Raajje.mv

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

26 މާރިޗު 2017
7009
ގުޅިފައިވާ ހުރިހާ ޕާޓީތަކުން މ. ކުނޫޒުގައި ބާއްވާ ޖަލްސާ

ގުޅިފައިވާ ހުރިހާ ޕާޓީތަކުން މ. ކުނޫޒުގައި ބާއްވާ ޖަލްސާ

26 މާރިޗު 2017 | 22:03

ގާސިމް އިބްރާހިމް

މިގައުމުގައި އިންސާފު ގާއިމް ކުރުމަށް އަދުލު އިންސާފު ގާއިމް ވާން ޖެހޭ، މީ އިސްލާމީ އުންމަތެއް، މި އުންމަތް ސަލާމަތް ކުރާނަން، މާދަމާގެ މުސްތަގުބަލަށްޓަކައިވެސް މަސީހު ދުރުކުރަން ޖެހޭ، މިގައުމުގެ އިޖުތިމާއީ އިގްތިސާދީ ތަރައްގީއަށް މިކަން ކުރަން ޖެހޭ، އަސް ވިއްކިޔަސް ލަގްނ ވިއްކައިގެން ނުވާނެ، އަދުލު އިންސާފުގެ ތރެއަށް އަތް ނުބޭނުމަށް ގޮވާލަން، މަޖިލީހުގެ މެންބަރުން ނަށް ލިބޭ ރަނުގެ ފުރުސަތެއް މީ، އިއްޒަތްތެރި މެންބަރުން ބޮޑުގުޅަ ނުވުމަށް ގޮވާލަން

26 މާރިޗު 2017 | 21:53

ގާސިމް އިބްރާހިމް

އަޅުގަނޑަށް ޔަގީން އަޅުގަނޑުގެ ޕާޓީގައި ތިބެ ދިޔަ ބޭފުޅުންނަށް ޓިކެޓް ލިބުނީ އަޅުގަނޑުމެން ގެ ޕާޓީން އެ ޓިކެޓް ދިނީތީ، އަޅުގަނޑު ނުހަނު ބޮޑަށް މަސައްކަތްކޮށް ސަލާން ޖެހީތީ، އަޅުގަނޑުގެ ބިންތައްވެސް އަތުލީ، ނުހައްގުން

26 މާރިޗު 2017 | 21:49

ގާސިމް އިބްރާހިމް

ރައްޔިތުންނަސް ވެފައިވާ ދަރަންޏެއްގެ ވާހަކަ އަޅުގަނޑު ހަދާންކޮށްލަ ދެން، އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ޝުއޫރެއް ފާޅުކޮށްލަން، 3 ލީޑަރުންގެ ވާހަކައަށް އަޅުގަނޑު ފުރިހަމައަށް ތާއީދު ކުރަން

26 މާރިޗު 2017 | 21:43

ޝެއިޚް އިމްރާންގެ މެސެޖް

މި ލޮބުވެތި ގައުމަށް ދިމާވެފައި މިވަނީ އަޅުގަނޑުމެންގެ ކާބައިންނަށް ކުރިމަތިވި ކަންކަމަށް ވުރެ ވަކި ކުޑަކަމެއްނޫން، މީ އަނިޔާވެރިކަމާއި ބޭއިންސާފުގެ ވެރިކަމެއް، މިއަދު މި ގައުމުގައި ހިތްދަތިކަމާއި ވޭނުގައި ނޫޅެނީ ކާކު، މީ ސަލާމަތްވާން ޖެހޭ ހާލަތެއް، ދިވެހިންގެ ތެރޭގައި އެފަދަ ރޫހެއް އަބަދުވެސް ދެމި އޮންނާނެ، އުފާވެރި ފާގަތި ދިރިއުޅުމަކީ، އަޅުގަނޑުމެންގެ އެންމެންނަށް ހައްގު އޮންނަން ވާނެ، މީ އެއްބަސްވެގެން ތިބެވޭނެ އަނިޔާއެއް ނޫން، މިހާލަތު ބަދަލުކުރުމުގައި އަޅުގަނޑުމެންގެ ތެރެއިން ހިތްވަރު ހުރިން ދަރިން ތެދުވާނެ

26 މާރިޗު 2017 | 21:38

ރައީސް ނަޝީދު މެސެޖް

ރަށުތަރައްގީއަކީ ބުނެ ކިޔާ އާދޭސްކޮށްގެން ލިބޭ އެއްޗަކަށް ވެއްޖެ، އަޅުގަނޑުމެންގެ އިންޑިއާ ކަނޑުގެ ހަމަ ހިމޭންކަން ނަގާލައިފި، ދިވެހި ރާއްޖެ އަޅުގަނޑުމެން ސަލާމަތް ކުރާނަން، ދިވެހިންގެ އުއްމީދުތައް ހަގީގަތަކަށް ހަދާނަން، މާދަމާ ނަގާ ވޯޓްގައި މަސީހު އަޒުލުކުރުމަށޤ މެންބަރުންނަށް ގޮވާލަން

26 މާރިޗު 2017 | 21:34

އަޅުގަނޑުމެން ފަހަތައް ނުޖެހޭނެ

ބިރާއި ހެދި އަޅުގަނޑުމެން ފަހަތައް ނުޖެހޭނެ. މާދަމާ މަސީހާއި އެއްކޮޅަށް ވޯޓްދެއްވާ ބޭފުޅުންނަށް އަޅުގަނޑުގެ ތާއީދެއް ނެތް- މައުމޫނު

26 މާރިޗު 2017 | 21:32

ގުޅިފައިވާ ޕާޓީތަކުގެ ޖަލްސާ

-މި އެއްބަސްވުމުގައި ސޮއިކުރީ ދިވެހި ގައުމިއްޔަތާއި ސިޔާދަތު ހިމާޔަތް ކުރުމަށާއި، ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތްކޮށް އިންތިޚާބު ތައް އިންސާފުވެރި ކުރުވުމަށް

-ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަން ހުއްޓުވާ ގައުމު ބިނާ ކުރުމަށާއި ރާއްޖެއަށް ހަމަޖެހުން ހޯދައި ދިނުމުގެ މަގުސަދުގައި

- މި އެއްބަސްވުމުގައި އެންމެ މުހިއްމީ މާދަމާ ނަގާ ވޯޓް