Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޕާކިންގ ސްލޮޓް ދޫކުރުން

އިދާރީ މަސައްކަތެއް ނުނިމިގެން ޕާކިންގ ސްލޮޓްގެ ގުރުއަތުނެގުން ކެންސަލްކޮށްފި

ގުރުއަތު ނެގުން ދެން އޮންނާނީ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2021 | އަންގާރަ 08:32
މާލޭ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުން

މާލޭ ސިޓީ ކައުންސިލްގައި ކުރިއަށްދިޔަ ގުރުއަތުލުން

އިދާރީ މަސައްކަތެއް ނުނިމިގެން ޕާކިންގ ސްލޮޓްގެ ގުރުއަތުނެގުން ކެންސަލްކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ މާލޭގައި ތަރައްގީކޮށްފައިވާ 211 ޕާކިންގ ސްލޮޓްގެ ގުރުއަތުލުން އަންގާރަ ދުވަހުގެ ރޭ ބޭއްވުމަށް ކުރިން ހަމަޖެއްސި ނަމަވެސް އެ ގުރުއަތުލުން އިދާރީ ގޮތުން ނިންމަންޖެހޭ ކަންކަން ނިންމުމަށްޓަކައި 05 ޖެނުއަރީ 2022 ވާ ބުދަ ދުވަހު ބޭއްވުމަށް ލަސްކުރެވިފައިވާ ކަމަށެވެ. ދިމާވީ ކޮން އިދާރީ މައްސަލައެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ސިޓީ ކައުންސިލުން ކުރިން ކުރި އިއުލާނުގައި ބުނީ، އަލުން ގުރުނެގުން އޮންނާނީ އަންގާރަ ދުވަހުގެރޭ 9:00ގައި ކައުންސިލްގެ އާންމު ޚިދުމަތްތަކާބެހޭ ބައިގައިކަމަށެވެ. އަދި ޕާކިންގ ސްލޮޓްތަކަށް އެދި އެޕްލިކޭޝަން ހުށަހެޅި ހުރިހާ އެންމެންނަށް ގުރުއަތު ލުމުގައި އަމަލީ ގޮތުން ބައިވެރިވުމަށް ދައުވަތު ދޭ ކަމަށެވެ.

މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު މީގެކުރިން ސަންއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ގުރުނެގުމުގައި ގަބޫލުކުރެވޭ މައްސަލަތައް ހުރި ކަމަށެވެ. އެގޮތުން އިދާރީ މައްސަލަތައް ގިނަކަމަށާއި، ރަނގަޅު ކުރަން ޖެހޭ ކަންތައްތަކެއް ހުރިކަމަށް އޭސީސީން ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް ކޮރަޕްޝަންގެ މައްސަލަތައް ހުރިކަމަށް ބުނެފައެއް ނެތް ކަމަށާއި، އަލުން ގުރުއަތުލުން ބޭއްވުމަށް ބުނެފައިވާ ކަމަށެވެ.

ކުރިން ބަރާބަރަށް ފައިސާ ދައްކަމުން އައި ބައެއް ޕާކިންގ ސްލޮޓުތަކުގެ ވެރިންނަށް، އޮޓޮމެޓިކުން ޖާގަ ލިބޭ ގޮތަށް އޮތް ނަމަވެސް، އެ މީހުންގެ ނަންބަރުތައް ވެސް ގުރުއަތުގައި ހިމެނުނު ކަމަށް މުއިއްޒު ވިދާޅުވިއެވެ. ހަމައެހެންމެ ފުރަތަމަ ދޫކުރި ސްލިޕްތަކުގައި ސްލިޕް ނަންބަރު ޖެހިފައި ނުވާކަމަށާއި އެހެންނަމަވެސް ސިޓީ ކައުންސިލުން ފޯމު ބަލައިގަތުމަށްފަހު އެކައުންޓު ފޮތުގައި ސްލިޕް ނަންބަރު ނޯޓުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލުން އިއުލާނު ކޮށްފައިވާ ޕާކިންގ ސްލޮޓްތަކުގެ ގުރުއަތުލުން ބާއްވާފައިވާއިރު, މި ގުރުލުން ކުރިއަށް ދިޔަ ގޮތާމެދު ވަރަށް ގިނަ ބަޔެއްގެ ހިތުގައި ވަނީ ސުވާލު އުފެދިފައެވެ. އަދި ޕާކިންގ ސްލޮޓްތަކުގެ ގުރުނެގުން ކުރިއަށް ގެންދިޔަ އުސޫލާމެދު ވެސް ހިތްހަމަނުޖެހުންތަކެއް ވަނީ އުފެދިފައެވެ. އޭރު މި މައްސަލަ ވަނީ އޭސީސީއަށް ވެސް ހުށަހަޅާފައެވެ.

211 ސްލޮޓަށް 969 މީހަކު ކުރިމަތިލާފައިވާއިރު މި ސްލޮޓްތަކަށް ކުރިމަތިލި ކޮންމެ ފަރާތަކަށް ވެސް ސްލިޕެއް ހަވާލުކުރި ކަމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. ގުރުއަތު ނެގުމަށް ބޭނުންކޮށްފައިވަނީ މި ސްލިޕް ނަންބަރުތައް ކަމަށް ވެސް އެ ކައުންސިލުން ވަނީ ބުނެފައެވެ.

ބައެއް މީހުންނަށް ސްލިޕް ދޫކުރިއިރު ފޯމް ނަންބަރު ކައުންސިލުގެ ފަރާތުން ޖަހާފައި ނެތް މައްސަލަ ވެސް ވަނީ ފެންމަތިވެފައެވެ. އަދި މިފަދަ ގިނަ ސްލިޕްތަކެއް ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ. މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ, ނަންބަރުތައް ނެތް ސްލިޕް ހުރެދާނެ ކަމަށެވެ.

މި ސްލޮޓްތަކާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާއި އެ ސްލޮޓް ލިބޭ ފަރާތަކާމެދު ހެދޭ އެއްބަސްވުމެއްގެ ދަށުން، އެ ސްލޮޓަކީ އެ ވެހިކަލްގެ ގަރާޖުގެ ގޮތުގައި ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި މިގޮތަށް ކަނޑައެޅުމަށް 25،000ރ. ކުލީގެ ގޮތުގައި ނަގާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މި ސްލޮޓަކީ އެ އުޅަނދެއް ދެމިއޮތްހާ ހިނދަކު އޮންނާނެ ސްލޮޓެއް ކަމަށެވެ. އެއީ މުސްތަގުބަލުގައި ހަދާ ޕާކިންގ ސްލޮޓަކުން ކަމަށް ވިޔަސް އެމީހަކަށް އެ ސްލޮޓް ކަށަވަރުވެފައި އޮންނާނެ ކަމަށް ޑރ. މުއިއްޒު ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްޕަރކިން

ކޮމެންޓް

އިތުރަށް ކިޔާލަން

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

6 އެޕްރީލު
ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު
20251 އަހަރު ކުރިން
ރާއްޖެ

ޝައްމާންގެ ގެއިން ހޯދި ފޯނަކީ މައްސަލައާ ގުޅުންހުރި ބިދޭސީ މީހާގެ ފޯނު، އެ ފޯނުގައި ވަޒީރަކާއެކު ހަދާފައިވާ ޑީލްތަކެއް ހުރި ކަމުގެ ތުހުމަތު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

6 މަސްވީ ގަތުލުއާންމުގައި ބަސްމާގެ ޙުއްމޫޞް ވީ ސަލާމަތުގެ އައްޑަނައަކަށް!

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ހަތަރު ބައިވެރިން އިއުލާންކޮށްފި

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"
20224 އަހަރު ކުރިން
ރިޕޯޓު

"90 އިންސައްތަ ބައިވެރިން ވޯޓު ދިނީ އެކަކު އެލިމިނޭޓް ކުރަން"

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟
20215 އަހަރު ކުރިން
ރިޕޯޓު

ޕަރސް ދޮންނަން މާދަން ޢާދޭ، މި ލަވައާއި އަލީ ރަމީޒާ ކޮން ގުޅުމެއް؟

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!
20197 އަހަރު ކުރިން
ރާއްޖެ

ކުރީގެ 11 މެމްބަރަން އަލުން މަޖިލީހަށް!

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަގަހަ ތަކުގެ ޓިނު ބާއްވެއްޖެނަމަ، ޓިނު ހަދިޔާކުރަން އަދުރޭ ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު