ކ. މާލެ
|
1 ސެޕްޓެންބަރ 2017 | ހުކުރު 12:12
"ކުކުޅެއްކާން" ލަވައިގެ ޝޫޓިން ތެރެއިން
"ކުކުޅެއްކާން" ލަވައިގެ ޝޫޓިން ތެރެއިން
ރިޒްނާ ޒަރީރު
"ކުކުޅެއްކާން" ރިލީޒްކޮށްފި
ރާއްޖެ ޓީވީގެ އީދު ހަދިޔާ: "ކުކުޅެއް ކާން"
 
ރާއްޖެއެމްވީގެ ހުރިހާ ކިޔުންތެރިންނަށް އީދު މުބާރަކް

އަޞްހާ އީދުގެ މުނާސަބަތުގައި ރާއްޖެޓީވީގެ މުވައްޒަފުންގެ އީދު ލަވަ "ކުކުޅެއް ކާން" ރިލީޒްކޮށްފި އެވެ.

 

ލަވަ ރިލީޒްކޮށްދެއްވީ ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މަޝްހޫރު ޕްރޮޑިއުސަރ އަދި ޑައިރެކްޓަރ އަބްދުލް ފައްތާހުއެވެ.

 

ރާއްޖެޓީވީގެ 26 ސްޓާފުންގެ ހުނަރު ފެނިގެންދިޔަ މި ލައިވައިގެ ޅެން އަދި ލަވަ ޑައިރެކްޓްކޮށްދީފައިވަނީ   ރާއްޖެ ޓީވީގެ ޕްރޮގްރާމް ހެޑް އާމިރު ސަލީމް އެވެ.

 

މިލަވައިގެ މައިގަނޑު ގޮތެއްގައި އީދު ފާހަގަކުރުމަށް ސަގާފީ ގޮތުން ކުރީގައި ކޮށް އުޅުނު ގޮތަށް، އެއްގެއިން އަނެއް ގެޔަށް ގޮސް ކައި ހަދާ ގޮތް ވަރަށް ރަނގަޅަށް ކިޔާދީފައިވެއެވެ.

 

ހަފްތާއެއްހާ ދުވަހުގެ ޝޫޓިން ކުރިއަށް ގެންދިޔަ މި ލައިވައިގެ ކެމެރާ ކޮށްފައިވާ މުހައްމަދު ޝަހުރާންއެވެ. ލައިވައިގެ އެޑިޓިންގ އާދަމް ސޫފިޔާން ކޮށްފައިވާއިރު މޭކަޕްކޮށްފައިވަނީ އާމިނަތު މުހައްމަދުއެވެ.

 

ޕްރޮޑަކްޝަން މެނޭޖަރއަކީ ހުޝާމް މުހައްމަދުއެވެ. އީދު ދުވަހަކީ އަބަދުވެސް އާދަކާދައިގެ ގޮތުން އެއްގެއިން އަނެއް ގެޔަށްގޮސް ކައިބޮއި ހަދާ ދުވަހަކަށްވާއިރު މި ލަވަ ޖޯޝާ ފޯރިއާއި އެކު ހުށަހަޅާފައިވަނީ މުހައްމަދު ޝާހިދު އާއި ކޯރަސްގެ ބައި ހުށަހަޅާފައިވަނީ ޝަހީދާ ރިފްއަތު އެވެ.

 

އަދި ރެކޯޑިންގ އަދި މިކްސިން ހަދާފައިވަނީ ހުސެއިން ރަމީޒު އެވެ. ތަފާތު ގިނަ ނެށުމުގެ ހުނަރުތަކާއި އެކު ލަވައިގެ ފުރިހަމަކަން އިތުރުކޮށްދީފައިވަނީ ކޮރެއޯގްރާފުންގެ މަސައްކަތުންނެއެވެ. އެގޮތުން އާދަމް ޒަރީރު މުހައްމަދު އަނިލް އަދި މުހައްމަދު ވިސާމް ވަނީ ކޮރެއޯގްރާފުންގެ ގޮތުގައި ހަރަކާތްތެރިވެފައެވެ.

 

މިލަވަ މިހާރު ރާއްޖެޓީވީގެ ފޭސްބުކް އަދި ޔޫޓިބިއުން ފެންނަން ހުންނާނެއެވެ.

 

އަޞްހާ އީދުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖެއެމްވީގެ ހުރިހާ ކިޔުންތެރިންނަށް އަރިސްކުރަމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
21%
57%
7%
7%
7%
0%
ކޮމެންޓް