Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރަސްފަންނު ސަރަހައްދަށް ކުނި އެޅި މައްސަލަ

ރަސްފަންނު ސަރަހައްދަށް ކުނި އެޅި މައްސަލަ ބަލާނަން: އީޕީއޭ

އެ ސަރަހައްދަށް ގިނަ އަދަދެއްގެ ކުނި ވަނީ އަޅާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 11 ޖެނުއަރީ 2022 | އަންގާރަ 06:32
ރަސްފަންނު ސަރަހައްދަށް އަޅާފައިހުރި ކުނި ނެގުން

ރަސްފަންނު ސަރަހައްދަށް އަޅާފައިހުރި ކުނި ނެގުން

ރަސްފަންނު ސަރަހައްދަށް ކުނި އެޅި މައްސަލަ ބަލަންފަށާނެ ކަމަށް އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވެއްޖެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 26 އިން ފެށިގެން މާލެ ސަރަހައްދުގައި ނައިޓް މާކެޓް ބާއްވާފައިވާއިރު ކޮވިޑްގެ ކޭސްތައް އިތުރުވާންފެށުމާއެކު މިމަހުގެ 6 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ ނައިޓް މާކެޓް ހުއްޓުވާފައެވެ. އެއާއެކު ވިޔާފާރިވެރިން ވަނީ އެބައެއްގެ ސްޓޯލްތައް ނަގާފައެވެ.

Advertisement - newsAdvertisement

އެހެންނަމަވެސް އަދިވެސް އެ ސަރަހައްދަށް ގިނަ އަދަދެއްގެ ކުނި ވަނީ ޖަމާކޮށްފައެވެ. މީގެ ތެރޭގައި ސަތަރިއާއި، ޕެލެޓާއި، ގިނަ އަދަދެއްގެ ލަކުޑި ހުރިކަން ވަނީ ފާހަގަކުރެވިފައެވެ. މިކަމާއި އީޕީއޭއިން މި މައްސަލަ ބަލަމުންދޭތޯ ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ މި މައްސަލަ ބައްލަވާނެ ކަމަށެވެ. އެންމެ ފުރަތަމަ ބަލާނީ މިކަން ހިނގައިދިޔަގޮތާއި، މިކަމުގައި އޮތީ ކޮން ބައެއްގެ އިހުމާލެއްތޯ ކަމަށް ނައީމް ވިދާޅުވިއެވެ. އަދި އެއަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށް ނައީމް ވިދާޅުވިއެވެ.

މި މައްސަލަ ބަލާނެ ކަމަށް އީޕީއޭއިން ބުނެފައިވާއިރު، ނައިޓް މާކެޓް ކުރިއަށް ދިޔަ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ފަށާފައިވާކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މައުލޫމާތު ލިބޭގޮތުގައި ސިޓީ ކައުންސިލުން ވަނީ އެތަން ހުސްކުރުމަށް މުއްދަތެއް ދީފައެވެ. އެހެންނަމަވެސް އެ މުއްދަތުގައިވެސް ބައެއް ތަންތަން ހުސްކޮށްފައެއް ނުވެއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 28 އިން ފެށިގެން މާލެ ސަރަހައްދުން ފެންނަ ކޮވިޑްގެ ކޭސްތައް ދަނީ އިތުރުވަމުންނެވެ. ކޭސްތައް އިތުރުވަމުންދާތީ ނައިޓް މާކެޓް ބޭއްވުން ހުއްޓާލުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ. އެއާއެކު ގިނަ އަދަދެއްގެ ވިޔަފާރިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވިޔަފާރިވެރިންތައް އެއްވެ އެ ސަރަހައްދުގައި މުޒާހަރާވެސް ކޮށްފައިވެއެވެ. އެއާއެކު އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ނައިޓް މާކެޓް ކުރިއަށްގެންދިއުމަށް ހުއްދަ ދޭން ވަނީ ނިންމާފައެވެ. އެހެންނަމަވެސް ގައިޑްލައިނާ އެއްގޮތަށް ނައިޓް މާކެޓް ކުރިއަށްނުދާ ކަމަށްބުނެ އެޗްޕީއޭއިން ވަނީ އެތަން ބަންދުކުރުމަށް އަންގާފައެވެ.

މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވަމުންދާތީ ޚާއްސަ ފިޔަވަޅުތަކެއް އެޅުމަށްވެސް މިމަހުގެ 9 ވަނަ ދުވަހު އެޗްޕީއޭއިން ވަނީ އަންގާފައެވެ. މީގެ ތެރޭގައި 50 މީހުންނަށްވުރެ ގިނަ މީހުން ޖަމާވާގޮތަށް ހަފްލާތަކާއި އިވެންޓްތަކާއި އެއްވުންތައް ނުބާއްވަން އެންގުމާއި، 50 މީހުންނަށްވުރެ މަދުން މީހުން ހިމަނައިގެން ބާއްވާ މިފަދަ ކަންކަން ރައްކާތެރިކަމުގެ މިންގަނޑުތަކާއި އެއްގޮތަށް ބޭއްވުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން މަގުމަތީ ބާޒާރުތައް ނުބޭއްވުމަށާއި، ކުޅިވަރު މުބާރާތްތައް، ކުޅި ބަލާ މީހުންނަށް ވަދެވޭގޮތަށް ނުބޭއްވުމަށް ވަނީ އަންގާފައެވެ.

މާލޭ ސިޓީ ކައުންސިލްއީޕީއޭ

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު