Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިނގިލި ކޮވިޑްގެ ހާލަތު

ވިލިނގިލީގެ ކާފިއު ވަގުތު އުވާލުމަށް އެޗްޕީއޭގައި އެދިއްޖެ

މިއަދު ހަވީރު މަގުމަތީގައި ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 21 ޖުލައި 2021 | ބުދަ 10:59
ގއ. ވިލިނގިލި ބަނދަރު މަތި

ގއ. ވިލިނގިލި ބަނދަރު މަތި

ކޮވިޑް-19 އާ ގުޅިގެން ގއ. ވިލިނގިލީގައި އަޅާފައިވާ ކާފިއުގެ ވަގުތު އުވާލުމަށް އެރަށު ކައުންސިލުން އެޗްޕީއޭގައި އެދިއްޖެއެވެ.

ގއ. ވިލިނގިލިން ކޮވިޑްގެ ކޭސްތަކެއް ފެނިގެން މެއި މަހު 15 ވަނަ ދުވަހު އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެވުނެވެ. ރާއްޖެ އެމްވީއަށް މައުލޫމާތު ދެއްވަމުން ވިލިނގިލި ކައުންސިލްގެ ރައީސް ވިޝާލް މުހައްމަދު ވިދާޅުވީ ފެންނަ ކޭސްތައް މިހަފްތާގެ ތެރޭގައި މަދުވެފައިވާ ކަމަށާއި، ކާފިއުގެ ވަގުތުތައް އުވާލުމަށް ކައުންސިލުން އެޗްޕީއޭގައި އެދިފައިވާކަމަށެވެ. އެހެންކަމުން މި ހަފްތާތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކޭސްތަކަކީ ހޯމް ކަރަންޓީނުގައި ތިބި ފަރާތްތައް އެކަނި ކަމަށެވެ.  

ގއ ވިލިނގިއްޔަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށް ވެފައި ރަށް މޮނިޓަރިންގެ ހާލަތުގައި އޮތުމުން އަތޮޅުގެ އެހެން ރަށްރަށަށް ދަތި އުދަގޫތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ. ރަށް މޮނިޓަރިންއިން ނެގުމަށް ކައުންސިލުންނާއި އެރަށު ހޮސްޕިޓަލުން އަންނަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ. އެގޮތުން ބުދަ ދުވަހުގެ ހަވީރު ރެންޑަމް ސާމްޕަލްތައް ނެގުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ކަމަށް ވެސް ވިޝާލު ވިދާޅުވިއެވެ. އަދި މޮނިޓަރިން ހާލަތުން ރަށް ނެގޭނީ މިއަދު ނަގާ ރެންޑަމް ސާމްޕަލްތަކުގެ ނަތީޖާއަށް ބެލުމަށްފަހުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ވަކިގޮތެއް އަންގަންދެން، ގއ. ވިލިނގިލީގައި ކޮންމެ ދުވަހެއްގެ ހަވީރު 6:00ން ފަތިހު 4:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން ހުއްޓައިލުމަށް އަންގާފައިވަނީ މިދިޔަ މެއި މަހުގެ 27 ވަނަ ދުވަހުން ފެށިގެންނެވެ. އެޗްޕީއޭއިން ބުނީ މި ފިޔަވަޅުން ސިފައިންނާއި، ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލާންސާއި، ގއ. ވިލިނގިލީ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އަދި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށެވެ.

އަދި މި އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށެވެ. އަދި މި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެންގެވުމުގައި ބުނެފައިވެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި އާންމުންނަށް އަންގައި، އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާފައިވެއެވެ.

މިހާތަނަށް ގއ. ވިލިނގިލިން ކޮވިޑަށް ޕޮޒިޓިވްވެފައިވާ 173 ކޭސްއާއެކު 142 މީހަކު ވަނީ ކޮވިޑުން ފަސޭހަވެފައެވެ. އަދި މިހާރު އެކްޓިވް ކޭސްގެ ގޮތުގައި ތިބީ 30 މީހުންނެވެ. ކޮވިޑްގައި އެރަށުން ވަނީ 81 އަހަރުގެ އަންހެނަކު ނިޔާވެފައެވެ.

ގއ. ވިލިނގިލިވިލިނގިލި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
3 މީހުންނާ އެކު ދަތުރު ކުރަމުންދިއަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރި ވަނީ

3 މީހުންނާ އެކު ދަތުރު ކުރަމުންދިއަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރި ވަނީ

30 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު