ކ. މާލެ
|
20 ޑިސެންބަރ 2017 | ބުދަ 08:10
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް
ގޫގުލް
ތަހުނިޔާގެ ޚިޠާބު
ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސް ތަހުނިޔާ ފޮނުއްވައިފި
 
ދީނުގެ ތެދު މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެއް
 
ދީނީ އަޤީދާ ބަލިކަށި ކުރުވުމަށް، އެތެރެ އާއި ބޭރުން މަސައްކަތްކުރަމުންދޭ
 
ރާއްޖެ އަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށްވާތީ، އެކަމާ ޙަސަދަވެރިވާ ބަޔަކު ތިބިކަން ހަނދާން ކުރަންޖެހޭ

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ރައްޔިތުންނަށް ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ތަހުނިޔާ ފޮނުއްވައިފިއެވެ.

ދިވެހިރައްޔިތުންނަށް ތަހުނިޔާ ފޮނުއްވި ޚިޠާބުގައި ވިދާޅުވެފައި ވަނީ އިސްލާމް ދީނުގެ މަތިވެރި އަޤީދާ އަދި އެ ދީނުގެ ތެދު މަގުގައި ފައިތިލަ ސާބިތުކޮށްގެން ތިބުމަކީ، ކޮންމެ މީހެއްގެ މައްޗަށް އޮތް ދީނީ އަދި ޤައުމީ ވާޖިބެއްކަން ހަދާން ކޮށްދެއްވާ ކަމަށެވެ.  އަދި ރާއްޖެ އަކީ ސައްތައިންސައްތަ މުސްލިމް ޤައުމަކަށް ވާތީ، އެކަމާ ޙަސަދަވެރިވާ ބަޔަކު ތިބިކަން ހަނދާން ކުރަން ޖެހޭ ކަމަށްވެސް ޚިޠާބުގައި ވިދާޅުވެފައިވެއެވެ..

ބޭރުގެ އެކި ފިއްތުންތައް ކުރިމަތި ކުރުވުމަށާއި، ދީނީ އަޤީދާ ބަލިކަށި ކުރުވުމަށް، އެތެރެ އާއި ބޭރުން މަސައްކަތް ކުރަމުންދާއިރު، މިކަމާމެދު ވަރަށް ބޮޑަށް ހޭލަން ޖެހޭ ކަމަށާއި އެފަދަ ފިކުރުތަކަށް މި ފަސްގަނޑުން އެއްވެސް ޖާގައެއް ދީގެން ނުވާނެ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހުރިހާ ރައްޔިތުންގެ އަޒުމަކަށް ވާންޖެހޭނީ، މާތްވެގެންވާ އިސްލާމްދީނުގައި ނުގުޑާ ފަދަ ވަރުގަދަ އަޒުމަކާއެކު ފައިތިލަ ސާބިތުކޮށްގެން ތިބުން ކަމަށް ވެސް ޚިޠާބުގައި ވިދާޅުވެފައިވެއެވެ. އަދި އިޤްތިސާދީ، އިޖުތިމާއީ އަދި ސިޔާސީ ކުރިއެރުން ބިނާވެފައި އޮންނާނީ، އެ ދީނުގައި ހިފެހެއްޓި މިންވަރެއްގެ މައްޗަށް ކަން ވަނީ ފާހަގަ ކުރައްވައިފައެވެ. 

މި ޚިޠާބު ނިންމަވާ ލައްވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ތާރީޚީ އަދި އުފާވެރި މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާ އެކު މަރުހަބާ ދަންނަވައި ތަހުނިޔާ އަރިސް ކުރައްވައިފައެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް