Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއާރބިޓްރޭޝަން ސެންޓަރ

އެމްއައިއޭސީ ރަސްމީކޮށް އިފްތިތާހުކޮށްފި

އާރބިޓްރޭޝަނާބެހޭ ގާނޫނެއް ރާއްޖޭގައި ފުރަތަމަ ވުޖޫދުވީ 2013 ވަނަ އަހަރު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 8 ނޮވެމްބަރު 2021 | ހޯމަ 11:35
އެމްއައިއޭސީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

އެމްއައިއޭސީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު

މޯލްޑިވްސް އިންޓަރނޭޝަނަލް އާރބިޓްރޭޝަން ސެންޓަރ (އެމްއައިއޭސީ) ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ކްރޮސްރޯޑް ރިސޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި އެމްއައިއޭސީ ރަސްމީކޮށް އިފްތިތާކޮށްދެއްވީ ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް އަޙްމަދު މުޢުތަޞިމް ޢަދްނާންއެވެ.

Advertisement - newsAdvertisement

އެމްއައިއޭސީގެ މައިގަނޑު މަސައްކަތަކީ ރާއްޖޭގައި ވިޔަފާރި ދާއިރާގައި ދިމާވާ މައްސަލަތައް ކޯޓުން ބޭރުގައި ޙައްލުކުރުމެވެ.

އާރބިޓްރޭޝަނާބެހޭ ގާނޫނެއް ރާއްޖޭގައި ފުރަތަމަ ވުޖޫދުވީ 2013 ވަނަ އަހަރުއެވެ. އެއަހަރު ސެންޓަރެއް އުފައްދައި ބޯޑެއްވެސް ވަނިީ އައްޔަނުކޮށްފައެވެ. މިއާއެކު ރާއްޖެއިން ބޭރުގައި ބޭއްވޭ އާރބިޓްރޭޝަންތަކުން ނެރެވޭ ވޯރޑުތައް ރާއްޖޭގައި ތަންފީޒުކުރި ނަމަވެސް, ރާއްޖޭގައި އޮންނަ ސެންޓަރަކުން އެޑްމިނިސްޓަރ ކުރެވޭ އާރބިޓްރޭޝަނެއް ރާއްޖެއިން ބޭރުގައި ތަންފީޒު ކުރެވޭނެ ނިޒާމެއް ނެތެވެ.

އޭގެ ފަހުން އާރބިޓްރޭޝަން ސެންޓަރުގެ ބޯޑު އަލުން އެކުލަވާލީ 2019 ވަނަ އަހަރުއެވެ. އަދި އެމްއައިއޭސީއިން ވަނީ 2019 ވަނަ އަހަރު އޮތް ނިއުޔޯރކް ކޮންވެންޝަންގައި ބައިވެރިވެފައެވެ. މީގެއިތުރުން ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި މިކަމަށް ގިނަ ބަޔަކު ތަމްރީނު ކުރުމުގެ މަސައްކަތް ކޮށްފައިވާނެ ކަމަށް އެމްއައިއޭސީގެ ޗެއަރމަން މުޙައްމަދު ޝަހްދީ އަންވަރު ވިދާޅުވިއެވެ.

ކޮމަރޝަލް ލޯ ޑިވެލޮޕްމަންޓް ޕްރޮގްރާމް އޮފް ޔޫއެސް ޑިޕާރޓްމަންޓް އޮފް ކޮމަރސްގެ ސީނިއަރ ކައުންސިލް, ޒެމަރަކް ޚާން ވިދާޅުވީ, ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން މުސްތަގުބަލުގައި އާރބިޓްރޭޝަންގެ ދާއިރާއަށް ކުދިން ނެރުމަށް މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. އަދި މިކަމާ ގުޅިގެން ރާއްޖޭގައި އިތުރަށް މިމަސައްކަތް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މިސެންޓަރާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު މުޢުތަޞިމް ވިދާޅުވީ, މިއީ މިވަގުތު ރާއްޖެއަށް ވަރަށް މުހިންމު ސެންޓަރެއް ކަމަށެވެ. އެއީ ދިވެހިރާއްޖޭގެ ވިޔަފާރިތައް މިހާރު ތަރައްގީ ވަމުންދާގޮތަށް ބަލާއިރު އާރބިޓްރޭޝަން ސެންޓަރެއްގެ ބޭނުން އިހުނަށްވުރެ ބޮޑުވެފައިވާތީއެވެ.

މުއުތަސިމް އަދުނާން

އިތުރަށް ކިޔާލަން

03 އޯގަސްޓު 2025

އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ބޭފުޅެއްގެ ނަންފުޅު މަޖިލިހަށް ފޮނުއްވައިފި

03 އޯގަސްޓު 2025
އުއްތަމަ ފަނޑިޔާރު ކަމަށް އައްޔަން ކުރުމަށް ބޭފުޅެއްގެ ނަންފުޅު މަޖިލިހަށް ފޮނުއްވައިފި
01 ޖުލައި 2025

އުއްތަމަ ފަނޑިޔާރަކީ ގައުމަށް ޣައްދާރުވެފައިވާ ބޭފުޅެއް. ގައުމަށް އެންމެ ބޭނުން ޖެހުނު ވަގުތު އެބޭފުޅާ ހުންނެވީ ހަނު: އައްބާސް

01 ޖުލައި 2025
އުއްތަމަ ފަނޑިޔާރަކީ ގައުމަށް ޣައްދާރުވެފައިވާ ބޭފުޅެއް. ގައުމަށް އެންމެ ބޭނުން ޖެހުނު ވަގުތު އެބޭފުޅާ ހުންނެވީ ހަނު: އައްބާސް
25 މާރިޗު 2022

މިނިވަން ޖުޑީޝަރީއެއް ގާއިމް ނުކުރެވޭނަމަ، އެތަނެއްގައި އަދުލު އިންސާފުގެ ވެރިކަމެއް ނޯންނާނެ - އުއްތަމަ ފަނޑިޔާރު

25 މާރިޗު 2022
މިނިވަން ޖުޑީޝަރީއެއް ގާއިމް ނުކުރެވޭނަމަ، އެތަނެއްގައި އަދުލު އިންސާފުގެ ވެރިކަމެއް ނޯންނާނެ - އުއްތަމަ ފަނޑިޔާރު
13 ޖެނުއަރީ 2022

ފަނޑިޔާރުން، ތަނާޒުލު ވާންޖެހޭ ހާލަތުގައި ތަނާޒުލުވުން މުހިންމު: އުއްތަމަ ފަނޑިޔާރު

13 ޖެނުއަރީ 2022
ފަނޑިޔާރުން، ތަނާޒުލު ވާންޖެހޭ ހާލަތުގައި ތަނާޒުލުވުން މުހިންމު: އުއްތަމަ ފަނޑިޔާރު
01 ނޮވެމްބަރު 2021

3 ބާރުގެ ވެރިންގެ ގެކޮޅަށް 39.5 މިލިއަން ރުފިޔާ

01 ނޮވެމްބަރު 2021
3 ބާރުގެ ވެރިންގެ ގެކޮޅަށް 39.5 މިލިއަން ރުފިޔާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު