އިދިކޮޅު ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބާއްވާ ޖަލްސާ

  • ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
  • އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު، އަބްދުލް މަޖީދު އަބްދުލް ބާރީ
  • ދިއްގަރު ދައިރާގެ މެންބަރު ފާރިސް މައުމޫން
 
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާދިޔަ ކަންތައް ރައްޔިތުންނަށް ވަރަށް ސާފުވެފައިވެ އެވެ. ރައްޔިތުންގެ މަޖިލީހުގެ މަންދޫބުންނަށް މަޖިލީހުގެ ތެރޭގައި ހިނގާދާ ކަންތައް ބެލުމުގެ ފުރުސަތު ނުދިނުން އެއީ ރަގަޅު ކަމެއް ނޫނެވެ.

މިއަދު ޕާޓީތަކުން ވަނީ ވަރަށް ބޮޑު ހިތްވަރެއް ލާފަ އެވެ.

 ކިނބިދޫ ދައިރާގެ މެންބަރު ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒް ވަނީ ފުލުހަށް ގެންދަވާފަ އެވެ. މިއީ ވަރަށް ހިތާމަކުރާ ކަމެކެވެ. އެހެން ނަމަވެސް ބައްލަވާ ބޭފުޅުން އެކަން ބައްލަވާނެ އެވެ. އެކަމެއް ނުހުއްޓުވޭނެ އެވެ.

ވިލާ ޝިޕިންގ ގެ އެކައުންޓްތައް ފްރީޒްކޮށްފައިވާ އިރު އަޅުގަނޑުމެންގެ އަމިއްލަ އެކައުންޓްތައްވެސް ފްރީޒް ކުރަން ފަށާފާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

ސިޔާސީ ކުއްވެރިން ސަލާމަތް ވުން އެއީ ވަރަށް ދެކެން ބޭނުންވާ ދުވަހެކެވެ.

މަޖިލީހުގެ ރައީސަކީ އެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންނަށް ވެސް ފަސޭހަވާ ގޮތަށް ކަންތައްތަކެއް ކުރަންޖެހޭނެ އެވެ.

ރައްޔިތުންނަށް އިންސާފު ގާއިމް ކުރުމަށް މަޖިލީހުގެ މެންބަރުން މި މަސައްކަތްކުރަނީ އެވެ. ހިތާމައަކީ ކަނޑައެޅިގެން ހުރި އޮޅުވާލުން މީގެ ތެރެއިން ކަންތައްތައް ތަކަށް ވައްދަމުން ދިއުމެވެ. މިއަދުވެސް ފެނުނީ އެފަދަ މަންޒަރެކެވެ.

28 މާރޗް 2017 | އަންގާރަ 04:10
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެންބަރު، އަބްދުލް މަޖީދު އަބްދުލް ބާރީ

މިއަދު ރައްޔިތުންގެ މަޖިލީހުގެ ތެރޭގައި ހިނގާދިޔަ ކަންތައްތައް ވަރަށް ގިނަ މެންބަރުން ވިދާޅުވެއްޖެ އެވެ. އަދި އެކަމުގައި ގާނޫނީ ހައިސިއްޔަތު ނެތް ކަންވެސް ވިދާޅުވެދެއްވައިފި އެވެ.

ދުނިޔޭގައި އުޅޭ އިރު އެބަޔަކު ބޭނުންވާ ހުރިހާ ގޮތަކަށް ކަންތައްތައް ނުހިނގާފާނެ އެވެ.

ބުރަ މަސައްކަތަކީ އެހާ ފަސޭހައިން ކާމިޔާބު ވާނެ ކައްތައްތަކެއް ނޫނެވެ. އެހެން ނަމަވެސް ސާބިތު ކަމާ އެކު ކާމިޔާބު ހާސިލް ކުރުމަށް އަޒުމާ އެކު މަސައްކަތް ކޮށްފިއްޔާ ކާމިޔާބު ވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޝިއާރެއްގެ ގޮތުގައި މަޝްވަރާކޮށްގެން ނޭ ކުރިއަށްދާނީ ކީ ނަމަވެސް އެއްވެސް މަޝްވަރާއެއް ނެތި ކަންކަން ކުރަމުންދިއުމަކީ ވަރަށް ބޮޑު މައްސަލަ އެވެ.

މަޝްވަރާ ނުކުރާ ވެރިއެއް ނަމަ އަޒުލު ކުރަންޖެހެ އެވެ. މިއީ ދީނީ އިލްމުވެރިންގެ މެދުގައިވެސް ދެބަސް ނުވާ ކަމެކެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް މަޝްވަރާ ނުކުރާ ނަމަ ޖެހޭނީ ވަކި ކުރާށެވެ.

28 މާރޗް 2017 | އަންގާރަ 03:49
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ދިއްގަރު ދައިރާގެ މެންބަރު ފާރިސް މައުމޫން

މިއަދު ލީ ވޯޓެއް ނޫނެވެ. މިއަދު ފެނިގެން ދިޔައީ ސަމްސީލެއް ކުޅުނު ތަނެވެ. ވޯޓުލުމުގައި އަމަލު ކުރާނެ ގޮތްތައް ވަނީ ކަނޑައަޅާފަ އެވެ. ވޯޓުލުމަށް ވަގުތު ވެސް ވަނީ ކަނޑައަޅާފަ އެވެ. ސަރުކާރުން މެންބަރުން ފިއްތާ ދަނޑިވަޅެއްގައި ހާއްސަކޮށް ޕީޕީއެމް މެންބަރުން، ބޭނުމެއް ނުވާނެ، ވޯޓު  ކާބިޔާބު ނުވާ ހާލު، ވޯޓުދޭ ކަށެވެ.

 ބައެއް މެންބަރުން ވަނީ ވޯޓު ދޭނީ، ވަކި އަދަދަކަށް ވޯޓު ލިބުމުން ކަމަށްވެސް ބުނެފަ އެވެ. މިކަމާ ގުޅިގެން އަމީންއާމާއި ވާހަކަ ދެއްކުމުން، އެމަނިކުފާނު ވެސް ވަނީ،  އިލެކްޓްރޯނިކް ސިސްޓަމު ނޫން ގޮތަކަށް ވޯޓު ދެވޭނީ، ސިސްޓަމުގައި މައްސަލަ ޖެހުމުން އެކަނި ކަމަށް ވިދާޅުވެފަ އެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މިހާތައް ރޯލް ކޯލެއް ނަގާފަ އެއްނުވެ އެވެ. ބައެއް ފަރާތްތަކުން ވަނީ މަޖިލީހުގައި ވޯޓުލާ ސިސްޓަމުތައް ހެކްކޮށް ކަމާ ނުގުޅޭ ބަޔަކު ވަނީ ކަން ވެސް ފާހަގަކޮށްފަ އެވެ. މަޖިލީހުގައި ކަންކަން ހިނގާ ދިޔަ އީ ގަވައިދާ ހިލާފަށެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ޕާޓީއަށް ވެރިވެގެން އުޅޭ ބައިގަނޑެއް މިއަދު ފެނިގެންދަނީ އެވެ. އަދި ވަރަށް ބާރު ަދަ ބޭފުޅުން މިތިބީ އެވެ. ނެރޭ ވިޕްލައިނާ މެދު ހިޔާލެއް ފާޅު ކުރީމަވެސް ފިޔަވަޅު އަޅާފާނެ އެވެ.

ރޯލް ކޯލް ގޮތަށް ތަރުހީބުދޭން ބުނެފި ނަމަ، އެންމެވެސް ތަރުހީބުދޭނެ އެވެ. މަޖިލީހުގައިވެސް ދިމާވަނީ ހަމަ އެފަދަ ހާލަތެކެވެ.

މިއަދު މަޖިލީހުގައި ވޯޓުލި 40 އެތަށް މެންބަރުންނަށް އެއްވެސް އިއްބުރަ ކަމެއް ނެތެވެ. އަޅުގަނޑަށް އެނގޭ އެބޭފުޅުން، މަސައްކަތް ކުރަންޖެހޭ ގޮތުން ކަމަށް މިވަގުތު ވޯޓު ދޭން ޖެހުނީ އެވެ. ވޯޓު ލީ ބައެއް މެންބަރުން ވަނީ އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތް ކުރިއަށް ގެންދިއުމަށް ގޮވާލާފަ އެވެ. އަދި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

28 މާރޗް 2017 | އަންގާރަ 03:38
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
މަޖިލީސް މެންބަރު އަބްުދުﷲ ޝާހިދު

ހިތްވަރު ގަދަ ލީޑަރު ރައީސް ނަޝީދުގެ މަސައްކަތުން މިއަދު މިހިސާބަށް އާދެވުނީ އެވެ. ރައީސް މައުމޫންގެ ހިކުމަތްތެރިކަމާ ރައްޔިތުނަށް ހުރި ލޯތްބެއްގެ ސަބަބުން މިހިސާބަށް އާދެވުނީ އެވެ. އަދި ގާސިމް ރައްޔިތުންނަށް ހުރި ލޯތްބާ، ޝެއިހު އިމްރާނުގެ ހިތްވަރުގެ ސަބަބުން މިހިސާބަށް އާދެވުނީ އެވެ.

ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ހައްގުތަށް ނެތިކޮށްލާ،ހަމައެކަނި ތައްގަނޑު ޖެހުމަށް އޮތް މަޖިލީހެއްގެ ގޮތުގައި އޮތް އޮތުން ބަދަލު ކުރުމަށް މި މަސައްކަތް ފެށީ އެވެ.

މިއީ އެތަށް ރައްޔިތުންގެ ބުރަ މަސައްކަތާ އިންސާފަށް ލޯބިކުރާ އެންމެންގެ ބުރަ މަސައްކަތެވެ. މިއަދުގެ ރައީސް އަބްދުﷲ ޔާމީން މަޖިލީހުގެ މެންބަރު ކަމަށް ތިން ފަހަރުގެ ތެރެއިން ދެ ފަހަރު އިންތިހާބުވީ ވޯޓެއް ނެތި އެވެ. އެހެން ކަމުން ވޯޓަކީ އެމަނިކުފާނަށް ވަރަށް ބީރައްޓެހި އެއްޗެކެވެ.

މިއަދު މަޖިލީހުގައި ފެނިގެން ދިޔައީ ހަޑި މުޑުދާރު އަމަލުތަކެވެ.

މިއަދު ޕީޕީއެމް ޔާމީން ފެކްޝަނުން ޖަލްސާއަށް އައީ އަނގަބުން ބުނަން ޖެހޭ ބަސް ޕްރެކްޓިސް ކޮއްގެންނެވެ. މިއީ އެޕާޓީގެ މެންބަރުންނަށް ވެސް އެޕާޓީން އިތުބާރު ނުކުރާތީ ފެނިގެންދިއަ ކަމެކެވެ. ރޯކް ކޯލް އަކަށް ދިޔައީ އެހެންވެ އެވެ. މެންބަރުން ލައްވާ ކަރުދާސް އުފުއްލައްވައިގެން ގަދަބާރުން މަސައްކަތް ކޮއްގެން އިންނަންޖެހޭ މަޤާމެއް ނޫން ރައްޔިތުންގެ މަޖިލީހުގެ ރައީސް އިންނަވާ ގޮނޑި އަކީ އެވެ.

ޕީޕީއެމް އިން 61 މެންބަރުންގެ ވޯޓުގެ މެޖޯރިޓީއެއް އޮތް ޕާޓީ މިއަދު ގަދަބާރުން، ކަރުދާސް އުފުލައިގެން ވެސް ލިބުނީ 48 މެންބަރުން ވޯޓެވެ. މިއީ އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބެކެވެ. ސަރުކާރު ދަނީ ގުޑު ގުޑު އަޅަމުން ނެވެ. ވަރަށް އަވަހަށް މި ސަރުކާރު ބަލި ކުރެވޭނެ އެވެ.

ވައްކަން ކުރުމަކީ ތޮބީއީ ކަމެއް ނޫނެވެ. ތޮބީއީ ކަމަކީ މިނިވަންކަމެވެ.

28 މާރޗް 2017 | އަންގާރަ 03:21
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
ކެންދޫ ދައިރާގެ މެންބަރު އަލީ ހުސައިން

މިއީ ރައްޔިތުންގެ މަޖިލީހުގައި އެންމެ އުފާވެރި ދުވަހެވެ. މިއަދު މަސައްކަތް ކުރުމުގެ ހިތްވަރު، އެބަހުރި އެވެ. އަދި ސާބިތު ކަމާއެކު ތިބޭނަމެވެ.

މެންބަރު އަހްމަދު މަހްލޫފު ނެތް ކަން މަޖިލީހުން މިއަދު އިހްސާސްކުރެވުނެވެ. އެމަނިކުފާނު ހުރި ނަމަ ކުރި މަސައްކަތުގެ އިތުރު ތަފާތު ފެނުނީސް.

މިއަދު މަޖިލީހުގައި ހިނގާކަންކަން ބެލުމަށް އާއި ނޫސްވެރިންނަށާއި އަމިއްލަ ޖަމިއްޔާތަކަށް ފުރުސަތު ނުދިނީވެސް ސަރުކާރު މެންބަރުންނަށް ބަލި ގަބޫލު ކުރެވިފައިވުމުންނެވެ.

ބައެއް ފަރާތްތަކުން މިއީ ދަރުބާރު ފެކްޝަނޭ ކިޔަސް އަޅުގަނޑު ކިޔާނީ "ގަދަ ބާރު" ފެކްޝަނެވެ.

މަޖިލީހުގެ ވޯޓިން ސިސްޓަމުގައި މައްސަލަ ހުރިކަން ވޯޓުލުމުގެ ކުރިން، މެންބަރު ނިހާނަށް އެހާ އަވަހަށް  އެނގުނީ، ވޯޓިން ސިސްޓަމް އެ ޕާޓީން މައްސަލަ ޖެއްސުމުން ނެވެ

ވޯޓު ލުމަށް މައްސަލަ ޖެއްސުމަށް އެއްވެސް ވޯޓެއް ނުލެވޭނެ އެވެ. މައްސަލަ ޖެހިފައި ހުރި ނިޒާމެއް ބޭނުންކޮށްގެން ރަގަޅު ވޯޓެއް ނުލެވޭނެ އެވެ. ރޯލް ކޯލްގެ އުސޫލަށް ނިންނީ ގަވައިދާ ހިލާފަށެވެ.

މިއަދު ރައްޔިތުންގެ މަޖިލީސް ހިނގަނީ މަތިން އަންނަ އޯޑަރުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ހަގީގީ މެންބަރުންނަކީ މިހާރު އިދިކޮޅުގައި މަސައްކަތް ކުރަމުންދާ މެންބަރުން ނެވެ.

28 މާރޗް 2017 | އަންގާރަ 03:05
Writer Profile Picture
ފާތިމަތު ޝަނާ މުހައްމަދު
މެންބަރު އަހްމަދު އަބްދުﷲގެ ވާހަކަ

ހަތަރު ލީޑަރުންނާ އެކު މުޅި ދިވެހި ރައްޔިތުން މަސައްކަތަށް ކާމިޔާބު ވާނެ އެވެ. މިއަދު ގެއްލުނީ ސުޕަ މެޖޯރިޓީ، ދެން ކުރިއަށް އޮތް މަދު ދުވަސްތަކުގައި ގެއްލުވާލާނީ ޕީޕީއެމްގެ މުޅި މަޖިލީހުގެ މެޖޯރިޓީ އެވެ.

ސަރުކާރު ވަނީ ފަލީހަތްވެފަ އެވެ. ރައްޔިތުންނައްޓަކާ މުސްތަގުބަލް އުޖާލާކޮށްދޭނަމެވެ. ޕީޕީއެމް ދަރުބާރު ފެކްޝަނުގެ މެންބަރުގެ ވަނީ ކަސްތޮޅު އެޅިފަ އެވެ. ކުރިއަށް އޮތްތަނުގައި ކާމީޔާބު ލިބޭނެ އެވެ.

ރާއްޖެ ދެކެ ލޯބިވާ މީހުން މިތިބީ ގުޅިފައިވާ ކޯލިޝަނުގަ އެވެ. ޔާމީން ފެކްޝަނުން މަސައްކަތް ކުރަނީ އެޕާޓީގެ ވަޒީރުންނާ މެންބަރުންނަށް ބިރުދައްކައިގެންނެވެ.

ރައްޔިތުން ތިބީ ސަރުކާރުން ބުނިހާ ގޮތެއް ހަދައިގެން ތިބޭކަށް ނޫން ނެވެ.

ހަތަރު ލީޑަރުންނާ އެކު މުޅި ދިވެހި ރައްޔިތުން މަސައްކަތަށް ކާމިޔާބު ވާނެ އެވެ. މިއަދު ގެއްލުނީ ސުޕަ މެޖޯރިޓީ، ދެން ކުރިއަށް އޮތް މަދު ދުވަސްތަކުގައި ގެއްލުވާލާނީ ޕީޕީއެމްގެ މުޅި މަޖިލީހުގެ މެޖޯރިޓީ އެވެ.

ސަރުކާރު ވަނީ ފަލީހަތްވެފަ އެވެ. ރައްޔިތުންނައްޓަކާ މުސްތަގުބަލް އުޖާލާކޮށްދޭނަމެވެ. ޕީޕީއެމް ދަރުބާރު ފެކްޝަނުގެ މެންބަރުގެ ވަނީ ކަސްތޮޅު އެޅިފަ އެވެ. ކުރިއަށް އޮތްތަނުގައި ކާމީޔާބު ލިބޭނެ އެވެ.

ރާއްޖެ ދެކެ ލޯބިވާ މީހުން މިތިބީ ގުޅިފައިވާ ކޯލިޝަނުގަ އެވެ. ޔާމީން ފެކްޝަނުން މަސައްކަތް ކުރަނީ އެޕާޓީގެ ވަޒީރުންނާ މެންބަރުންނަށް ބިރުދައްކައިގެންނެވެ.

ރައްޔިތުން ތިބީ ސަރުކާރުން ބުނިހާ ގޮތެއް ހަދައިގެން ތިބޭކަށް ނޫން ނެވެ.

28 މާރޗް 2017 | އަންގާރަ 02:47
Writer Profile Picture
މުހައްމަދު ފަޒީން
އިދިކޮޅު ސިޔާސީ ޕާޓީތަކުން މ. ކުނޫޒުގައި ބާއްވާ ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަގާމުން ދުރުކުރުމަށާއި ގައުމު ހަމަމަގަށް އެޅުވުމަށް އުފައްދާފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ ހަރަކާތްތަކުގެ ތެރެއިން މ. ކުނޫޒުގައި މިރޭ ޖަލްސާ ބާއްވާއިރު، އެޖަލްސާގައި އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ އިތުރުން ޕީޕީއެމަށް ނިސްބަތްވާ ބައެއް މެމްބަރުންގެ އިތުރުން އަދާލަތު ޕާޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ފުރަތަމަ ލަނޑުދަނޑި ކަމަށްވާ މަޖިލީހުގެ ރައީސްގެ މަގާމުން މަސީހު ބޭރުކުރުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާގޮތް ނުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މިއަދުގެ ޖަލްސާ މަޖިލީހުގެ ރިޔާސަތުން މަޖިލީސް ކުރިއަށް ގެންގޮސްފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށެވެ. ރިޔާސަތުގައި އިންނެވި ހުޅުހެންވޭރު ދާއިރާގެ މޫސާމަނިކު ވަނީ އިދިކޮޅު ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ގިނަ މެމްބަރުންގެ ނަން އިއްވާ ސިފައިން މެދުވެރިކޮށް ގިނަ މެމްބަރުންތަކެއް މަޖިލީހުގެ ތަޅުމުން ބޭރުކޮށްފަ އެވެ. އަދި މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓުލި އިރު އިދިކޮޅު އެއްވެސް މެމްބަރެއް މަޖިލީހުގެ ތަޅުމުގައި ނެތެވެ.

އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ މަސީހުގެ އިތުބާރު ނެތްކަމަށް އަނެއްކާވެސް ވަރަށް އަވަހަށް މަޖިލީހަށް ވައްދާނެ ކަމަށެވެ.

28 މާރޗް 2017 | އަންގާރަ 02:21