Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯއިން ކުނި ނަގާ އުސޫލަށް ބަދަލު ގެނައުން

ކުނި ނަގާ އުސޫލަށް ބަދަލުގެންނަން ވެމްކޯއިން އެއްބަސްވި: ނަރީޝް

16 އޯގަސްޓު 2021 | ހޯމަ 08:51

21 ވަނަ ދުވަހު ގޭގެއަށް ގޮސްގެން ކުނި ނަގަން ފަށަން ވެމްކޯއިން އެއްބަސްވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 އޯގަސްޓު 2021 | ހޯމަ 08:51
ާމާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ާމާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

މިހާރު ގޭގެއިން ކުނި ނެގުމުގައި އަމަލުކުރާ އުސޫލަށް ބަދަލުގެންނަން ނިންމީ ވެމްކޯއާ މަޝްވަރާކުރުމަށްފަހުގައި ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

މިމަހުގެ 21 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ގޭބީސީތަކުން ކުނި ނަގާނީ ގޭގެއަށް ގޮސްގެން ކަމަށް ނިންމައި މާލެ ސިޓީ ކައުންސިލުން ވަނީ ވެމްކޯއަށް ސިޓީއެއް ފޮނުވާފައެވެ. އެހެންނަމަވެސް ވެމްކޯއިން ވަނީ މިފަދަ ކަމެއް ކުރަން އެއްބަސްނުވާ ކަމަށްބުނެ ނޫސްބަޔާނެއް ނެރެފައެވެ.

Advertisement - newsAdvertisement

މިކަމާ ގުޅިގެން މާލެ ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ ސިޓީ ކައުންސިލުން މި ނިންމުން ނިންމީ ވެމްކޯއާއެކު ބައްދަލުވުމެއް ބާއްވައި މިކަމުގެ މަޝްވަރާތައް ކުރުމަށް ފަހުގައި ކަމަށެވެ. އެ ބައްދަލުވުމުގައި ވެމްކޯއިން މިކަންކަން ކޮށްދޭނެކަމަށް އެއްބަސްވެފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ. އެހެންނަމަވެސް ވެމްކޯގެ ފަރާތުން ފަހުން ފެނުނީ މިއާ ޚިލާފަށް އަމަލުކުރިތަން ކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ ވެމްކޯއިން މިފަދަ ކަމެއް ކުރަން ނިންމާފައިނުވާކަން ފާހަގަކޮށް ބަޔާން ނެރުމުން އަނެއްކާވެސް އެ ކުންފުންޏާ ބައްދަލުކޮށްފައިވާކަމަށެވެ. އެ ބައްދަލުވުމުގައި ވެސް މިކަންކަން ކޮށްދޭނެ ކަމަށް ވެމްކޯއިން ބުނި ކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި އެ ކުންފުންޏަށް ދިމާވާ ބައެއް ދަތިތައް ވެސް ހިއްސާކޮށްފައިވާ ކަމަށާއި، މިކަންކަން ހިއްސާކުރުމުން ވެމްކޯއަށް ފަސޭހަ ދުވަހަކުން އެ މަސައްކަތް ފެށުމަށް ފުރުސަތު ދީފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ. އެހެންނަމަވެސް މިއަދާ ހަމައަށް ވެސް ވެމްކޯއިން ޖަވާބެއް ދީފައިނުވާކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.

ނަރީޝް ވިދާޅުވީ ގޭގޭގެ ބޭރަށް ކުނި ނެރެގެން ކުނި އުކުމުގެ މަސައްކަތް ކޮށްފައިވަނީ ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކަމަށެވެ. އެހެންނަމަވެސް އޭރު އެޅި ގިނަ ފިޔަވަޅުތަކަކަށް މިހާރު ލުއި ދީފައިވާއިރު، ކުނި ނެގުމުގެ ކަންކަން ވެސް ގޭގެއަށް ގޮސްގެން ކުރުމުގެ ފުރުސަތު ލިބެންޖެހޭކަމަށް ނަރީޝް ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ މި ނިންމުން ވެމްކޯއިން ދޮގުކުރަމުންދާއިރު ވެމްކޯއިން ވަނީ މިފަދަ ނިންމުމެއް ނިންމާފައިނުވާކަމަށް ބުނެފައެވެ. އަދި މިފަދަ ނިންމުމެއް ނިންމުމުގެ ކުރިން ސަރުކާރާއި، އެޗްޕީއޭއާ މަޝްވަރާކުރާނެ ކަމަށް ވެމްކޯއިން ބުނެފައިވެއެވެ.

މާލޭ ސިޓީ ކައުންސިލްވެމްކޯ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ

12 ޑިސެމްބަރު 2025
ވެމްކޯގެ މުވައްޒަފަކަށް ޑީސަލް ބޮވި އައިޖީއެމްއެޗްގައި ފަރުވާ ދެނީ
09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް