Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޖެޓީގެ މައްސަލަ

ޓީޖެޓީގެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފި

1 ޖެނުއަރީ 2022 | ހޮނިހިރު 15:51

ކޯޓަށް ދާނެ ކަމުގެ އިންޒާރު ސިޓީ ކައުންސިލުން ވަނީ ދީފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 1 ޖެނުއަރީ 2022 | ހޮނިހިރު 15:51
ޓީޖެޓީ

ޓީޖެޓީ

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ހިންގާ ޓީޖެޓީ، މާލެ ސިޓީ ކައުންސިލްގެ ދަށަށް ގެނައުމަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިފިއެވެ.

ޓީޖެޓީ މާލެ ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެމްޕީއެލްއިން ދެކޮޅު ހެދުމާއި ގުޅިގެން މި މައްސަލައިގައި ކޯޓަށް ދާނެ ކަމުގެ އިންޒާރު މާލެ ސިޓީ ކައުންސިލުން ވަނީ ދީފައެވެ. މާލެ ސިޓީ ކައުންސިލްގެ ފަރާތުން މި މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެެ.

Advertisement - newsAdvertisement

ކުރީގެ ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާފައިވާ އެއްބަސްވުމެއްގެ ދަށުން ޓީޖެޓީ އޭރު ސިޓީ ކައުންސިލާ ހިންގަން ހަވާލުކުރުމުގެ ބަދަލުގައި އެމްޕީއެލްއަށް ދީފައިވަނީ މުއްދަތެއް ނެތްގޮތަށެވެ. ނަމަވެސް އައު ސިޓީ ކައުންސިލުން ބޭނުންވަނީ ލާމަރުކަޒީ ގާނޫނުގެ ތެރެއިން މާލޭގެ އިހްތިސާސްގެ ތެރޭގައި ހިމެނޭތީ ޓީޖެޓީ އަތުލުމަށެވެ.

އެމްޕީއެލްއަށް ސިޓީ ކައުންސިލުން 90 ދުވަހު ނޯޓިސްއެއް ވެސް ދީފައިވެއެވެ. އަދި އެ ނޯޓިސްގެ މުއްދަތު ހަމަވި ފަހުން އިތުރު 7 ދުވަހުގެ ނޯޓިސްއެއް ދީ އެތަން އަތުލުމަށް ހޯމަ ދުވަހު ސިޓީ ކައުންސިލްގެ މެންބަރުން ޓީޖެޓީއަށް ވަޑައިގެންފައިވެއެވެ. އެތަނުގައި ހުންނަވައި ދެއްވި އިންޓަރވިއުއެއްގައި ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ ޓިޖެޓީއާ ގުޅޭގޮތުން ނިންމަންޖެހޭ ކަމެއް ނިންމަން ޖެހޭނީ ސިޓީ ކައުންސިލްގެ ބަހެއް އޮވެގެން ކަމަށެވެ. އަދި ޓީޖެޓީ އެމްޕީއެލްއިން ހިންގުމަށް އިއުތިރާޒެއް ނެތް ކަމަށާއި، އެހެނަމަވެސް މާލެ ސިޓީ ކައުންސިލަށް އަދި މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ ބިމުގެ ކުލި ނުލިބުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

ނަރީޝް ވިދާޅުވީ އެމްޕީއެލްގެ ވެރިންގެ ގޮތުގައި ތިބި އެއްވެސް ބޭފުޅަކަށް މާލޭ ސިޓީގެ ރައްޔިތުންގެ ހައްގުގައި މާލެ ސިޓީ ކައުންސިލާ ބައްދަލުކުރަން ވަޑައިގަންނަވަން ކެރިވަޑައިނުގެންނެވި ކަމަށާއި، މިވީ 97 ދުވަހުގެ ތެރޭގައި އެމްޕީއެލްއިން ކައުންސިލާ ވާހަކަދައްކާކަށް ވެސް ބޭނުމެއް ނުވި ކަމަށެވެ.

މިކަމާއި ގުޅިގެން އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވީ އެމްޕީއެލްއިން ޓީޖެޓީ ބެލެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ޚަރަދުތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި ސަރުކާރުން ވަކި ގޮތެއް ނާންގާހާ ހިނދަކު އެމްޕީއެލްއިން ޓީޖެޓީ ބަލަހައްޓާނެ ކަމަށެވެ. އަދި ޓީޖެޓީ، ސިޓީ ކައުންސިލާ ހަވާލުކުރަން ޖެހިއްޖެ ހާލަތެއްގައި ވަކި އުސޫލެއްގެ ދަށުން، އެމްޕީއެލްއިން އެސަރަހައްދުގައި ކުރަމުން އަންނަ މަސައްކަތާއި ދެމުން އަންނަ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެދިފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްއެމްޕީއެލް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް

14 ޑިސެމްބަރު 2025
މާލެ ސަރަހައްދުގެ ބަނދަރުތައް އެޗްޑީސީ އާއި ޓްރާންސްޕޯޓް މިނިސްޓްރީން ބަލަހައްޓަނީ ޤާނޫނާއި ޚިލާފަށް: މޭޔަރ އާޒިމް
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް