Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކުޑަކުދިންގެ ހިޔާގެ ހާލަތު

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލައިފި

8 ޖޫން 2021 | އަންގާރަ 03:16

ފަހަކަށް އައިސް ކުޑަކުދިންގެ ހިޔާގައި އެތައް ނޭދެވޭ ކަންތައްތަކެއް ފާހަގަވެފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 8 ޖޫން 2021 | އަންގާރަ 03:16
ކުޑަކުދިންގެ ހިޔާ،

ކުޑަކުދިންގެ ހިޔާ،

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރާއި 18 އަހަރުގެ ކުދިން ބަލަހައްޓަމުންދާ މަރުކަޒުކަމުގައިވާ ކުޑަކުދިންގެ ހިޔާގައި ދޮޅު މަސް ދުވަހުގެ ތެރޭގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައިވާތީ އާކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އާކުން ނެރުނު ބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހިޔާގައި އަލިފާނުގެ ތިންވަނަ ހާދިސާއެއް ހިނގާފައި މިވަނީ ހިޔާގައި ދިރިއުޅެމުންދާ ކުދިން އެކި ރަށްރަށް ބަދަލުކުރުމުގެ ސަބަބުން ކުޑަކުދިންގެ ހިޔާގައި ދިރިއުޅެމުންދާ ކުދިންގެ އަދަދު 10ށްވުރެ ވެސް މަދުވެފައިވަނިކޮށްށެވެ.

Advertisement - newsAdvertisement

އާކުން ބުނީ ކުދިންގެ އަދަދު ވަރަށް މަދުވެ، ހިޔާ ބެލެހެއްޓުން ކުރިއަށްވުރެ ފަސޭހަވާންޖެހޭ ދަނޑިވަޅެއްގައި މިފަދަ ހާދިސާތައް ތަކުރާރުވުމަކީ ވަކިން ޚާއްސަކޮށް ކަންބޮޑުވާ ކަމެއް ކަމަށެވެ. ކުޑަ ކުދިން ހިޔާގައި ދިރިއުޅެމުންދާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ދައުލަތުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް އާކުން ވަނީ ގޮވާލާފައެވެ. އަދި މިފަދަ ހާދިސާތައް އިތުރަށް ތަކުރާރުވެ، އެތަނުގައި ދިރިއުޅެމުންދާ ކުއްޖަކަށް ބޮޑު އަނިޔާއެއް ލިބުމުގެ ކުރިން މިކަންކަން ހުއްޓުވުމަށްޓަކައި މިފަދަ ހާދިސާތަކުގެ ފުރިހަމަ ތަހުގީގެއް ކުރުމަށް ވެސް ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން 4 މެއި 2021 ގައި ހިނގި އަލިފާނުގެ ހާދިސާއަށްފަހު އެ މަރުކަޒުގެ އަލިފާނާ ގުޅުންހުރި ސަލާމަތީ ކަންކަމުގެ އޮޑިޓެއް ހެދުމަށް ކަމާބެހޭ ފަރާތްތަކަށް އާކުން ގޮވާލާފައިވެއެވެ.

އާކުން ބުނީ އަލިފާނުގެ ހާދިސާތައް ތަކުރާރުކޮށް ކުޑަކުދިންގެ ހިޔާގައި ހިނގަން ފަށާފައި މިވަނީ މިފަހަށް އައިސް ކުޑަކުދިންގެ ހިޔާގައި އެތައް ނޭދެވޭ ކަންތައްތަކެއް ފާހަގަވެފައިވާ ދުވަސްވަރެއްގައި ކަމަށެވެ. މިކަންކަން ކުރިމަތިވަނީ މަރުކަޒަށް ދިމާވެފައިވާ އެކި ގޮންޖެހުންތަކާއި ހުރެކަން އާކުން ފާހަގަކޮށްފައިވެއެވެ.

މީގެ ތެރޭގައި ހަރުދަނާ ގޮތެއްގައި މަރުކަޒު ހިންގުމުގައި ހުރި މައްސަލަތަކާއި އެކަށީގެންވާ ގޮތަކަށް ކުދިންގެ ބޭނުންތަކަށް އަޅާނުލެވުން ފަދަ މައްސަލަތައް ހުރިއިރު، ކޮވިޑް-19ގެ ބަލިމަޑުކަމާއެކު މިމައްސަލަތައް އިތުރުވެފައިވާ ކަމަށް އާކުން ބުނެއެވެ. އަދި މި ކަންބޮޑުވުންތައް އެތައް ފަހަރެއްގެ މަތިން ދައުލަތުގެ ކަމާބެހޭ ފަރާތްތަކާއި މިނިވަން މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސްފައިވާކަން އާކުން ފާހަގަކޮށްފައިވެއެވެ.

ކުޑަ ކުދިންކުޑަކުދިންގެ ހިޔާ

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2024

ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރު މިނިވަން ކޮށްފި

18 ޑިސެމްބަރު 2024
ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރު މިނިވަން ކޮށްފި
05 ޑިސެމްބަރު 2024

ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރަކަށް ދައުވާ ކުރުމަށް ފޮނުވައިފި

05 ޑިސެމްބަރު 2024
ދަރިވަރުން ގްރޫމްކުރަން އުޅުނުކަމަށް ތުހުމުތުކުރެވޭ ޓީޗަރަކަށް ދައުވާ ކުރުމަށް ފޮނުވައިފި
23 ނޮވެމްބަރު 2024

ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަނީ

23 ނޮވެމްބަރު 2024
ކުށްކުރާ ގްރޫޕުތަކުގައި ހިމެނޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް ފަށަނީ
02 އޮކްޓޯބަރު 2024

ކުޑަކުއްޖަކު ރަހީނުކުރި މައްސަލައެއް ބަލަނީ

02 އޮކްޓޯބަރު 2024
ކުޑަކުއްޖަކު ރަހީނުކުރި މައްސަލައެއް ބަލަނީ
26 އޯގަސްޓު 2024

ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

26 އޯގަސްޓު 2024
ކުޑަކުއްޖެއްގެ ގައިގާ ޖަހައި މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ
12 މެއި 2024

ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ވަނީ ފަށާފައި: އިހުސާން

12 މެއި 2024
ޖިނާއީ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ކުޑަކުރުމަށް ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ވަނީ ފަށާފައި: އިހުސާން
11 މެއި 2024

މި އަހަރުގެ ކުދިންގެ އާބާދީއަކީ 134،121 ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި

11 މެއި 2024
މި އަހަރުގެ ކުދިންގެ އާބާދީއަކީ 134،121 ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި
09 އެޕްރީލު 2024

ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް

09 އެޕްރީލު 2024
ޖިނާއީ މަސްއޫލިއްޔަތު އުފުލަންޖެހޭ އުމުރު ދަށްކުރުމުން، މިހާރަށްވުރެވެސް އުމުރުން ހަގުކުދިން ގޭންގުތަކަށް ރެކްރޫޓުކުރުމުގެ ބިރު އެބައޮތް
07 އެޕްރީލު 2024

15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް

07 އެޕްރީލު 2024
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް
06 އެޕްރީލު 2024

ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ: ރަސްދޫގައި ޚާއްސަ ޓީމެއް ދަނީ ހަރަކާތްތެރިވަމުން

06 އެޕްރީލު 2024
ކުޑަ ކުއްޖަކަށް އަނިޔާކުރި މައްސަލަ: ރަސްދޫގައި ޚާއްސަ ޓީމެއް ދަނީ ހަރަކާތްތެރިވަމުން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް