Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓީޖެޓީ މައްސަލަ

ސަރުކާރުން ވަކިގޮތެއް ނާންގާހާ ހިނދަކު އެމްޕީއެލްއިން ޓީޖެޓީ ބަލަހައްޓާނެ

21 ޑިސެމްބަރު 2021 | އަންގާރަ 05:37

ވަކި މުއްދަތެއް ނެތްގޮތަށް އެމްޕީއެލްއާ ސަރުކާރުން ހަވާލުކޮށްފައިވާ މިބިން ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އަންނަނީ ގިނަ މަަސައްކަތްތަކެއް ކުރަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 21 ޑިސެމްބަރު 2021 | އަންގާރަ 05:37
އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޝާހިދު އަލީ

އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޝާހިދު އަލީ

ޓީޖެޓީގެ މައްސަލައިގައި ސަރުކާރުން ވަކިގޮތެއް ނާންގާހާ ހިނދަކު މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ން ޓީޖެޓީ ބަލަހައްޓާނެ ކަމަށް އެމްޕީއެލްގެ މެނޭޖިންގ ޑިރެކްޓަރ ޝާހިދު އަލީ ވިދާޅުވެއްޖެއެވެ.

ޚާއްސަ އެއްބަސްވުމެއްގެ ދަށުން ޓީޖެޓީ ބެލެހެއްޓުމަށް އެމްޕީއެލްއާ ހަވާލުކޮށްފައިވަނީ މިހާރުގެ މޭޔަރ ޑރ. މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި ހުންނެވި އިރު 2015 ވަނަ އަހަރުގެ މާޗް 12 ގައެވެ. ވަކި މުއްދަތެއް ނެތްގޮތަށް އެމްޕީއެލްއާ ސަރުކާރުން ހަވާލުކޮށްފައިވާ މި ބިން ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އަންނަނީ ގިނަ މަަސައްކަތްތަކެއް ކުރަމުންނެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން އެމްޕީއެލްއާ ބައްދަލުކޮށް ޓީޖެޓީ އަނބުރާ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް އެދުމުން އެކަން ލިޔުމަކުން އެންގުމަށް އެމްޕީއެލްއިން ވަނީ އެދިފައެވެ. އަދި ޓީޖެޓީ ހޯދުމަށް ކައުންސލިގެ ފަރާތުން އެމްޕީއެލްއަށް ލިޔުމުން ހުށަހެޅުމުން، އެކަމުގެ މަޝްވަރާތައް ސަރުކާރާއެކު ކޮށްފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ސަރުކާރާއެކު މަޝްވަރާކުރުމަށްފަހު ސަރުކާރުން ނިންމީ އެމްއޯޔޫގައި ވާގޮތަށް އެމްޕީއެލްއިން ޓީޖެޓީ ބެލެހެއްޓުމަށެވެ.

އޭގެ ފަހުންވެސް ކައުންސިލުން އަންނަނީ ޓީޖެޓީ ހޯދުމުގެ މަސައްކަތް ހުއްޓާނުލާ ކުރަމުންނެވެ. އެގޮތުން މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ޖަލްސާގައި ވަނީ ޓީޖެޓީ މާލޭ ސިޓީ ކައުންސިލާ ހަވާލުކުރުމަށް ދީފައިވާ 90 ދުވަހުގެ މުއްދަތު ހަމަވުމުން، އެ މުއްދަތުގެ ތެރޭގައި އެތަން މާލޭ ސިޓީ ކައުންސިލާ ހަވާލުނުކޮށްފިނަމަ ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަށް ފާސްކޮށްފައެވެ.

މިކަމާ ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ އެމްޕީއެލްއިން ޓީޖެޓީ ބެލެހެއްޓުމަށްޓަކައި ގިނަ މަސައްކަތްތަކެއްކޮށް ބޮޑެތި ޚަރަދުތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި މި މައްސަލައިގައި ސަރުކާރުން ވަކި ގޮތެއް ނާންގާހާ ހިނދަކު އެމްޕީއެލްއިން ޓީޖެޓީ ބަލަހައްޓާނެ ކަމަށެވެ. މީގެ އިތުރުން، ޓީޖެޓީ، ސިޓީ ކައުންސިލާ ހަވާލުކުރަން ޖެހިއްޖެ ހާލަތެއްގައި ވަކި އުސޫލެއްގެ ދަށުން، އެމްޕީއެލްއިން އެސަރަހައްދުގައި ކުރަމުން އަންނަ މަސައްކަތާއި ދެމުން އަންނަ ޚިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަށް ތަން ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެދިފައިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޕީއެލްމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް