Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވެމްކޯ އިން ކުނި ނެގުން

ވެމްކޯއިން ގޭގެއަށް ގޮސް ކުނި ނަގާނެ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކައެއް!

14 އޯގަސްޓު 2021 | ހޮނިހިރު 14:02

ކުނި ނަގަމުން އަންނަނީ ގެތަކުގެ ތިރިން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 14 އޯގަސްޓު 2021 | ހޮނިހިރު 14:02
ވެމްކޯ ކުނި ކޮތަޅުތައް ނަގަނީ

ވެމްކޯ ކުނި ކޮތަޅުތައް ނަގަނީ

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އިން ގޭގެއަށް އަރާ ކުނި ނަގާނެ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށް އެ ކޯޕަރޭޝަނުން ބުނެފިއެވެ.

ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކޮވިޑުން ރައްކާތެރިވުމަށްޓަކައި އެޅި ހާއްސަ ފިޔަވަޅެއްގެ ގޮތުން މިދިޔަ އަހަރުގެ އޭޕްރިލް 16 ވަނަ ދުވަހުން ފެށިގެން ކުނި ނަގަމުން އަންނަނީ ގެތަކުގެ ތިރިން ކަމަށެވެ. އަދި ވެމްކޯ އިން ކުނި ނެގުމުގެ އުސޫލުތަކަށް ބަދަލުގެނެވިފައިވާ ވާހަކައަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށާއި ހިދުމަތަށް ބަދަލު ގެންނަ ނަމަ އެޗްޕީއޭ އާއި ސަރުކާރުގެ ކަމާއިބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރުމަށް ފަހު ގޮތެއް ނިންމާ އެކަން ރައްޔިތުންނަށް އިއުލާން ކުރާނެ ކަަމަށް ވެސް ވެމްކޯ އިން ބުންޏެވެ.

Advertisement - newsAdvertisement

ވެމްކޯ އިން މިގޮތަށް ނޫސްބަޔާން ނެރެފައިމިވަނީ ކުރިންވެސް މާލޭ ސިޓީގައި ކުނި ނަގަމުން އައިގޮތަށް، ގޭގެއިން ކުނި ނަގާގޮތަށް ހަމަޖައްސަވަން ހުށަހަޅުއްވާނެކަމަށް  މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވުމާއި ގުޅިގެންނެވެ. ވެމްކޯއާއެކު ބައްދަލުވުމެއް ބޭއްވި ކަމަށާއި ގޭގެއަށް އަރާ ކުނި ނެގުމަށް ނިންމާފައިވާ ކަމަށް ވެސް މުއިއްޒު ވިދާޅުވިއެވެ.

ވެމްކޯ އިން މިހެން ބުނެފައިވާއިރު ކޮވިޑުގެ ހާލަތުގައި ކުނި ނެގުމުގެ މަސައްކަތް ކުރިން ފޯރުކޮށްދެމުންދިޔައީ މެންދުރުގެ ވަގުތުގައެވެ. އެހެންނަމަވެސް މެންދުރުގެ ވަގުތަކީ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދާއި، އާންމުން ގިނަ އަދަދަކަށް ހަރަކާތްތެރިވާ ވަގުތަކަށް ވުމުން އެ ކުންފުނިން ވަނީ ކުނި ނަގަމުން އައި ގަޑި ބަދަލުކޮށްފައެވެ.

ވެމްކޯގެ ހައުސްހޯލްޑް ޔުނިޓްއިން މާލޭ ސިޓީގެ ގޭބިސީތަކުން ކުނި ނެރެންވާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް 08:30 އިން 00:00 އާއި ދެމެދުގެ ވަގުތެއްގައި ކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ. އަދި ހުކުރު ދުވަހު 08:30ން 11ށް އަދި 14:00ށް 00:00 ކަމަށް ވެމްކޯ އިން ބުންޏެވެ. ވިލިމާލޭ އާއި ހުޅުމާލޭގައި ވެސް ކުނި ނެރެންވާނީ މިގަޑިތަކުގައި ކަމަށް ވެމްކޯއިން ބުންޏެެވެ. މި އުސޫލަށް އަމަލުކުރަން ވާނީ މާލެ ސަރަހައްދުގެ ގޭބީސީތައް ކަމަށާއި ވެމްކޯއިން ޚިދުމަތްތައް ފޯރުކޮށްދޭނީ ކުރިއެކޭވެސް އެއްފަދައިން ޢިމާރާތުގެ ބޭރުން، ދޮރުމަތިންކަމަށް އެ ކުންފުނިން ބުނެއެވެ.

ވެމްކޯއިން އިތުރަށް ބުނީ ވެމްކޯގެ އެއްވެސް މުވައްޒަފަކު އިމާރާތެއްގެ ވަކިވަކި ފަންގިފިލާތަކުން ކުނި ނެގުމަށް ހަމަޖެހިފައި ނުވާ ކަމަށާއި މިހާލަތުގައި ވެސް ރައްކާތެރި ގޮތުގައި ކުނި ބަންދުކުރުމަށާއި އެންގިފައިވާ ވަގުތުގައި ކުނި ބަންދުކޮށްފައި ނެރުމަށް ވެމްކޯ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި މިފަދައިން އަމަލުނުކޮށް، އިތުރު ވަގުތުގައި މަގުތަކަށް ކުނި ނެރޭނަމަ، މަގުތައް ގޮނޑުވުމުގެ މައްސަލައަށް އެދެވިގެންވާ ފަދަ ހައްލެއް ނުލިބޭނެ ކަމަށް ބުނެ އެކަން އެގޮތަށް ނުކުރުމަށް ވެމްކޯ އިން ވަނީ ނަސޭހަތްތެރިވެފައެވެ.

ވެމްކޯމާލޭ ސިޓީ ކައުންސިލް

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް
07 ޑިސެމްބަރު 2025

ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ

07 ޑިސެމްބަރު 2025
ވެމްކޯގެ ކުރީގެ ޑީއެމްޑީ ޝަހީދު ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީ އަކަށް އައްޔަން ކުރަނީ
07 ޑިސެމްބަރު 2025

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި
03 ޑިސެމްބަރު 2025

އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް

03 ޑިސެމްބަރު 2025
އެގްރީމެންޓްތައް ވީދާލާ މަންޒަރު ވީޑިއޯ އިން ވެސް ފެނޭ، ނަހުލާ ގެ މައްސަލަ ފުލުހަށް
27 ނޮވެމްބަރު 2025

ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި

27 ނޮވެމްބަރު 2025
ކަންބޮޑުވުންތައް ބޮލާލާ ޖަހާ ކައުންސިލަރުންގެ އަދަދު މަދުކުރަން މަޖިލީހުން ފާސްކޮށްފި
27 ނޮވެމްބަރު 2025

ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި

27 ނޮވެމްބަރު 2025
ރައީސް މުޢިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު، ކައުންސިލް އިން ފާސް ނުކޮށް ބިންތައް ކުއްޔަށް ދިން މައްސަލަ އޭސީސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ

27 ނޮވެމްބަރު 2025
ވިލިމާލޭގައި ހުރި ނިކަގަހުގެ ކަންތަކުގައި ވެސް ރައީސް މުއިއްޒު ކުޅުއްވީ ޑްރާމާ އެއްކަން އެނގިއްޖެ
23 ނޮވެމްބަރު 2025

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ

23 ނޮވެމްބަރު 2025
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ކުޑަތަން ވެފައި ވަނިކޮށް، މުއިއްޒުގެ މޭޔަރު ކަމުގައި ބިންތަކެއް އެކިފަރާތްތަކަށް ދިންކަން ހާމަވެއްޖެ
22 ނޮވެމްބަރު 2025

މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން

22 ނޮވެމްބަރު 2025
މުއިއްޒު ގެ މޭޔަރ ކަމުގެ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މާލެ އާއި ވިލިމާލޭގެ 63 ބިން ކުއްޔަށް ދިން
20 ނޮވެމްބަރު 2025

މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި

20 ނޮވެމްބަރު 2025
މާލެ ސިޓީ ކައުންސިލުން ކުށްޔަށްދީފައިވާ ތަންތަނާއި ބިންތަކުގެ ތަފްސީލު ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް