ކ. މާލެ
|
21 ޑިސެންބަރ 2017 | ބުރާސްފަތި 11:45
ކްލޯއީ ކާޑޭޝިއަން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯ
ކްލޯއީ ކާޑޭޝިއަން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯ
އިންސްޓަގްރާމް
ކްލޯއީ ކާޑޭޝިއަން
ކްލޯއީ ކާޑޭޝިއަން ބަލިވެއިންކަން އޭނާ އަމިއްލައަށް ހާމަކޮށްފި
 
ކްލޯއީ ބަލިވެއިންކަން އިއުލާން ކުރީ މިއަދު
 
ކުއްޖަކު ލިބެން އުޅޭކަން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައި
 
ކްލޯއީ ހުރީ ވަރަށް އުފަލުން، އޭނާ ވިހާނެ ދުވަހެއް އަދި ނުބުނޭ

އުމުރުން 33 އަހަރުގެ ކްލޯއީ އާއި އޭނާގެ ލޯބިވެރިޔާ ޓްރިސްޓަން ތޮމްޕްސަން 26، އަށް ދަރިއަކު ލިބެން އުޅޭކަން ފުރަތަމަ ރިޕޯޓްކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެހެން ނަމަވެސް ކްލޯއީ ވެސް އަދި އޭނާގެ އާއިލާއިން ވެސް މިކަމާ މެދު އޭރު އެއްޗެއް ބުނެފައެއް ނުވެއެވެ.

ބުރާސްފަތި ދުވަހު ކްލޯއީ އޭނާގެ އިންސްޓަގްރާމުގައި ވަނީ ފުރަތަމަ ފަހަރަށް އޭނާގެ ބަނޑުގެ ފޮޓޯއެއް އާންމުކޮށްފައެވެ. ފޮޓޯ އިން ފެންނަނީ ކްލޯއީގެ ބަނޑު މަތީގައި ފުރަގަހުން ޓްރިސްޓަންގެ އަތް ބާއްވާލާފައިވާ މަންޒަރެވެ.

އެ ފޮޓޯގެ ކެޕްޝަންގައި ކްލޯއީ ޖަހާފައި ވަނީ ކުއްޖަކު ލިބުން އެއީ އޭނާ އެންމެ ދެކޭ ހުވަފެން ކަމަށެވެ. އޭނާ އާއި ޓްރިސްޓަން އަށް ކުއްޖަކު ލިބެން އުޅޭ ކަމަށާއި އެކަމަށް ހެއްދެވި ފަރާތަށް ޝުކުރުވެރިވާ ކަމަށް ކްލޯއީ ބުނެފައިވެއެވެ. އަދި އޭނާ ދެކެ ޓްރިސްޓަން ވާ ލޯތްބަށް ޝުކުރުވެރިވާ ކަމަށް އިންސްޓަގްރާމަށް ލާފައިވާ ފޮޓޯގެ ކެޕްޝަންގައި ކްލޯއީ ވަނީ ބުނެފައެވެ. މީގެ އިތުރުން ބަލިވެ އިނުމުން އޭނާއަށް ޓްރިސްޓަން އަޅާލާ އަޅާލުމަށާއި ދޭ ލޯތްބަށް ކްލޯއީ ވަނީ ޝުކުރު އަދާކޮށްފައެވެ. ބަލިވެ އިނުން އެއީ އޭނާގެ ހަޔާތުގައި އެކިކަހަލަ އިހްސާސްތައް ގެނުވާ ފުރަތަމަ ފަހަރު ކަމަށް ވެސް ކްލޯއީ ވަނީ ބުނެފައެވެ.

މިއީ ކްލޯއީގެ އަލަތު ދަރިފުޅަށް ވީނަމަވެސް ޓްރިސްޓަން އަށް ވަނީ 1 އަހަރުގެ ކުއްޖަކު ލިބިފައެވެ. އެއީ އޭނާގެ ކުރީގެ ލޯބިވެރިޔާ ޖޯޑަން ކެރައިގް އަށެވެ.

ސެލެބްރިޓީންގެ ޚަބަރު ގެނެސްދޭ އޮންލައިން ނޫހެއް ކަމަށްވާ ޕީޕަލްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ކްލޯއީ ބަލިވެއިންކަން އިއުލާން ކުރީ އޭނާ އެކަމަށް ރަނގަޅަށް ތައްޔާރުވުމުންނެވެ. މިއީ ކްލޯއީ ވަރަށް ބޭނުންވެފައި ހުރި ކަމެއް ކަމަށާއި އޭނާ ބޭނުންވީ ރަނގަޅު މީހަކާ ގުޅުމުން ދަރިއަކު ހޯދަން ކަމަށް ކްލޯއީގެ ގާތް މީހަކު ބުނެފައިވާ ކަމަށް އެ ނޫހުގައި ވަނީ ރިޕޯޓްކޮށްފައެވެ. ކްލޯއީ ވިހާނެ ދުވަހެއް އަދި ހާމައެއް ނުކުރެއެވެ.

ކްލޯއީގެ އިތުރުން އޭނާގެ 20 އަހަރުގެ ކޮއްކޮ، ކައިލީ ޖެނަރ ބަލިވެއިންކަމުގެ ޚަބަރު މީގެ ކުރިން ވެސް ފެތުރިފައިވެއެވެ. ރަސްމީކޮށް މި ވާހަކަ އަދި ހާމަކޮށްފައި ނުވާއިރު ކައިލީ މި ފަހަކަށް އައިސް ފެންނަނީ ހަށިގަނޑުގެ ވަނާތައް ނޭނގޭ ކަހަލަ ދޫ ޓީޝާޓެއް ނުވަތަ އަތްދިގު ދޫ ގަމީހެއް ލައިގެން ހުއްޓައެވެ. އާންމުކޮށް ގަޔަށް ބާރު އަދި ހަށިގަނޑު ހާމަވާ ގޮތަށް ހުންނަ ހެދުންތައް ލަމުން އަންނަ ކައިލީ ހަށިގަނޑު ނިވާވާ ފަދަ ދޫ އެއްޗެއްސަށް ކުއްލިއަކަށް ބަދަލުކުރީ ބަލިވެއިންކަން ފޮރުވުމަށް ކަމަށް އޭނާގެ ފޭނުން ދެކެއެވެ

ބައެއް ނޫސްތަކުގައި ރިޕޯޓް ކޮށްފައިވާ ގޮތުގައި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކައިލީ ވިހާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
33%
67%
ކޮމެންޓް