Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނަމާލް ރާޖަޕަކްސަގެ ދިވެހި ޓްވީޓް

ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ދިވެހި ބަހުން ޓްވީޓެއް ކުރައްވައިފި

ނަމާލް ވަނީ މީގެ ކުރިންވެސް ދިވެހި ބަހުން ޓްވީޓެއް ކުރައްވާފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 10 އޮކްޓޯބަރު 2021 | އާދީއްތަ 17:00
ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ އެކު ބޭއްވި ބައްދަލުކުރެއްވުން

ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާ އެކު ބޭއްވި ބައްދަލުކުރެއްވުން

މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ނަމާލް ރާޖަޕަކްސަ އާދީއްތަ ދުވަހު ދިވެހި ބަހުން ޓުވީޓެއް ކުރައްވައިފިއެވެ.

މިއީ ސްރީލަންކާގެ ވަޒީރަކު ދިވެހި ބަހުން ޓްވީޓް ކުރެއްވި ދެވަނަ ފަހަރެވެ. އެންމެ ފުރަތަމަ ޓްވީޓު ކުރެއްވީވެސް ނަމާލް ރާޖަޕަކްސައެވެ. އެ ޓްވީޓު ކުރެއްވީ ދެހާސް ވިހީގެ ސެޕްޓެމްބަރު މަހު ރާއްޖެއިން ސްރީލަންކާއަށް ކަނޑަޑައަޅުއްވާފައިވާ ސަފީރު އުމަރު ރައްޒާގާ ބައްދަލުކުރެއްވުމަށްފަހުއެވެ. އެފަހަރު ވިދާޅުވީ ސަފީރާއި ބައްދަލުކޮށް ދެގައުމުގެ ގުޅުން ކުޅިވަރާއި ޒުވާނުންގެ ރޮނގުން އިތުރަށް ވަރުގަދަ ކުރުމަށް މަޝްވަރާ ކުރެވުމަކީ ލިބުނު އުފަލެއް ކަމުގައެވެ. ރާއްޖެ އަދި ލަންކާއަކީ ގާތް އެކުވެރި ދެގައުމު ކަމުގައެވެ.

Advertisement - newsAdvertisement

ސާފް ޗެމްޕިއަންޝިޕްގައި ދިވެހިރާއްޖެ އާއި ސްރީލަންކާ އާދީއްތަ ދުވަހު ބައްދަލު ކުރި މެޗު ބައްލަވައިލެއްވުމަށް މާލެ ވަޑައިގެން ދިވެހި ބަހުން ކުރެއްވި ޓްވީޓުގައި ނަމާލް ވިދާޅުވެފައި ވަނީ މެޗު ބަލާލަން އާދެވުނުކަމީ އުފަލެއް ކަމަށާއި ދެ ޓީމަށްވެސް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށެވެ. ކުޅުންތެރިން ދަނޑުމަތީގައި ދައްކާ ކުޅިވަރުގެ ރޫހަކީ ދެ ގައުމުގެ ދެމެދުގައި އޮންނަ ވަރުގަދަ ގުޅުމުގެ އަލިގަދަ ރަމްޒަކަށްވާނޭ ކަމުގައެވެ.

އުމުރުފުޅުން 35 އަހަރުވީ ނަމާލް އަކީ ކުރީގެ ރައީސް އަދި މިހާރުގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ ދަރިކަލެކެވެ. ސްރީލަންކާގެ ޔޫތު މިނިސްޓަރުކަމަށް އައްޔަން ކުރެވުނީ 2020 ގައެވެ. ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު ކަމުގެ އިތުރަށް ސްޓޭޓް މިނިސްޓަރ އޮފް ޑިޖިޓަލް ޓެކްނޮލޮޖީއަކީ ވެސް އޭނާއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ކުރިމަގުގައި ސްރީލަންކާގެ ރިޔާސަަތަށް ރާޖަޕަކްސާ އާއިލާއިން ދޮންކުރަމުންދާ ލީޑަރަކީ ނަމާލް ރާޖަޕަކްސާއެވެ. ސްރީލަންކާގެ ޕާލަމެންޓްގައި ނަމާލް ފުރުއްވަމުން ގެންދަވަނީ ހަމްބަންޓޮޓާ ޑިސްޓްރިކްޓްގެ ގޮނޑިއެވެ. އެއީ ރާޖަޕަކްސާ އާއިލާގެ ބާރު އެންމެ ގަދަ ސަރަހައްދެވެ.

ބޭރުގެ ލީޑަރުންގެ ތެރެއިން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ދާދި ފަހުން ދިވެހި ބަހުން ޓުވީޓެއް ކުރައްވާފައެވެ. މިއަދު ނަމާލް ރާޖަޕަކްސާ ކުރެއްވި ޓްވީޓު ދޭސީންނާއި ބިދޭސީންގެ ތެރެއިން އެތައް ސަތޭކަ ބަޔަކު ރިޓްވީޓް ކޮށްފައިވެއެވެ. އަދި މިހާތަނަށް ހާހެއްހައި މީހުން އެ ޓުވީޓަށް ލައިކް ދީފައިވެއެވެ.

ނަމަލް ރާޖަޕަކްސަ

އިތުރަށް ކިޔާލަން

20 ސެޕްޓެމްބަރު 2024

‎ލަންކާގެ ރިޔާސީ އިންތިޚާބު ހޮނިހިރު ދުވަހު – ރައީސްކަމަށް ހޮވޭނީ ކޮން ބޭފުޅެއް؟

20 ސެޕްޓެމްބަރު 2024
‎ލަންކާގެ ރިޔާސީ އިންތިޚާބު ހޮނިހިރު ދުވަހު – ރައީސްކަމަށް ހޮވޭނީ ކޮން ބޭފުޅެއް؟
04 މެއި 2022

ހިޔާނާތުގެ ގޮތުގައި ނަމާލްއަށް 82 މިލިއަން ޔޫރޯ ލިބިފައިވާކަމަށް ބުނާ މައްސަލައެއް

04 މެއި 2022
ހިޔާނާތުގެ ގޮތުގައި ނަމާލްއަށް 82 މިލިއަން ޔޫރޯ ލިބިފައިވާކަމަށް ބުނާ މައްސަލައެއް
15 ޖެނުއަރީ 2022

ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަންނަވަނީ

15 ޖެނުއަރީ 2022
ރައީސް ނަޝީދު ރަސްމީ ދަތުރުފުޅެއްގައި ލަންކާއަށް ވަޑައިގަންނަވަނީ
10 އޮކްޓޯބަރު 2021

ރާއްޖެ އާއި ލަންކާގެ މެޗު ބައްލަވާލައްވަން ނަމަލް މާލެއަށް

10 އޮކްޓޯބަރު 2021
ރާއްޖެ އާއި ލަންކާގެ މެޗު ބައްލަވާލައްވަން ނަމަލް މާލެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު