ކ. މާލެ
|
14 ނޮވެންބަރ 2017 | އަންގާރަ 12:09
"ޓައިގާ ޒިންދާހޭ" ގެ ދެ ތަރިން ކަމަށްވާ ކެޓްރީނާ އާއި ސަލްމާން
"ޓައިގާ ޒިންދާހޭ" ގެ ދެ ތަރިން ކަމަށްވާ ކެޓްރީނާ އާއި ސަލްމާން
ގޫގުލް
ޓައިގާ ޒިންދާހޭޭ
"ޓައިގާ ޒިންދާހޭ" ގެ ޓްރެއިލާ އަށް ބޮޑު ތަރުހީބެއް
 
"ޓައިގާ ޒިންދާހޭ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 22 ގައި

އަންނަ މަހުގެ 22 ގައި ސިނަމާތަކުގައި އަޅުވާ، ސަލްމާން ޚާނާއި ކެޓްރީނާ ކައިފްގެ ފިލްމް "ޓައިގާ ޒިންދާހޭ"ގެ ޓްރެއިލާއަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ދަނީ ލިބެމުންނެވެ.

މި ޓްރެއިލާ ބެލި މީހުންގެ އަދަދު މިހާރު ވަނީ 39 މިލިއަނަށް އަރާފައެވެ.

މި ފިލްމަކީ ސަލްމާނު ކުޅެފައިވާ ފިލްމް "ސުލްތާން" ގެ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރު ލިޔެ، ޑައިރެކްޓް ކޮށްފައިވާ ފިލްމެކެވެ.

މިއީ 2012 ގައި ސަލްމާނާއި ކެޓްރީނާ ކުޅުނު ފިލްމް "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައެވެ. އެ ފިލްމް ޑައިރެކްޓްކޮށްފައި ވަނީ ކަބީރް ޚާނެވެ. އެ ފިލްމަށް ވަނީ 325 ކުރޯޑް އިންޑިއަން ރުޕީސް ލިބިފައެވެ. އެ ފިލްމަށް 75 ކުރޯޑް ރުޕީސް ހަރަދުކޮށްފައި ވެއެވެ. 

ސަލްމާން ޚާން މި ފިލްމުގައި ފެނިގެން ދާނީ ކުރީގެ ފިލްމުގައި ވެސް ފެނިގެން ދިޔަ އިންޑިއާގެ ޖާސޫސީ އިދާރާ ކަމަށްވާ ރޯގައި މަސައްކަތްކުރާ އެޖެންޓެއްގެ ރޯލެވެ. އަދި ކެޓްރީނާ ފެނިގެން ދާނީ ޕާކިސްތާނުގެ ޖާސޫސީ އިދާރާގައި މަސައްކަތް ކުރާ ސްޕައި އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމަކީ ޔާޝް ރާޖް ފިލްމް (ވައިއާރްއެފް) އިން އުފައްދާފައިވާ ފިލްމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
0%
0%
0%
0%
0%
0%
ކޮމެންޓް