Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދެވަނަ ޑިވިޝަން

ކުޑަހެންވޭރު ބަލިކޮށް ޒެފްރޯލްއި ޗެމްޕިއަންކަން ހޯދައިފި

ޒެފްރޯލްއިން ކުޑަހެންވޭރު ބަލިކުރީ 4-1 ގެ ނަތީޖާއަކުން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 15 މެއި 2017 | ހޯމަ 07:24
ކްލަބް ޒެފްރޯލްއިން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ

ކްލަބް ޒެފްރޯލްއިން ޗެމްޕިއަން ޓްރޮފީ އުފުލާލަނީ

ކުޑަހެންވޭރުގެ މައްޗަށް ކުރިހޯދުމަށް ފަހު ކްލަބް ޒެފްރޯލްއިން ދެ ވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މެޗަކުން ބަލި ނުވެ ފައިނަލަށް ދަތުރުކުރި ކުޑަ ހެންވޭރުގެ މައްޗަށް ޒެފްރޯލްއިން ކުރިހޯދީ 4-1ގެ ނަތީޖާއަކުންނެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި އާދިއްތަ ދުވަހުގެ ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޒެފްރޯއިން ވަނީ ފުރަތަމަ ލަނޑުޖަހާ ލީޑު ނަގާފައެވެ. މި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ރިފާއު އެވެ.

ދެވަނަ ހާފު ފެށިގެން ވެސް ޒެފްރޯލްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ވަރުގަދަ ކުޅުމެކެވެ. އެގޮތުން ހާފު ފެށިގެން ހަ ވަނަ މިނެޓުގައި އަބޫ ޑެސްމަން މަންސާރީ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ. އޭގެފަހުން ފަސް މިނެޓު ފަހުން އަނެއްކާ ވެސް އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ފާއިތުވި ސީޒަނުގައި ވިކްޓްރީގެ ޖާރސީގައި ފެނުނު އިބްރާހިމް ޝާތިރު އެވެ.

ޒެފްރޯލްއި ލީޑުގައި ކުޅެމުންދަނިކޮށް ކުޑަހެންވޭރުން ވަނީ ލިބުނު ފުރުސަތެއްގެ ބޭނުން ހިފައި ސުން ކަނޑުވާލާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ 88 ވަނަ މިނެޓުގައި ޔާމީން މުހަންމަދެވެ. ނަމަވެސް އޭގެ މިނެޓެއް ފަހުން އަނެއްކާ ވެސް ޒެފްރޯލްއިން ވަނީ އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށް ދެވަނަ ފަހަރަށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ އަބްދުލް ގާދިރު އެވެ.

މީގެ ކުރިން ފުރަތަމަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް ފުރަތަމަ ޑިވޮޝަނުން އޮޓޮމެޓިކް ޖާގައެއް ލިބެއެވެ. ނަމަވެސް ފުޓުބޯޅައިގެ އޮނިގަނޑަށް ގެނައި ބަދަލާއިއެކު ދެ ވަނަ ޑިވިޝަނުން ފައިނަލަށް ދަތުރުކުރާ ދެޓީމު ޖެހޭނީ ފުރަތަމަ ޑިވިޝަނުގެ ޕްލޭއޮފްގައި ކުޅޭށެވެ. މިހާރުގެ ނަތީޖާއަށް ބަލާނަމަ ޕްލޭ އޮފްގައި ކުޅެން ޖެހޭނީ ޒެފްރޯލް އާއި ކުޑަހެންވޭރުގެ އިތުރުން، މިހާރު ކުރިއަށްދާ އެސްޓީއޯ މާލެ ލީގުގެ އެންމެ ފުލަށްދާ ހަތަރު ޓީމެވެ.

އިތުރަށް ކިޔާލަން

27 ޖެނުއަރީ 2017

ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް

27 ޖެނުއަރީ 2017
ފޯރިގަދަ ކުޅުމަކަށް ފަހު ވަވްރިންކާ ބަލިކޮށް ފެޑެރާ ފައިނަލަށް
27 ޖެނުއަރީ 2017

އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް

27 ޖެނުއަރީ 2017
އޭވީސީ ސެންޓްރަލް ޒޯން: ސީދާ ތިން ސެޓުން ރާއްޖެ ބަލިކޮށް ނޭޕާލް އަށް ރަނގަޅު ފެށުމެއް
26 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އޭސީ މިލާން ބަލިކޮށް ޔުވަންޓަސް ސެމީއަށް
23 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް
22 ޖެނުއަރީ 2017

ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް

22 ޖެނުއަރީ 2017
ދެވަނަ ޑިވިޝަން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސީ ލައިފަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު