Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތް

ނޭޕާލް އަތުންވެސް އަންހެން ވޮލީބޯޅަ ޓީމު ބަލިވެއްޖެ

ތިންވަނަ މެޗުގައި ރާއްޖެ ނުކުންނާނީ ލަންކާއާ ދެކޮޅަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2021 | ހުކުރު 08:32
ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން

ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖެ އާއި ނޭޕާލް ބައްދަލުކުރި މެޗުގެ ތެރެއިން

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި މިހާރު ކުރިއަށްދާ އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި ރާއްޖޭގެ އަންހެން ސީނިއާ ވޮލީބޯޅަ ޓީމުން ކުޅުނު ދެވަނަ މެޗުން ނޭޕާލް އަތުން ބަލިވެއްޖެއެވެ.

ހުކުރު ދުވަހުގެ ހެނދުނު ކުޅުނު މި މެޗުން ނޭޕާލް އަތުން ރާއްޖެ ބަލިވީ ސީދާ ތިން ސެޓުންނެވެ. މީގެ ކުރިން 2019 ވަނަ އަހަރު ބޭއްވި ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ވާދަކޮށްފައިވަނީވެސް ރާއްޖެ އާއި ނޭޕާލޭވެ. އެ ފަހަރު ރާއްޖެ ބަލިކޮށް ނޭޕާލުން ވަނީ މުބާރާތް ކާމިޔާބުކޮށްފައެވެ.

ހުކުރު ދުވަހު ކުޅުނު މެޗުގެ ފުރަތަމަ ސެޓު ފަށައިގެން ރާއްޖޭން ރަނގަޅަށް ކުޅެ ނޭޕާލަށް ޕްރެޝަރު ކުރިއެވެ. އެގޮތުން ރާއްޖޭގެ ޝަހާ ޝާމިން އާއި އާމިނަތު އަރީޝާ (އަރީ) ގެ އެޓޭކުތައް ހުއްޓުވަން ނޭޕާލަށް އުނދަގޫވިއެވެ. އެކަމަކު ނޭޕާލުން ވަނީ ގާތްގާތުގައި ގިނަ ޕޮއިންޓުތަކެއް ހޯދައި ބޮޑު ލީޑެއް ނަގައިފައެވެ. އެއާއެކު މި ސެޓު ނޭޕާލުން ގެންދިޔައީ 25-11 އިންނެވެ.

މެޗުގެ ދެވަނަ ސެޓު ފަށައިގެންވެސް ރާއްޖޭގެ ފަރާތުން މޮޅު އެޓޭކުތަކެއް ފެނިގެންދިޔަ ނަމަވެސް، ނޭޕާލު ކުޅުންތެރިން ވަނީ ތަޖުރިބާގެ ބޭނުން ހިފައި 25-09 އިން މި ސެޓު ކާމިޔާބުކޮށްފައެވެ. އަދި ތިންވަނަ ސެޓުގައި ދެ ޓީމުން ގިނަ ބަދަލުތަކެއް ފެނިގެންދިޔައިރު، މި ސެޓުގައި ނޭޕާލުން ވަނީ ހުނަރުވެރި ކުޅުންތެރިޔާ ޕްރަދީބާ މާލީ ކުޅެން އަރުވާފައެވެ. އެއާއެކު މި ސެޓު ނޭޕާލުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 25-05 އިންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ގައުމީ ޓީމުގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ބުނީ މި މެޗަށް ނުކުތީވެސް ނޭޕާލަކީ ކިހާވަރެއްގެ ޓީމެއްކަން ދެނެގެން ކަމަށާއި، އެގޮތުން ރާއްޖޭގެ މި ވަގުތު އޮތް ސްކޮޑަށް ބަލާނަމަ، މިއީ ޕްރެކްޓިސް މެޗަކަށް ދެކިގެން ނުކުތް މެޗެއް ކަމަށް ކުޅުންތެރިންނަށް ވިސްނައިދިން ކަމަށެވެ. އަދި ފުރަތަމަ ދެ ސެޓުގައި ޓީމުގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަޖެހޭ ކަމަށްވެސް ބުންޏެވެ. މުންތޭ ބުނީ ފަހު ސެޓު ތަފާތު ބޮޑުވީ ފުރަތަމަ ދެ ސެޓު ރަނގަޅަށް ކުޅެވިފައި، މެޗު ކާމިޔާބުކުރުމުގެ ވިސްނުމުގައި ކުޅުންތެރިންނަށް ކުޅެވުމުން ކަމަށެވެ.

މި ފަހަރުގެ މުބާރާތުގައި އަންހެން ޓީމު ވާދަކުރަމުން އަންނައިރު، މި މުބާރާތުގައި ވާދަކުރާ އަންހެން ވޮލީބޯޅަ ޓީމަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އެގޮތުން މީގެ ކުރިން ގައުމީ ސީނިއާ ޓީމަށް ކުޅުނު ކުޅުންތެރިންގެ ތެރެއިން މި ފަހަރުގެ ޓީމުގައި ހިމެނެނީ ހަތަރު ކުޅުންތެރިއެކެވެ. ދެން މި ޓީމުގައި ހިމެނޭނީ މުޅިން އަލަށް ގައުމީ ޓީމުން ޖާގަ ހޯދި ކުޅުންތެރިންނެވެ.

އެގޮތުން ގައުމީ ސީނިއާ އަންހެން ވޮލީ ޓީމުގެ އެވެރެޖް އުމުރަކީ 20-23 އަހަރާ ދެމެދެވެ. އަދި މި މުބާރާތަށް ނުކުތް ޓީމުގައި ގިނައީ މީގެ ކުރިން ބައިނަލްއަގުވާމީ މެޗުތަކުގެ ތަޖުރިބާ ލިބިފައިނުވާ ކުޅުންތެރިންނެވެ.

މި ފަހަރުގެ ސެންޓްރަލް ޒޯން އަންހެން މުބާރާތުގައި ރާއްޖެއާއެކު ވާދަކުރާނީ ނޭޕާލުގެ އިތުރުން ބަންގްލަދޭޝް އާއި، އުޒްބެކިސްތާނާއި، ސްރީ ލަންކާ އަދި ކިރްގިސްތާނެވެ.

މުބާރާތުގެ ތިންވަނަ މެޗުގައި ހޮނިހިރު ދުވަހު ރާއްޖެ ނުކުންނަން ޖެހޭނީ މި މުބާރާތުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ލަންކާއާ ދެކޮޅަށެވެ. އަދި ހަތަރުވަނަ މެޗުގައި އާދީއްތަ ދުވަހު ރާއްޖެ ކިރްގިސްތާނާ ދެކޮޅަށް ނުކުންނައިރު، މުބާރާތުގެ ފަހު މެޗުގައި ހޯމަ ދުވަހު ރާއްޖެ ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.

މި މުބާރާތް ރާވާފައިވާ ގޮތުން ހަ ގައުމުގެ މެދުގައި ލީގު އުސޫލުން ކުޅުމަށްފަހު، ފައިނަލުގައި ކުޅޭނީ ރޭންކިންގެ ކުރީގައި އޮންނަ ދެ ޓީމެވެ. އަދި ތިންވަނަ އާއި ހަތަރުވަނަ ޓީމު ރޭންކިން މެޗެއް ކުޅޭ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

ނޭޕާލް ބަލިކޮށް އީރާނަށް ވަރުގަދަ ރައްދެއް ދޭން ބޭނުން: އަދީލް

14 ޖެނުއަރީ 2017
މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

މަޝްހޫރު ޓީމުތައް ގަދަ ހަތަރަކުން ކެޓީ ޓީމުތަކުގެ މެނޭޖްމެންޓްގެ ސަބަބުން: ސޮބާ

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު