ފަލަސުރުހީ - ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތައް

  • ސަރުކާރުގެ ވިސްނުމަކީ ރ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުން މާލެ ބަދަލުކުރުން: އަލީ ނިޔާޒު
  • މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ޗެއާޕާސަން އަލީ ނިޔާޒު
  • މި ސަރުކާރުން އަޅުގަނޑުމެންނަށް ލިބުނީ ހައިހޫނުކަން: ހުސެއިން އަރީފް
 
Writer Profile Picture
މުހަންމަދު ވިސާމް
ސަރުކާރުގެ ވިސްނުމަކީ ރ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުން މާލެ ބަދަލުކުރުން: އަލީ ނިޔާޒު

މިރަށުގެ ކުނި ކުށި އަޅާނެތަން ބުނާނީ މިރަށުގެ ރައްޔިތުން ، މިރަށުގެ ތަރައްޤީގެ ކަންކަން ނިންމާނީ މި ރަށުގެ ރައްޔިތުން، ސަރުކާރުގެ ވިސްނުމަކީ ރ. އަތޮޅުގެ ރަށްތަކުގެ ރައްޔިތުން މާލެ ބަދަލުކުރުން ، އެހެންވެ އިންނަމާދޫގެ ކަރަންޓްގެ މަސައްލަ ވެސް ހައްލު ނުކޮށް އެ އޮތީ، ޕީޕީއެމުން ރ އަތޮޅުގައި ކެންޕޭން ނުކޮށް ވެސް އެތިބެނީ ސަބަބުތަކެއް ހުރުމުން، ދައްކާނެ ވާހަކަ އެއް ނެތިގެން ، އަޅުގަނޑުމެން ދެކޭ އެއްފަސްކުރުމުގެ ސިޔާސަތަކީ ދަތުރު ފަތުރުކުގެމުގެ ނިޒާމުން ގުޅާލުން ، މިކަންކަން ހައްލުކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދެއްވާ

26 މާރޗް 2017 | އާދީއްތަ 04:35
Writer Profile Picture
މުހަންމަދު ވިސާމް
މިހާރު ވާހަކަ ދައްކަވަނީ އެމްޑީޕީގެ ޗެއާޕާސަން އަލީ ނިޔާޒު

އަޅުގަނޑުމެންނަން އިންތިހާބު ލަސްކުރާނީ ކީއްވެގެން އިނގޭ، 27 ވަނަ ދުވަހަކީ ވަރަށް ހާއްސަ ދުވަހެއް، އަޅުގަނޑުމެންނަން މިހާރު ހަމަ ޔަގީނާއި ގާތަށް އެބައިނގޭ މަސީހު އެމަގާމުން ބޭރުވާނެ ކަން ، އަޅުގަނޑު އެދުން އެދާއިރާއެއްގެ މަޖިލީހުގެ މެމްބަރަށް ގުޅާ އާދޭސް ދަންނަވަންވީ، މަސީހްގެ އިތުބާރު ނެތް ކަމަށް ވޯޓް ދެއްވަން ، އަޅުގަނޑުމެންގެ މި މަސައްކަތަކީ އަންނަ ހޯމަ ދުވަހުން ނިމޭނެ މަސައްކަތެއް ނޫން، އިއްޔެ ވަނީ ހަތަރު ސިޔާސީ ލީޑަރުން އެއްބަސް ވުމެއްގައި ސޮއިކޮށްފައި  ، އެ މަސައްކަތް ހުއްޓާލާނީ ހަތަރު ލީޑަރުން އެއްބަސް ވެލައްވާ ބޭފުޅަކު ވެރިކަމަށް ގެނެސްފައި ، އަޅުގަނޑު އެދުން ވީހާވެސް ގިނަ މީހުން މިސައްކަތުގައި ބައިވެރިވުމަށް މާލެ ދިއުމަށް، މިއަދު ލާމަރުކަޒީ ނިޒާމް އޮތް ހިސާބް އަޅުގަނޑުމެން ވަޒަން ކުރަން ޖެހޭ، އަޅުގަނޑުމެން އެދެނީ އެމްޑީޕީ ސަރުކާރުގައި ވެސް އޮތް ކަހަލަ ކައުންސިލްތަކެއް ގާއިމްކޮށްދޭން ، އެމަސައްކަތް ކުރުމަށް އެބަޖެހޭ އެމްޔޫއޯގެ ކެނޑިޑޭޓުންނަން ވޯތް ދޭން ، ލާމަރުކަޒީ ގާނޫނަނީ ، ލާމަރުކަޒީ ވިސްނުމަކީ އެމްޑީޕީން އިސްވެ އޮވެ ކުރި މަސައްކަތެއް، އެމްޑީޕީ ވެރިކަމުގައި 11 މަސް ދުވަހުގެ ތެރޭގައި ކައުންސިލް ތަކަށް އެމްޑީޕީން ހަވާލުކުރި ގިނަ މަސައްކަތް ވަނީ ކާމިޔާބުކޮށްފައި ،އޭރު ވަނީ ގިނަ ރަށްތަކުގައި ލޭޑް ޔޫސް ޕްލޭން ވެސް ހަދާފައި ، އެކަން އަޅުގަނޑު ވަރަށް ކައިރިން ދެނުކުނިން ، ނ، ރ،ބ،ޅ ގެ ތައްޤީގެ ޕްލޭން ވެސް ވަނީ ހެދިފައި ، އެބާރު އަނެންކާވެސް ގެނެއުމަށްޓަކައި ވެރިކަމަށް ގެންނަން އެބަޖެހޭ މިކަން ދަންނަ ބައެއް، މިސަރުކާރުން ވަނީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސްފައި، ބާރުވެރިކަން ނަގާލާފައި، އެ ވިސްނުމުގައި ތިބި ބަޔަކަށް ލާމަރުކަޒީ ނިޒާމް ހަރުދަނާއެއް ނުކުރެވޭނެ

26 މާރޗް 2017 | އާދީއްތަ 04:29
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މި ސަރުކާރުން އަޅުގަނޑުމެންނަށް ލިބުނީ ހައިހޫނުކަން: ހުސެއިން އަރީފް

މި ސަރުކާރު އައިފަހުން އަޅުގަނޑުމެންނަށް ލިބުނީ ކޮން އެއްޗެއްތޯ. އަޅުގަނޑުމެންނަށް ލިބުނީ ހައި ހޫނުކަން. އެ ނޫން އެއްޗެއް އަޅުގަނޑުމެންނަކަށް ނުލިބޭ. މިއީ އަޅުގަނޑުމެންނަށް ޖެހިފައިވާ ބޮޑު އުނދަގުލެއް ކަހަލަ ވެރިކަމެއް. އަޅުގަނޑުމެން މިތަނުގައި ބިކަ ހާލުގައި ނިކަމެތި ހާލުގައެއް ނުތިބޭނަން. މިއީ އަޅުގަނޑުމެންގެވެސް ބިމެއް. މިކަމުގައި އަޅުގަނޑުމެން މަރުވާންޖެހުނު ނަމަވެސް އެކަން ކުރާނީ އުފަލުން. މި ޤައުމު އަނބުރާ ރައްޔިތުންނަށް ހޯދައިދޭނަން.

26 މާރޗް 2017 | އާދީއްތަ 04:10
Writer Profile Picture
މުހަންމަދު ވިސާމް
ހެންވޭރު އުތުރު ދާއިރާގެ މެމްބަރުން އަބްދުﷲ ޝާހިދު

މިހާރު މިއޮތީ ، ދިވެހި ރާއްޖެ އެއްފަރާތަށް އެރިއެރީން  ރާއްޖެ ހަމަމަގަށް އަޅަން ފަށާފައި، އަޅުގަނޑާއި އެކު މަސައްކަތް ކުރާ ޕީޕީއެމްގެ މެމްބަރުންނަން އަޅުގަނޑު މިދަންނަވާލަނީ، ތިޔަބޭފުޅުނަން މިހާރު ތިޔަ ތިއްބެވި ތަން ރަނގަޅެން ނޫނޭނޭ، ރާއްޖެއާއި ރައްޔިތުންނަންޓަކައި މަސައްކަތް ކުރަން ބޭނުންވާ ފަރާތަށް ވަޑައިގެން އަޅުގަނޑުމެންނާއި ހިތާ ހިތާ ގުޅާލާއި، ސަރުކާރުގެ ތަޖުރިބާތަކަށް ބަލާލާއިރު، ވޭތެވެދިޔަ ތިން އަހަރުގެ ތަޖްރިބާއަށް ބަލާލަމުން އެގޭނޭ ސަރުކާރުގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ ބޭފުޅުން އެދަނީ ލޮބޯފޮތްޗެއް ގޮތަށް ނޮޅާލަމުން ، މާޒިން އެކަން ހިކިވާނެ ، ދެ ނައިބް ރައީސުން އެވަނީ މަގާމުން ވަކިކޮށްފައި ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ނާޒިމް އެ ވަނީ ޖަލަށް ލާފައި ، އެބޭފުޅާއަކީ ރައީސް ޔާމީނާއި ވަރަށް ގާތް ބޭފުޅެން ، އެހެންނަމަވެސް މިއަދު ކޮބައިތޯ، އެހެންވެ މި ދަންނަވަނީ ވަގުތު ފާއިތު ނުވަނީސް އަޅުގަނޑުމެންނާއި އެކު މަސައްކަތް ކުރަން އަންނާށޭ، އަޅުގަނޑުމެން މިތިބީ އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީރަކެތް ވެގެން ، މިހާރު މިކިޔަނީ މެއި މަހުގެ 6 ވަނަ ދުވަހޭ، އެ ދުވަހު ބާއްވާނެ ކަމާއި މެދު ސައްކު، ކޮންމެ ދުވަހު އިންތިހާބު ބޭއްވިއަސް އިދިކޮޅު އިއްތިހާދުގެ ފަރާތުން ސަރުކާރު ބޮޑުތަނުން ބަދަލުކޮށްލާނެ، ލާމަރުކަޒީ ގޮތަށް ރާއްޖެ ހިންގުމާއި ގުޅޭގޮތުން ބާބެއް މަޖިލީހުގައި ލިޔުނު ދުވަހު އަޅުގަނޑު މަޖިލީހުގައި ހުރިން ، އެދުވަހު ވެސް އެބާބު ލިޔުނު މީހުން ބޭނުމެން ނުވޭ އެބާރު ވެރިކަން ރައްޔިތުންނަން ދޭކަން ، އެމްޑީޕީއަށް ލިބުނު ކާމިޔާބަކީ ގާނޫނު އަސާސީ އާއިރު އެބާބު އޮތުން ، މި ޖަލްސާ ބާއްވާ ރަށުގެ ކަންކަމަށް ބަލާލުމުން އިނގޭނެ ލާމަރުކަޒީ ނިޒާމުގެ ދަށުން ކަންކަން ރައްޔިތުންނަން ބާރުވެރިކަން ލިބޭނީ، އިންނަމާދޫގައި މިއަދު މެންދުރު ފަހުން ފެށިގެން ކަރަންޓް ދަނީ ކެނޑެމެން، ގަޑީއިރަކު އެއް ފަހަރު އެދަނީ ކެނޑެމުން ، ކުޑަކުދިން އެތިބީ ނުނިދިފައި، ރައްޔިތުންނަން އަސާސީ ޙައްގުތަށް ކަށަވަރުކޮށްފައި މިނިސްޓަރުން އެހެން ކަންކަމާއި އެޅެންވީ، މިއަދުގެ ސަރުކާރުން ބުނަނީ މެޖޯރިޓީ ކައުންސިލް ތަކަށް ކަމަށް ތަރައްޤީ ގެނެވޭނީ، އެއީ އެކަން ހިގަންޖެހޭނެ ގޮތެއް ނޫން، ސަރުކާރުން މިހާރުން މިހާރަށް މިރަށުގެ ކަރަންޓްގެ މައްސަލަ ހައްލުކޮށްދޭންވީ ، ނަރުދަމާ ނިޒާމް ގާއިމްކޮށްދޭވީ

26 މާރޗް 2017 | އާދީއްތަ 04:06
Writer Profile Picture
މުހަންމަދު ވިސާމް
ދުވާފަރު ކައުންސިލް މެމްބަރު އާމިރު

މިރޭގެ ސަރަފްވެރިންނަކީ ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ، ޅެންވެރިންވެސް ވިދާޅުވަނީ ހިތްވަރުކުރަންވަން ، ސިޔާސީ މަސައްކަތްތަށް ނުކުތީ ގޮންޖެހުންތަކާއި ކުރިމަތިވާނެކަން ، ހަމަ ހުރެފައެއް ނޫން، އަޅުގަނޑުމެން މަސައްކަތް ކުރަން އުފަން ކުރި ލާމަރުކަޒީ ގާނޫނު ވަނީ ވިއްސި ވިހާލިވެގޮސްފައި ، އަޅުގަނޑުމެން އަނިޔާވެރިކަމާއި ދެކޮޅަށް ކުރާ މަސައްކަތުގެ ނިމުން ވަރަށް އަވަހަށް ފެންނާނެ ، އިރާދަކުރެއްވިއްޔާ 27 ވަނަ ދުވަހު އަޅުގަނޑުމެމްނަން ކާމިޔާބު ލިބޭނެ، މިވަގުތު 4 ސިޔާސީ ޕާޓީ އެކުގައި މަސައްކަތް ކުރަމުން އަންނަ އިރު އެމްޑީޕީގެ މެމްބަރުން މަޑުން ތިބެގެން ނުވާނެ، އަޅުގަނޑުމެން ވެސް ޖެހޭނެ މަސައްކަތް މެކުހަން ޖަހަން ، ކައުންސިލް އިންތިހާބު ދުވާފަރުން ވެސް އެމްޑީޕީން ކާމިޔާބުކުރާނަން، އަޅުގަނޑުމެން ދޮރުން ދޮރަށް ހިނގާއިރު ރައްޔިތުން ކައިރީގައި ނާހަން ކިހާވަރެތްތޯ ބޭނުންވަނީ، އަޅުގަނޑުމެން ރައްޔިތުންނަން ކިޔާދެނީ ކަންއޮތްގޮތް، 2004 ވަނަ އަހަރު ވެސް ދުވާފަރުން މެޖޯރިޓީ ނެގީ މި ފޯމިއުލާ ނަގާއިގެން ، ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު އަޅުގަނޑު ޓޫރިޒަމް މިނިސްޓްރީއަށް ރަށުގެ ތަރައްގީއަށް މަސައްކަތް ކުރުމަށް ސިޓީ ފޮނުވިން ، ރަށުގެ ރައްޔިތުން ދަތުރުދާނެ ރަށެއް ނެތިގެން ، އެހެންނަމަވެސް ޖަވާބެއް ނުލިބޭ ، ރައީސް ޔާމީންގެ ސަރުކާރުން ވަނީ ލާމަރުކަޒީ ނިޒާމް ފުނޑާލާފައި، ކައުންސިލް އިންތިހާބު ކިތަންމެ ވަރަކަށް ފަސްކުރި ނަމަވެސް ، ރ އަތޮޅުގެ މެޖޯރިޓީ ލިބޭނީ އެމްޑީޕީން ، ސަރުކާރުން ދަނީ ރައްޔިތުންނަން އޮޅުވާލާމުން ، އެމްޑީޕީގެ ކައުންސިލް މެމްބަރުން ރަށު ތަރައްޤީއަށް ހުރަސް އަޅާކަމަށް، އެހެންނަމަވެސް ހުރަސް އަޅާ ކަމެއް އެބޭފުޅުނަކަން ވިދާޅެއް ނުވެވޭ، މާލޭގައި ތަރައްޤީގެ މަސައްކަތަށް ދަނީ ބާރަށް ކުރިއަށް، މާލޭގެ ކައުންސިލް އޮތީ އެމްޑީޕީއަށް ، އެހެންކަމުން އެނގެނީ ކޮންމެ ޕާޓީގެ ކައުންސިލް މެމްބަރެން ހުރި ނަމަވެސް ސަރުކާރަށް ތަރައްޤީ ގެނެވޭނެކަން

26 މާރޗް 2017 | އާދީއްތަ 03:49
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މި ސަރުކާރުން ވަނީ ޤައުމު ބައިބަލާ ކުޅޭތަނަކަށް ހަދާފައި: މާރިޔާ

މި ސަރުކާރުން ވަނީ ރައްޔިތުންގެ ހުރިހާ ހައްޤުތަކެއް ނިގުޅައިގަނެފައި. އެކަން ކުރީ ރައްޔިތުންގެ މަޖިލީހުގައި އެބޭފުޅުންގެ މެޖޯރިޓީއެއް އޮތީމައި. އެ މެޖޯރިޓީގައި ބޭނުންގޮތަކަށް ކަންތައްތައް ކުރި މަންޒަރު ފެނިގެންދިޔައީ. ރައްޔިތުންގެ ހައްޤުތަކުގައި މަޖިލީހުގައި ވަކާލާތުކުރެވުނު މަންޒަރެއް އަޅުގަނޑުމެންނަށް ފެނިގެން ގޮސްފައެއް ނުވޭ. އެކަން ކުރުމަށް އަޅުގަނޑުމެން މެމްބަރުންނަށް ފުރުސަތެއްވެސް ނުލިބޭ. ބިލެއް ހުށައެޅި ނަމަވެސް އެ ބިލެއް ބޭރުކޮށްލާ.

26 މާރޗް 2017 | އާދީއްތަ 03:45
Writer Profile Picture
މުހަންމަދު ވިސާމް
މިހާރު ވާހަކަ ދައްކަވަނީ ކައުންސިލް އިންތިހާބުގައި ވާދަކުރާ މޫސާ ނިޔާޒު

ކުރިމަތިލުމާއި އެކު ޕީޕީއެމްގެ ފަރާތުން ކުރިމަތިވި ކަމެއް ހިއްސާކޮށްލާނަން، ދާއިރާގެ މެމްބަރު އަޅުގަނޑާއި ބައްދަލުކުރި، މެމްބަރު ދެންނެވީ ނަން އަބުރާ ނަގަންވަން ވީ އެންނުންތޯ، 10.000 ރުފިޔާގެ ވަޒީފާއެއް ދޭނަމޭ، އެއީ އެބޭފުޅުންގެ ފެންވަރެރު، އިންނަމާދޫ ހޮވޭނީ އެމްޑީޕީގެ ދެ ކެނޑިޑޭޓުން ، ޕީޕީއެމުން އަބަދުވެސް ބުނަނީ އެމްޑީޕީގެ ޖަލްސާތަކުގައި ވަރަށް މަދު މީހުން ކަމަށް ތިބޭނީ، ނިކަން މިތަން ބަލާލަބަލަ މަދު ތޯ، ހިސާބު ޖަހަން އިނގޭ މީހަކަށް މިތާ ތިބި މީހުންގެ އަދަދު ފެންނާނެ، އިންނަމާދޫން ކުރިމަތިލި 2 ކެނޑިޑޭޓުން ނުގަނެވޭނެ ، ތަރައްޤީއަކަށް ހުރަހެއް ނާޅާނަން

26 މާރޗް 2017 | އާދީއްތަ 03:36
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކޮރަޕްޝަން ހިންގާތީވެ އަޅުގަނޑުމެން ހަސަދަވެރިވޭ: އިމާދު

މިއަދުވެސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް ބޭފުޅަކު ވިދާޅުވޭ، ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީއަށް ހަސަދަވެރިވެގެންނޭ އުޅެނީ. އަޅުގަނޑު ދެކޭގޮތުގައި އެއީ އިންސާނީ ފިތުރަތާއި ހިލާފު ވާހަކައެއް. އެއްވެސް މީހަކު ނޫޅެ ތަރައްޤީއަށް ހަސަދަވެރިވެގެންނެއް. ނަމަވެސް ކޮރަޕްޝަން ހިންގާތީ ހަސަދަވެރިވޭ. އިނޔާވެރިކަން އިންތިހާއަށް އިތުރުވާތީވެ، އަޅުގަނޑުމެން ހަސަދަވެރިވޭ. އެކަންކަމަށް އާޅުގަނޑުމެން ހަސަދަވެރިވާންވެސްޖެހޭ. މާލެއާއި ހުޅުލޭ އައި ދޭތެރޭގައި ބްރިޖެއް އެޅީމަ އަޅުގަނޑުމެންނަށްވެސް ރަނގަޅެ. ނަމަވެސް 100 މިލިއަންއަށް ކުރެވޭ ކަމެއް 150 މިލިއަންއަށް ކުރީމައި އަޅުގަނޑުމެން ހަސަދަވެރިވޭ.

26 މާރޗް 2017 | އާދީއްތަ 03:24
Writer Profile Picture
މުހަންމަދު ވިސާމް
ކިނޮޅުހައުގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ހުއްޓާލަފައި އޮންނަތާ 3 އަހަރު : ކައުންސިލް ރައީސް

ކިނޮޅުހުގެ ނަރުދަމާ ނިޒާމްގެ މަސައްކަތް ހުއްޓާލަފައި އޮންނަތާ މިހާރު ތިން އަހަރު ވެއްޖެ، އެހެންނަމަވެސް، ކިނޮޅުހުގެ ހުރިހާ ރައްޔިތުން ވޯޓް ދޭނީ އެމްޑީޕީއަށް، އަޅުގަނޑުމެން ފައިސާއަކަށް ނުވިކޭނޭ، އެމްއާރުޑީސީއަށް ކަމަށް ވަނީ ފުޓްސެލް ދަނޑު އަޅަން ، އެ ދަނޑު އަޅަން ގެނައި ތަކެތި ވީރާނާ ވެގެން އެދަނީ ، މާތް ﷲ އިރާދަފުޅާއި އެކު އަނިޔާވެރިކަމަށް ނިމުމެތް އަންނާނެ، ހުރިހާ ސިޔާސީ ލީޑަރުން ވެސް މިނިވަން ވާނަ، އަޅުގަނޑު މިހާރު ވެސް މިހުރީ ގޮނޑި ކަށަވަރުވަފައި، އެހެނަނަމަވެސް އަޅުގަނޑު ވަރަށް ދެރަވޭ، ޕީޕީއެމްގެ ފަރާތުން އެއްވެސް ބޭފުޅަކު ކުރިމަތި ނުލެއްވުމުން، ލާމަރުކަޒީ ނިޒާމް އަކީ ރައްޔިތުން ގޮތް ނިންމަންޖެހޭ ނިޒާމެއް،

26 މާރޗް 2017 | އާދީއްތަ 03:24
Writer Profile Picture
މުހަންމަދު ވިސާމް
މިހާރު ވާހަކަ ދައްކަވަނީ ކިނޮޅުހު ރަށުކައުންސިލްގެ ރައީސް

ނުބައި ނުލާފާ ޖައްބާރު ވެރިއެއްގެ އަނިޔާއިން ކެތްކުރަމުންދާ އަޅުގަނޑުމެންގެ ލީޑަރުން ، އަޅުގަނޑަކީ އެހާ އަޑުގަދަ މީހެން ނޫން، އާންމުކޮށް މިފަދަ ޕޯޑިއަމަކަށް އެރުމާއި އެކު ޖަޒްބާތުގައި ޖެހޭނެ ، އިސްލާމް ދީނުގައި އޮވޭތޯ އިންސާނުނަން އަނިޔާކުރަން ، ސުވާލަކީ ދެން ކީއްވެގެންތޯ އަނިޔާކުރަނީ، ރައީސް ޔާމީން ބޭނުން ކުރައްވަނީ ފިރުއައުނުގެ އުސޫލުތަށް، ހީނުކުރައްވާތި ރައީސް ޔާމީނާއި ވާދަކުރައްވާނެ ވެރިއެއް ނުވާނެކަމަށް، ރައީސް ނަޝީދާއި ، ޝެއިޙް އިމްރާން، ކާނަލް ނާޒިމް ޖަލަށް ލެއްވީ ވެރިކަމުގެ ދަހިވެތި ކަމުގައި، ފިރުއައުނު ކަންތަން ކުރެއްވީ ކިހިނަކުންތޯ، އެމީހުންގެ މައްޗަށް ރަސޫލަކު އުފަންވާ އުޅުއްވާ ކަމުގެ ޙަބަރު ލިބުމުން ، ހުރިހާ ފިރިހެން ކުދިން މަރަމުން ދިޔައީ، މިއީ ކަންކަން ހަމަހަމަ ކުރަނީ އެއް ނޫން، އެކަމަކު ހަމަހަމަ ކުރެވޭނެ ކަންކަން އެބަހުރި، ފިރުއައުނު ވެސް ބޭނުންވަނީ ވެރިކަން ،

26 މާރޗް 2017 | އާދީއްތަ 03:14
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކަނބަލުންގެ މައުރަޒުން ފައިސާ ލިބުނީ ވަކި ބަޔަކަށް: ނާދިރާ

ދިވެހި ކަނބަލުންގެ މައުރަޒެއް ބާއްވައިފި. ދިވެހިރާއްޖޭގައި މަސައްކަތްކުރާ ކުޅަދާނަ ވަރަށް ގިނަ އަންހެނުން އެބަތިބި. ނަމަވެސް އެ ކަނބަލުންނަށް އެންމެ ފައިސާ ފޮއްޗެއްވެސް ނުލިބޭ. އޭގެ ބަދަލުގައި ވަކިބަޔަކަށް މައުރަޒުން ފައިސާތައް ލިބިގެންދިޔައީ. އަޅުގަނޑުކުރަން ބޭނުންވާ ސުވާލަކީ ކަނބަލުންގެ އުފެއްދުންތަކަށް އެކަށީގެންވާ މާކެޓެއް ލިބިއްޖެތޯ. އަޅުގަނޑަސް މައުލޫމާތު ލިބިގެންދިޔަ ބައެއް ކުންފުނިތަކަށް އުފެއްދުންތައް ގަންނަން މަޖުބޫރުކުރުވި ކަމަށް. އެއީ ދެމެހެއްޓެނިވި ގޮތެއްގައި ކަންތައްތައް ކުރެވޭނެ ގޮތެއް ނޫން.

26 މާރޗް 2017 | އާދީއްތަ 03:07
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ޕާޓީގެ ރައީސް ވަކިކުރުމަކީ އެ ބެފުޅުންނަށް ކުރެވޭނެ ކަމެއް ނޫން: ނަދިރާ

ޕާޓީގެ ރައީސް ވަކިކުރާނެ ގޮތް އަސާސި ގަވައިދުގައި ވަރަށް ރަނގަޅަށް ބުނެފައި އޮންނާނެ. އެއީ ޕީޖީގެ މެމްބަރުންނަށް ކުރެވޭނެ ކަމެއް ނޫން. ޕާޓީގެ ރައީސް އައްޔަނުކުރީ ޕާޓީގެ އާންމު މެމްބަރުން. ޕާޓިގެ ރައީސް މަޤާމުން ވަކިކުރެވޭނީވެސް ޕާޓީގެ އާންމު މެމްބަރުންނަށް. އެއީ ޕީޖީގައި އެތިއްބެވި ބަޔަކަށް ކުރެވޭނެ ކަމެއް ނޫން. މިހާރު އެ ބެފުޅުން ކުރައްވާ ހުރިހާ ކަމަކީ ޕާޓީގެ އަސާސީ ގަވއިދާއި ހިލާފަށް ކުރަމުންގެންދާ ކަންތައްތަކެއް.

26 މާރޗް 2017 | އާދީއްތަ 03:03
Writer Profile Picture
މުހަންމަދު ވިސާމް
އިންނަމާދޫ ރައްޔިތުން ވޯޓް ދޭނީ އެމްޑީޕީގެ ކެނޑިޑޭޓުންނަން: ހުސެއިން އަރީފް

އަޅުގަނޑު މިރަށުގައި މި ހޭދަކުރީ އެއްދުވަސް، އެއްދުވަސް ތެރޭގައި 71 މީހުންނާއި ވާހަކަ ދެއްކިން ، 42 މީހުން އެމްޑީޕީން އަށް ވޯޓް ދޭން ބުނި، ބައެއް މީހުން ބުނޭ އާއިލާ މީހުންނަންށޭ ވޯޓް ދޭނީ، އެއްބަނޑު އެއްބަފާ މީހުންނަން ވޯޓް ދޭނެ ކަމަށް ބައެއް މީހުން ބުނޭ، އެވިސްނުން ދޫކޮށްލަންވީ ، އެހެންކަމުން ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓީކެޓްގައި ވާދަކުރާ ކެނޑިޑޭޓުންނަން ވޯޓް ދިނުމަށް އަޅުގަނޑު ގޮވާލަން، އެމްޑީޕީން އަކުން ތަންތަން ވީރާނާ ކުރާކަން ނޭދޭނަން ، އަދި 100 ޕަސެންޓް ޔަގީން ރައީސް ޔާމީނަން އަނިޔާއެއް ލިބޭކަން ނޭދޭނެކަން، ބައެއް ސިޔާސީ ލީޑަރުންނަން އަނިޔާލިބުނީމަ އެމްޑީޕީން އެލީޑަރުންގެ ދިފާއުގައި ތެދުވޭ، އެއާއި އެކު އެމްޑީޕީގެ ބައެއް މެމްބަރުން އެކަމާއި ރުނޅިގަދަވޭ، ދަންނަންވަން މިއުޅެނީ އެމްޑީޕީން އަބަދުވެސް މަސައްކަތް ކުރަނީ ވަކި އުސޫލުތަކެއްގެ ދަށުން ، އެހެންކަމުން ގާތްތިމާގަ މީހުން ކުރިމަތިލިނަމަވެސް ވޯޓް ދޭންވަނީ އެމްޑީޕީގެ ކެނޑިޑޭޓުންނަން

26 މާރޗް 2017 | އާދީއްތަ 02:58
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ކުރިއަރާފައިވާ ޤައުމުތަކުގައި ބެނުން އިރަކު ޤާނުނު އަސާސީ ބަދަލެއް ނުކުރޭ: ބާރީ

ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީއަކީ އިންޑިއާ. އިންޑިއާގައިވެސް ކޮންމެ އިރަކު ޤާނޫނު އަސާސީ ބަދަލެއް ނުކުރޭ. އެއީ ބޮޑެތި ޑިމޮކްރަސީތަކުގައި ކަންތައްތައް ކުރާގޮތެއް ނޫން. ނަމަވެސް ރާއްޖޭގެ ސަރުކާރަށް ލިބިފައިވާ މެޖޯރިޓީއެއް ބޭނުންކޮށްގެން ބޭނުންއިރަކު ޤާނޫނު އަސާސީ ބަދަލުކުރާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދަނީ.

26 މާރޗް 2017 | އާދީއްތަ 02:51
Writer Profile Picture
މުހަންމަދު ވިސާމް
މިހާރު ޖަލްސާގައި ވާހަކަ ދައްކަވަނީ އަބްދުﷲ ސަފީގް

މިރޭ ދެ ކިރު ދޫނި މިދޫކޮށްލަނީ އިންނަމާދޫ ރައްޔިތުންގެ އަތްމައްޗަށް، އެ ދެ ދޫނު ހޮވާނެ ކަމަށް އުންމީދު ކުރަން ، އަޅުގަނޑުމެން ވޯޓެއްލާ ދާއިރު ވަރަށް ވިސްނަންޖެހޭ، ވޯޓްއަކީ ސިއްރު އެއްޗެއް،  ރައްޔިތުން ކައިރިއަށް ގޮސް ވޯޓް ދޭށޭ ބުނުމުން އާއެކޭ ބުނެފިއްޔާ އެއީ ވައުދެއް، މިއަދު ދިވެހި ރާއްޖޭގެ ހުރިހާ ސިޔާސީ ލީޑަރުން އެކުގައި މަސައްކަތް ކުރަން ތެދުވީ ކެތްނުވެގެން، އަޅުގަނޑު ވެސް ތުދުވެ މިހުރީ ކެރިގެން ، ކާޑިގެ އަގު ބޮޑުކުރުމުން ރައްޔިތުންނާއި ހަމަޔަށް އެކަން އާދޭ، އެބޭފުޅުން ވިދާޅުވީ މިއީ މާ ވަރުގަދަ އިގްދިސޯދީ ސަރުކާރެއް ކަމަށް، އެހެންނަމަވެސް ކާޑުގެ އަގު ބޮޑު ކުރީ ދިވެހިން ކަނީ ބާސްމަތީ ހަނޑޫ ކަމަށް ބުނެ، ނޫން އަޅުގަނޑުމެން ކަނީ އާދައިގެ ހަނޑޫ ،

26 މާރޗް 2017 | އާދީއްތަ 02:49
Writer Profile Picture
މުހަންމަދު ވިސާމް
ޖަލްސާ ތާރަފްކުރުމަށް ވާހަކަ ދައްކަވަނީ ހުސެއިން އަރީފް

މި ޖަލްސާއަކީ އިންނަމާދޫގެ ފަރާތުން އެމްޔޫއޯއަށް ދައުވަތު ދީގެން ލާމަރުކަޒީ ރާއްޖެނަމުގައި ބާއްވާ ޖަލްސާއެއް، ޖަލްސާގައި ކައުންސިލް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުން ތާރަފްކުރުމުން ، އިންނަމާދޫގެ ކެންޕޭން މެކުހަން ޖަހާނަން ، ފަހަރުގައި ވެސް އަޅުގަނޑުމެން މިއުޅޭނީ ބިރުގަނެގެނެން ނޫން، މިއުޅެނީ ރާއްޖޭގެ ރައްޔިތުން ކެތްތެރިކަން ކޮޅުންލާއިފި، ހުރިހާ ސިޔާސީ ޕާޓީތަށް އެކުގައި މަސައްކަތް ކުރަން އެވަނީ އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވެފައި ، ގާސަމް އިބްރާހިމް އެފަދަ ނިންމުމެން ނިންމުމުން އިންނަމާދޫގެ ރައްޔިތުންގެ ފަރާތުން މަރުޙަބާ ދަންނަވަން، އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭއިން ބޭރުގައި ހުންނަވާއިގެން ރާއްޖެ ހަމަމަގަށް އެޅުވުމަށް އެކުރާ ބުރަ މަސައްކަތަށް އަޅުގަނޑުމެން ބަލައިގަންނަން، އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން ގޭގައި ހުންނަވާއިގެން ކުރާ މަސައްކަތް ވެސް އުފަލާއެކު ބަލާގަންނަން،

26 މާރޗް 2017 | އާދީއްތަ 02:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މަޝްވަރާ ނުކުރާ ވެރިޔެއް ނަމަ، އަޒުލުކުރަންޖެހޭނެ: ބާރީ

ރައްޔިތުންގެ މަޖިލީހުގެ ނިޝާންގައި ޖަހާފައިވަނީ ކީރިތި ގުރުއާނުގެ އާޔަތެއް. މަޝްވަރާގެ މަތިން ކަންތައްތައް ކުރާ ވާހަކަ ބަޔާންކޮށްފައިވަނީ. މަޝްވަރާކުރުމަކީ އިސްލާމް ދީނުގައި ލާޒިމްކުރާ ކަމެއް. އެއީ ހުރިހާ ދީނީ އިލްމުވެރިން އިއްތިފާޤްވާކަމެއް. ނިކަން ބައްލަވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްދާގޮތް. ވާހަކަދެއްކުމަށް އެކަށިގެންވާ ފުރުސަތެއް ނުދޭ. ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ބުނާނެ މިނެޓް ހަމަވެއްޖެއޭ. މަސީހު ވަކިކުރަން މާލަސްވެސް ވެއްޖެ.

26 މާރޗް 2017 | އާދީއްތަ 02:41
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
އަޅުގަނޑުމެން މި އުޅެނީ ވެރިކަމެއް ބޭނުންވެގެންނެއް ނޫން: ނިޒާރު

އަޅުގަނޑުމެން މި އުޅެނީ ވެރިކަން ބޭނުންވެގެނެއް ނޫން. ރައީސް ޔާމީންގެ ސަރުކާރުން ކުރާ ގޯސްކަންތައްތައް ރަނގަޅުކުރުމަށް އަޅުގަނޑުމެން މި މަސައްކަތްކުރަނީ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ޒަރީމާތަކާއި ދެކޮޅަށް އާޅުގަނޑުމެން މި މަސައްކަތްކުރަނީ. ކޮރަޕްޝަނާއި ވައްކަން ނައްތާލަން އަޅުގަނޑުމެން މި މަސައްކަތްކުރަނީ. ސިޔާސީ ޕާޓީއެއްގެ މައިގަނޑު އަމާޒަކަށް ވާނީ ވެރިކަމަކަށް އައުން. ނަމަވެސް އަޅުގަނޑުމެން ނޫޅެން ވެރިކަމުގެ ދަހިވެތިކަމުގައެއް.

26 މާރޗް 2017 | އާދީއްތަ 02:36
Writer Profile Picture
މުހަންމަދު ވިސާމް
އިންނަމާދޫ އެމްޑީޕީ ޖަލްސާ

ކީރިތި ޤުރުއާންގެ ބަރަކާތުން ޖަލްސާ ފައްޓަވައިދެއްވީ ހުސެއިން އަރީފް

26 މާރޗް 2017 | އާދީއްތަ 02:33
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މިއީ ރައީސް ޔާމީން ގެންނެވި ތަރައްޤީ: ނިޒާރު

އަޅުގަނޑުމެންނަށް މިއަދު ފެނިގެންމިދަނީ ރައީސް މައުމޫނު ގެނެސްދެއްވި ތަރައްޤީ. ދިގު ތިރީސް އަހަރުގައި އެމަނިކުފާނު ކުރެއްވި މަސައްކަތުގެ ތެރެއިން ގެނެވުނު   ތަރައްޤީ އަޅުގަނޑުމެންނަށް މި ފެންނަނީ. އެކަމާއި އަޅުގަނޑު  ދެކޮޅެއް ނުވަން. އަޅުގަނޑުމެން ހަނދާން ނުހުން ދުވަހުން ފެށިގެން މި ޤައުމުގެ ވެރިކަން ކުރެއްވީ ރައީސް މައުމޫނު. ގާސިމް އިބްރާހިމް އަކީ ގިނަ ރައްޔިތުންތަކަށް ބޭސް ފަރުވާ ހަމަޖައްސަވައިދެއްވި ފަރާތެއް. ގާސިމް ބޭސްފަރުވާގެ އެހީ ނުދޭ އާއިލާއެއް އަޅުގަނޑުމެންގެ ތެރޭގައި މަދުވާނެ. މި ދެބޭފުޅުންވެސް ވަނީ ދިވެހި ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައި.

26 މާރޗް 2017 | އާދީއްތަ 02:32
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
މި ސަރުކާރު ވަރަށް ރަނގަޅަށް ބަލިކަށިވެއްޖެ: ނިޒާރު

މިއަދު ނޫސްވެރިޔަކު ކުރި ސުވާލަކަށް ޕީޕީއެމް ޕީޖީ ގުރޫޕުގެ ލީޑަރު އިންޒާރު ދިނީ. އެއީ ކުރެވުގެން ވާނެ ކަމެއް ނޫން. އެފަދަ އިންޒާރެއް ނުދެވޭނެ. ނަމަވެސް ޤާނޫނުތައް ހަދައިގެން، ބޭނުންވާ ކަންތައްތައް ކުރަމުންގެންދާ މަންޒަރު އަޅުގަނޑުމެންނަށް ފެނިގެންދިޔައީ. ރައީސް ޔާމީންގެ ސަރުކާރު ވަރަށް ބަލިކަށިވެއްޖެ. މި ހުރިހާ ދުވަހު ކުރި މަސައްކަތުން ކުރިޔާ ކުރިއާއި ހަމައަށް މެމްބަރުން ހަމަކުރެވުނީ. އެކަންވެސް އަދަދު ހަމަނުކުރެވުނު. އެހެންވީމައި ވަރަށް ބޮޑަށް ބަލިކަށިވެއްޖެކަން ހާމަވެއްޖެ.

26 މާރޗް 2017 | އާދީއްތަ 02:28
Writer Profile Picture
މުހަންމަދު ވިސާމް
ރ. އިންނަމާދޫ އެމްޑީޕީ ޖަލްސާ
ރ. އިންނަމާދޫގައި އެމްޑީޕީން މިރޭ ބާއްވާ ޖަލްސާ އަކީ ކުރިއަށް އޮތް ލޯކަލް ކައުންިސލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން އިންނަމާދޫ ކައުންސިލަށް އެޕާޓީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުން ތާރަފްކުރުމަށް ބާއްވާ ޖަލްސާއެކެވެ.މި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވާހަކަ ދައްކަވާނެވެ. މި ޖަލްސާ ކުރިއަށް ގެންދިއުމަށް ހަމަަޖެހިފައި ވަނީ އެރަށު އެމްޑީޕީ ހަރުގޭގައެވެ.
26 މާރޗް 2017 | އާދީއްތަ 02:26
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ރައީސް ޔާމީންގެ ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުން: ނިޒާރު

މި ރާއްޖޭގެ ހާލަތާއިމެދު އިތުރަށް ދައްކާނެ ވާހަކައެއް ނެތް. ހުރިހާ ރައްޔިތުނަނަށް މި ރާއްޖެ އޮތް ހާލަތު މިދަނީ ފެންނަމުން. މީގެކުރިން ރާއްޖޭގައި ހުރި ޤާނޫނުތައްފެނިފައި މިހާރު ހިނަ އާދޭ. ލަކުޑީގެ ޤާނޫނުތައް ފަދަ ޤާނޫނުތައް. ނަމަވެސް އެ ޤާނޫނުތަކަކީ އޭރަށް ވަރަށް މުހިންމު ޤާނޫނުތަކެއް. 2008 ވަނަ އަހަރު ހޯދި ޤާނޫނު އަސާސީއަކީ ރައްޔިތުންނަށް ރައްޔިތުން ބޭނުންވާ ހައްޤުތައް ލިބިގެންދިޔަ ޤާނޫނު އަސާސީއަކަށް. ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އެ ޤާނޫނު އަސާސީގައި ހިމެނުނު. ޤާނޫނު އަސާސީގެ ދެވަނަ މާއްދާގައި ވަރަށް ފުރިހަމައަށް ހައްޤުތައް ލިޔެވިގެންދިޔަ. އަދި އެ ހައްޤުތަކަކީ ކަށަވަރުކޮށްދީފައިވާ ހައްޤުތަކެއްކަމުގައި ކަނޑައެޅި. އެ ހައްޤުތައް ހިމާޔަތްކޮށް ކަށަވަރުކޮށްދިނީ ވެރިކަމުގެ ތެރެއިން ހައްޤުތައް ހަނިކޮށްފާނެތީ. އެކަންކުރުމަށް ފުރުސަތު ނުދިނުމަށް. ރައީސް ޔާމީންގެ ސަރުކާރުގެ ބޭނުމަކީ ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުން.

26 މާރޗް 2017 | އާދީއްތަ 02:26
Writer Profile Picture
އަބުދުﷲ ނަސީރު އިބްރާހިމް
ފަލަސުރުހީ - ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތައް

އެމްޑީޕީ، ޖުމްހޫރީ ޕާޓީ، ޕީޕީއެމް ރައީސް މައުމޫނު އަބްދުއް ޤައްޔޫމް ފެކްޝަން އަދި އަދާލަތު ޕާޓީ ގުޅިގެން މާފަންނު ކުނޫޒުގައި ޖަލްސާއެއް ބާއްވާއިރު، އެމްޑީޕީން ރ. އިންނަމާދޫގައި ޖަލްސާ ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

26 މާރޗް 2017 | އާދީއްތަ 02:15