ފޮޓޯ ގެލަރީ
ވީޑިއޯ: ފަލަސުރުހީ - ހައުސިންގ މިނިސްޓްރީގެ އަހުމަދު ނަޝީދު އަދި އަލީ ޝާމިން

ނައިބު ރައީސް ތިލަދުންމައްޗަށް ކުރެއްވާ ދަތުރުފުޅު
ނައިބު ރައީސް ތިލަދުންމައްޗަށް ކުރައްވާ މި ދަތުރުފުޅުގައި ވަނީ ހޯރަފުއްޓާއި ތުރާކުނާއި، އުލިގަމުގެ އިތުރުން މޮޅަދޫއަށް ވަޑައިގަނެފައެވެ.

ފަނޑިޔާރު ދީދީގެ ތަހުޤީޤް
ފަނޑިޔާރު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައެއް އާމުންނަށް ވަދެވޭ ގޮތަށް ދަރުބާރު ގޭގައި ވަނީ ބާއްވާފައެވެ. މި އަޑު އެހުމުގައި ފަންޑިޔާރު އަބްދުﷲ ދީދީގެ ވަކީލުންގެ ވަނީ ބައިވެރިވެފައެވެ.

މާލެއަށް ކުރި ވިއްސާރަ
މާލެއަށް ބޯކޮށް ވާރޭވެހި ބައެއް ހިސާބުތަކުގައި ފެންބޮޑުވިއެވެ.

މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމްގެ 2 ވަނަ ދުވަސް
ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބޭއްވި "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019"

މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019
ދިވެހިރާއްޖޭގެ ތަރައްޤީއަށް އެހީތެރިވެދީ ރާއްޖޭގައި އިންވެސްޓް ކުރަން ޝައުޤުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ބާއްވާ "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް 2019" މިއަދު ފަށައިފިއެވެ. ކުރުނބާ މޯލްޑިވްސްގައި އޮތް މި ފޯރަމް، ހުޅުއްވައިދެއްވްމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.
ވީޑިއޯ: ފަލަސުރުހީ - ހެލްތް މިނިސްޓަރ އަބްދުﷲ އަމީން

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތު
ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމަށް އާދީއްތަ ދުވަހުގެ ރޭ ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ.
ޓޯކޮށްފައިވާ ބައެއް އުޅަނދުތައް ނައްތާލުން
ޓޯކޮށްފައިވާ އުޅަނދު ތަކުގެ ތެރެއިން ނައްތާލުމަށް ހަމަޖެހިފައިވާ އުޅަނދުތައް ހޮނިހިރު ދުވަހު ވަނީ ނައްތާލާފައެވެ. އެގޮތުން ނައްތާލާފައި ވަނީ 64 ސައިކަލާއި 4 ފުރޮޅުލީ އުޅަންދުގެ 10 އުޅަނދާއި 5 ބައިސިކަލެވެ.
ޒުވާން ލީޑަރުންގެ ފޯރަމް 2019
މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އާއި ޔޫތު ލީޑަރސް ނެޓްވޯކް ގުޅިގެން މި މަހުގެ 14 އިން 15 އަށް ކުރިޔަށް ގެންދާ މި ފޯރަމް އިފްތިތާހު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މި ހަފްލާގައި ނައިބު ރައީސްގެ އިތުރުން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ބައިވެރިވެވަޑައިގަތެވެ.
އޭޝިޔާ ޕެސިފިކް ޔުނިވަރސިޓީގެ ދަރިވަރުން ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އަށް ޒިޔާރަތް ކުރުން
މެލޭޝިޔާގެ އޭޝިޔާ ޕެސިފިކް ޔުނިވަރސިޓީގެ ދަރިވަރުންނާއި ލެކްޗަރުންގެ ޓީމެއް ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ އަށް ޒިޔާރަތް ކޮށްފިއެވެ. މި ޓީމުން ވަނީ ގައުމީ ޔުނިވަރސިޓީގެ ލެކްޗަރތަކެއްގައި ބައިވެރިވެ، ޔުނިވަރސިޓީގެ ކެމްޕަސް ބަލާލައިފައެވެ.

ދަރިވަރުންނަށް ނާސްތާ ތިނުމުގެ ޕްރޮގްރާމް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު
ސަރުކާރުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ސަރުކާރުން ހިންގާ ހުރިހާ ސްކޫލެއްގައި ދަރިވަރުންގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް މިއަދު އިފްތިތާހް ކުރުމުގެ ރަސްމިއްޔާތު ތާޖުއްދީން ސްކޫލުގައި ބާއްވައިފިއެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމްއެވެ. މި ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ބައިވެރި ވަޑައިގަތެވެ.
ސާކް ކައުންސިލް އޮފް އެކްސްޕަރޓްސް އޮފް އެނާރޖީ ރެގިއުލޭޓަރސްގެ 4 ވަނަ ބައްދަލުވުން
މި ބައްދަލުވުމުގައި ޗީފް ގެސްޓެއްގެ ގޮތުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވެސް ބައިވެރިވެ ވަޑައިގެންފައިވާއިރު، މި ބައްދަލުވުމުގައި "ސާކް ފްރޭމްވޯރކް އެގްރީމަންޓް ފޮރ އެނާރޖީ ކޯޕަރޭޝަން" (އިލެކްޓްރިސިޓީ) ތަންފީޒުކޮށް ސާކް ސަރަހައްދުގެ ޤައުމުތަކުގެ މެދުގައި ކަރަންޓު ގަނެވިއްކުމުގެ ބާޒާރެއް އުފައްދައި، ޤައުމުތަކުގެ މެދުގައި އިޤްތިސާދީ ގުޅުން ވަރުގަދަ ކުރުމަށް މަގުފަހި ކޮށްދިނުމަށްޓަކައި އެކުލަވާލާފައިވާ ޑްރާފްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ނިންމާފައިވާއިރު، އެ ޑްރާފްޓް ފައިނަލް ކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުން ވެސް އޮންނާނެއެވެ.

މަޖުލީހުގައި ބޮޑުވަޒީރު މޯދީ ތަގުރީރު ކުރެއްވުން
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ވަނީ ރައްޔިތުންގެ މަޖިލީހުގައި ހޮނިހިރު ދުވަހުގެ ރޭ ތަގުރީރު ކުރައްވާފައެވެ.
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރައްޖެ ވަޑައިގަތުން
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެ މާލެ ވަޑައިގަތުމުން ވަނީ 21 ބަޑީގެ ސަލާމަކާއި ޝަރަފުގެ ގާޑެއް އަރުވާފައެވެ.
މޯދީ އަށް މަރުހަބާ ކިޔުމަށް މާލެ ތައްޔާރުވެފައި
އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަަށް މަރުހަބާ ކިޔުމުގެ ގޮތުން މާލޭގެ ބައެއް މަގުތަކުގައި ވަނީ ދިދަ ޖަހާ، އިންޑިޔާ އާއި ރާއްޖޭގެ ގުޅުން ރަމްޒު ކޮށްދޭ ޝިޔާރުތައް ހިމެނޭ ބެނާތައް ހަރުކޮށްފައެވެ.

އިންޑިޔާ އާއި ދިވެހި ރާއްޖެ، ޒަމާންވީ ދެ ރަހުމަތްތެރިން
އިންޑިޔާ އާއި ދިވެހި ރާއްޖެއަކީ ޒަމާނުންސުރެއް ވަރަށް ގާތް ގުޅުމެއް އޮންނަ ދެ ގައުމެވެ. ރާއްޖެ އަށް ދިމާވާ ބޮޑު ކޮންމެ ދަތި ކަމެއްގައި އިންޑިޔާގެ އެހީތެރިކަން ވަނީ ލިބިފައެވެ. އެގޮތުން 3 ނޮވެމްބަރު 1982 ވަނަ އަހަރު ދިމާވި އުދުވާނީ ހަމަލާ އާއި، 2014 ވަނަ އަހަރު މާލެ ފެނަށް ޖެހިގެން ދިޔަ އިރުވެސް ރާއްޖެއަށް ވަނީ އިންޑިޔާގެ އެހީ ތެރިކަން ލިބިފައެވެ.
މާލި ނެރުން
މި އީދު ފެން އީދެއް ކަމުގައި ވި ނަމަވެސް އީދުގެ ފޯރި އަކަށް ބަދަލެއް ނާދެއެވެ. އީދު ފާހަގަ ކުރުމުގެ ގޮތުން މިއަދު ހަވީރު މާލޭގައި ވަނީ މާލި ނެރެފައެވެ.
1440 ވަނަ އަހަރުގެ ފިތުރު އީދު، ފެން އިދަކަށް
ފިތުރު އީދު ދުވަސް ވިއްސާރަވި ނަމަވެސް އީދުގެ ފޯރިއަކަށް ބަދަލެއް ނާދެ އެވެ.
މަގުމަތީގެ ރައްކާތެރިކަމުގެ ކެމްޕެއިން
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ހަރަކާތެއް މީސްމީޑިއާގައި ފަށައިފި އެވެ. މަގުމަތީގެ ރައްކާތެރިކަމާ ގުޅޭ ހަރަކާތް ރަސްމީކޮށް ފައްޓަވައިދެއްވީ އެއް ނަމްބަރު ޖެޓީ ސަރަހައްދުގައި އޮތް ހަފްލާއެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.

ޔޫރަޕްގެ ޗެމްޕިއަންކަން ލިވަޕޫލަށް
ޔޫއެފާ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަންކަން ލިވަޕޫލް އިން ހޯދީ ރޭ ޓޮޓެންހަމްއާ ދެކޮޅަށް ކުޅުނު ފައިނަލުގައި 2-0 ގެ ނަތީއްޖާއަކުން ޓޮޓެންހަމް ބަލިކޮށްގެންނެވެ.

ފުރަތަމަ ޓާރމުގެ ފަހު ދުވަސް
މިއަދަކީ ސުކޫލް ތަކުގެ ފުރަތަމަ ޓާރމުގެ ކިޔެވުން ނިންމާލާ ދުވަހެވެ، މިއަދު ގިނަ ސުކޫލު ތަކަކުން ވަނީ ދަރިވަރުންނަށް ރިޕޯޓްފޮތް ދީފައި.

29 މެއި 2019 - 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާ
29 މެއި 2019 - 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ޖަލްސާގެ ތެރެއިން

ނަވާރަ ވަނަ މަޖިލީހުގެ ރައީސާއި ނައިބް ރައީސް އިންތިޚާބު ކުރެއްވުން
ނަވާރަ ވަނަ މަޖިލީހުގެ ރައީސާއި ނައިބް ރައީސް އިންތިޚާބު ކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން: މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތީ މައްޗަންގޮޅީ މެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދު އަދި ނައިބް ރައީސަކަށް ހޮވިވަޑައިގަތީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ

ނަވާރަ ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުން
ނަވާރަ ވަނަ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން. މި ރަސްމިއްޔާތުގައި މަޖިލީހުގެ 87 މެމްބަރުންގެ ތެރެއިން ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ފިޔަވައި އެހެން ހުރިހާ މެމްބަރުން ހުވާކުރެއްވި. އިބްރާހިމް ރިޒާ ހުންނެވީ އުމްރާގައި.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ބައްދަލުވުން
އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމެއް މިރޭ ބާއްވާ، 19 ވަނަ ރައްޔިތުންގެ މަޖުލިހުގެ ރައީސަކަށް މުހައްމަދު ނަޝީދު އަދި ނައިބު ރައީސަކަށް އީވާ އަބްދުﷲގެ ނަން ހުށައެޅުމަށް ވަނީ ފާސްކޮށްފައެވެ.
19 ވަނަ ރައްޔިތުންގެ މަޖުލިހުގެ އޮރިއަންޓޭޝަން
ކޮންމެ އާ މަޖިލީހަކަށް ޚާއްސަކޮށްގެން ބާއްވާ އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފިއެވެ. މެމްބަރުން އަހުލުވެރިކުރުމަށް ކުރިއަށް ގެންދާ އޮރިއެންޓޭޝަން ޕްރޮގްރާމްގެ ތެރޭގައި، މެމްބަރުން ޗެމްބަރަށް އަހުލުވެރިކުރުމާއި، ވޯޓް ސިސްޓަމާއި، މައިކް ސިސްޓަމަށް އަހުލުވެރިކުރުވުން ހިމެނެއެވެ.
ސަލްޓަން ޕާކު ސާފްކުރުން
ސަލްޓަން ޕާކަކީ ސާފު ތަނެއްގެ ގޮތުގައި ބޭއްވުމަށް އެތަން ގަވާއިދުން ސާފްކޮށް މަރާމާތުކޮށް ހަދައެވެ. ފޮޓޯތަކުން ފެނިގެން އެދަނީ މިއަދު ސަލްޓަން ފާކު ސާފުކުރަމުން ދިޔަ މަންޒަރެވެ.
ރޯދަ ކުރުކުރުން، މަސްވެރިންގެ ޕާކުން
މަސްވެރިންގެ ޕާކަކީ ވެސް ގިނަ އަދަދެއްގެ ބަޔަކު ރޯދަ ކުރުކުރުމަށް އެއްވާ ތަނެކެވެ. އަދި މަސްވެރިންގެ ޕާކުގައި ގިނަ އަދަދެއްގެ ބަޔަކު ތާސްކުޅެ، ރާޒުވާކުޅެ މަސްބާނާ ހަދައެވެ.
މާލެއަށް ކުރަމުންދާ ވިއްސާރަ
މާލެއަށް ކުރަމުންދާ ވިއްސާރައިގައި މާލޭގެ އެކި ސަރަހައްދު ތަކުގެ ފޮޓޯތައް.