ކ. މާލެ
|
10 ނޮވެންބަރ 2017 | ހުކުރު 19:28
އައިފޯން އެކްސް - މިއީ އެޕަލްގެ އެންމެ ފަހުގެ އައިފޯން
އައިފޯން އެކްސް - މިއީ އެޕަލްގެ އެންމެ ފަހުގެ އައިފޯން
ގެޓީ އިމޭޖަސް
އައިފޯން އެކްސް
ދިރާގުން އައިފޯން އެކްސްގެ ޕްރީ އޯޑަރ ނަގަން ފަށަނީ
 
ދިރާގުން ޕްރީ އޯޑާ ނަގަން ނިންމާފައި ވަނީ މި މަހުގެ 24 ވަނަ ދުވަހު

ދިރާގުން އައިފޯން އެކްސްގެ ޕްރީ އޯޑާ ނަގަން ތައްޔާރުވެއްޖެއެވެ.

ހުކުރު ދުވަހު ދިރާގުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން ދިރާގު ވެބްސައިޓް މެދުވެރިކޮށް އައިފޯން އެކްސްއަށް ޕްރީ އޯޑަރ ކުރެވޭނެ ކަމަށެވެ. އަދި ޕްރީ އޯޑަރ ކުރާ ފަރާތްތަކަށް މިއަހަރުގެ ޑިސެމްބަރ އެއްވަނަ ދުވަހު ފޯނު ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ވެސް އެ ކުންފުނިން ބުނެފައިވެއެވެ.

ދިރާގުން އައިފޯން އެކްސްގެ ޕްރީ އޯޑަރ ނަގަން ނިންމާފައިވާއިރު ފޯނުތައް ވިއްކާނެ އަގުތައް އަދި އެ ކުންފުނިން ހާމައެއް ނުކުރެއެވެ.

އެޕަލް ކުންފުނިން ތައާރަފުކޮށްފައިވާ އައިފޯން އެކްސްގައި ވަރަށް ހާއްސަ  ސިފަތަކެއް އެކުލެވިގެންވެއެވެ. އެގޮތުން ފޭސް ރިކޮގްނިޝަން ނުވަތަ މޫނު ބޭނުންކޮށްގެން ފޯނު ހުޅުވާލެވެ އެވެ. އައިފޯން އެކްސްގައި ހޯމް ބަޓަންއެއް ނުހުރުމާއި ފޯނު ވަޔާލެސްކޮށް ޗާޖްކުރެވި، އިތުރު ދެ ގަޑިއިރަށް ބެޓަރީގެ ބާރު އިތުރުވުމެވެ.

ދިރާގުން ވަނީ ނޮވެމްބަރ 8 ވަނަ ދުވަހު ސެމްސަންގް ގެލެކްސީ ނޯޓް 8ގެ ފޯނުގެ ޕްރީ އޯޑާ ނަގަން ފަށާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް