ކ. މާލެ
|
22 ޑިސެންބަރ 2017 | ހުކުރު 22:50
އެމް7 ޕްރިންޓިންގް
އެމް7 ޕްރިންޓިންގް
ފޭސްބުކް
އެމް7
އެމް7: ހިދުމަތުގައި 25 އަހަރު!
 
އެމް7 އިން ކޮލެޓީ ހިފެހެއްޓުމަށާއި އަވަސް ހިދުމަތެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އިސްކަންދޭ

މީގެ 25 އަހަރުން ކުރިން އެމް7 ޕްރިންޓް ފެށިގެން އައީ ދަމާސް ސޯލިހު ހަދިޔާކުރި ކުޑަ ފޮޓޯ ކޮޕީ ނަގާ މެޝިނަކާއެކުއެވެ. އޭރު އެމް7 އަށް ކިޔާ ނަމަކީ އެސްއެމް ސްޓޭޝަނަރީޒް އެވެ.

އެހެން ނަމަވެސް 2002 ވަނަ އަހަރު އެސްއެމް ސްޓޭޝަނަރީޒްގެ ނަން އެމް7އަށް ޕްރިންޓް އަށް ބަދަލުވެގެން ދިޔައެވެ. މާލީ ދަތިތަކެއް ފަށައިގަތުމުގައި ކުރިމަތިވި ނަމަވެސް މިހާރު އެ ވިޔަފާރި އިތުރަށް ފުޅާވެ އެމީހުންގެ ބުކްޝޮޕެއްވެސް ވަނީ އެމް7 ބުކްޝޮޕްގެ ނަމުގައި ހުޅުވާފައެވެ. ވިޔަފާރީ އިތުރަށް ފުޅާކުރުމުގައި އާއިލީ މެމްބަރުން ހަރަކާތްތެރިވި ނަމަވެސް މިހާރު އެ ކުންފުންޏަކީ އެމީހުންގެ އަމިއްލަ މުވައްޒަފުން ގެންގުޅޭ ކުންފުންޏެކެވެ.

އެމް7 ޕްރިންޓް އިން ދޭ ބައެއް މުހިންމު ހިދުމަތްތަކަކީ ބެނަރ ޕްރިންޓާއި އޮފްސެޓް ޕްރިންނާއި ހުރިހާ ވައްތަރެއްގެ ޑިޖިޓަލް ޕްރިންޓެވެ. ޕްރިންޓްކުރުމުގެ ހުރިހާ ހިދުމަތެއް މާލެއިން އަގުހެޔޮކޮށް، އެއްތަނަކުން ލިބެން ހުންނާނީ އެމް7 އިންކަން ކަށަވަރެވެ.

އެމް7 ޕްރިންޓިންގ ފެށިގެން މިއަދާއި ހަމައަށް އައިރު އެތަނަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހިން ވަޒީފާގައި ހަރުނުލުމެވެ.

އެހެން ނަމަވެސް އެކަންވެސް ހައްލުވެގެންދާނެ ކަމަށް އެ ކުންފުނިން އުންމީދު ކުރެއެވެ. އެމް7 ޕްރިންޓިންގގެ ހިދުމަތް ބިނާވެފައި އޮންނަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއީ ކޮލެޓީ ހިފެހެއްޓުމާއި އަވަސް ހިދުމަތެއް ފޯރުކޮށްދިނުމާއި ކަސްޓަމަރުން ބޭނުންވާ ގަޑިއަށް މަސައްކަތްތައް ނިންމާ ދިނުން އަދި ކަސްޓަމަރުންނަށް ފަސޭހައިން މުއާމަލާތުކުރެވޭ ބަޔަކަށްވުމެވެ.

އެ ކުންފުނީގެ ހިދުމަތް ކާމިޔާބުވެ، އިތުބާރު ދެމެހެއްޓެނީ މި އަސާސްތައް ހިފަހައްޓާތީ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
5%
24%
5%
52%
5%
10%
ކޮމެންޓް
28 ޖެނުއަރީ 2019 | ހޯމަ 05:45
ޅަބޭބާ
ޕްރޮމޯސަންޖައްސާ އިސްތިހާރުކޮށް ވިޔަފާރި ކުރިއަށް ދިޔަވާހަކަ އެކަނި ބުނަުމަކުން ނުފުދޭ! ފޮތްބަޔާއެކު ދޭން ބުނިދަބަސް އދިވެސް ނުލިބޭ! ސުކުރިްޔާ1