Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޓީޖެޓީގެ އަމްދަނީ

ޓީޖެޓީ އާއި ނޯތު ހާބަރުން ލިބޭ އާމްދަނީގެ އެއްބައި ސިޓީ ކައުސިލަށްދޭން ރައީސް އޮފީހުން އަންގައިފި

އެމްޕީއެލްއަށް ރައީސް އޮފީހުން ސިޓީ ފޮނުވާފައިވަނީ ބުދަ ދުވަހު

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 27 ޖެނުއަރީ 2022 | ބުރާސްފަތި 08:08
ޓީޖެޓީ ސަރަހައްދު

ޓީޖެޓީ ސަރަހައްދު

މާލޭގެ ޓީޖެޓީ އާއު ނޯތު ހާބަރުން ލިބޭ އާމްދަނީގެ އެއްބައި މާލޭ ސިޓީ ކައުންސިލަށް ދޭން ރައީސް އޮފީހުން އެމްޕީއެލްއަށް އަންގައިފިއެވެ.

އެމްޕީއެލްއަށް ރައީސް އޮފީހުން މިކަން އަންގައި ސިޓީ ފޮނުވާފައިވަނީ ބުދަ ދުވަހުއެވެ. ދެ ބަނދަރުން ލިބޭ އާމްދަނީގެ އެއްބައި ސިޓީ ކައުންސިލަށް ދޭން އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީއެއް ލިބިފައިވާ ކަމަށާއި އެއާ ގުޅިގެން ކުރަންޖެހޭ ކަންކަން މިހާރު ކުރަމުން އަންނަ ކަން އެމްޕީއެލްއިންވަނީ ކަށަވަރުކޮށްދީފައެވެ. އަދި މަކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މާލެ ސިޓީއާއެކު ބައްދަލުވުމެއް ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ.

Advertisement - newsAdvertisement

ރައީސް އޮފީހުން މިގޮތަށް އަންގައި އެމްޕީއެލްއަށް ސިޓީ ފޮނުވާފައިމިވަނީ، ޓީޖެޓީ ކައުންސިލާ ހަވާލުކުރަން އެމްޕީއެލްއިން ދެކޮޅު ހަދާފައިވަނިކޮށެވެ. އެކަމާ ގުޅިގެން ކޯޓަށް މައްސަލަ ހުށަހަޅާނެ ކަމަށް ބުނެ ފާއިތުވި ހަފްތާގައި ސިޓީ ކައުންސިލުންވަނީ އެމްޕީއެލްއަށް އިންޒާރުވެސް ދީފައެވެ. ކައުންސިލުން ބުނެފައިވަނީ ޓީޖެޓީ ބެލެހެއްޓުމަށް ސަރުކާރުން އެމްޕީއެލާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވި ފަހުން މިހާރު ތިން އަހަރު ވެފައިވާ ކަމަށެވެ. އެމްޕީއެލުން ބުނަނީ އެ އެއްބަސްވުން ހަދާފައިވަނީ މުއްދަތެއް ނެތް ގޮތަށް ކަމަށެވެ.

ޓީޖެޓީ ހުސްކޮށް، އެ ތަން ސިޓީ ކައުންސިލާއި ހަވާލުކުރަން 90 ދުވަހުގެ ނޯޓިސްއެއްވެސް ދިފައިވެއެވެ. އެ މުއްދަތު ހަމަވިއިރު އެތަން ހަވާލު ކޮށްފައި ނުވާތީ ސިޓީ ކައުންސިލުން އެތަނާ ހަވާލުވާން ކަމަށް ބުނެ އެތަނަށް ގޮސްފައިވެއެވެ. އެހެންނަމަވެސް އެމްޕީއެލްއިން އެ ދުވަހު ސިޓީ ކައުންސިލާ ބައްދަލުކޮށްފައެއް ނުވެއެވެ.

މާލެ ސިޓީ ކައުންސިލްގެ ބަޖެޓް މި އަހަރަށް ފާސްކުރީވެސް ޓީޖެޓީން އާމްދަނީ ލިބޭނެކަމަށް ބަލައި އެ އަދަދުތައް ހިމަނައިގެންނެވެ.

ޓީޖެޓީ ބެލެހެއްޓުން އެމްޕީއެލާ ހަވާލުކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. އޭރުގެ ހައުސިން މިނިސްޓަރު ކަމުގައި ހުންނެވީ މިހާރު މާލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ.

އެމްޕީއެލްމާލޭ ސިޓީ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

11 ޖޫން
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ނުލިބޭ މީހުންނަށް އެކަން އަންގަން ފަށައިފި

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް
20242 އަހަރު ކުރިން
ރާއްޖެ

މަދު ބަންގްލަދޭޝް މީހުން ކޮޅެއް ކުރާ މުޒާހަރާ އެއް ވީމާ އެތާކަށް ނުދާނަން: ފިޝަރީޒް މިނިސްޓަރ ޝިޔާމް

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި
20233 އަހަރު ކުރިން
ރިޕޯޓު

މަންމަ މަރުވިތާ 40 ދުވަސް ފަހުން ސަލާމަތްވި ދަރިންކޮޅުގެ އިންތިޒާރުގައި މާމައާއި ކާފަ ކެތްމަދުވެފައި

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

މާބްލް ޝީޓްތަކެއްގެ ތެރޭގައި ތާށިވެ ބިދޭސީއަކު މަރުވެއްޖެ

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!
20215 އަހަރު ކުރިން
ރިޕޯޓު

ސައްމެ، ވަކިވެގެން އެ ދިޔައީ މުޅި ނިލަންދޫ ރޮއްވާލާފައި!

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ސުޕްރީމް ކޯޓުގެ ފަނޑިޔާރަކާއި، ފެމިލީ ކޯޓުގެ އިސް ފަނޑިޔާރު ސަސްޕެންޑްކޮށްފި

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް
20188 އަހަރު ކުރިން
ސިއްހަތު

ރޯދަހިފުން: ބަރުދަން ލުއި ކުރުމަށް އޮތް ރަނުގެ ފުރުސަތެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު