Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީގެ އިހުތިސާސްގެ މައްސަލަ

އިހުތިސާސްގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލުން މަޖިލީހަށް

ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މާލޭގެ ދާއިރާތަކުގެ މެމްބަރުންނާއި ބައްދަލުކޮށްފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 18 ސެޕްޓެމްބަރު 2021 | ހޮނިހިރު 02:21
މާލެ ސިޓީގައި ހިންގޭ ތަރައްޤީގެ މަޝްރޫޢުތަކާއި، ބިން ބޭނުންކުރާނެ ގޮތުގެ މަޢުލޫމާތުދެއްވުމަށް، މާލެ ސިޓީ ކައުންސިލްއިން ރައްޔިތުންގެ މަޖިލީހުގެ މާލެ ދާއިރާ ތަމްސީލުކުރައްވާ މެންބަރުންނާ ބައްދަލުކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން މާލެ ސިޓީ ކައުންސިލްގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ މަސައްކަތްތަކުގެ މައްސަލަ ހައްލުނުވެގެން އެންމެ ފަހުން ސިޓީ ކައުންސިލުން ރައްޔިތުންގެ މަޖިލީހާ ހަމައަށް ގޮސްފިއެވެ.

މިދިޔަ ހަފުތާގައި ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ އިދާރާއިން މާލޭގެ މޭޔަރާއި އަދި ސިޓީ ކައުންސިލްގެ މެމްބަރުން ސެޕްޓެމްބަރ މަހުގެ 5 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ މާލޭގެ ދާއިރާތަކުގެ މެމްބަރުންނާއި ބައްދަލުކޮށްފައިވާ ކަމަށެވެ. އަދި މިބައްދަލުކުރުމުގައި ސިޓީ ކައުންސިލަށް ދިމާވާ ގޮންޖެހުންތަކާއި ކަންބޮޑުވުންތަކާއި ބެހޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް އީވާ ވިދާޅުވިއެވެ.

މިމަޝްވަރާގެ ދަށުން އެއްބަސްވެވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީއަށް އެމައްސަލަތައް ނުވަތަ ކަންބޮޑުވުންތައް ހުށަހަޅައިގެން މިއަހަރުގެ ބަޖެޓް ސަރުކާރުން ހުށަހެޅުމާއި އަދި ރައްޔިތުންގެ މަޖިލިހުން ފާސްކުރުމުގެ ކުރިން ސިޓީ ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދައިދިނުމަށް މަސައްކަތްކުރުމަށް ކަމަށް އީވާ ވިދާޅުވިއެވެ. އަދި މާލެ ސިޓީ ކައުންސިލުން މިކަމުގައި ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ފޮނުވާފައިވާކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ މިމައްސަލަތަކަށް މާލޭ ސިޓީ ކައުންސިލާއި ގުޅިގެން އަދި ސަރުކާރުގެ ކުންފުނިތަކާއި އެހެނިހެން އިދާރާތަކާއި ގުޅިގެން ގެންނަންޖެހޭ ހައްލުތައް ގެނައުމަށްޓަކައި ލާމަރުކަޒީ ކޮމިޓީއަށް ފޮނުވާނެކަމަށެވެ.

އިހުތިސާސްގެ މައްސަލާގައި މާލެ ސިޓީ ކައުންސިލަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައިގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ ހުޅުމާލޭގެ މައްސަލައެވެ. ގާނޫނު ބުނާގޮތުން މުނިސަޕަލް ޚިދުމަތްތަކުގެ އިތުރުން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ލާޒިމްކޮށްފައިވަނީ ކައުންސިލާއެވެ. ނަމަވެސް ހުޅުމާލޭގައި އެ ޚިދުމަތްތަކައި މަސައްކަތްކުރުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށްނުދޭކަމަށް ސިޓީ ކައުންސިލުން އަންނަނީ ބުނަމުންނެވެ. ހުޅުމާލޭގައި އެކަންކަން ކުރަމުން އަންނަނީ އެޗްޑީސީންނެވެ.

ހުޅުމާލޭގައި މުނިސިޕަލް ޚިދުމަތްތައް ދިނުމަށް ސިޓީ ކައުންސިލްގައި ބަޖެޓު ނެތުމުން އެޗްޑީސީގައި އޮތް ބަޖެޓް ސިޓީ ކައުންސިލަށް ދިނުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.

ރައްޔިތުންގެ މަޖިލިސްމާލޭ ސިޓީ ކައުންސިލް

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
19 ނޮވެމްބަރު 2025

އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް

19 ނޮވެމްބަރު 2025
އޮޑިޓްގެ މަސައްކަތް ލަސްވެ، އެއްވެސް ސިޓީ އަކަށް ޖަވާބު ނުލިބޭތީ މޭޔަރު އާޒިމް އޮޑިޓް އޮފީހަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު