ރަމަޟާން 1443

ނަމާދު ވަގުތު

ފަތިސް

04:50

އިރުއަރާ

06:07

މެންދުރު

12:09

އަސްރު

15:30

މަޣްރިބް

18:04

އިޝާ

19:21

އިމްސާކް

04:32

ހުޅުލެ

31°C

ގުގުރުމާއެކު ވިއްސާރަ

ހަނިމާދޫ

32°C

ކެރި

ކައްދޫ

31°C

ގުގުރުމާއެކު ވިއްސާރަ

ކާޑެއްދޫ

31°C

ގުގުރުމާއެކު ވިއްސާރަ

ގަން

32°C

ކެރި

އަލްހަމްދުލިއްލާހި
އަނެއްކާވެސް ބަރަކާތްތެރި ރަމަޟާން މަހާއި އަޅުގަނޑުމެންނާއި މިވަނީ ބައްދަލުވެފައެވެ.
މި ބަރަކާތްތެރި މަހުގައި ގިނަގިނައިން ދުޢާކޮށް، ޤުރުއާން ކިޔެވުމުގައި ގިނަ ވަޤުތު ހޭދަކޮށް ފުރިހަމަ ގޮތުގައި ރޯދަ ހިފަމާތޯއެވެ.

ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ ބައްދަލުކުރުމުގެ ހެޔޮ ތައުފީޤު މިންވަރު ކުރެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. މިނޫހުގެ ހުރިހާ ކިޔުންތެރިންނަށް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮއެދުމާ ތަހުނިޔާ އަރިސްކުރަމެވެ.

ދުވަހުގެ އާޔަތް

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ
އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު قائم ކޮށްއުޅޭ މީހެއްކަމުގައި ލައްވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ دعاء قبول ކުރައްވާނދޭވެ!
(14:40)
(29 ރަމަޟާން)
رَّبِّ اغْفِرْ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارًا
އަޅުގެ ވެރިރަސްކަލާކޮ! މިއަޅާޔާއި، މިއަޅާގެ މައިންބަފައިންނާއި، إيمان ވެގެންހުރެ މިއަޅާގެ ގެޔަށް ވަދެއްޖެ މީހަކާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނަށް ފާފަފުއްސަވާނދޭވެ! އަދި އަނިޔާވެރިންނަށް ހަލާކުނޫން އެހެންކަމެއް އިތުރު ނުކުރައްވާނދޭވެ!
(71:28)
(27 ރަމަޟާން)
رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي ۖ إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ
އަޅުގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބަރަސްކަލާނގެ ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި މިއަޅާގެ ދަރިފަސްކޮޅު، މިއަޅާއަށްޓަކައި إصلاح ކޮށްދެއްވާނދޭވެ! ހަމަކަށަވަރުން، ތިމަންއަޅާ އިބަރަސްކަލާނގެޔަށް توبة ވެއްޖައީމެވެ. ހަމަކަށަވަރުން، ތިމަންއަޅާވަނީ مسلم ންގެ ތެރެއިންނެވެ.
(46:15)
(26 ރަމަޟާން)
رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
އަޅުގެ ވެރިރަސްކަލާކޯއެވެ! ކުޑަކުއްޖަކު ކަމުގައި މިއަޅާވީދުވަހު، އެދެމީހުން މިއަޅާ ބަލައިބޮޑުކުރި ފަދައިން، އެ ދެމީހުންނަށް رحمة ލައްވައިފާނދޭވެ!
(17:24)
(25 ރަމަޟާން)
وَلَنُسْكِنَنَّكُمُ الْأَرْضَ مِن بَعْدِهِمْ ۚ ذَٰلِكَ لِمَنْ خَافَ مَقَامِي وَخَافَ وَعِيدِ
އަދި ހަމަކަށަވަރުން، އެއުރެންގެ ފަހުގައި، ތިމަންރަސްކަލާނގެ ތިޔަބައިމީހުން، ބިމުގައި ވަޒަންވެރި ކުރައްވާ ހުށީމެވެ. އެކަންއޮތީ، ތިމަންރަސްކަލާނގެ (މަތިވެރި) مقام އަށް ބިރުވެތިވެ، ތިމަންރަސްކަލާނގެ وعيد އަށް ބިރުވެތިވި މީހުންނަށެވެ.
(14:41)
(23 ރަމަޟާން)
وَاجْعَلْنِي مِن وَرَثَةِ جَنَّةِ النَّعِيمِ
އަދި نعمة ގެ ސުވަރުގެ ވާރުތަވާ މީހުންގެ ތެރެއިން، މިއަޅާ ލައްވާނދޭވެ!
(26:85)
(22 ރަމަޟާން)
رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ
އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ حضرة ގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ!
(66:11)
(21 ރަމަޟާން)
رَبَّنَا وَآتِنَا مَا وَعَدتَّنَا عَلَىٰ رُسُلِكَ وَلَا تُخْزِنَا يَوْمَ الْقِيَامَةِ ۗ إِنَّكَ لَا تُخْلِفُ الْمِيعَادَ
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رسول ންގެ ދޫފުޅުމަތީން އަޅަމެންނަށް وعد ކުރައްވާފައިވާ ކަންތައް، އަޅަމެންނަށް ދެއްވާނދޭވެ! އަދި، قيامة ދުވަހުން އަޅަމެން ނިކަމެތި ނުކުރައްވާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެ وعد އާ خلاف ވެ ވޮޑިއެއް ނުގަންނަވަމުއެވެ.
(3:194)
(20 ރަމަޟާން)
وَلَا تُخْزِنِي يَوْمَ يُبْعَثُونَ ﴿87﴾ يَوْمَ لَا يَنفَعُ مَالٌ وَلَا بَنُونَ ﴿88﴾ إِلَّا مَنْ أَتَى اللَّهَ بِقَلْبٍ سَلِيمٍ ﴿89﴾
އަދި އެއުރެން (އެބަހީ: މީސްތަކުން) محشر އަށް ފޮނުއްވާދުވަހު، މިއަޅާ ނިކަމެތި ނުކުރައްވާނދޭވެ! އެދުވަހަކީ، މުދަލެއްވިޔަސް، އަދި ދަރިންނެއްވިޔަސް، މަންފާއެއް ނުކުރާނެ ދުވަހެވެ. ސަލާމަތްވެގެންވާ ހިތަކާއިގެން اللَّه ގެ حضرة އަށް އައިމީހަކަށް މެނުވީއެވެ.
(26:87،88،89)
(19 ރަމަޟާން)
رَبَّنَا مَا خَلَقْتَ هَٰذَا بَاطِلًا سُبْحَانَكَ فَقِنَا عَذَابَ النَّارِ
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ މިތަކެތި ހައްދަވާފައިވަނީ، باطل ގޮތެއްގައެއް ނޫނެވެ. އިބަރަސްކަލާނގެ ހުސްطاهر ވަންތަކަމާއެވެ! ފަހެ، ނަރަކައިގެ عذاب ން އަޅަމެން ދިންނަވާނދޭވެ!
(3:191)
(18 ރަމަޟާން)
رَّبَّنَا اكْشِفْ عَنَّا الْعَذَابَ إِنَّا مُؤْمِنُونَ
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން عذاب ފިއްލަވާނދޭވެ! ހަމަކަށަވަރުން، އަޅަމެން إيمان ވާހުށީމުއެވެ.
(44:12)
(16 ރަމަޟާން)
رَبَّنَا إِنَّكَ مَن تُدْخِلِ النَّارَ فَقَدْ أَخْزَيْتَهُ ۖ وَمَا لِلظَّالِمِينَ مِنْ أَنصَارٍ
އަޅަމެންގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އިބަރަސްކަލާނގެ ނަރަކަޔަށް ވައްދަވައިފިމީހާ، ފަހެ، އިބަރަސްކަލާނގެ އެމީހަކު ނިކަމެތި ކުރައްވައިފިކަން ކަށަވަރެވެ. އަނިޔާވެރިންނަށް نصر ދޭނެ އެއްވެސް ބަޔަކު ނުވެއެވެ.
(3:192)
(15 ރަމަޟާން)
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް ކެތްތެރިކަން ދެއްވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކޮށް ދެއްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!
(2:250)
(14 ރަމަޟާން)
رَبَّنَا أَفْرِغْ عَلَيْنَا صَبْرًا وَتَوَفَّنَا مُسْلِمِينَ
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ މައްޗަށް ކެތްތެރިކަން އޮއްސަވާނދޭވެ! އަދި مسلم ން ކަމުގައި އަޅަމެން މަރުގަންނަވާނދޭވެ!
(7:126)
(12 ރަމަޟާން)
رَبِّ إِنِّي ظَلَمْتُ نَفْسِي فَاغْفِرْ لِي فَغَفَرَ لَهُ ۚ إِنَّهُ هُوَ الْغَفُورُ الرَّحِيمُ
އަޅުގެ ވެރިރަސްކަލާކޮ! ހަމަކަށަވަރުން، އަޅުގެ نفس އަށް އަޅު އަނިޔާކޮށްފީމެވެ. ފަހެ، މިއަޅާޔަށް އިބަރަސްކަލާނގެ ފާފަފުއްސަވާނދޭވެ! ދެން އެކަލާނގެ، އެކަލޭގެފާނަށް ފާފަފުއްސެވިއެވެ. ހަމަކަށަވަރުން، އެކަލާނގެއީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ރަސްކަލާނގެއެވެ.
(28:16)
(11 ރަމަޟާން)
رَبَّنَا آمَنَّا فَاغْفِرْ لَنَا وَارْحَمْنَا وَأَنتَ خَيْرُ الرَّاحِمِينَ
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން إيمان ވެއްޖައީމުއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވައި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ އެންމެހެޔޮ ރަސްކަލާނގެއެވެ.
(23:109)
(09 ރަމަޟާން)
رَّبِّ اغْفِرْ وَارْحَمْ وَأَنتَ خَيْرُ الرَّاحِمِينَ
ކަލޭގެފާނު ވިދާޅުވާށެވެ! އަޅުގެ ވެރިރަސްކަލާކޮ! ފާފަފުއްސަވައި رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ، رحمة ލައްވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.
(23:118)
(08 ރަމަޟާން)
أَنتَ وَلِيُّنَا فَاغْفِرْ لَنَا وَارْحَمْنَا ۖ وَأَنتَ خَيْرُ الْغَافِرِينَ
އިބަރަސްކަލާނގެއީ، އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި އަޅަމެންނަށް رحمة ލައްވައިފާނދޭވެ! އިބަރަސްކަލާނގެއީ، ފާފަފުއްސަވާ، އެންމެހެޔޮ ރަސްކަލާނގެއެވެ.
(7:155)
(07 ރަމަޟާން)
رَبَّنَا وَسِعْتَ كُلَّ شَيْءٍ رَّحْمَةً وَعِلْمًا فَاغْفِرْ لِلَّذِينَ تَابُوا وَاتَّبَعُوا سَبِيلَكَ وَقِهِمْ عَذَابَ الْجَحِيمِ
އަޅަމެންގެ ވެރިރަސްކަލާކޮ! އިބަރަސްކަލާނގެ رحمة އާއި، ދެނެވޮޑިގަތުން ހުރިހާ އެއްޗެއްގެ މައްޗަށް ތަނަވަސްވެގެންވެއެވެ. ފަހެ، توبة ވެ، އިބަރަސްކަލާނގެ މަގަށް تبع ވީ މީހުންނަށް ފާފަފުއްސަވާނދޭވެ! އަދި ނަރަކައިގެ عذاب ން އެއުރެން މުއްތިކުރައްވާނދޭވެ!
(40:7)
(06 ރަމަޟާން)
رَبَّنَا ظَلَمْنَا أَنفُسَنَا وَإِن لَّمْ تَغْفِرْ لَنَا وَتَرْحَمْنَا لَنَكُونَنَّ مِنَ الْخَاسِرِينَ
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ އަމިއްލަ نفس ތަކަށް އަޅަމެން އަނިޔާވެރި ވެއްޖައީމުއެވެ. އަދި އަޅަމެންނަށް އިބަރަސްކަލާނގެ ފާފަ ނުފުއްސަވައިފިނަމަ، އަދި رحمة ނުލައްވައިފިނަމަ، އަޅަމެންވާހުށީ، ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ.
(7:23)
(05 ރަމަޟާން)
رَبَّنَا فَاغْفِرْ لَنَا ذُنُوبَنَا وَكَفِّرْ عَنَّا سَيِّئَاتِنَا وَتَوَفَّنَا مَعَ الْأَبْرَارِ
އަޅަމެންގެ ވެރިރަސްކަލާކޮ! ފަހެ، އަޅަމެންނަށް އަޅަމެންގެ ފާފަތައް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ކިބައިން އަޅަމެންގެ ކުށްތައް عفو ކުރައްވާނދޭވެ! އަދި، ހެޔޮލަފާ މީހުންނާއެކު އަޅަމެން މަރުގަންނަވާނދޭވެ!
3:193
(04 ރަމަޟާން)
رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا ۚ رَبَّنَا وَلَا تَحْمِلْ عَلَيْنَا إِصْرًا كَمَا حَمَلْتَهُ عَلَى الَّذِينَ مِن قَبْلِنَا ۚ رَبَّنَا وَلَا تُحَمِّلْنَا مَا لَا طَاقَةَ لَنَا بِهِ ۖ وَاعْفُ عَنَّا وَاغْفِرْ لَنَا وَارْحَمْنَا ۚ أَنتَ مَوْلَانَا فَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ
އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، قصد އެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް عقوبات ނުދެއްވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކުރިންތިބި މީހުންނަށް އުފުލުމަށް ޖެއްސެވިފަދަ ބުރަކަމެއް އަޅަމެން އުފުލުމަށް ނުޖައްސަވާނދޭވެ! އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންނަށް އެކަމަކަށް ކުޅަދާނަވެގެން ނުވާކަމެއް އުފުލުމަށް އަޅަމެންނަށް ނުޖައްސަވާނދޭވެ! އަދި، އަޅަމެންނަށް عفو ކުރައްވާނދޭވެ! އަދި، އަޅަމެންނަށް ފާފަފުއްސަވާނދޭވެ! އަދި، އަޅަމެންނަށް رحمة ލައްވާނދޭވެ! އިބަރަސްކަލާނގެއީ އަޅަމެންގެ އެހީތެރިވަންތަ ރަސްކަލާނގެއެވެ. ފަހެ، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!
(2:286)
(03 ރަމަޟާން)
رَبَّنَا اغْفِرْ لَنَا ذُنُوبَنَا وَإِسْرَافَنَا فِي أَمْرِنَا وَثَبِّتْ أَقْدَامَنَا وَانصُرْنَا عَلَى الْقَوْمِ الْكَافِرِينَ (147)
އަޅަމެންގެ ވެރިރަސްކަލާކޯއެވެ! އަޅަމެންގެ ފާފަތަކާއި، އަޅަމެންގެ ކަންތަކުގައި ހައްދުފަހަނަޅައިދިއުމުގެ ކުށް އަޅަމެންނަށް ފުއްސަވާނދޭވެ! އަދި، އަޅަމެންގެ ފައިތިލަތައް ސާބިތުކުރައްވާނދޭވެ! އަދި، كافر ވެގެންވާ قوم ގެ މައްޗަށް އަޅަމެންނަށް نصر ދެއްވާނދޭވެ!
(02 ރަމަޟާން)
﴿60﴾ هَلْ جَزَاءُ الْإِحْسَانِ إِلَّا الْإِحْسَانُ
ހެޔޮކަމުގެ ޖަޒާއަކީ، ހެޔޮ ثواب ކަމުގައި މެނުވީ ވާނެހެއްޔެވެ؟
އައްރަޙްމާން 60
(29 ރަމަޟާން)
﴿1﴾ يَا أَيُّهَا الْمُزَّمِّلُ ﴿2﴾ قُمِ اللَّيْلَ إِلَّا قَلِيلًا ﴿3﴾ نِّصْفَهُ أَوِ انقُصْ مِنْهُ قَلِيلًا ﴿4﴾ أَوْ زِدْ عَلَيْهِ وَرَتِّلِ الْقُرْآنَ تَرْتِيلًا
އޭ ފޭރާންތައް (ގައިކޮޅުގައި) އޮޅުއްވައިގެން އޮންނެވި ކަލޭގެފާނެވެ! ރޭގަނޑުގެ އަޅުކަން ކުރެއްވުމަށް ތެދުވެވަޑައިގަންނަވާށެވެ! ވަރަށްކުޑަ ވަގުތުކޮޅަކަށް މެނުވީއެވެ. އެ ރޭގަނޑުގެ ދެބައިކުޅަ އެއްބައިގައެވެ. ނުވަތަ އެޔަށްވުރެ ކުޑަތަންކޮޅެއް އުނިކޮށްލައްވާށެވެ! ނުވަތަ އެޔަށްވުރެ އިތުރުކޮށްލައްވާށެވެ! އަދި ލަސްލަހުން قرآن ކިޔަވައި ވިދާޅުވާށެވެ!
އަލް މުއްޒަންމިލް 4-1
(28 ރަމަޟާން)
﴿3﴾ لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ
ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.
އަލްޤަދްރް 3
(27 ރަމަޟާން)
﴿1﴾ إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ
ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ.
އަލްޤަދްރް 1
(26 ރަމަޟާން)
﴿4﴾ تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ
ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.
އަލްޤަދްރް 4
(25 ރަމަޟާން)
﴿5﴾ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ
އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.
އަލްޤަދްރް 5
(24 ރަމަޟާން)
﴿2﴾ وَالْكِتَابِ الْمُبِينِ ﴿3﴾ إِنَّا أَنزَلْنَاهُ فِي لَيْلَةٍ مُّبَارَكَةٍ ۚ إِنَّا كُنَّا مُنذِرِينَ ﴿4﴾ فِيهَا يُفْرَقُ كُلُّ أَمْرٍ حَكِيمٍ ﴿5﴾ أَمْرًا مِّنْ عِندِنَا ۚ إِنَّا كُنَّا مُرْسِلِينَ ﴿6﴾ رَحْمَةً مِّن رَّبِّكَ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ
بيان ވެގެންވާ ފޮތް ގަންދެއްވައި وحى ކުރައްވަމެވެ. ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެފޮތް (އެބަހީ: قرآن) ބާވައިލެއްވީ ބަރަކާތްތެރިވެގެންވާ ރެޔެއްގައެވެ. ހަމަކަށަވަރުން، إنذار ކުރައްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. އެ ރޭ، ކަނޑައެޅިގެންވާ ކޮންމެކަމެއް ބަޔާންކުރައްވަތެވެ. (އެއީ) ތިމަންރަސްކަލާނގެ حضرة ން އައި أمر އެއް ކަމުގައެވެ. ހަމަކަށަވަރުން، رسول ން ފޮނުއްވާ ކަލަކު ކަމުގައި ތިމަންރަސްކަލާނގެ ވޮޑިގެންވަމެވެ. (އެއީ) ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة ން ފޮނުއްވާ رحمة އެއް ކަމުގައެވެ. ހަމަކަށަވަރުން، އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އައްދުޚާން 44 (6-2)
(23 ރަމަޟާން)
﴿6﴾ إِنَّ نَاشِئَةَ اللَّيْلِ هِيَ أَشَدُّ وَطْئًا وَأَقْوَمُ قِيلًا
ހަމަކަށަވަރުން، ނިދުމަށްފަހު، ރޭއަޅުކަންކުރުމަށް ތެދުވުން ބުރަކަން ބޮޑެވެ. އަދި ބަސްތައް (އެބަހީ: ނަމާދުގެ ތެރޭގައި ކިޔަވާ ކިޔެވުންތައް) ސީދާކަން ބޮޑެވެ.
އަލް މުއްޒަންމިލް 6
(22 ރަމަޟާން)
﴿1﴾ اقْرَأْ بِاسْمِ رَبِّكَ الَّذِي خَلَقَ ﴿2﴾ خَلَقَ الْإِنسَانَ مِنْ عَلَقٍ ﴿3﴾ اقْرَأْ وَرَبُّكَ الْأَكْرَمُ ﴿4﴾ الَّذِي عَلَّمَ بِالْقَلَمِ ﴿5﴾ عَلَّمَ الْإِنسَانَ مَا لَمْ يَعْلَمْ
ކަލޭގެފާނުގެ ވެރިރަސްކަލާނގެ اسم ފުޅުން ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އެކަލާނގެއީ) ހުރިހާ ތަކެއްޗެއް (ހެއްދެވި ރަސްކަލާނގެއެވެ. ގަނޑުލޭކޮޅަކުން އެކަލާނގެ އިންސާނާ ހެއްދެވިއެވެ. ކަލޭގެފާނު ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެއީ، އެންމެ ދީލަތިވަންތަ ރަސްކަލާނގެއެވެ. އެކަލާނގެއީ، قلم ން) ލިޔަން (އުނގަންނައިދެއްވި ރަސްކަލާނގެއެވެ. އިންސާނާއަށް އޭނާ ނުދަންނަ ކަންތައް، އެކަލާނގެ އުނގަންނައިދެއްވިއެވެ.
އަލްޢަލަޤް ( 5-1)
(21 ރަމަޟާން)
﴿2﴾ وَمَا أَدْرَاكَ مَا لَيْلَةُ الْقَدْرِ
އަދި ليلةالقدر ވިލޭރެޔަކީ، ކޮންރެޔެއްކަން ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟
އަލްޤަދްރް 2
(20 ރަމަޟާން)
﴿35﴾ إِنَّ الْمُسْلِمِينَ وَالْمُسْلِمَاتِ وَالْمُؤْمِنِينَ وَالْمُؤْمِنَاتِ وَالْقَانِتِينَ وَالْقَانِتَاتِ وَالصَّادِقِينَ وَالصَّادِقَاتِ وَالصَّابِرِينَ وَالصَّابِرَاتِ وَالْخَاشِعِينَ وَالْخَاشِعَاتِ وَالْمُتَصَدِّقِينَ وَالْمُتَصَدِّقَاتِ وَالصَّائِمِينَ وَالصَّائِمَاتِ وَالْحَافِظِينَ فُرُوجَهُمْ وَالْحَافِظَاتِ وَالذَّاكِرِينَ اللَّهَ كَثِيرًا وَالذَّاكِرَاتِ أَعَدَّ اللَّهُ لَهُم مَّغْفِرَةً وَأَجْرًا عَظِيمًا
ހަމަކަށަވަރުން، مسلم ފިރިހެނުންނާއި، مسلم އަންހެނުންނާއި، مؤمن ފިރިހެނުންނާއި، مؤمن އަންހެނުންނާއި، ކިޔަމަންތެރި އަޅުވެރި ފިރިހެނުންނާއި، ކިޔަމަންތެރި އަޅުވެރި އަންހެނުންނާއި، ތެދުވެރި ފިރިހެނުންނާއި، ތެދުވެރި އަންހެނުންނާއި، ކެތްތެރި ފިރިހެނުންނާއި، ކެތްތެރި އަންހެނުންނާއި، ބިރުވެތިވާ ފިރިހެނުންނާއި، ބިރުވެތިވާ އަންހެނުންނާއި، صدقات ދޭ ފިރިހެނުންނާއި، صدقات ދޭ އަންހެނުންނާއި، ރޯދަހިފާ ފިރިހެނުންނާއި، ރޯދަހިފާ އަންހެނުންނާއި، އެއުރެންގެ فرج ތައް ރައްކާތެރިކުރާ ފިރިހެނުންނާއި، (އެއުރެންގެ فرج ތައް) ރައްކާތެރިކުރާ އަންހެނުންނާއި، ގިނަގިނައިން اللَّه ހަނދުމަކޮށް ذِكر ކުރާ ފިރިހެނުންނާއި، ذِكر ކުރާ އަންހެނުންނާއި، އެ އެންމެންނަށްޓަކައި اللَّه ފާފަފުއްސެވުމާއި، ބޮޑުވެގެންވާ ދަރުމަ ތައްޔާރު ކުރެއްވިއެވެ.
އަލް އަޙްޒާބް 35
(19 ރަމަޟާން)
﴿29﴾ قُلْ إِن تُخْفُوا مَا فِي صُدُورِكُمْ أَوْ تُبْدُوهُ يَعْلَمْهُ اللَّهُ ۗ وَيَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ ۗ وَاللَّهُ عَلَىٰ كُلِّ شَيْءٍ قَدِيرٌ
ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންގެ ހިތްތަކުގައިވާކަމެއް، ތިޔަބައިމީހުން ވަންހަނާކުޅަޔަސް، ނުވަތަ އެކަމެއް ތިޔަބައިމީހުން ފާޅުކުޅަޔަސް، اللَّه، އެކަމެއް ދެނެވޮޑިގެންވެތެވެ. އަދި، އުޑުތަކުގައި ވާހާ ކަމަކާއި، ބިމުގައި ވާހާ ކަމެއްވެސް، އެކަލާނގެ ދެނެވޮޑިގެންވެތެވެ. اللَّه އީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ.
އާލް އިމްރާން 29
(18 ރަމަޟާން)
﴿186﴾ وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ
އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
އަލް ބަޤަރާ 186
(17 ރަމަޟާން)
﴿7﴾ الَّذِي أَحْسَنَ كُلَّ شَيْءٍ خَلَقَهُ ۖ وَبَدَأَ خَلْقَ الْإِنسَانِ مِن طِينٍ
އެކަލާނގެއީ، ހުރިހާ އެއްޗެއް ފުރިހަމަ ސިފައިގައި ހެއްދެވި ރަސްކަލާނގެއެވެ. އަދި އެކަލާނގެ އިންސާނާ ހެއްދެވުން ފެއްޓެވީ މަށިންނެވެ.
އައްސަޖްދާ 7
(16 ރަމަޟާން)
﴿5﴾ مَن كَانَ يَرْجُو لِقَاءَ اللَّهِ فَإِنَّ أَجَلَ اللَّهِ لَآتٍ ۚ وَهُوَ السَّمِيعُ الْعَلِيمُ
اللَّه އާ ބައްދަލުވުމަށް އެދޭމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، اللَّه ކަނޑައަޅުއްވާފައިވާ أجل އަންނަހުށްޓެވެ. އެކަލާނގެއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
އަލް އަންކަބޫތު 5
(15 ރަމަޟާން)
﴿175﴾ فَأَمَّا الَّذِينَ آمَنُوا بِاللَّهِ وَاعْتَصَمُوا بِهِ فَسَيُدْخِلُهُمْ فِي رَحْمَةٍ مِّنْهُ وَفَضْلٍ وَيَهْدِيهِمْ إِلَيْهِ صِرَاطًا مُّسْتَقِيمًا
ފަހެ، اللَّه އަށް إيمان ވެ، އެކަލާނގެ ރައްކާތެރި ކަމުގައި ހިފަހައްޓައިގެން ތިބިމީހުން ދަންނާށެވެ! ފަހެ، އެކަލާނގެ رحمة އާއި فضل ވަންތަކަމުގެ ތެރެޔަށް އެއުރެން ވައްދަވާނެތެވެ. އަދި، އެ މަގަށް ދިއުމަށް ސީދާވެގެންވާ ތެދުމަގެއް އެއުރެންނަށް އެކަލާނގެ ދައްކަވާނެތެވެ.
އައްނިސާ 175
(14 ރަމަޟާން)
﴿31﴾ وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ
އަދި تقوى ވެރިންނަށް ސުވަރުގެ، ދުރުނޫން ހިސާބަކަށް ކައިރި ކުރައްވާނެތެވެ.
ސޫރަތުލް ޤާފް 31
(13 ރަމަޟާން)
﴿43﴾ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ
އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިިމީހުން زكاة ދޭށެވެ! އަދި ركوع ކުރާ މީހުންނާ އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ!
ސޫރަތުލް އަލް ބަޤަރާ 43
(12 ރަމަޟާން)
﴿17﴾ الصَّابِرِينَ وَالصَّادِقِينَ وَالْقَانِتِينَ وَالْمُنفِقِينَ وَالْمُسْتَغْفِرِينَ بِالْأَسْحَارِ
(އެއުރެންނީ) ކެތްތެރިންނެވެ. އަދި، ތެދުވެރިންނެވެ. އަދި، اللَّه އަށް ކިޔަމަންތެރިވާ މީހުންނެވެ. އަދި، (ހެޔޮގޮތުގައި) ހޭދަކުރާ މީހުންނެވެ. އަދި، ހާރުދަމުގައި ފާފަފުއްސެވުންއެދި دعاء ކުރާ މީހުންނެވެ.
އާލް އިމްރާން 17
(11 ރަމަޟާން)
﴿10﴾ قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْضُ اللَّهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.
އައްޒުމަރް 10
(10 ރަމަޟާން)
﴿183﴾ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الصِّيَامُ كَمَا كُتِبَ عَلَى الَّذِينَ مِن قَبْلِكُمْ لَعَلَّكُمْ تَتَّقُونَ
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް فرض ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށްވެސް ރޯދަ فرض ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމީހުން تقوى ވެރި ވުމަށްޓަކައެވެ.
ސޫރަތުލް ބަޤަރާ 183
(09 ރަމަޟާން)
﴿155﴾ وَلَنَبْلُوَنَّكُم بِشَيْءٍ مِّنَ الْخَوْفِ وَالْجُوعِ وَنَقْصٍ مِّنَ الْأَمْوَالِ وَالْأَنفُسِ وَالثَّمَرَاتِ ۗ وَبَشِّرِ الصَّابِرِينَ
ހަމަކަށަވަރުން ތިމަންރަސްކަލާނގެ ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ. (އެއީ) ބިރުވެރިކަމާއި ބަނޑުހައިހޫނުކަމުގެ ތެރެއިން ކަމެއް މެދުވެރިކުރެއްވުމުންނެވެ. އަދި މުދާތަކާއި ފުރާނަތަކާއި މޭވާތައް އުނިކުރެއްވުމުންނެވެ. އަދި ކެތްތެރިންނަށް އުފާވެރިކަމުގެ خبر، ކަލޭގެފާނު ދެއްވާށެވެ!
ސޫރަތުލް އަލް ބަޤަރާ 155
(08 ރަމަޟާން)
﴿110﴾ وَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ ۚ وَمَا تُقَدِّمُوا لِأَنفُسِكُم مِّنْ خَيْرٍ تَجِدُوهُ عِندَ اللَّهِ ۗ إِنَّ اللَّهَ بِمَا تَعْمَلُونَ بَصِيرٌ
އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި ތިޔަބައިމީހުން زكاة ދޭށެވެ! ހެޔޮކަމުގެ ތެރެއިން ތިޔަބައިމީހުންގެ އަމިއްލަ نفس ތަކަށްޓަކައި ތިޔަބައިމީހުން އިސްކުޅަ ކޮންމެ ކަމެއްގެ ثواب، اللَّه ގެ حضرة ގައި ތިޔަބައިމީހުންނަށް ފެންނަހުށްޓެވެ. ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުން ކުރާކަންތައް މޮޅަށް ބައްލަވާވޮޑިގެންވާ ރަސްކަލާނގެއެވެ.
ސޫރަތުލް އަލް ބަޤަރާ 110
(07 ރަމަޟާން)
﴿10﴾ قُلْ يَا عِبَادِ الَّذِينَ آمَنُوا اتَّقُوا رَبَّكُمْ ۚ لِلَّذِينَ أَحْسَنُوا فِي هَٰذِهِ الدُّنْيَا حَسَنَةٌ ۗ وَأَرْضُ اللَّهِ وَاسِعَةٌ ۗ إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ
ކަލޭގެފާނު ވިދާޅުވާށެވެ! އޭ إيمان ވި، ތިމަންރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް ތިޔަބައިމީހުން تقوى ވެރިވާށެވެ! މިދުނިޔޭގައި ހެޔޮކޮށް ކަންތައްކުޅަމީހުންނަށް ހެޔޮދަރުމަހުށްޓެވެ. އަދި اللَّه ގެ ބިންވަނީ ތަނަވަސްވެގެންނެވެ. ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ.
އައްޒުމަރް 10
(06 ރަމަޟާން)
﴿2﴾ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَآمَنُوا بِمَا نُزِّلَ عَلَىٰ مُحَمَّدٍ وَهُوَ الْحَقُّ مِن رَّبِّهِمْ ۙ كَفَّرَ عَنْهُمْ سَيِّئَاتِهِمْ وَأَصْلَحَ بَالَهُمْ
ފޮތް އެއީ، އެއުރެންގެ ވެރިރަސްކަލާނގެ حضرة ން އައި حق ބަސްފުޅުކަމަށް إيمان ވި މީހުން (ދަންނާށެވެ!) އެކަލާނގެ އެއުރެންގެ ކުށްފާފަތައް އެއުރެންގެ ކިބައިން ފުއްސަވައި، އަދި އެކަލާނގެ، އެއުރެންގެ حال ތައް إصلاح ކުރެއްވިއެވެ.
މުހައްމަދު 2
(05 ރަމަޟާން)
﴿184﴾ أَيَّامًا مَّعْدُودَاتٍ ۚ فَمَن كَانَ مِنكُم مَّرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۚ وَعَلَى الَّذِينَ يُطِيقُونَهُ فِدْيَةٌ طَعَامُ مِسْكِينٍ ۖ فَمَن تَطَوَّعَ خَيْرًا فَهُوَ خَيْرٌ لَّهُ ۚ وَأَن تَصُومُوا خَيْرٌ لَّكُمْ ۖ إِن كُنتُمْ تَعْلَمُونَ
(ރޯދަހިފަންވީ) عدد ކަނޑައެޅިގެންވާ ދުވަސްތަކެއް ގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ (رمضان މަހުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. އަދި އުނދަގޫކަމާއެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށްއޮތީ، (ރޯދަ ދޫކޮށްލުމާއެކު) فدية ދިނުމެވެ. (فدية ގެ މިންވަރަކީ) مسكين އަކަށް ކާންދޭ މިންވަރެވެ. ފަހެ، تطوّع ގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފިމީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެ ނަމައެވެ.
އަލް ބަޤަރާ 184
(04 ރަމަޟާން)
﴿17﴾ يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا ۖ قُل لَّا تَمُنُّوا عَلَيَّ إِسْلَامَكُم ۖ بَلِ اللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ إِن كُنتُمْ صَادِقِينَ
އެއުރެން إسلام ވީކަމަށް ކަލޭގެފާނަށް އެއުރެން ކަލަގޮވަތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން إسلام ވީކަމަށްޓަކައި ތިމަންކަލޭގެފާނަށް ތިޔަބައިމީހުން ކަލަނުގޮވާށެވެ! އަދި ކިއެއްތަ! ތިޔަބައިމީހުންނަށް إيمان ކަމަށް މަގުދެއްކެވިކަމަށްޓަކައި اللَّه، ތިޔަބައިމީހުންގެ މައްޗަށް ދަރުމަވަންތަވެވޮޑިގެންވެތެވެ. (އެއީ) ތިޔަބައިމީހުން ތެދުވެރިން ކަމުގައިވާނަމައެވެ.
އަލް ހުޖުރާތް 17
(03 ރަމަޟާން)
﴿146﴾ إِلَّا الَّذِينَ تَابُوا وَأَصْلَحُوا وَاعْتَصَمُوا بِاللَّهِ وَأَخْلَصُوا دِينَهُمْ لِلَّهِ فَأُولَٰئِكَ مَعَ الْمُؤْمِنِينَ ۖ وَسَوْفَ يُؤْتِ اللَّهُ الْمُؤْمِنِينَ أَجْرًا عَظِيمًا
އެއުރެން توبة ވެ، އަދި عمل ތައް إصلاح ކޮށް، އަދި اللَّه ގެ دين ގައި ގަދަޔަށް ހިފަހައްޓައި، އެއުރެންގެ دين، اللَّه އަށް خلاص ކުޅަ މީހުން މެނުވީއެވެ. ފަހެ، އެއުރެންވަނީ مؤمن ންގެ ތެރެއިންނެވެ. އަދި، مؤمن ންނަށް ބޮޑުވެގެންވާ ދަރުމަ، اللَّه ދެއްވާނެތެވެ.
ސޫރަތުލް އައްނިސާ 146
(02 ރަމަޟާން)
﴿185﴾ شَهْرُ رَمَضَانَ الَّذِي أُنزِلَ فِيهِ الْقُرْآنُ هُدًى لِّلنَّاسِ وَبَيِّنَاتٍ مِّنَ الْهُدَىٰ وَالْفُرْقَانِ ۚ فَمَن شَهِدَ مِنكُمُ الشَّهْرَ فَلْيَصُمْهُ ۖ وَمَن كَانَ مَرِيضًا أَوْ عَلَىٰ سَفَرٍ فَعِدَّةٌ مِّنْ أَيَّامٍ أُخَرَ ۗ يُرِيدُ اللَّهُ بِكُمُ الْيُسْرَ وَلَا يُرِيدُ بِكُمُ الْعُسْرَ وَلِتُكْمِلُوا الْعِدَّةَ وَلِتُكَبِّرُوا اللَّهَ عَلَىٰ مَا هَدَاكُمْ وَلَعَلَّكُمْ تَشْكُرُونَ
رمضان މަހަކީ، އެމަހެއްގައި قرآن ބާވައިލެއްވި މަހެވެ. (އެ قرآن ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި هداية އާއި حق އާއި باطل ވަކިކޮށްދެނިވި ހެކިތަކެއް ކަމުގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެ މައްސަރުގައި حاضر ވެ ހުރެއްޖެމީހާ، އެ މަހުގެ ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުށްޓެވެ. اللَّه، ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވާފައިވަނީ) ތިޔަބައިމީހުން އެ މައްސަރުގެ ދުވަސްތަކުގެ عدد ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް اللَّه އަށް تكبير ކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައިމީހުން (އެކަލާނގެއަށް) شكر ވެރި ވުމަށްޓަކައެވެ.
ސޫރަތުލް ބަޤަރާ 185
(01 ރަމަޟާން)

ރޯދަ ޓިޕްސް

  • ހާރު ކެއުން

    ސުޙޫރުގެ މާނައަކީ ހާރު ކެއުމެވެ. ހާރަކީ ބަރަކާތް ލިބިގެންވާ ކެއުމަކަށްވާއިރު އެއީ ދީނީ ގޮތުންނާއި ދުނިޔަވީގޮތުންވެސް އެތައް ގިނަގުނަ ފައިދާތަކެއް ކުރާ ކަމެކެވެ. އެހެންކަމުން އެކަން ދޫކޮށް ނުލާށެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ. ތިޔަބައިމީހުން ހާރުކާށެވެ. ފަހެ ހާރުކެއުމުގައި ބަރަކާތްހުއްޓެވެ. އަދި އަވަހަށް ރޯދަވީއްލުމާއި، ހާރުކެއުން ލަސް ކުރާހާ ހިނދަކު މީސްތަކުން ހެޔޮކަމުން ފިލައިނުދާނެއެވެ. މި ބަސްފުޅުން ވެސް ހާރުކެއުމުގެ މުހިއްމުކަން ދޭހަވެއެވެ. ދަރުމަޔާއި ޘަވާބަށް އެދި، ރޯދައަށް ހުރުމުގެ ކުރިން ހާރުކައިފިނަމަ، އޭގެ ސަބަބުން އޭނާ އަށް ހެޔޮ ޖަޒާއާއި ޘަވާބު ލިބިގެންދާނެއެވެ .ހަމަ އެހެންމެ ހާރުދަމު ވަގުތަކީ ދުޢާ އިޖާބަވެވޭ ވަޤުތެއްކަމުން، އެ ވަގުތުގައި ނަމާދު ކުރުމާއި، ޛިކުރުކުރުމާއި ދުޢާކުރުމުގައި ވަގުތު ހޭދަކުރުން ވަރަށް މުހިއްމެވެ.

  • މިސްކިތުގައި ނުވަތަ ގޭގައި ތަރާވީސް ނަމާދު ކުރުން

    ތަރާވީޙް ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ. މި ނަމާދުކުރުން ސުންނަތްވެގެން ވަނީ ޖަމާޢަތުގައެވެ. ވަކިވަކީން ކުޅައަސް ޘަވާބު ޙާޞިލްވެދެއެވެ. ނަމާދުގެ ވަގުތަކީ ރަމަޟާންމަހުގެ ކޮންމެ ރެއަކު ޢިޝާނަމާދުން ފޭބީއްސުރެން ފަޖުރު ލައްޖައުމަށް ދާންދެނެވެ. ނަމާދުގެ ވަގުތަކީ ރަމަޟާންމަހުގެ ކޮންމެ ރެއަކު ޢިޝާނަމާދުން ފޭބީއްސުރެން ފަޖުރު ލައްޖައުމަށް ދާންދެނެވެ.

    ތަރާވީޙް ނަމާދުގެ ނިޔަތް:
    ދުލުންކިޔާނީ أُصَلّى رَكْعَتَيْنِ سُنَّةَ التَّرَاوِيْحِ للهِ تَعَالى الله أَكْبر މިފަދައިންނެވެ. ހިތުން ނިޔަތް ގަންނަނީ ތަރާވީޙްގެ ސުންނަތް ދެރަކުޢަތް މާތްކަލާނގެ ކިބައަށް ކުރަމެވެ. މިފަދައިންނެވެ. ޖަމާޢަތުގައި ކުރާނަމަ، އިމާމާ إماما މިހެންކިޔައި އިމާމުވެކުރުމަށް ނިޔަތްގަންނާނީއެވެ. މައުމޫމުންގެ ނިޔަތުގައި މައުމޫމާ މިހެންކިޔައި މައުމޫމުވެ ކުރުމަށް ނިޔަތްގަންނާނީއެވެ.

    ތަރާވީޙް ކުރާގޮތް:
    ތަރާވީޙް ނަމާދުގެ ނިޔަތް:ތަރާވީޙް ނަމާދަކީ ދޭދޭ ރަކުޢަތުން ސަލާމްދެމުންކުރާ ވިހިރަކުޢަތެވެ. ޖަމާޢަތުގައި ކުރާނަމަ އިމާމާ ތެދުވަމުން الصلاةُ جَامِعَة صَلُّوا سُنَّةَ التَّراوِيْحِ آجَرَكُمُ الله މިފަދައިން ކިޔާނީއެވެ. މައުމޫމުން އޭގެ ޖަވާބުގައި ކިޔާނީ رَحِمَكُمُ الله މިފަދައިންނެވެ. ދެންކުރިން ބުނިމަގުން ނިޔަތްގެން ޙަރާމްބަދެ دعاء الإفتتاح ކިޔައި އެހެނިހެން ނަމާދު ފަދައިން الحمد ކިޔަވައި ސޫރަތެއް ކިޔަވައި މިގޮތުގެ މަތީން ދެރަކުޢަތްކޮސް ސަލާމްދޭނީއެވެ. ދެން سَبْحَانَ اللهِ وَبِحَمْدِهِ، سُبْحَانَ اللهِ اْلعَظِيْمَ މި ތަސްބީޙަ ތިންފަހަރު ކިޔާފައި ތެދުވެ އަނެއްކާވެސް ނިޔަތް ކިޔައި ޙަރަމް ބަންނާނީއެވެ. ދެން އިހު ބުނިމަގުން ދެރަކުޢަތްކޮށް ސަލާމްދީފައި އަންނަނިވި ތަސްބީޙަ އާއި ދުޢާ ކިޔުމުން އެއް ތަރާވީޙް ހަމަވީއެވެ. سُبْحَانَ اللَّهِ وَالْحَمْدُ لِلَّهِ وَلَا إِلَهَ إِلَّا اللَّهُ وَاللَّهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللَّهِاْلعَلِىِّ اْلعَظِيْمْ ތިން ފަހަރު، ދެން اللَّهُمَّ إِنَّكَ عَفُوٌّ كَرِيْمٌ رَءُوفٌ رَحِيْمٌ تُحِبُّ الْعَفْوَ فَاعْفُ عَنِّا بِكَرَمِكَ يَا أكْرَمَ الأَكْرَمِينَ وَيَا أرْحَمَ الرَّاحِمِينَ وَصَلَّى اللهُ وَسَلَّمِ عَلَى سِيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أجْمَعِينَ وَالحَمْدُ للهِ رَبِّ الْعَالمِيْنَ. آمين މިގޮތުގެ މަތީން ކުރަމުން ގޮސް ފަސް ތަރުވީޙް ނުވަތަ ވިހި ރަކުޢަތް ހަމަކޮށްފައި އެންމެފަހު ތަރުވީޙްގެ ދުޢާގެ ތެރެއަށް އަންނަނިވި ދުޢާ އިތުރުކޮށްލާނީއެވެ. اَللَّهُمَّ إنَّ لَكَ فِى كُلِّ لَيْلَةٍ مِنْ لَيَالِىْ شَهْرِ رَمْضَانَ رِقَابًا يَعْتِقُهَا عِفْوُكَ فَأجْعَلَ رِقَابَنَا وَرِقَابَ آبَائِنَا وَأُمَّهَاتِنَا مِنْ تِلْكَ الرِّقَابِ وَتُبْ عَلَيْنَا بِرَحْمَتِكَ يَا تَوَّابُ يَا جَلِيْلُ يَا وَهَّابُ وَأخْتِمْ لَنَا مِنْكَ بِخَاتِمَةِ السَّعَادَةِ أَجْمَعِيْن وَصَلَّى اللهُ وَسَلَّمِ عَلَى سِيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أجْمَعِينَ وَالحَمْدُ للهِ رَبِّ الْعَالمِيْنَ. آمين މިދުޢާ ކިޔުމުން ތަރާވީޙް ނަމާދު ނިމުނީއެވެ. ތަރާވީޙްކުރާ އިރު ކޮންމެ ދެރަކުޢަތެއް ކުރެވުމުން އެކުރެވުނީ ސުންނަތެކެވެ. ކޮންމެ ސުންނަތެއްގެ ފުރަތަ ރަކުޢަތުގައި الحمد އަށްފަހު ކިޔަވާނީ تَكَاثُر ސޫރަތުން ފެށިގެން تَبَّتْ سورة ގެ ނިޔަލަށް ހުރި ސޫރަތްތަކުގެ ތެރެއިން ސޫރަތެކެވެ. އެސޫރަތްތައް ހުރި ތަރުތީބުގެ މަތީންނެވެ. ދެވަނަ ރަކުޢަތުގައި الحمد އަށް ފަހު ކިޔަވާނީ إخْلاَصْ ސޫރަތެވެ. ތަރާވީޙްކޮށް އަވަދިވެގެން ޖަމާޢަތުގައި ވިތުރިކުރުމީ ސުންނަތެކެވެ. ވިތުރިކުރާން ތެދުވަމުން އިމާމާ أَوْتِرُوْا رَحِمَكُمُ اللهُ މިފަދައިން ގޮވައިލާން ވާނެއެވެ. އެންމެފަހު ރަކުޢަތަށް ތެދުވަމުން رَكْعَةَ الْوِتْرِ أَثَابَكُمُ اللهُ މިފަދައިން ގޮވައިލާންވާނެއެވެ. ތަރާވީސް ނަމާދާއި، އެނަމާދުގެ ފަހުގައިކުރާ ވިތުރީގައި الحمد އާއި ސޫރަތްތައް ކިޔަވާންވާނީ އަޑުހަރުކޮށެވެ.

  • ޤުރުއާން ކިޔެވުން

    ކީރިތި ޤުއާނަކީ މާތްﷲގެ ކަލާމްފުޅެވެ. ރަމަޟާން މަހަކީ، އެމަހެއްގައި މާތް ﷲ ޤުރުއާން ބާވައިލެއްވި މަހެވެ. އެ ޤުރުއާން އަކީ މީސްތަކުންނަށް ހުރި ތެދު މަގެކެވެ. ހަމަ އެހެންމެ ޙައްޤާއި ބާތިލް ވަކިކޮށްދެނިވި ހެކިތަކެއް އޭގައި ލައްވާފައިވެއެވެ. ޤުރްއާނަކީ އެ ފޮތްކިޔަވައި އެފޮތުގައިވާ އަމުރުތަކަށް ތަބާވެ ނަހީކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިވުމަށާއި ދެ ދުނިޔޭގެ ބާއްޖެވެރިކަމަށް މަގު ދައްކައިދޭ ހިދާޔަތުގެ ދަންމަރެކެވެ. ކީރިތި ގުރްއާނުގައިވާ އެންމެ މާތް، ސޫރަތަކީ ސޫރަތުލް ފާތިޙާ އެވެ. އެސޫރަތާއި ބެހޭ ގޮތުން ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވެއެވެ. (والذي نفسي بيده لم ينزِّل الله مثلها في التوراة ولا في الإنجيل ولا في الزبور ولا في الفرقان) މާނައަކީ: "ތިމަންކަލޭގެ ފާނުގެ ނަފްސު އެފަރާތެއްގައިވާ ފަރާތް ގަންދެއްވާ ވިދާޅުވަމެވެ. އެފަދަ ސޫރަތެއް ތައުރާތުގައިވެސް، އިންޖީލުގައިވެސް އަދި ޒަބޫރުގައިވެސް ބާވާލައްވާފައެއް ނުވެއެވެ. އަދި އެފަދަ އެހެން ސޫރަތެއް ޤުރުއާނުގައި ބާވައެއް ނުލައްވައެވެ". އެހެންކަމުން ޤުރުއާން ގިނަ ގިނައިން ކިޔަވާށެވެ. މަޑު މައިތިރި ކަމާ ވިސްނުންތެރިކަމާއެކު ކިޔަވާށެވެ. އެކަމުގެ ސަބަބުން ހިތަށް އުފާވެރިކަން ގެނެސްދޭނެއެވެ. ކީރިތި ޤުރުއާނުގެ ކިތައްމެ ކުޑަ މިންވަރެއް ކިޔަވާ މީހާއަށްވެސް އެކަމުގެ ހެޔޮ ދަރުމައާއި ސަވާބު ލިބޭނެއެވެ. އަދި ހާސިލުނުވާނެ ކަމެއް ނެތެވެ.

  • ސަދަގާތް ކުރުން

    ބޭނުންޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ގިނަ ގިނައިން ޞަދަޤާތްކުރާށެވެ. ހާއްސަކޮށް ހާލުގައި ޖެހިފައިވާ މީހުންނާއި ތިމާގެ އާއިލާގެ މީހުންނަށް ހޭދަކުރުމުގައި ސަމާލުކަންދޭށެވެ. ހޭދަކުރުމުގައި އަބަދުވެސް އިސްކަންދޭންވާނީ ގާތްތިމާގެ މީހުންނަށެވެ. ޞަދަޤާތް ކުރުމުގައި އިހްލާސްތެރިވާން ވާނެވެ. އިހްލާސްތެރިވުމަކީ ކޮންމެ ހެޔޮ އަމަލެއްގެ ތަނބެވެ. އިހުލާސްތެރިކަމެއް ނެތި ކުރެވޭ ޞަދަޤާތަކީ އެއްވެސް އަގެއް ހުރި އަމަލެއް ނޫނެވެ. އެ އަމަލު ވާނީ ބާތިލު އަމަލަކަށެވެ. ތިމާއަށް ވީވަރަކުން ކުރާ ޞަދަޤާތް ސިއްރުކުރަން ވާނެވެ. މީހަކަށް ޞަދަޤާތް ދިނުމަށްފަހު އެވާހަކަ އޭނާ އާދިމާލަށް ދެއްކުމަކީ ކަލަގޮވުމެވެ. މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! އެއްޗެތި ކިޔުމާއި، އިހާނެތިކޮން ހިތުމުގެ ސަބަބުން ތިޔަބއިމީހުން ދޭ ޞަދަޤާތް ބާޠިލް ނުކުރާހުށިކަމެވެ. އެފަދަ މީހާއީ މީސްތަކުންނަށް ދައްކަން އޭނާގެ މުދާ ހޭދަކުރާ މީހާފަދަ މީހެކެވެ. އެހެންކަމުން ޞަދަޤާތް ކުރުމުގައި ސަމާލުވާށެވެ.

  • ޒިކުރު ކުރުން އިތުރު ކުރުން

    ޒިކުރު ކުރުމަކީ މާތްﷲ ގެ ރަސްކަންފުޅު މަތިން ހަނދުމަކުރުމެވެ. އެއީ އޭގައި އެތައް ފައިދާތަކެއް ހިމެނޭ މަތިވެރި އަޅުކަމެކެވެ. ޒިކުރު ކުރުމަކީ ސުވަރުގޭގައި އޭނާއަށްޓަކައި އެތަކެއް ގަނޑުވަރުތަކާއި، ބަގީޗާތައް ކަނޑައެޅޭ ކަމެކެވެ. ގިނަ ގިނައިން ޒިކުރު ކުރުމުން ޝައިތާނާއާއި ދުރުކޮށްދެއެވެ. ތިމާއަށް ކުރިމަތިވެފައިވާ ހިތާމަތަކުން ދުރުކޮށް ހިތްހަމަޖެހުމާއި އުފާވެރިކަން ގެނެސްދެއެވެ. ރިޒުޤު ތަނަވަސްވުމާއި، ހިތް އުޖާލާކޮށް ހަށިގަނޑަށް އިތުރު ބާރެއް ލިއްބައިދެއެވެ. އެހެންކަމުން ގިނަ ގިނައިން ޒިކުރު ކުރުން މަތި ދެމިހުންނާށެވެ. މާތް ﷲ އަށް ޒިކުރު ކުރުމަކީ، އުނދަގޫ ފަސޭހަވެ، ދަތި ތަނަވަސްވެ، ބުރަ ލުއިވާ ކަމަކަށްވާއިރު، އެކަން ނުކޮށް ޣާފިލުކަންމަތީ ތިމުގެ ބޭނުމެއް ނެތެވެ.

  • ކިރީތި ރަސޫލާ އަށް ސަލަވާތް ކިޔެވުން

    ކީރިތި މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް ދެވިފައިވާ މަޤާމަކީ މަތިވެރިވެގެންވާ މަޤާމެކެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ދެކެ ލޯބިވުމަކީ އެހެން އިންސާނުން ދެކެ ލޯބިވުމާއި އެއްފަދަ ކަމެއް ނޫނެވެ. އެއީ މުޅިން ތަފާތު ކަމެކެވެ. ރަސޫލާ ދެކެ ލޯބިވުމަކީ މާތްﷲ އާއި ކުއްތަންވުމުގެ ގޮތުން ކުރެވޭ މުހިއްމު އަޅުކަމެކެވެ. އީމާންކަމުގެ ތެރެއިން ހިމެނިގެންވާ ކަމެކެވެ. އެކަލޭގެފާނު ދެކެ ލޯބިވުމަކީ ކުރުމާއި ނުކުރުމުގެ އިޚްތިޔާރު އިންސާނާއަށް ލިބިގެންވާ ކަމެއް ނޫނެވެ. މިކަމަކީ އިންސާނާގެ އީމާންކަން އެކަމަކާ ގުޅިފައިވާ ކަމެކެވެ. އެހެން ކަމުން އެހެން ހުރިހާ ލޯތްބަކަށްވުރެ، ރަސޫލާ ދެކެވާ ލޯބި ވަރުގަދަވާންޖެހެވެ. ކީރިތި ރަސޫލާ އަށް އަދަބު އިޚްތިރާމް އަދާ ކުރުމަކީ ވެސް އެކަލޭގެފާނު ދެކެ ލޯބިވުމުގެ ގޮތުން އަޅުގަނޑުމެން ކުރަންޖެހޭ ކަމެކެވެ. މި ގޮތުން، އިތުރު އެކަލޭގެފާނުގެ މައްޗަށް ސަލާމާއި ސަލަވާތް ލެއްވުން އެދި ދުޢާ ކުރުމަކީ ކޮންމެ މުސްލިމަކު އަދާކުރަންޖެހޭ މުހިއްމު ވާޖިބެކެވެ. މުސްލިމް އަޚުންނޭވެ! ތިޔަބައިމީހުންނަށް ތެދު މަގު ދެއްކެވުމަށް މާތްﷲ ފޮނުއްވި މާތް ނަބިއްޔާއަށް ސަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާ ކުރާށެވެ! އެއީ އެންމެހއި މުމިނުތަކުންނަށް މާތްﷲ އަމުރު ކުރައްވާފައިވާ ކަމެކެވެ. މާތްﷲ ވަހީކުރެއްވި ބަސްފުޅެއްގެ މާނާގައިވެއެވެ. ހަމަކަށަވަރުން ﷲ އާއި އެކަލާނގެ މަލާއިކަތުން ނަބިއްޔާގެ މައްޗަށް ސަލަވާތް ލައްވަތެވެ. އޭ އިމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައި މީހުން އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ލެއްވުން އެދި ދުޢާކުރާށެވެ. އަދި އެކަލޭގެފާނުގެ މައްޗަށް ސަލާމްލެއްވުން އެދި ތިޔަބައި މީހުން ގިނަ ގިނައިން ދުޢާ ކުރާށެވެ.

    ހުކުރު ޚުތުބާ / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް

  • ދަމުނަމާދު ކުރުން

    ދަމުނަމާދަކީ، ވަރަށް އިތުރުކަންބޮޑު ނަމާދެކެވެ. ޢިޝާނަމާދުން އަވަދިވެގެން ކިތަންމެ ކުޑައިރުކޮޅަކު ނަމަވެސް ނިދައިލުމަށްފަހު ތެދުވެ ކުރާ ދެރަކުޢަތް ނަމާދެކެވެ. މިނަމާދުގެ މަދުމިނީ، ދެ ރަކްޢަތް އެވެ. ގިނަވެގެން ވަކިއަދަދެއް ނެތެވެ. މިނަމާދު ކުރުމަށް މޮޅުއިތުރުވެގެންވާ ވަގުތަކީ، ރޭގަނޑު މެންދަމުގެފަހެވެ. މެންދަމުގެ ކުރީގައި ކުރިއަސް ހެއުވެދެއެވެ. ޢިޝާ ނަމާދަށްފަހު އިރުކޮޅަކު ނިދާ ލާފައިތެދުވެ، ވިތުރި ކުރުމުން ދަމުނަމާދުކުރުމުގެ ޘަވާބު ޙާޞިލް ވެދެއެވެ.

    ރޭގަނޑުގެ ވަޤުތު ދެބައިކޮށްފިނަމަ، މޮޅުއިތުރީ ފަހުބައެވެ. ތިން ބައި ކޮށްފިނަމަ މެދުބައެވެ. އެންމެމޮޅު ގޮތަކީ، ހަބައަށް ބައިކޮށް، ކުރީ ތިންބައިގައި ށިދުމެވެ. ދެން ތެދުވެ ހަތަރު ވަނަ ބައާއި ފަސްވަނަ ބައިގައި ނަމާދު ކުރުން މަތީ ޤާއިމުވެ، ހުރުމަށް ފަހު، ހަވަނަ ބައިގައި ނިދުމެވެ.

    ތަހައްޖުދުކުރާމީހާއަށް ޤައިލޫލާ އަކީ، ސުންނަތެކެވެ. އެއީ އިރުމެދުޖެހުމުގެ ކުރީގައި އިރުކޮޅަކު ނިދައިލުމެވެ. ތަހައްޖުދު ކުރުމަށް އާދަކޮށްފައިވާ މީހާ ޢުޛުރަކަށްޓަކައި މެނުވީ، އެ ނަމާދު އަޅައިފުން މަކުރޫހު އެވެ. މިނަމާދުގެނިޔަތް ދުލުން ކިޔާނީ أُصَلّى رَكْعَتَيْنِ سُنَّةَ التَّهَجُّدِ للهِ تَعَالى الله أَكْبر، މިފަދަ އިންނެވެ. ހިތުންނިޔަތް ގަންނާނީ، تّهَجُّد ނަމާދުގެ ސުންނަތް ދެ ރަކްޢަތް މާތްކަލާގެ ކިބައަށް ކުރަމެވެ. މިފަދައިންނެވެ. މިނަމާދުގެ ފުރަތަމަ ރަކްޢަތުގައި الحمد އަށް ފަހު ކިޔަވާނީ، އާޔަތުލްކުރްސި އެވެ. ދެވަނަ ރަކްޢަތުގައި الحمد އަށް ފަހު ކިޔަވާނީ، އިޚްލާޞް ސޫރަތެވެ. ދަމުނަމާދުކޮށް އަވަދިފުމަށްފަހު، ބައެއް ދުޢާތައް ކިޔުން މޮޅު އިތުރެވެ.

  • ދުޢާ ކުރުން

    ދުޢާކުރަން ފެށުމުގެކުރިން ތައުބާވެ، އަދި މީހެއްގެ ޙައްގަކަށް އަރައިގަނެވިފާވާނަމަ އެޙައްގެއް އަދާކުރުން ވަރަށް މުހިއްމެވެ. ދުޢާ ކުރުމުގައި ވެސް އަދަބުތަކެއް ދެނެގަނެ އެގޮތުގައި ދުޢާ ކުރުން ވަރަށް މުހިއްމެވެ. އެގޮތުން މާތް ވަގުތުތަކުގައި ދުޢާ ކުރުމާއި، ޤިބްލައަށް ކުރިމަތިލައިގެން ހުރެ ދުޢާ ކުރުމާއި، ދުޢާކުރުމުގެ ކުރިން ﷲ އަށް ޙަމްދާއި ޘަނާ ދެންނެވުމާއި، ދުޢާ ކުރުމުގައި އަޑު މަޑު ކުރުމާއި، ﷲ ގެ އިސްމުފުޅުތަކުން ދުޢާ ކުރުމުގެ އިތުރުން ސާފު ޢިބާރާތުން ދުޢާކުރުން ފަދަ ކަންކަން ހިމެނެވެ.

    ކޮންމެ މީހަކު ވެސް އެމީހަކު އެދޭ ކަމަކަށް ނުވަތަ ބޭނުން ކޮންމެ ކަމަކަށް އެދި ދުޢާ ކުރެވިދާނެވެ. ސޫރަތުލް ބަޤަރާގެ 186 ވަނަ އާޔަތުގައި މާތްﷲ ވަހީކުރައްވާފައިވެއެވެ. އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.

  • ޒަކާތް ދިނުން

    ޒަކާތަކީ ވަކި މިންވަރެއް ހަމަވެއްޖެ މުދަލުން، ވަކި މިންވަރަކަށް ނެގިގެން، ވަކި ޝަރުތުތަކެއްގެ މަތިން، ވަކި ބަޔަކަށް ދެވޭ މުދަލެކެވެ. އެއީ އިސްލާމް ދީނުގެ ރުކުންތަކުގެ ތެރެއިން 3 ވަނަ ރުކުނެވެ. ފަރުޟު ޒަކާތުގެ ދެބައި ހިމެނެއެވެ. އެއީ މުދަލުގެ ޒަކާތާއި ފިތުރު ޒަކާތެވެ. ފިތުރު ޒަކާތަކީ ރަމަޟާންމަހުގެ ރޯދަ ހިފާނިމުމާ ގުޅިގެން އަދާކުރުން ވާޖިބުވެގެންވާ ސޮދަގާތެކެވެ. ފިތުރު ޒަކާތަކީ ތިމާއާއި ތިމާ ޚަރަދުދީ ބަލަހައްޓަން ޖެހިފައިވާ މީހުންނަށް ޢީދު ދުވަހާއި ޢީދު ވިލޭރޭއަށް ބޭނުންވާ ކާބޯތަކެތި ހުރެ، އިތުރުވެއްޖެ ނަމަ ދޭންޖެހޭ އެއްޗެކެވެ. ކުޑަކުދިން ބާލިޣުވަންދެން އަދި އަންހެން ކުދިން ބާލިޣުވިޔަސް މީހަކާ އިންނަންދެން އެކުދިންނަށްޓަކައި ޒަކާތް ދެއްކުން ބައްޕަގެ މައްޗަށް ވާޖިބެކެވެ. ފިތުރު ޒަކާތް ނެރުން ވާޖިބުވެގެން ވަނީ ހަނޑޫ، ގޮދަން، ބިންބި، ކުދިބަތް، ފަދަ އޮށްޓަރުހުރި ގޮވާމުގެ ތެރެއިން އާދަކޮށް ކާން ގެންގުޅުނު އެއްޗަކުންނެވެ. ފިތުރު ޒަކާތަށް ނެރެން ޖެހޭނީ ސާޢެއްގެ މިންވަރެވެ. އެއީ ގާތްގަނަޑަކަށް 2.4 ކިލޯގްރާމެވެ. މިތަކެތި އަގުކޮށް އޭގެ އަގަށްވާ ފައިސާ ޒަކާތަށް ނެރެވިދާނެވެ.

    ޒަކާތް ހައްޤުވާ ފަރާތްތައް ކީރިތި ޤުރުއާނުގައި އައިސްފައިވެއެވެ. އެއީ އަށް ފަރާތެކެވެ. މާތްﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. ހަމަކަށަވަރުން، صدقات ގެ ތަކެތި ވަނީ فقير ންނަށާއި، مسكين ންނަށާއި، އެކަމުގެ عامل ންނަށާއި، އެއުރެންގެ ހިތްތައް އެކުވެރިކުރައްވާ މީހުންނަށާއި، (އެބަހީ: އަލަށް إسلام ވީ މީހުންނަށާއި) އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، اللَّه ގެ މަގުގައްޔާއި (حال ގައި ޖެހިފައިވާ) ދަތުރުވެރިންނަށެވެ. اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ فرض އެއްގެ ގޮތުގައެވެ. ޒަކާތުގެ ދީނީ ފައިދާތަކުގެ ތެރޭގައި، އީމާންކަން އިތުރުވުމާއި، މާތްﷲގެ ހަޟްރަތުން މަތިވެރި ސަވާބު ލިބުމާއި، ޒަކާތް ނެރޭ މީހާގެ ކުށްފާފަތައް ފޮހެވިގެން ދެއެވެ. ފިތުރު ޒަކާތް ނެރުމަކީ، ބޭކާރު ޢަމަލުތަކުންނާއި ހަޑިހުތުރު ބަސްތަކުން ރޯދަވެރިޔާ ތާހިރުކޮށްދޭނެ ކަމެކެވެ. އަދި އެއީ މިސްކީނުންނަށް ދެވޭ ކާނާއެކެވެ.

ދުވަހުގެ ހަދީޘް

މާތްﷲ ރުއްސުންލެއްވި ޖާބިރު އިބްނި ޢަބްދުﷲގެ ކިބައިން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވެފައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘު ކުރެއްވިއެވެ. ތިޔަބައިމީހުން އުޟުޙިޔާގެ ގޮތުގައި ޢުމުރު ހަމަނުވާ އެއްޗެހި ކަތިނުލާާށެވެ. އެހެނަސް އެކަމަށް މަގު ފަހިވެފައި ނުވާ މީހާއަށް ހަމަސް ފުރިފައިވާ ބަކަރިއެއް ކަތިލެވިދާނެއެވެ.

ސަޙީޙް މުސްލިމްގެ ދިވެހި ތަރުޖަމާއާއި ޝަރަހަ – އެގާރަވަނަ ބައި
(30 ރަމަޟާން)

ދީނީ ސުވާލު

އެއްވެސް މީހަކަށް އެމީހެއްގެ ކިބައިން ބަދަލު ނުހިފޭނެ ޤާތިލަކީ ކާކު؟
އަމިއްލަ އަށް މަރުވާ މީހާ

(A)

ދަރިފުޅު މަރާލި މީހާ

(B)

ބައްޕަ މަރާލި ދަރިފުޅު

(C)

ނަސީބުވެރިޔާ ހޮވޭނީ ކޮންމެ ހަފްތާއަކު އެންމެގިނަ ޖަވާބު ދިމާކުރާ ފަރާތްތަކުގެ ތެރޭގައި ނެގޭ ގުރުއަތުލުމަކުން
އެސް.އެމް.އެސް ކުރައްވާނި:
RS (Space) A,B or C to 450

ޚަބަރު

 
 

ދީނީ ވާހަކަ

މާލެ ތެރެއިން

ރާއްޖެޓީވީގެ ރަމަޟާން މަހުގެ ޚާއްސަ ޕްރޮގްރާމްތައް

ionicons-v5-c
ionicons-v5-c
ionicons-v5-c
ionicons-v5-c

ރޯދައިގެ އަޅުކަން

 
 

ފޮޓޯ