Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
2021 ވަނަ އަހަރުގެ އުސްއަލިތައް

2021 ޝަރުއީ ދާއިރާ: ޔާމީނުގެ ހުކުމް ބާތިލުވުން

ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 ޑިސެމްބަރު 2021 | ބުދަ 12:03
ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ

ރައީސް ޔާމީން މިނިވަން ވުމާއި ގުޅިގެން އެމަނިކުފާނުގެ ސަޕޯޓަރުން އުފާފާޅުކުރަނީ

2021 ވަނަ އަހަރު ޝަރުއީ ދާއިރާގައި ހިނގާ ދިޔަ މުހިއްމު ކަންކަމުގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިއްވާފައިވާ ޖަލު ޙުކުމާއި ގުޅޭ ޝަރީއަތްތައް ފާހަގަ ކޮށްލެވެއެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށް ލުމަށާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެގޮތުން ރައީސް ޔާމީނުގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ޖަލު ޙުކުމަށް މި އަަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހައިކޯޓުން ވަނީ ތާއީދު ކޮށްފައެވެ. ނަމަވެސް އެ ޙުކުމް އެންމެ މަތީ މަރުޙަލާގެ ކޯޓުގައި އިސްތިއުނާފު ކުރުމުން، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވަނީ ޙުކުމް ބާތިލު ކަމަށް ނިންމާފައެވެ.

ހައިކޯޓު މަރުޙަލާ:

މަނީ ލޯންޑަރިންގ މައްސަލާގައި ރައީސް ޔާމީން 5 އަހަރަށް ޖަލަށްލުމާއެކު 5 މިލިއަން ޑޮލަރުން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމް ރައީސް ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމާގުޅިގެން، އެމައްސަލައަށް ހައިކޯޓު މަރުޙަލާއިން ގޮތެއް ނިމިގެން ދިޔައީ 21 ޖެނުއަރީ 2021 ވީ ބުރާސްފަތި ދުވަހުއެވެ. ރައީސް ޔާމީނުގެ މައްޗަށް އިއްވާފައިވާ ޖަލު ޙުކުމް ރަނގަޅުކަމަށް ހައިކޯޓުން ނިންމިއިރު، ހައިކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަތީ ފަނޑިޔާރު ހުސައިން މަޒީދާއި، ފަނޑިޔާރު މުޙައްމަދު ނިޔާޒު އަދި ފަނޑިޔާރު ހުސައިން ޝަހީދު އެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަޒީދެވެ.

ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލި މަނީ ލޯންޑަރިންގ ކުށް ސާބިތު ކުރުމަށް، ހުށައެޅި ޝަފަވީ ހެއްކާއި ކިތާބީހެކިތަކަށް ރިއާޔަތްކޮށް ކުށް ސާބިތުވާކަމަށް އެކޯޓުން ކަނޑައަޅާފައިވަނީ މަނީ ލޯންޑަރިންގ ގާނޫނާ އެއްގޮތަށް ކަމަށެވެ. އަދި ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލް ކުރަންޖެހޭ ގާނޫނީ އަދި ޝަރުއީ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ހުކުުގައި ބުނެފައިވެއެވެ.

ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފީ 75 ނުކުތާ ހުށަހަޅާފައިވާއިރު، އެއްވެސް ތަރުތީބެއްނެތި، ބައެެއްކަންކަން ތަކުރާރުވެ، އޮޅުންބޮޅުން ބޮޑުކޮށް ހުށަހަޅާފައިވާ ނުކުތާތަކެއް ކަމަށާއި އެހެންކަމުން މި މައްސަލަ ބެލުމުގައި ވަރަށްގިނަ ވަގުތު ހޭދަވެގެންދިޔަ ކަމަށް މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވިއެވެ. އަދި އިސްތިއުނާފީ ނުކުތާ ކޯޓުތަކަށް ހުށަހަޅާއިރު، އެކަންކަމަށް ސާމާލުވުމަށް ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ނަސޭހަތްތެރިވެފައިވެއެވެ.

ސުޕްރީމް ކޯޓު މަރުޙަލާ:

ރައީސް ޔާމީނުގެ ފަރާތުން ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓަށް ހުށައެޅުމުން ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް، ގޮތެއް ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުއެވެ. ރައީސް ޔާމީނުގެ ފަރާތުން ސުޕްރީމް ކޯޓަށް 22 އިސްތިއުނާފީ ނުކުތާއެއް ހުށައެޅުއްވިއެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި، ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން، ފަނޑިޔާރު މުޙައްމަދު އިބްރާޙިމްއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ދެކެވަަޑައިގަންނަވާ ގޮތުގައި އަހުމަދު އަދީބާއި، އަބްދުﷲ ޒިޔަތުގެ ހެކިބަހަށް ބާރު ލިބިދޭ އެހެން ހެކިތަކެއް ނެތް ޙާލަތުގައި އެ ދެފަރާތުގެ ހެކިބަހަށް ބުރަދަން ދިނުން ރައްކާތެރިއެއް ނޫނެވެ.

އޭގެ އިތުރުން، މައްސަލައިގައި ބުނާ ފައިސާ ޖަމާކުރި ޑިޕޮސިޓް ސްލިޕްގައި، މޮރިޝަސް ކޮމާޝަލް ބޭންކްގެ އެކައުންޓުން ދޫކޮށްފައިވާ ކަމަށް ބުނާ ޗެކް ނަންބަރާއި، މި މައްސަލައިގައި ހުށަހަޅާފައިވާ އެސް.އޯ.އެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި 11 އޮކްޓޯބަރ 2015 ގައި އެ ކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރުގެ މުޢާމަލާތުގެ ތަފުސީލުގައި ހިމެނިފައިވާ ޗެކް ނަންބަރު ދިމާ ނުވާކަަމަށް ބަޔާންކޮށް، ޔާމީނުގެ ފަރާތުން ހުށައެޅި ނުކުތާއަށްވެސް ފަނޑިޔާރުން ވަނީ ރިއާޔަތް ކުރައްވާފައެވެ. އެ ނުކުތާ ނިމިގެން ދިޔައީ ޔާމީނާ އެއްކޮޅަށެވެ.

ޔާމީނުގެ މައްސަލައިގައި 11 އޮކްޓޯބަރ 2015 ގައި އެސް.އޯ.އެފްގެ އެކައުންޓަށް ޖަމާވެފައިވާ އެއް މިލިޔަން ޑޮލަރާއި ގުޅޭ ތަފްސީލުގައި ދައުލަތުން ހުށައަޅާފައިވާ ޗެކާއި ޑިޕޮސިޓް ސްލިޕްގައި އޮތް ނަންބަރަކީ، 0494502 އެވެ. ނަމަވެސް އެކައުންޓް ސްޓޭޓްމަންޓްގައި އޮތީ 0495402 އެވެ. 45އާއި 54 ގެ ފުށު އެރުމެއްގެ ނަތީޖާއަކަށްވީ ޔާމީނުގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ޔުނައިޓެޑް އިންޓަރނޭޝަލްއިން އެމް.އެމް.ޕީ.އާރް.ސީ އަށް ދޫކުރި ޗެކުން ޖަމާވެފައިވާ އެއްމިލިޔަން ޑޮލަރުކަމާމެދު ޝައްކު އުފެދުމެވެ. އަދި އެ ޝައްކުގެ މަންފާ ޔާމީނަށް ލިބިދޭން ޖެހޭނެކަމަށް ފަނޑިޔާރުންވެސް ނިންމެވިއެވެ.

އެހެންނަމަވެސް، ފަނޑިޔާރުން ވަނީ ތަހުގީގީ އިދާރާތަކުން ބަލަމުންދާ ފައިސާތަކެއް އަމިއްލަފުޅަށް އިންވެސްޓު ކުރެއްވުމަކީ ޤާނޫނީ ވެރިކަމަށް ނުބައްލަވައި، އަމިއްލަ މަސްލަޙަތު އިސްކުރެއްވުން ކަމަށް ވިދާޅުވެފައެވެ. ވީމާ މިއީ ބެލޭނެ މައްސަލައެއް ކަމަށާއި، ދައުލަތަށް އެ ޙައްޤު ލިބިގެންވާކަމަށް ފަނޑިޔާރުން ޙުކުމުގައި ފާހަގަ ކުރެއްވިއެވެ.

ޔާމީނުގެ އެކައުންޓަށް ޖަމާވި އެއްމިލިޔަން ޑޮލަރަކީ ކޮން ގޮތަކުން ޖަމާވެފައިވާ ފައިސާއެއްކަން ކަށަވަރު ނުވާކަމަށްވެސް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުން ދެކިވަޑައިގަންނަވައެވެ. އަދި އެސްއޯއެފަކީ ދަންނަ ކުންފުންޏެއް ނޫންކަމަށް ޔާމީނު ވިދާޅުވި ނަމަވެސް، އެ ކުންފުނިން ޖަމާކުރި ފައިސާ ހިމަނައިގެން އިންވެސްޓު ކުރައްވައި ފައިދާ ހޯއްދެވިކަން އެނގެން އޮންނަކަމަށް ފަނޑިޔާރުން ވިދާޅުވެއެވެ.

ސުޕްރީމް ކޯޓުން ޔާމީނުގެ ޖަލު ޙުކުމް ބާތިލު ކުރި ނަމަވެސް، މިހާރުވެސް އިތުރު މައްސަލަތަކެއްގައި ޔާމީނުގެ މައްޗަށް ދައުވާ އުފުލާފައިވެއެވެ. އެގޮތުން ރ ފުއްގިރި ހިޔާނާތައި ވ އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އުފުލާފަައިވާ ދައުވާތަކެއް ހިމެނެއެވެ. މިއިން ކޮންމެ މައްސަލައެއްގައިވެސް ޔާމީނުގެ މައްޗަށް ދެ ދައުވާ އުފުލާފައިވެއެވެ. އެއީ މަނީ ލޯންޑަރިންގ އަދި ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ ދައުވާއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަމީތާބަށް 75 އަހަރު ފުރެނީ، ފިލްމީ ދާއިރާގައި 48 އަހަރު

އަމީތާބަށް 75 އަހަރު ފުރެނީ، ފިލްމީ ދާއިރާގައި 48 އަހަރު

23 އޯގަސްޓު 2017
މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

މުޅި ގައުމު ސުޕްރީމް ކޯޓްގެ ހުކުމްގެ އިންތިޒާރުގައި!

21 އޯގަސްޓު 2017
ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

ރައީސް ޔާމީނުގެ ސަރުކާރަށް ތިން އަހަރާއި ބައި: ކޮންމެ ދޮޅުމަހެއްގެ ތެރޭގައި މަރެއް!

05 އޯގަސްޓު 2017
ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

ރާކޭޝް ފިލްމީ ދާއިރާގައި 50 އަހަރު: ޑައިރެކްޓް ކޮށްފައިވަނީ ހަމައެކަނި "ކޭ" އަކުރުން ފެށޭ ފިލްމުތައް

02 ޖުލައި 2017
ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

ޔާމީނުގެ މަރަށް 30 ދުވަސް، ތަހުގީގު ގޮސްފައިވަނީ ކިހާ ހިސާބަކަށް؟

24 މެއި 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު