ފޮޓޯ ގެލަރީ

ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރުން
ސްރީލަންކާގެ ގޯލް ފޭސް ގްރީން ސަރަހައްދުގައި ކުލަގަދަ ހަރަކާތްތަކަކާއިއެކު ކުރިއަށްދިޔަ މި ރަސްމިއްޔާތުގައި، ސްރީލަންކާގެ ރައީސާއި އެ ޤައުމުގެ ބޮޑުވަޒީރާއި ސަރުކާރުގެ އިސް ބޭފުޅުންގެ އިތުރުން ބޭރުޤައުމުތަކުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ސްރީލަންކާގެ މިނިވަންދުވަހުގެ ގޮތުގައި ފާހަގަކުރަނީ އިނގިރޭސިންގެ އަތްދަށުން މިނިވަންކަން ލިބުނު ދުވަސްކަމުގައިވާ 1948 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 4 ވަނަ ދުވަހެވެ.
ހޯރަފުށީ ދާއިރާއަށް އެމްޑީޕީއިން ވާދަކުރައްވާ އަހްމަދު ސަލީމްގެ ކެމްޕެއިން އިފްތިތާހުކުރުން
ހޯރަފުށީ ދާއިރާއަށް އެމްޑީޕީއިން ވާދަކުރައްވާ އަހްމަދު ސަލީމްގެ ކެމްޕެއިން އިފްތިތާހުކުރުން
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހއ.ހޯރަފުއްޓަށް ވަޑައިގަތުން
އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ހއ.ހޯރަފުއްޓަށް ވަޑައިގަތުން

ހޯރަފުށި ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންފައިވާ އަހްމަދު ސަލީމް (ސައްލެ) ދާއިރާގެ ރަށްތަކަށް
ހޯރަފުށި ދާއިރާގެ އެމްޑީޕީ ޓިކެޓް ލިބިވަޑައިގެންފައިވާ އަހްމަދު ސަލީމް (ސައްލެ) ދާއިރާގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގަތުން

ނާއިބު ރައީސް ފައިސަލް ނަސީމް އިސްލާމިކް މިނިސްޓްރީއަށް ޒިޔާރަތް ކުރެއްވުން
ނާއިބު ރައީސް ފައިސަލް ނަސީމް އިސްލާމިކް މިނިސްޓްރީއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން، މި ޒިޔާރަތުގައި އިސްލާމިކް މިނިސްޓްރީގެ އިސްވެރިންނާއި ބައްދަލުކުރަށްވައި މަސައްކަތްތައް ކުރިއަށްދާގޮތް ވަނީ އޮޅުންފިލުވާފައި -- ފޮޓޯތައް-- ރައީސް އޮފީސް

އެޖެންޑާ 2019 ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު
އެޖެންޑާ 2019 ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތު

ރައީސް ސޯލިހް، ލ. އަތޮޅުގައި
ރައީސުލްޖުމްހޫރިއްޔާ ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުރުފުޅަކީ ލ.ގަމުގައި ޓީ.އެފް.ޖީ.އިން ބާއްވާ މެރެތަން ދުވުން ރަސްމީކޮށް ފައްޓަވައިދެއްވުމަށާއި، މެރަތަންގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.އެމަނިކުފާނުގެ މިދަތުރުފުޅުގައި އެއަތޮޅުގެ ބައެއް ކައުންސިލްތަކާއި ބައްދަލު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ނައިބް ރައީސް ފައިސަލް ނަސީމް، ސްޓެލްކޯގައި
ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްޓެލްކޯއަށް މިއަދު މި ކުރެއްވި ޒިޔާރަތުގައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ބައްލަވައިލައްވައި، އެ ކުންފުނީގެ މެނޭޖްމަންޓާ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި އެ ކުންފުނީގެ އިސްވެރިން ވަނީ ކުންފުނި ހިނގަމުންދާގޮތުގެ ޚުލާސާއެއް ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް އަރުވައިފައެވެ. މިޒިޔާރަތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ސްޓެލްކޯގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވައިފައެވެ.

ނައިބް ރައީސް، ޔޫތު މިނިސްޓްރީއަށް
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުގެ މަސައްކަތްތައް ކުރިޔަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބައްލަވާލައްވައިފަ އެވެ.

ޖަރުމަނުވިލާތާއި ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން
ޖަރުމަނުވިލާތާއި ސްރީލަންކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާ ސަފީރުން ޢައްޔަނު ކުރައްވައި މަޤާމުގެ ފަތްކޮޅު ދެއްވައިފައިވަނީ އާދިއްތ ދުވަހު އެވެ.

ސްވިޒަރލެންޑް ސަރުކާރުން ކަނޑައެޅުއްވި އާ ސަފީރުގެ ސަފީރުކަމުގެ ފަތްކޮޅު އެރުވުން
މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ސްވިޒަރލެންޑްގެ އާ ސަފީރާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، އެމަނިކުފާނު ރާއްޖެ ވަޑައިގެންނެވިކަމަށްޓަކައި މަރުޚަބާ ވިދާޅުވެ ސަފީރުކަމާ ހަވާލުވެވަޑައިގަތުމާގުޅިގެން އެމަނިކުފާނަށް ތަޙުނިޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އަބޫދާބީގެ ލޫވްރ މިއުޒިއަމް ބައްލަވާލެއްވުން
ރައީސުލްޖުމްހޫރިއްޔާ އަބޫދާބީގެ ލޫވްރ މިއުޒިއަމް ބައްލަވާލައްވާފައިވަނީ މިހާރު އެ ޤައުމަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައެވެ.

ރަސްމީ ދަތުރުފުޅެއްގައި ރައީސް ސޯލިހް ޔޫ.އޭ.އީއަށް ވަޑައިގެންނެވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫ.އޭ.އީ)އަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އަބޫދާބީއަށް ވަޑައިގެންފައިވަނީ ހޮނިހިރު ދުވަހުުގެ ރޭގައެވެ.

ނައިބް ރައީސް ފައިސަލް ނަސީމް ހިންމަފުށީގައި
އެމަނިކުފާނުގެ މި ޒިޔާރަތުގައި ހިންމަފުށީ ޑްރަގް ޓްރީޓްމަންޓް އެންޑް ރީހެބިލިޓޭޝަން ސެންޓަރަށް ޒިޔާރަތްކުރައްވައި، އެ މުއައްސަސާގެ މުވައްޒަފުންނާ ބައްދަލުކުރައްވައި މަސައްކަތްތައް ކުރިއަށް ދާގޮތް އޮޅުންފިލުއްވައި، ތަނުގެ މިހާރުގެ ހާލަތުބައްލަވައިލެއްވިއެވެ.

ސްކޫލް ދަރިވަރުންނަށް ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށުން
ސްކޫލް ދަރިވަރުންނަށް ހިލޭ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފެށުން

ހުރަވީ ސްކޫލް ހުޅުވުން
ރާއްޖޭގައި އިމާރާތްކުރި އެންމެ ބޮޑު ސްކޫލްކަމުގައި ހުރަވީ ސްކޫލް ހުޅުވައި ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ބްރެކްސިޓްގެ މައްސަލަ ހޫނުވެފައި
ޖޫން 2016 ގައި ނެގުނު ވޯޓަށްފަހު، އިނގިރޭސިން އީޔޫ އިން ވަކިވުމުގެ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އެ މަޝްވަރާތަކީ އިނގިރޭސިވިލާތް އީޔޫގެ އިއްތިހާދުން އިން ވަކިވާނެ ގޮތްތަކާއިބެހޭ ގޮތުން ކުރެވޭ މަޝްވަރާތަކެވެ.

ޗައިނާ ސަފީރު، ރައީސް ސޯލިހާ ބައްދަލުކުރެއްވުން
ޗައިނާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ މިސްޓަރ ޖަންގް ލީ ޖޮންގް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެމެރިކާ ސަރުކާރުގެ ބޮޑު ބައެއް ހުއްޓިފައި
އެމެރިކާ ސަރުކާރު ހުއްޓުމަކަށް ގެނެސްފައިވަނީ މެކްސިކޯއާއި އެމެރިކާ ގުޅޭ ސަރަހައްދީ ރޮނގުގައި، އެމެރިކާ ސަރުކާރުން ހުށަހަޅާފައިވާ "ބޮޑުފާރު" ލުމުގެ މަޝްރޫއަށް ބޭނުންވާ ފަސް ބިލިއަން ޑޮލަރުގެ ބަޖެޓް މައްސަލާގައެވެ.
ވީޑިއޯ: ފަލަސުރުހީ - އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޝާހިދް އަލީ
ވީޑިއޯ: ފަލަސުރުހީ - އެމްޕީއެލްގެ މެނޭޖިންގް ޑިރެކްޓަރ ޝާހިދް އަލީ
ވީޑިއޯ: ފަލަސުރުހީ - އަހުމަދު މުހައްމަދު އަދި ފާތިމަތު ރިޝާނާ
ވީޑިއޯ: ފަލަސުރުހީ - އަހުމަދު މުހައްމަދު އަދި ފާތިމަތު ރިޝާނާ

ޕެރިހުގެ ޔެލޯ ވެސްޓް މުޒާހަރާގައި ހިނގިި ކުރިމަތިލުންތައް
ޔެލޯ ވެސްޓްސް މޫވްމެންޓްގެ ނަން ދީފައިވާ އެމުޒާހަރާތައް ފެށީ ފްރާންސުގައި ތެލުން ނަގާ ޓެކްސް ބޮޑު ކުރުމާ ދެކޮޅަށާއި ދިރިއުޅުމުގެ އަގު ތިރި ކުރުމަށް ގޮވާލުމަށެވެ.

ނައިބް ރައީސް، ހުރަވީ ސުކޫލް ބައްލަވާލެއްވުން
ހުޅުމާލޭގައި އަލަށް އިމާރާތްކުރަމުންދާ ހުރަވީ ސްކޫލް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލައްވައިފައިވަނީ ހޯމަ ދުވަހު އެވެ.

ސްރީލަންކާގެ ސަފީރު، ނައިބް ރައީސާ ބައްދަލުކުރެއްވުން
ސްރީލަންކާގެ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހިޒް އެކްސެލަންސީ މޭޖަރ ޖެނެރަލް ރިޓަޔަޑް ބީ. އާރ. ޑަބްލިޔު. އާރ. އޭ. ބީ. ތޮރަޑެނިޔަ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފައިވަނީ ހޯމަ ދުވަހު އެވެ.
ވީޑިއޯ: ފަލަސުރުހީ - ޤާނޫނީ ވަކީލް މުހައްމަދު ނިޝާން
ވީޑިއޯ: ފަލަސުރުހީ - ޤާނޫނީ ވަކީލް މުހައްމަދު ނިޝާން
ވީޑިއޯ: ފަލަސުރުހީ - އެމްއާރްއެމްގެ ނައިބު ރައީސް އައިމިނަތް ނާދިރާ އަދި އަބްދުލް އަލީމް
ވީޑިއޯ: ފަލަސުރުހީ - އެމްއާރްއެމްގެ ނައިބު ރައީސް އައިމިނަތް ނާދިރާ އަދި އަބްދުލް އަލީމް
ވީޑިއޯ: ފަލަސުރުހީ - ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ
ވީޑިއޯ: ފަލަސުރުހީ - ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ
ވީޑިއޯ: ފަލަސުރުހީ - އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް
ވީޑިއޯ: ފަލަސުރުހީ - އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް

ކަޅުވަކަރު މިސްކިތް ބެހެއްޓުމުގެ މަސައްކަތްތައް ކުރިއަށް
ކަޅުވަކަރު މިސްކިތް ބެހެއްޓުމަށް ނިންމާފައިިވަނީ ކުރިން ދިރާގު ހުރި ބިމުގައެވެ.

ޖަޕާންގެ އާ ސަފީރު މަޤާމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުން
ޖަޕާނު ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސް ކެއިކޯ ޔަނާއީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވަނީ ބުރާސްފަތި ދުވަހު އެވެ.