ކ. މާލެ
|
4 ސެޕްޓެންބަރ 2017 | ހޯމަ 23:11
މާލޭ ވިޔަފާރި ބަނދަރު
މާލޭ ވިޔަފާރި ބަނދަރު
މުހައްމަދު ޝަރުހާން
އެކްސިޑެންޓް
ކޮންޓޭނަރަކާއި ފަލްކާއާ ދެމެދު ތާށިވެ މީހެއްގެ ފައިން ބައެއް ޗިސްވެއްޖެ
 
އަނިޔާވީ ތ ގުރައިދޫ މީހަކަށް
 
ޑޮކްޓަރުން ބުނަނީ 6 ގަޑިއިރު ކުރިން އޮޕަރޭޝަން ނުކޮށްފިނަމަ ފައިގެ ބޭނުން ކެނޑިދާނެ ކަމަށް
 
އަނިޔާ ލިބުނީ ކަނާތު ފައިގެ ކަކުލުން ތިރިއަށް

ކޮންޓޭނަރެއް ބާލަން އުޅުމުގެ ތެރޭގައި ކޮންޓޭނަރާއި ބޯޓުގެ ފަލްކާއާ ދެމެދު ތާށިވެ މީހެއްގެ ފައިގެ ބައެއް ޗިސްވެއްޖެއެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަޔަށް އަނިޔާވެފައި ވަނީ ތ އަތޮޅު ގުރައިދޫ 40 ހަކަށް އަހަރުގެ ޝިހާމް ނަމަކަށް ކިޔާ ފިރިހެނަކަށް ކަމަށެވެ.

ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހަކު ބުނީ ޗިސްވެފައި ވަނީ އޭނާގެ ކަނާތުފައި ކަމަށާއި ކަކުލުން ފެށިގެން 4 އިންޗިއެއްހާ ތިރި ޗިސްވެފައިވާ ކަމަށެވެ. އަދި ތިން ދިމާލަކުން ޗިސްވެފައިވާ ކަމަށް ބެލެވޭ ކަމަށް ބުންޏެވެ. 

ހޯމަ ދުވަހު ހަވީރު 4:30 ހާއިރު ހިނގި މިހާދިސާ ހިނގާފައި ވަނީ އެމްޕީއެލް ސަރަހައްދުގައި އޮތް ބޯޓަކުން ކޮންޓޭނަރެއް ބާލަން އުޅުމުގެ ތެރޭގައެވެ..

ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހާ ބުނީ އޭނާ މިހާރު ވަނީ އައިޖީއެމްއެޗްގެ އޮޕަރޭޝަން ތިއޭޓަރަށް ވައްދާފައި ކަމަށާއި 6 ގަޑިއިރުގެ ތެރޭގައި އޭނާގެ ފައިގެ އޮޕަރޭޝަން ނުކުރެވިއްޖެ ނަމަ އެފައިގެ ބޭނުން ނުކުރެވޭނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

އޭނާ ފުރަތަމަ ވެސް ގެނެވުނީ އައިޖީއެމްއެޗަށް ކަމަށާއި ނަމަވެސް އެހޮސްޕިޓަލުން ހެދެން ނެތް ޓެސްޓެއް ހެދުމަށް އޭޑީކޭއަށް ވެސް ގެންދެވުނު ކަމަށް ރާއްޖެ އެމްވީއަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
100%
0%
0%
0%
ކޮމެންޓް