Raajje.mv

އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ

24 މާރިޗު 2017
7652
އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ

އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ

24 މާރިޗު 2017 | 23:19

ވޯކިން ގްރޫޕުން ދަނީ ސިޔާސީ ލީޑަރުން މިނިވަންކުރުމަށް ގޮވާލަމުން : އިންތި

އދިގެ ވޯކިން ގްރޫޕުން ދަނީ ސިޔާސީ ލީޑަރުން މިނިވަން ކުރުމަށް ގޮވާލަމުން، ރައީސް ނަޝީދު އަށް ހުކުމް ކޮށްފައި ވަނީ ބޭއިންސާފުން ކަމަށް އެދަނީ ބުނަމުން، ކާނަލް ނާޒިމް ވެސް މިނިވަން ކުރުމަށް އެދަނީ ތަކުރާރުކޮށް ގޮވާލަމުން، މިވަރުން ވެސް ރާއްޖޭގެ ކޯޓުތަކުން ދަނީ ތަފާތު ބަޔާންތަށް ނެރެމުން، ބިރުދައްކަން އިންޒާރުދަނީ ދެމުން

24 މާރިޗު 2017 | 23:14

ކޮންމެ ގެެއެއްގައި ވެސް ގައުމީ ދަދަ ނެގޭނެ: އިންތި

ދިވެހި ރާއްޖޭގެ ފަހުރުވެރި ދިދަ އުފުލުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބޭ ހައްގެއް، ކޮންމެ ގެއެއްްގައި ވެސް ދިދަ ނެގޭނެ، ދުނިޔޭގެ މިނިވަން ގައުމުތަކުން އެކަން ފެންނާނެ، އަލުގަނޑަކަށް ނޭގެ ސައުދީ އަރަބިއްޔާގައި މިކަން އޮންނަނީ ކިހިނެތް ކަމެއް، ޖުމްހޫރީ ޕާޓީއަށް މި އަންގަނީ އެޕާޓީގެ ދިދަ ބޭނުން ނުކުރުމަށް، ޖުމްހޫރީ ޕާޓީގެ ދިދަ އަކީ އެޕާޓީގެ ދިދަ، އެޕާޓީގެ ހަރަކާތަކުގައި ބޭނުން ކުރެވޭނެ ، ދެންނޭގެ ކޮންތާކުންކަމެއް ގަވައިދު ނެރެނީ

24 މާރިޗު 2017 | 23:14

މ.ކުނޫޒުން ގާސިމް އިބްރާހިމް

ޤާނޫނު އަސާސީއަކީ ރައްޔިތުންގެ މަސައްކަތުން ހޯދާފައިވާ އެއްޗެއް. ރައްޔިތުންގެ ހައްގުތައް ނިގުޅައިގަނެފައި މިސަރުކާރުން މިއޮތީ. އެތައް ބަޔަކު އެބަ ވާހަކަދައްކަވާ ޤާނޫނާއި ޙިލާފަށް ކަންތައް ކުރައްވަމުން ގެންދަވާތަން އެބަފެނޭ. ރައީސް ޔާމިނަށް އެހީތެރިވެދިން އެންމެން ތިބީ ކޮންތާކުތޯ މިއަދު. މިއަދު މި ގައުމު ސަލާމަތް ކުރަން އެބަޖެހޭ. ތާއީދު އޮތް ލީޑަރުންނާއި އެންމެން މިތިބީ މިތަނުގައި. ރައީސް ޔާމިންގެ ފަޅިގައި ތިބި މެމްބަރުންވެސް ވޯޓް ދެއްވާނީ މަސީޙް ބޭރުކުރަން. ރައީސް މައުމޫނުގެ ފަޅިއަށް ތާޢީދުކުރައްވަންވީ.

24 މާރިޗު 2017 | 23:09

ވެރިކަން ނިންމާނަން، ކަމަކަށް ފަހު ކަމެއް ހައްލުކުރާނަން : އިންތި

ޔާމީން އަބްދުﷲ ގައްޔޫމް އަކީ ކާކުތޯ، ރައްޔިތުންނަން އަނިޔާވެރިވާ ވެރިކަން، އެއްވެއުޅުމާއި ހިޔާލުފާޅުކުރުން ހަނިކުރާ ވެރިކަންްތަން ބަދަލުވާނެ ، ދުނިޔޭގެ ތާރީހުން އެކަން ފެންނަން އެބަހުރި، ދުނިޔޭން އެކަހެރިވެ ބައިނަލް އަޤްވާމީ ޖަމިައްޔާތަކުން ރައީސް ޔާމީީން ވަިކިވަނީ ގޮތްހުސްވެގެން، މިއަދު އަޑުއިވުނީ އުފާވެރި ހަބަރެއް، ސިޔާސީ ޕާޓީތަށް ގުޅިގެން މަޖިލީހުގެ ތެރެއިން ރައްޔިތުންގެ ޙައްގުތަށް ހޯދަދޭނަން، ހައްގުތަށް ކަށަވަރުކޮށްދޭނަން، މަޖިލީހުގެ ރައީސް ބޭރުކުރިުމަށް ފަހު ކަމަކަށް ފަހު ކަމެއް ބަދަލުކުރާނަން

24 މާރިޗު 2017 | 22:53

މ. ކުނޫޒުން މުހައްމަދު ނާޒިމް

މަސީހްގެ އަކީ މަޖިލީހެ ރައީސް ކަމުން ބޭރުކުރައްވަން ޖެހޭ ބޭފުޅެއް. ޕީޕީއެމްގެ މެމްބަރުންވެސް ދެކޮޅު ހައްދަވާ. ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ބުނަނީ ޖެނުއަރީގައި ބޭއްވުމަށް. ޕީޕީއެމްގެ ރައީސް ޔާމިންގެ ފެކްޝަނުން ކައުންސިލްއަށް ކުރިމަތިލާނެ ބޭފުޅަކު ނުލިބުނު. މިކުރާ މައްސަކަތަކީ ރައްޔިތުންނަށް ރައްޔިތުންގެ ވެރިކަން ހޯދައިދިނުމަށް ކުރާ މަސައްކަތް.

24 މާރިޗު 2017 | 22:44

ސަރުކާރު ވަނީ ގުޑުގުޑު އަޅާފައި، ސަރުކާރު ވެއްޓޭނެ: ޝާހިދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ވަނީ ގުޑުގުޑު އަޅާފައި ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އެމަނިކުފާންގެ ވެރިކަން ބަދަލުވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

24 މާރިޗު 2017 | 22:41

ތަރައްޤީ ބޭނުމިއްޔާ ސަރުކާރަށް ވޯޓް ދޭންޖެހޭނެ ކަމަށް ބުނެ، ސަރުކާރުން ދަނީ އޮޅުވާލަމުން: ޝާހިދު

މާޅޭ ސިޓީ ކައުންސިލްގައި ތިއްބަވަނީ އެމްޑީޕީގެ މެމްބަރުން، މެޖޯރިޓީ އޮތީ އެމްޑީއަށް، އެހެންނަމަވެސް ތަރައްގީގެ ނަމުގައި ސަރުކާރުން ދަނީ ތަފާތު ކަންކަން ކުރައްވަމުން ، މާލޭ ހުޅަނގު ފަރާތުގައި ތަރައްޢޤީގެ ނަމުގައި ރަސްފަނު ވެސް ގާއިމް ކުރި، އެތަނުގައި ދުވާ ޓްރެކެއް ވެސް ގާއިމް ކުރި، އެހެންނަމަވެސް މާލޭ ގައި ތިއްބެވީ އެމްޑީޕީގެ ކެނޑިޑޭޓުން، ، ، ، ރައްޔިތުންނަން އަސާސީ ހިދުމަތްތަށް ސަރުކާރުން ކޮއްދެންވަން ޖެހޭނެ، ކޮންމެ ޕާޓީއަކަށް މެޖީރިޓީ އޮތަސް،

24 މާރިޗު 2017 | 22:34

ހެންވޭރު އުތުރު ދާއިރާގެ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު

އިދިކޮޅު ސިޔާސީ ޕާޓީތަށް އެކުގައި މަސައްކަތް ކުރުމަށް އެއްބަސްވުމެއްގައި ސޮއިކުރުމުން ދިވެހި ރައްޔިތުންގެ ހިތްތަކަށް އުންމީދު ލިބިައްޖެ ، ސަރުކާރަށް ވެރިވީ ނާމާކަން، ރައީސް މުހައްމަދު ނަޝީދު ޖަލަށް ލުމަށް ހުކުމް ކުރި ދުވަހުން ފެށިގެން އެމްޑީޕީގެ މެމްބަރުން ކުރި މަސައްކަތުން ލިބުނު ކާމިޔާބެއް މިއީ، މިއީ ފެށުމެއް، އެމްޑީޕީގެ މެމްބަރަުންގެ މަސައްކަތް ހުއްޓާލާނީ ރައީސް މުހައްމަދު ނަޝީދު މިނިވަންކުރުމަށް ފަހު، ރައީސް ކަމަށް އިންތިހާބުކޮށްފައިި

24 މާރިޗު 2017 | 22:24

ނައިފަރު ޖަލްސާގައި މިހާރު ވާހަކަ ދައްކަނީ އެދާއިރާގެ އަތޮޅު ކައުންސިލްގެ ކެނޑިޑޭޓް މުހައްމަދު ހުސެއިން

ރައީސް ޔާމީންގެ ސަރުކާރުން ލާމަރުކަޒީ ނިޒާމް ފުނޑާލާފައި ވާއިރު ، އެކަންކަން ހައްލުކުރުމަށް ކައުންސިލް ތަކުގައި އެމްޑީޕީގެ ކެނޑިޑޭޓުން ތިބެންޖެހޭ، ހާއްސަކޮށް މި އަތޮޅުގެ ހުރިހާ ގޮނޑިތަކެއް ކާމިޔާބުކުރަންޖެހޭ، ލާމަރުކަޒީ ނިޒާމުން ރަށު ތަރައްޤީއަށް މަސައްކަތް ކުރަން އިނގޭނީ އެމްޑީޕީގެ ކެނޑިޑޭޓުންނަން، އެމްޑީޕީން ލާމަރުކަޒީ ނިޒާމް ރައްޔިތުންނާއި ހަމަޔަން ގެނެސްދިނީ

24 މާރިޗު 2017 | 22:19

ނައިފަރުން: އިބްރާހިމް ޝިމާއު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދިނުމަކީ ފަރުދީ ޒިންމާއެއް، ރަށު ތެރެއިން އަބަދުވެސް އަޑު އިވެނީ ރައީސް ޔާމީން ސަރުކާރުން ހިންގާ ކޮރަޕްޝަންގެ ވާހަކަ ، ތަކެތީގެ އަގު ބޮޑުވާ ވާހަކަ، ، އެހެންކަމުން ރައްޔިތުންގެ ކަންބޮޑުވުންތަކުގެ އަޑު ސަރުކާރަށް އިއްވުމުގެ ގޮތުން ކައުންިސލް އިންތިހާބުގެ މެޖޯޜިޓީ އެމްޑީޕީން ނަގަން ޖެހޭ، ސަރުކާރުން އަބަދުވެސް ބުނަނީ އެމްޑީޕީގައި ޒުވާން ކެނޑިޑޭޓުން ނެތް ވާހަކަ، އެއީ ކަނޑައެޅިގެން ދޮގެއް، ނައިފަރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރަނީ ޒުވާން ގާބިލް ކެނޑިޑޭޓުން

24 މާރިޗު 2017 | 22:13

އިލެކްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ދުރުކުރާނަން: އަލީ ނިޔާޒު

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގެ ކުރިން އިލެކްޝަން ކޮމިޝަންގެ މެމްބަރުން މަގާމުން ވަކިކޮށް. ، މެއި 6 ވަނަ ދުވަހު މިނިވަން އިންސާފްވެރި އިންތިހާބެއް ބާއްވާނި މުޅިން އައު ކޮމިޝަނަކާއި އެކު، އިލެކްޝަން ކޮމިޝަންގެ މެމްބަރުން ހައްދަވަނީ ކަނޑައެޅިގެން ބުހުތާން ދޮގުކަން މިވަނީ ފަޅާއަރާފައި، ރޯގާ ފެތެރޭކަމަށް ބުނެ ކައުންސިލް އިންތިހާބު ފަސްކުރުމުން ، ސަރުކާރުން ސުކޫލުތަށް ހުޅުވީ،

24 މާރިޗު 2017 | 22:10

ވޯޓް ކަމިޔާބުކުރުމަށް ފަހު ގާނޫނުތަކަށް ބަދަލުގެންނާނަން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހްގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށް ފަހު ގާނޫނުތަކަށް ބަދަލުގެންނާނަން، އެންމެ ފުރަތަމަ ވެސް އިދާރީ ދާއިރާތަށް ލާމަރުކަޒީ ނިޒާމުން ހިންގުމުގެ ގާނޫނަން ބަދަލުގެނެސް ކައުންސިލް ތަކަށް ބާރުވެރިކަން ހޯދަދޭނަން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ކައުންސިލްތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ކައުންސިލް ތަކަށް އެރަށްރަށުގެ ރައްޔިތުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި އަދި ބިން ދޫނުކުރެވުން، އެހެންނަމަވެސް އެމްޑީޕީން މަޖިލީހުގެ ތެރެއިން އެކަން ހައްލުކޮށްދޭނަން

24 މާރިޗު 2017 | 22:07

ފާރިސް މައުމޫން ފުލުހަށް ހާޒިރުކުން

އަންނަ ހޯމަ ދުވަހު މަސީހްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އޮތް އިރު މިއީ ބިރުދެއްކުމަށް ކުރަމުންދާ ކަމެއް. ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ބިރުދެއްކުމަށް ކުރަމުންދާ މަސައްކަތް ފެނިގެންމިދަނީ. ހައްޔަރު ކުރަން ބޭނުންވާކަން އިނގޭ. އެހެންނަމަވެސް އަޅުގަނޑު ހައްޔަރެއް ނުކުރެވޭނެ. މިއީ ސިޔާސީ ގޮތުން ކުރާ ކަމެއް. ކިތަންމެ ގިނައިންވެސް ފުލުސް އޮފީހަށްދާން ތައްޔާރަށް މިއިނީ. ހައްޔަރު ކޮށްފާނެ. މި ހިތްވަރުގެ ސަބަބުން އެތައް މެމްބަރުންނަށް ހިތްވަރު ލިބިގެންދޭ. ފަހަތަށް ނުޖެހޭނަން. ރައީސް މައުމޫނުގެ ދަރިކަލުން އަދި މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިޝް މައުމޫނު މިރޭ ހައްޔަރުކޮށްފާނެކަމަށް ވާހަކަތައް ފެތުރިފައި ވަނިކޮށް ފާރިޝް ފުލުސް އޮފީހަށް ހާޒިރުކޮށްފިއެވެ. ފާރިޝް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރުވެސް އިއްޔެވެސް ފާރިޝްވަނީ ފުލުހަށް ހާޒިރުކޮށްފައެވެ. ފާރިޝް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުން ގެންދަނީ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ދުވަސްވަރުގެ ރިޔާސީ ގަނޑުވަރުގެ އޮޑިޓް ރިޕޯޓްތަކާއި ގުޅިގެންނެވެ. ނަމަވެސް ފާރިޝްއަކީ އޭރުގައި ގަނޑުވަރުގެ ނުވަތަ ސަރުކާރުގެވެސް އެއްވެސް މަޤާމެއްގައި ހުންނެވި ބޭފުޅެއް ނޫނެވެ.

24 މާރިޗު 2017 | 22:05

އަލީ ނިޔާޒު: އެމްޑީޕީ ޗެއާޕާސަންގެ ނައިބް

އިސްލާހީ މަސައްކަތުގައި މި ދާއިރާގެ ރައްޔިތުންނަކި މުހުންމު ބައެއް، ތާރީހް އެކަމަށް ހެކިވޭ، އަންނަ 27 ވަނަ ދުވަހު ރައްޔިތުންގެ މަޖިިލީހިުގެ ރައީސް އަބްދުﷲ މަސީހްގެ އިތުބާރުނެތްކަމުގެ މައްސަލަާގެ ވޯޓް ނަގާއިރު މި ދާއިރާގެ ވީހާވެސް ގިނަ މެމްބަރުން މާލެ އެރުވުމަށް އަޅުގަނޑު ގޮވާލަން، އަދި ނައިފަރު ދާއިރާގެ މެމްބަރު ސިޔާމް ސަރުކާރު ތަމްސީލްކުރިނަމަވެސް މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް ވޯޓް ދެއްވާނެ ކަމަށް އުންމީދުކުރަން ،

24 މާރިޗު 2017 | 22:02

މ. ކުނޫޒުން އަބްދުލް މަޖީދު އަބްދުލް ބާރީ

ވެރިންގެ ކިބައިން ގޯސްކޮށް ކަންކަން ފެންނަ ނަމަ އެކަމާއި ދެކޮޅަށް ވަކާލާތު ކުރަން ޖެހޭނެ. އަދި އެވެރިއަކާއި އެއްބައިވާ މީހުންނަކީ އަނިޔާދޭ މީހުން. އެނުބައި ކަމުގެ ބައިވެރިއެއްގެ ގޮތުގައި ފެނިގެންދާނީ. ޤާނޫނުގައި ކަނޑައަޅާ ބަޔާންކޮށްފައި އޮވޭ އިންތިހާބުތައް ބާއްވަން. އެހެންނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިދަނީ އިންތިޚާބުތައް ފަސްކުރަމުން.

24 މާރިޗު 2017 | 21:58

ނަފަރުގެ ތަރައްޤީއަށް ވަނީ އިހްމާލުވެފައި : ކާރިމް

ސަރުކާއަށް ތާއިދު ކުރާ މެމްބަރެއް ނައިފަރު ދާއިރާ ތަމްސީލް ކުރަމުންދާއިރު ނައިފަރުގެ ތަރައްގީއަށް ސަރުކާރުން ވަނީ އިހްމާލުވެފައި، އެހެންކަމުން ސަރުކާރު ޖަވާބު ދާރީކުރުމަށް އެމްޑީޕީގެ ކެނޑިޑޭޓުންނަން ވޯޓް ދޭންޖެހޭ، ނައިފަރުގެ މަގުތަކުގެ މައްސަލައަށް އަދިވެސް ހައްލެއް ނާދޭ، ބަނދަރުގެ މައްސަލަ ވެސް ހަމަ އެފަދަ ހާލެއްގައިި

24 މާރިޗު 2017 | 21:52

ނައިފަރުގެ މެޖޯރިޓީ އެމްޑީޕީން ނަގާނަން : ކާރިމް

ނައިފަރުގެ ތަރައްްޤީއަށް މަސައްކަތް ކުރައްވަން ބޭފުޅުން ކަނޑައަޅާނީ ސަރުކާރުގެ އިސްވެރިންނެން ނޫން، ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރައްވާ ބޭފުޅުން އަންޔަން ކުރާނީ ތިޔަ ބޭފުޅުންގެ ވޯޓުން، ނައިފަރުގެ ރައްޔިތުންގެ ވޯޓުން

24 މާރިޗު 2017 | 21:49

މުހައްމަދު ވަހީދް އިބްރާހިމް - ލޯޔަރު ވައްޑެ

އަދުލު އިންސާފެއް ނެތް ތަނެއްގައި އަމާންކަމެއް ނޯންނާނެ. ގައުމު އިސްކުރަން އެބަޖެހޭ. ޕީޕީއެމްގެ އޮފީހެއް ނަމުގައި އިތުރު އޮފީހެއް ހުޅުވިތަން ފެނިގެންދިޔައީ މިގައުމުގެ ރައީސުލްޖުމްހުރިއްޔާ. ކޮބައިތޯ ފުލުހުން. މަސީހްއާއި ދެކޮޅަށް ޖަލަށް ދާން ޖެހުނަސް ވޯޓް ދޭނަން. މިއީ ގައުމުގެ އަދި ރައްޔިތުންގެ ހައްގުގައި ކުރާނެ ކަމެއް، ރަހުމެއް ހަމްދަރްދީއެއް އޮތް ސަރުކާރެއް ނޫން. ދިއްގަރު ދާއިރާގެ މެމްބަރު ނާޒިމް. ކޮބައިތޯ އަދީބް. ކޮބައިތޯ ކުރީގެ ޑިފެންސް މިނިސްޓަރ ނާޒިމް. މި މިސާލުން ބެލުމުން އިނގޭނެ ވެރިކަމަށް ވަޑައިގެން ހުންނެވީ ބަދަލު ހިއްޕަވަން. އަނިޔާވެރިންނާއި ނުބައި ރޭވުންތެރިންގެ ކިބައިން މިގައުމު ސަލާމަތް ކުރުން.

24 މާރިޗު 2017 | 21:48

ނައިފަރު ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާ ކެނޑިޑޭޓުންގެ ތާރަފްކުރުން

ކުރިއަށް އޮތް ލޮކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރާ ކެނޑިޑޭޓުން މިހާރު ދަނީ ތާރަފްކުރަމުނެވެ. މި ޖަލްސާގައި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް އަލީ ނިޔާޒު އާއި ރައްޔިތުން މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ، ރައްޔިތުން މަޖިލީހުގެ މެމްބަރު އަބްދުﷲ ޝާހިދު ބައިވެރިވަޑައިގަންނަވައެވެ.

24 މާރިޗު 2017 | 21:45

ނައިފަރު ޖަލްސާ

ނައިފަރުގައި އެމްޑީޕީން ބާއްވާ ޖަލްސާއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ނައިފަރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ތަރާފްކުރުމަށާއި ކެންޕޭން ރަސްމީކޮށް ލޯންޗުކުރުމަށް ބާއްވާ ޖަލްސާ އަކެއެވެ. ކީރިތި ގުރުއާންގެ ބަރާކާތުން ޖަލްސާ ފައްޓަވާއިދެެއްވާފައި ވަނީ މުހައްމަދު ހުސެއިން

24 މާރިޗު 2017 | 21:39

މ. ކުނޫޒުން އެމްޑީޕީގެ ނައިބް ރައީސް ޝިފާޒް

މިނިވަކަން ހާސިލް ނުކުރެވޭ ހިނދަކު ގެއަށް ވަޑައިނުގެންނަވާނެ. ރައްޔިތުންގެ ތާއީދު ނެތް ވެރިއެއްގެ ވެރިކަން މިދަނީ ތަހައްމަލް ކުރަމުން. ރައީސް ޔާމިންނަށް އެގޮތަށް ވެރިކަން ދެމެހެއްޓިދާނެ ކަމަށް ޤަބޫލުކުރައްވައިގެން ނުވާނެ. އިންތިޚާބު މިދަނީ ލަސްކުރަމުން. ރާއްޖޭގެ ރައްޔިތުންގެ މެމްބަރުންގެ ގޮތުގައި ތިބި މެމްބަރުންނަށް ނުހައްގުން މިދަނީ ކަންތައް ކުރަމުން. ޤަވާއިދެއް އުސޫލެއް ނެތި މުއައްސާސާތައް ހިންގަމުން މިދަނީ. މިހުރިހާ ކަމެއް ހުއްޓުވުމަކަށް ގެނައުމަށްޓަކައި މަސީހް މަޤާމުން ދުރުކުރަން ޖެހޭ.

24 މާރިޗު 2017 | 21:38

އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ

އިދިކޮޅު ފަރާތްތަކުން ބާއްވާ ޖަލްސާ ކުނޫޒު އަދި އެމްޑީޕީން ޅ. ނައިފަރުގައި ބާއްވާ ޖަލްސާ

ނައިފަރުގައި އެމްޑީޕީން ބާއްވާ ޖަލްސާއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ނައިފަރު ދާއިރާއަށް އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެނޑިޑޭޓުން ތަރާފްކުރުމަށާއި ކެންޕޭން ރަސްމީކޮށް ލޯންޗުކުރުމަށް ބާއްވާ ޖަލްސާ އަކެއެވެ. ކީރިތި ގުރުއާންގެ ބަރާކާތުން ޖަލްސާ ފައްޓަވާއިދެެއްވާފައި ވަނީ މުހައްމަދު ހުސެއިން