިގެން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ދެ ބަނދަރުން ލިބޭ އާމްދަނީ ބަހާނެ ގޮތަކާމެދު މަޝްވަރާ ކޮށްފައިވާއިރު، ސިޓީ ކައުންސިލްގެ އެދުމުގެ މަތިން ލިޔެ ކިޔުންތައް އެ ކައުންސިލަށް ފޮނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ޝާހިދު ވިދާޅުވީ ދެ ފަރާތުގެ މަޝްވަރާއަށްފަހު، ނިންމާ ނިންމުންތައް އިކޮނަމިކް ކައުންސިލަށް ހުށަހެޅިގެންދާނެ ކަމަށެވެ. އަދި އެކަމުގައި ގޮތެއް ނިންމާނީ އިކޮނަމިކް ކައުންސިލުން ކަމަށެވެ.

ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ބެލުމުގެ ދަށުން ބަލަހައްޓަމުން އަންނަ ނޯތު ހާބަރަކީ މާބޮޑު ފައިދާއެއް ލިބޭ ތަނެއް ނޫން ކަމަށާއި، އެތަނަކީ ރަށްރަށުން އަންނަ އުޅަނދުފަހަރަށް ޚިދުމަތްދޭ ތަނެއް ކަމަށެވެ. އަދި އެތަނަށް ކުރަން ޖެހޭ ޚަރަދުވެސް ބޮޑު ކަމަށާއި، އެމްޕީއެލްއިން އެތަން ބަލަހައްޓަނީ އެ ކުންފުންޏާއި އެތަން ހަވާލުކޮށްފައި އޮތުމުން ކަމަށެވެ.

ނަމަވެސް ޓީ ޖެޓީން ކޮންމެވެސް ވަރެއްގެ ފައިދާއެއް ލިބެމުންދާ ކަމަށާއި، ދައުލަތުގެ ބިމަކުން ލިބޭ ފައިދާއަކީ ދައުލަތުގެ އާމްދަނީގެ ތެރެއަށް ވަންނަ އެއްޗެއް ކަމަށެވެ.

ސިޓީ ކައުންސިލުން ބުނީ މާލޭ ނޯތު ހާބަރާއި، ޓީ ޖެޓީ އޮޕަރޭޓް ކުރުމާއި ގުޅޭގޮތުން ރައީސް އޮފީހުގެ އެންގެވުމާއި އެއްގޮތަށް އެމްޕީއެލްއިން މާލެ ސިޓީ ކައުންސިލާއެކު މަޝްވަރާކޮށްފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

މާލޭގެ ޓީޖެޓީ އާއި ނޯތު ހާބަރުން ލިބޭ އާމްދަނީގެ އެއްބައި މާލޭ ސިޓީ ކައުންސިލަށް ދޭން ރައީސް އޮފީހުން އެމްޕީއެލްއަށް އަންގައި ސިޓީ ފޮނުވާފައިވަނީ ބުދަ ދުވަހުއެވެ. ދެ ބަނދަރުން ލިބޭ އާމްދަނީގެ އެއްބައި ސިޓީ ކައުންސިލަށް ދޭން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށާއި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަމަށް އެމްޕީއެލްއިން ބުނެއެވެ.

ރައީސް އޮފީހުން މިގޮތަށް އަންގައި އެމްޕީއެލްއަށް ސިޓީ ފޮނުވާފައިމިވަނީ، ޓީޖެޓީ ކައުންސިލާ ހަވާލުކުރަން އެމްޕީއެލްއިން ދެކޮޅު ހަދާފައިވަނިކޮށެވެ. އެކަމާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ ފާއިތުވި ހަފުތާގައި ސިޓީ ކައުންސިލުން ވަނީ އެމްޕީއެލްއަށް އިންޒާރުވެސް ދީފައެވެ. ކައުންސިލުން ބުނެފައިވަނީ ޓީޖެޓީ ބެލެހެއްޓުމަށް ސަރުކާރުން އެމްޕީއެލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން މިހާރު ތިން އަހަރު ވެފައިވާ ކަމަށެވެ. އެމްޕީއެލުން ބުނަނީ އެ އެއްބަސްވުން ހަދާފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.

ޓީޖެޓީ ހުސްކޮށް، އެ ތަން ސިޓީ ކައުންސިލާއި ހަވާލުކުރަން 90 ދުވަހުގެ ނޯޓިސްއެއްވެސް ދީފައިވެއެވެ. އެ މުއްދަތު ހަމަވިއިރު އެތަން ހަވާލު ކޮށްފައި ނުވާތީ ސިޓީ ކައުންސިލުން އެތަނާ ހަވާލުވާން ކަމަށް ބުނެ އެތަނަށް ގޮސްފައިވެއެވެ. އެހެންނަމަވެސް އެމްޕީއެލްއިން އެ ދުވަހު ސިޓީ ކައުންސިލާ ބައްދަލުކޮށްފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ބަޖެޓް މި އަހަރަށް ފާސްކުރީވެސް ޓީޖެޓީން އާމްދަނީ ލިބޭނެކަމަށް ބަލައި އެ އަދަދުތައް ހިމަނައިގެންނެވެ.

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައެވެ. އޭރުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވީ މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

އެމްޕީއެލްމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު