Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވެލެޒިނީ ހޯދަން އިއުލާންކުރުން

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ވެލެޒިނީ ހޯދަން އިއުލާން ކޮށްފި

ފުލުސް އޮފީހަށް ހާޒިރުވުމަށް 14 ދުވަސް ވަނީ ދީފަ

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 23 މެއި 2017 | އަންގާރަ 12:26
އާއިޝަތު ވެލެޒިނީ

އާއިޝަތު ވެލެޒިނީ

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ޖުޑިޝަލް ސާވިސް ކޮމިޝަންގެ ކުރީގެ މެންބަރު އާއިޝަތު ވެލެޒިނީ ހޯދުމަށް އިއުލާންކޮށްފި އެވެ.

އަންގާރަ ދުވަހު ފުލުހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މއ. ޝިމާޤް، އާއިޝަތު ވެލެޒިނީ ރާއްޖެއިން ބޭރުގައި އުޅެމުންދާތީ، ފުލުހުންގެ ތަހުގީގަށް ހާޒިރުކުރެވިފައިނުވާ ކަމަށެވެ. ވެލެޒިނީ ހޯދަމުންދަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ތަހުގީގުން ކުރަންޖެހޭ ސުވާލުތައް ކުރުމަށާއި ވެލެޒިނީގެ މައްޗަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވެ، ދިފާއުގައި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށް ފުލުހުން ބުނެއެވެ.

އެގޮތުން ވެލެޒިނީ ކުރިއަށްއޮތް 14 ދުވަހުގެ ތެރޭގައި ފުލުހުންގެ އިދާރާއަށް ހަޒިރުވުމަށް އަންގާ ކަމަށް ވެސް އެބާޔާނުގައި ވެއެވެ.

ފުލުހުން ބުނީ 14 ދުވަހުގެ ތެރޭގައި ވެލެޒިނީ ފުލުހުންގެ އިދާރާއަށް ހާޒިރު ނުވެއްޖެ ނަމަ، ތަހުމަތުކުރެވޭ މައްސަލާގައި ފުލުހުންނަށް ލިބިފައިވާ ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް، ވެލެޒިނީގެ ޣައިރު ހާޒިރުގައި ތުހުމަތުކުރެވޭ މައްސަލާގައި ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެ ކަމަށެވެ.

ފުލުހުން ވެލެޒިނީ ހޯދަނީ ކޮން މައްސަލައަކާ ގުޅިގެންކަމަށް ހާމައެއް ނުކުރެ އެވެ.

ވެލެޒިނީ ފޭސްބުކް ޕޭޖްގައި ޕޯސްޓްކުރި ވީޑިއޯތަކުގައި އިސްލާމްދީނާ ހިލާފު ބައެއް ވާހަކަތައް ދައްކާފައިވާއިރު ރަސޫލާކަމަށް ދައުވާކޮށްފައިވާ ވީޑިއޯއެއް ވެސް ވަނީ ޕޯސްޓް ކޮށްފަ އެވެ.

އެ ވީޑިއޯތަކާއި ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ ވެލެޒިނީއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް އިއުލާން ކޮށްފަ އެވެ.

ވެލެޒިނީ މި ވަގުތު ދިރިއުޅެމުން ގެންދަނީ ނެދަލޭންޑްސްގައެވެ. އިސްލާމް ދީނާ ގުޅޭ ވާހަކަތައް ޕޯސްޓްކުރުމުގެ ކުރިން ވެލެޒިނީ ގެންދިޔައީ ރާއްޖޭގެ ޝަރުއީ ދާއިރާގެ މައްސަލަތަކުގައި ވަރަށް ބޮޑަށް ވަކާލާތުކުރަމުންނެވެ. އަދި ކޯޓުތަކަށް ފަނޑިޔާރުން އައްޔަންކުރެވިގެން ދިޔަ ގޮތާއި ޝަރުއީ ދާއިރާގެ މައްސަލަ ދަ ހޭގުގައި ހުންނަ ބައިނަލްއަގުވާމީ ކޯޓަށް ހުށަހެޅުމަށް މަސައްކަތްތަކެއް ކޮށްފައި ވެއެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
19 ޖެނުއަރީ 2017

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު