Raajje.mv

ރައީސް މުހައްމަދު ނަޝީދުގެ ޚާއްސަ އިންޓަވިއު

26 މާރިޗު 2017
7020
ރައީސް ނަޝީދު ރާއްޖެޓީވީއަށް ޚާއްސަ އިންޓަވިއުއެއް ދެއްވަނީ

ރައީސް ނަޝީދު ރާއްޖެޓީވީއަށް ޚާއްސަ އިންޓަވިއުއެއް ދެއްވަނީ

26 މާރިޗު 2017 | 20:41

ހުރިހާ ބޭފުޅުން މަޖިލިސްދޮށަށް ވަޑައިިގަންނަވާ

އަޅުގަނޑުމެންނަށް މި ވޯޓް ކާމިޔާބު ވާނެ، މަޖިލިސް މެންބަރުންނަށް ދަންނަވަން ފެތެމުންދާ އޮޑިއެއްގެ ދަށުނުވުމަށް، އަދި އެންމެ ބޭފުޅުން ވެސް މާދަމާ މަޖިލިސްދޮށަށް އެންމެން އެއްވުމަށް ގޮވާލަން

26 މާރިޗު 2017 | 20:39

ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓްތައް ނެގެމުންދާނެ

މި ރާއްޖޭގައި ވައްކަމާއި ފަސާދާއި މިވަނީ އާއްމުވެފައި، ސަރުކާރުގެ އަނިޔާވެރިަކަން މި ދަނީ އިންތިހާއަށް، ކުރިއަށް އެބަހުރި ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓްތައްވެސް

26 މާރިޗު 2017 | 20:36

ކުރެވެން ހުރިކަމެއް ކުރާނަން

ޝަރުއީ ދާއިރާއާއި ސިދާ ހަރަކާތް ބޭނުންކޮށްގެންވެސް ކުރެވެން ހުރިކަމެއް ކުރާނަން، މާދަމާގެ ވޯތަކީ އަޅުގަނޑުމެންގެ އެއްބަސްވުމާއި ގުޅުްނ ހުރި ކަމެއްނޫން، އަޅގަނޑުމެން މަސައްކަތް ކުރިއަށްވެސް ގެންދާނަން

ރާއްޖޭގެ ފުލުހުންނާއި ބާރުތަކުން އެނގިވަޑައިގެން ވަރަށް ސާފުވާނެ އަޅުގަނޑުމެން އެކައްޗެއް ކިއުމަކީ ކޮންކަމެއްކަން، ރައީސް ޔާމީނަކަށް ދެން އިތުރު ބޭފުޅެއް ދެން ހައްޔަރެއް ނުކުރެވޭނެ، މި މަސައްކަތް ފަށާއިގަތީ އެއްބަސް ވުމަކާއިއެކު.

26 މާރިޗު 2017 | 20:33

ހުރިހާ އުއްމީދެއް ގުޅިފައިވަނީ ވެރިކަމާ

ރައްޔިތުންގެ ހުރިހާ އުއްމީދެއް ގުޅިފައިވަނީ ވެރިކަމާ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ވަރަށް ސާފުވާނެ، ރައްޔިތުން ތިބި ގޮތް، މިހާރު ޚަބަރު ލިބޭގޮތުގައި އަޅުގަނޑުމެންނަށް މި ވޯޓް ކާމިޔާބު ވާނެ

26 މާރިޗު 2017 | 20:30

ރައީސް މުހައްމަދު ނަޝީދުގެ ޚާއްސަ އިންޓަވިއު

ރައީސް މުހައްމަދު ނަޝީދު ރާއްޖެޓީވީއަށް ދެއްވާ ޚާއްސަ އިންޓަވިއު