Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވިލިނގިލީގައި އަޅާފައިވާ ފިޔަވަޅުތައް

ކާފިއު ވަގުތަށް ބަދަލު ނުގެނެސް ގއ. ވިލިނގިލިގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފި

ކުރިން އަޅާފައިވާ ފިޔަވަޅުތައް ވަނީ އުވާލާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 18:56
ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް މީހަކު ގެންދިއުން

ގއ.ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް މީހަކު ގެންދިއުން

ކޮވިޑް-19 އާއި ގުޅިގެން އިއުލާނުކޮށްފައިވާ ކާފިއުގެ ވަގުތަށް ބަދަލު ގެނައުމެއްނެތި، ގއ. ވިލިނގިލީގައި އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދީފިއެވެ.

ބުރާސްފަތި ދުވަހުގެ ރޭ ހެލްތު ޕްރޮޓެކްޝަން އެޖެންސީ ނެރުނު އެންގެވުމުގައި ބުނެފައިވަނީ، ވަކިގޮތެއް އަންގަންދެން، ގއ. ވިލިނގިލީގައި ކޮންމެ ދުވަހެއްގެ ހަވީރު 6:00ން ފަތިހު 4:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ. އަދި މި ފިޔަވަޅުން ސިފައިންނާއި، ފުލުހުންނާއި، ޞިއްޙީ ޚިދުމަތް ދޭ އިދާރާތަކުގެ މުވައްޒަފުންނާއި، އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި، އެމްބިއުލާންސާއި، ގއ. ވިލިނގިލީ ޓާސްކުފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކާއި، އަދި އެމެޖެންސީކޮށް ޞިއްޙީ ޚިދުމަތް ހޯދަންޖެހޭ ފަރާތްތައް އިސްތިސްނާ ވާނެ ކަމަށެވެ.

އަދި މި އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ކަނޑައަޅާ ޚާއްޞަ ހާލަތްތަކުގައި، އަންގާ ގޮތެއްގެ މަތިން ޢަމަލުކުރެވޭނެ ކަމަށެވެ. އަދި މި ފިޔަވަޅުތައް ތަންފީޒު ކުރުމުގައި ވަގުތާއި ހާލަތަށް ރިޢާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށް އެންގެވުމުގައި ބުނެފައިވެއެވެ. އަދި މި ފިޔަވަޅުތައް ތަންފީޒުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގާ، އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވެސް އެންމެހައި ފަރާތްތަކަށް އަންގާފައިވެއެވެ.

މި މަހުގެ 20 ވަނަ ދުވަހު ވިލިނގިލީގައި ފިޔަވަޅުތައް އަޅަން ނިންމީ އެ ރަށުން ކޮވިޑްގެ ކޭސްތަކެއް ފެނުމާއި ގުޅިގެންނެވެ. އެގޮތުން 20 މެއިން 26 މެއިގެ ނިޔަލަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާ ތަންފީޒުކޮށްފައިވެއެވެ. ކޮވިޑާއި ގުޅިގެން މިހާތަނަށް އެރަށުގައި 43 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި އެރަށުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ވަނީ ނިޔާވެފައެވެ. ބުރާސްފަތި ދުވަހު ވެސް އެރަށުން 4 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އަދި މިހާތަނަށް 475 މީހަކު ވަނީ ކަރަންޓީންކޮށްފައެވެ.

ގއ. ވިލިނގިލިވިލިނގިލި

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

ގއ.ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީ ކުރުމަށް އެއްބަސްވުމުގައި ސޮއި ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް، މަޝްރޫއުގެ ހިލަމެއް ވެސް ނެތް

05 ޑިސެމްބަރު 2025
3 މީހުންނާ އެކު ދަތުރު ކުރަމުންދިއަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރި ވަނީ

3 މީހުންނާ އެކު ދަތުރު ކުރަމުންދިއަ މުދާ އުފުލާ ދޯންޏެއް އަޑިއަށް ދާތީ ފުލުހުން ހަރަކާތްތެރި ވަނީ

30 ނޮވެމްބަރު 2025
ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

ގއ. އަތޮޅު ހޮސްޕިޓަލްގައި ވިހެއުމުގެ ތެރޭގައި ކުއްޖަކު މަރުވި މައްސަލަ ދަނީ ބަލަމުން: ހެލްތް މިނިސްޓްރީ

17 ނޮވެމްބަރު 2025
މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

މާބަނޑުވީ 17 އަހަރު ފަހުން، ޑޮކްޓަރުގެ އިހުމާލުން ދަރިފުޅު ނިޔާވި އިރު ޖެހި އިންޖެކްޝަންތަކުގެ ސަބަބުން މަސް އޮތީ ގިރިފަ: އާއިލާ

15 ނޮވެމްބަރު 2025
ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ވިލިނގިލީގައި އެކްސިޑެންޓުވި 26 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

08 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

9 މާރިޗު
ކްރީމީ މެންގޯ ކޮކްޓެއިލް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރީމީ މެންގޯ ކޮކްޓެއިލް

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަމަސް ފެށެން އެއްދުވަސް، ފެނަކަ ކުންފުނީގައި 8 އަހަރު އުޅުނު މުވައްޒަފަކު ކަނޑާލައިފި

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ
20233 އަހަރު ކުރިން
ކުޅިވަރު

ޔުނައިޓެޑް މާމޮޅު، ދެ ވަނަ ގޯލާއެކު މެޗު ނިމިއްޖެ: ޕެލެގްރީނީ

ރަށް ދެކެ ލޯބިވާ ޑޮކްޓަރު
20224 އަހަރު ކުރިން
މީހުން

ރަށް ދެކެ ލޯބިވާ ޑޮކްޓަރު

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!
20215 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫނު އިދިކޮޅާ ގުޅެން ނިންމެވިކަމުގެ އަޑުތަކެއް!

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް
20197 އަހަރު ކުރިން
ރާއްޖެ

ސަރުކާރު ކޯލިޝަން އެބަ އޮތް، އެކަމަކު ތާއިދު ކުރަނީ ޕީޕީއެމް/ޕީއެންސީއަށް: ގާސިމް

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖެނަރަލް ޝިޔާމްގެ ގެކޮޅުގެ އޭސީ ހަދަން ދެކޮޅު ހެދި ދެ އޮފިސަރަކަށް ފިޔަވަޅު އަޅައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު