Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާކިންގ ސްލޮޓުގެ ގުރުނެގުން

ޕާކިން ސްލޮޓުގެ އިއުލާނުތައް ބާތިލުކޮށް، އަލުން އިއުލާނު ކުރަނީ

05 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ގުރުއަތު ނެގުންވެސް ބާތިލް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2022 | ބުދަ 04:49
ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު- ޕާކިން ސްލޮޓުތައް އެ އުޅަނދެއް ދެމިއޮތްހާ ހިނދަކު އޮންނާނެކަމަށް މުއިއްޒު ވިދާޅުވޭ

ކުރީގެ ހައުސިން މިނިސްޓަރ އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު- ޕާކިން ސްލޮޓުތައް އެ އުޅަނދެއް ދެމިއޮތްހާ ހިނދަކު އޮންނާނެކަމަށް މުއިއްޒު ވިދާޅުވޭ

މާލޭގައި ތަރައްޤީ ކޮށްފައިވާ 211 ޕާކިން ސްލޮޓަށް އެދި ހުޅުވާލާފައިވާ އިޢުލާންތައް ބާތިލުކޮށް، އަލުން ޕާކިން ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލަން ނިންމައިފިއެވެ.

އެކަމާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުން ބުނީ، އެ ކައުންސިލްގެ ފަރާތުން މާލޭގައި ތަރައްޤީކޮށްފައިވާ 211 ޕާކިން ސްލޮޓަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ މެދުގައި 05 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ގުރުއަތު ނެގުން ބާތިލް ކޮށްފައިވާ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވާ ޕާކިން ސްލޮޓްތަކުގެ ގުރުލުން ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އަދި ޕާކިން ސްލޮޓްތަކުގެ ގުރުނެގުން ކުރިއަށް ގެންދިޔަ އުސޫލާމެދު ވެސް ހިތްހަމަ ނުޖެހުންތަކެއް ވަނީ އުފެދިފައެވެ. އޭރު މި މައްސަލަ ވަނީ އޭސީސީއަށް ވެސް ހުށަހަޅާފައެވެ. އަދި އޭސީސީން އަލުން ގުރުއަތު ނެގުމަށް އެންގުމާއެކު، ފަހުންވެސް ގުރުއަތު ނެގުން ތާވަލު ކުރިއެވެ. ނަމަވެސް އިދާރީ މަސައްކަތެއް ނުނިމިގެން ޕާކިން ސްލޮޓްގެ ގުރުއަތު ނެގުން ކެންސަލް ކުރުމަށްފަހު އަނެއްކާވެސް ގުރުއަތު ނެގުން އޮތް ދުވަހު މިވަނީ އިއުލާނު މުޅިން ބާތިލުކޮށް އަލުން ހުޅުވާލުމަށް ނިންމާފައެވެ.

އެކަމާ ގުޅޭގޮތުން ސިޓީ ކައުންސިލުން ބުނީ، ޕާކިން ސްލޮޓްތަކަށް ކުރިމަތި ލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުން ތަކުގައި އިދާރީގޮތުން އޮޅުން ތަކެއް އަރާފައިވާކަން ފާހަގަކޮށް، ޕާކިން ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް އަލުން އިޢުލާން ކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުން ސިޓީއަކުން ކައުންސިލަށް އަންގާފައިވާކަމަށެވެ. އެއާއެކު، ޕާކިން ސްލޮޓަށް ކުރިމަތިލުމަށް ކޮށްފައިވާ އިޢުލާންތައް ބާތިލް ކޮށް އަލުން ޕާކިން ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

މާލެ ސިޓީ ކައުންސިލުން ވަނީ މިހާރު ހުޅުވާލެވިފައިވާ 211 ޕާކިން ސްލޮޓަށް އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ބުނެފައެވެ.

211 ސްލޮޓަށް 969 މީހަކު ކުރިމަތިލާފައި ވާއިރު، މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށް ވެސް ސްލިޕެއް ހަވާލުކުރި ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ގުރުއަތު ނެގުމަށް ބޭނުން ކޮށްފައިވަނީ މި ސްލިޕް ނަންބަރުތައް ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބައެއް މީހުންނަށް ސްލިޕް ދޫކުރިއިރު ފޯމް ނަންބަރު ކައުންސިލުގެ ފަރާތުން ޖަހާފައި ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އަދި މިފަދަ ގިނަ ސްލިޕްތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރު ވެފައެވެ. މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވީ, ނަންބަރުތައް ނެތް ސްލިޕް ހުރެދާނެ ކަމަށެވެ.

މި ސްލޮޓްތަކާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުޢީޒު ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާއި އެ ސްލޮޓް ލިބޭ ފަރާތަކާމެދު ހެދޭ އެއްބަސް ވުމެއްގެ ދަށުން، އެ ސްލޮޓަކީ އެ ވެހިކަލްގެ ގަރާޖުގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅުމަށް 25،000ރ. ކުލީގެ ގޮތުގައި ނަގާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ސްލޮޓަކީ އެ އުޅަނދެއް ދެމިއޮތްހާ ހިނދަކު އޮންނާނެ ސްލޮޓެކެވެ. އެއީ މުސްތަގުބަލުގައި ހަދާ ޕާކިން ސްލޮޓަކުން ކަމަށް ވިޔަސް އެމީހަކަށް އެ ސްލޮޓް ކަށަވަރުވެފައި އޮންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ޕަރކިންމާލޭ ސިޓީ ކައުންސިލްއޭސީސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

16 މާރިޗު
ގްރިލްޑް ޕައިނެޕަލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ގްރިލްޑް ޕައިނެޕަލް

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި
20242 އަހަރު ކުރިން
ރިޕޯޓު

ހަ މަހުގެ ތުއްތު ކުއްޖާ ގޮވައިގެން އައިޖީއެމްއެޗްގައި 8 ގަޑިއިރު، ޑޮކްޓަރަކާއި ދިމަލެއް ނުވި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮނުގަސް އިންދާ އާލާކުރަނީ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި
20224 އަހަރު ކުރިން
ރާއްޖެ

12 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ: ހައްޔަރުކުރި 3 މީހުން ތެރެއިން 2 މީހުން ވަރަށް ނުރައްކާތެރި

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!
20215 އަހަރު ކުރިން
ރިޕޯޓު

އެނަމާ ބޯޓުގެ ކާރިސާ: ކޯސްޓްގާޑުގެ ޑައިވަރުން ގޮވައިގެން އައި ފްލައިޓް ކާނޑެއްދޫއަށް ޖެއްސުނީ ސައްދާމުގެ ހިތްވަރުން!

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި
20197 އަހަރު ކުރިން
ރާއްޖެ

ޕާޓީގެ އެދުމުގެ މަތިން، މަހިބަދޫ އެމްޑީޕީ ކެންޑިޑޭޓް ނަން އަނބުރާ ނަންގަވައިފި

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
20188 އަހަރު ކުރިން
ރިޕޯޓު

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު