ފަލަސުރުޚީ ގައްދޫގައި އެމްޑީޕީން ބާއްވާ ޖަލްސާ

  • އެމްޑީޕީ ނައިފަރު ޖަލްސާ
  • އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް
  • މިހާރު ވާހަކަ ދައްކަވަނީ އަމީރު
 
Writer Profile Picture
މުހަންމަދު ވިސާމް
އެމްޑީޕީ ނައިފަރު ޖަލްސާ

މި ޖަލްސާއަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ނައިފަރު ދާއިރާއަށް އަށް ކުރިމަތިލާފައިވާ ކެނޑިޑޭޓުންނާއި އެ ދާއިރާގެ ކެންޕޭން ރަސްމީކޮށް ފެށުމަށް ބާއްވާ ޖަލްސާއެކެވެ.

25 މާރޗް 2017 | ހޮނިހިރު 02:18
Writer Profile Picture
އަހުމަދު ފައިރޫޒު
އެމްޑީޕީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް

ރައްޔިތުންގެ މަންދޫބުން އަަބަދުވެސް ރައްޔިތުން ބޭނުންވާ ކަންކަމުގެ ވާހަކަ ދައްކަވާނެ، އެކަމަކު އެއީ މިހާރު ފެންނަކަމެއް ނޫން، އެކަން ބަދަލުކުރަން މިމަހުގެ 27 ވަނަ ދުވަހު މާލެ އަރަންޖެހޭ، އިއްވެސް ވިދާޅުވީ ފ. އަތޮޅުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް، ރައީސް ޔާމިން ފ. އަތޮޅާއި މެދު މި ކަންކުރައްވާ ގޮތުގެ އެއްވެސް ތަފްސީލެއް ނުދެއްވާ، ލިބޭ މައުލޫމާތަށް ބަލާއިރު އެ އަތޮޅުވެސް ވިއްކާލަނީ، ބިން ވިއްކުމާއި ބެހޭ ގާނޫން އަލުން ބަދަލުކުރާނަން، އެކަން އެނޫން ގޮތަކަށް ވިޔަކަ ނުދޭނެ، ރައީސް ޔާމިން ވެރިކަމަށް ގެންނަވަން މަސައްކަތް ކުރެއްވި ނާޒިން އެންމެ ފުރަތަމަ ގުރުބާންކޮށް ކަންބަޅި އަކަށް ހެއްދެވީ ކާކުތޯ، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ނާޒިމް އާ ކުރީގެ ނައިބު ރައީސް އަދީބު ކަންބަޅިއަކަށް ހެއްދެވީ ކާކުތޯ،  މިއަދު ނުކުމެ ވަޑައިގެން މަޖްލީހުގެ ރައީސް ކަންބަޅި އަކަށް ހަދަނީއޭ ވިދާޅުވުމަކުން، ޤަބޫލެއް ނުކުރެވޭނެ، މަސީހު ބޭރުކުރުމަށްފަހު ވެރިކަންކުރާ ފަރާތްތައް ޒިންމާދާރު ކުރުވާނަން، އިލެކްޝަންސް ކޮމިޝަންވެސް ޒިންމާދާރު ކުރުވާނަން، އާ ގާނޫނު އަސާސީ ހޯދީ އެތައް ބަޔަކު ބޮޑެތި ގުރުބާންތަކެއް ވެގެން، ޖަލަށް ގޮސް އަދަގޮނޑި ޖެހިގެން، އެކަމަކު މިއަދު މަޖްލީހުގެ ރައީސް ހުރިހާ ކަމެއް ނިގުޅައިގަނެފި، އެއްވެ އުޅުމާއި ޚިޔާލު ފާޅުކުރުމާއި މިނިވަން ނޫސްވެރިކަންވެސް މިވަނީ ނިގުޅައިގަނެފަ، 

 

އެއްވެ އުޅުމުގެ މިނިވަންކަންވެސް މި ވަނީ ނިގުޅައިގަނެފަ، މިހުރިހާ ކަމެއް ކުރެވެން އަންނަނީ މަޖްލީހުގެ ރައީސް ބޭރުކޮށްގެން، އިރާދަކުރެއްވީ 27 ވަނަ ދުވަހު އޮންނަ ވޯޓު ކާމިޔާބުވާނެ، އަޅުގަނޑުމެން މިއުޅެނީ ރައްޔިތުންގެ މަޖްލީހެއް ރައްޔިތުންނަށް ހޯދައިދިނުމަށް، މި ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކުރާނީ ރައްޔިތުންގެ މަޖްލީހަކާއެކު، ރައީސް ނަޝީދުގެ މެސެޖެއް އެބަ އޮތް، އެމަނިކުފާނު ވިދާޅުވަނީ ލާމަރުކަޒީ ނިޒާމް ހޯދާނީ ތިޔަ ރައްޔިތުންނާއި އެކުގައި ކަމަށް

24 މާރޗް 2017 | ހުކުރު 04:23
Writer Profile Picture
އަހުމަދު ފައިރޫޒު
މިހާރު ވާހަކަ ދައްކަވަނީ އަމީރު

ގަޓު ހުރުމަކީ ކޮރަޕްޝަނާއި ފަސާދައާއި އަނިޔާވެރިކަމެއް ނޫން، ގަޓު ހުރުމަކީ ސަރުކާރުގެ ފިއްތުންތަކާއިއެކުވެސް، ސަރުކާރަށް ފާޑުކިޔައި ސަރުކާރު ޖަވާބުދާރީ ކުރުވުން، ގައުމުގައި އޮތީ ވައްކަމާއި ކޮރަޕްޝާން، މިކަންނަން ހުއްޓުވަން މަޖްލީހުގެ ރަޢީސް ވަކިކުރަން، އެމްޑީޕީވެސް އެހެން ޕާޓީއަކަށްވެސް މަސައްކަތް ނުކުރެވެނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކީ ސަރުކާރުން ބޭނުންވާ ގޮތަށް ރަބަރ ސްޓޭމްޕްޖަހާ މީހަކަށްވުމުން، މަޖްލީހުގެ ބޭނުންކުރަނީ ސަރުކާރުގެ މެންބަރުންގެ ޖީބުތައް ފުރަން، އެކަމަށް އަމިއްލަ ކޮޑްނީ ވިއްކަން ޖެހުނަސް އެދަނީ ސަރުކާރުން ކުރަމުން، ރައްޔިތުންނަށް ފަސޭޙަވާ އެއްވެސް ޤާނޫނެއްވެސް ހެދިފައެއް ނެތް، 27 ވަނަ ދުވަހު އޮންނަ ވޯޓްގައި މަސީހު ބޭރުކުރުމަށް ވޯޓް ދިނުމަށް ގައްދޫ ދާއިރާގެ މެންބަރަށް ގޮވާލާން،

 

ސަރުކާރުން ކުރާ ކޮންމެ ކަމެއް ކުރަންޖެހޭ އެތައް ފަހަރަކު، އެކަން އެހެންނުވަނީ ވަޒީރުން މަޖްލީހަށް ހާޒިރު ނުކުރެވުން، އެއީ މަޖްލީހުގެ ރައީސް ގެ ސަބަބުން ނުވެގެން އުޅޭކަމެއް، ސަރުކާރުން ބޭނުންވަނީ ރައްޔިތުން ހެއްވާލާކަށް ނޫން، 5 އަހަރު ދުވަހުގެ ތެރޭގައި އެވެރިންގެ ޖީބުތައް ފުރާލާ އިދިކޮޅު ފިކުރުގެ މީހުން ކުޑަކޮޅިއަށްލުން، މި ރައީސަށް ދުނިޔޭގެ ދެވޭ އެއްވެސް ގައުމެއް ނެތް، ދެން މި ދެވެނީ ހުދުމުހުތާރު ވެރިކަންކުރާ ތަންތަނަށް، ސައުދީންވެސް އުޅެނީ ރަނގަޅު ކަމަށް ދައްކައިގެން، މިނވަން މުއައްސަސާތަކުގެ ވެރިން އެބަޖެހޭ ޒިންމާދާރުވާން، 

 

މި ސަރަހައްދުގައި އެއާޕޯޓް އަޅަނީ ސަރުކާރަކުން ވިޔަސް އެއީ ގައްދޫ ރައްޔިތުންގެ ފައިސާ، ސަރުކާރުން ވަނީ ސޮވެރިން ގެރެންޓީ ދީފަ، އެއީ އެއްވެސް ޙާޅެއްގައި މި ދާއިރާގެ މެންބަރު ނޫނީ ސަރުކާރުގެ ފައިސާއެއް ނޫން، އެއީ ރައްޔިތުންގެ ފައިސާ، އެކަންކަން ރައްޔިތުންނަށް އޮޅުވާލައިގެން ކުރާނެ ކަމެއް ނޯންނާނެ

24 މާރޗް 2017 | ހުކުރު 04:05
Writer Profile Picture
އަހުމަދު ފައިރޫޒު
އަލީ ނިޒާރު ހިތަދޫ ދެކުނު ދާއިރާގެ މެންބަރު

ދުނިޔޭގެ އެންމެ އުފާވެރި ގައުމުތަކުގެ ލިސްޓު އެކުލަވާލިއިރު، ރާއްޖޭގެ ނަމެއްނެތް، އެއީ ވަރަށް ދެރަކަމެއް، ރާއްޖޭގެ ނަން އޮންނަންޖެހޭ، ރާއއްޖެއަކީ މިސަރަހައްދުގައި އެންމެގިނަ އެއްޗެއް ބޮލަކަށް ޖެހޭ ގައުމު، އެކަންކަން ނުވާތީ ލާމަރުކަޒީ ޤާނޫނެއް ގެންނަން ޖެހުނީ، އެކަމަކު އަޅުގަނޑުމެންގެ ވާދަވެރިންނަކީ މި ނިޒާމާއި ވަރަށް ބީރަށްޓެހިބަޔެއް، ރިސޯޓްތަކުން ދައުލަތަށް ބޮޑެތި އަަދަދުތަކުން ފައިސާ ވަންނައިރު، ޖެހިގެން އޮންނަ ރަށުގެ ނަރުދަމާ އަޅާ ނުލެވުމަކީ ހިތާމަކުރަންޖެހޭ ކަމެއް، މީ ސަރުކާރަކުން ކުރަންޖެހޭކަންކަން، މިކަން ފަސޭހައިން ކުރެވެން އަންނަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން، އޭރުން ރައްޔިތުންނާއި ގާތުން ޚިދުމަތްތައް ފޮރުކޮށްދެވޭނީ: ނިޒާރު

 

އަޅުގަނޑުމެން މިވާހަކަ ދައްކަނީ ގައުމު ހަމަ މަގަށް އަޅުވަން، އެކަމަކު ރާއްޖޭގެ ބައެއް ރަށްރަށުގައި 4 މަސްވަނީ ގުރުއާން ކިޔަވައިދޭނެ ޓީޗަރެއްނެތް، ހުކުރު ކުރާނެ މުދިމެއް ނެތް، ހިނަވާނެ މީހެއް ނެތް، މީ ރައްޔިތުންނަށް އަޅާނުލުން، މިކަންކަން ހުއްޓުވާ ތަރައްޤީގެންނާން ޖެހޭ، އެކަން ކުރެވޭނީ ލާމަރުކަޒީ އުސޫލުތައް ދިރުވަައިގެން، އެއީ ވަކި އުސޫލުތަކެއް ވަކި ކަންކަމެއް ކޮށްގެން ކުރެވޭނެ ކަމެއް، މީ ޕޯސްޓަރުތަކުގައި ރައީސް ޔާމިންގެ ބޮޑު ފޮޓޯ ޖަހައިގެން ވާނެ ކަމެއް ނޫން، ރައްޔިތުން ތަރއްޤީ ކުރެވޭނީ ރައްޔިތުންނަށް އަޅާލައިގެން، އެއްފަސް ކުރަންވެސް ޖެހޭނެ، އޭގެ މާނއަކީ އެންމެ ގެންގޮސް ހުޅުމާލެއަށް ޖަމާކުރުމެއް ނޫން.: ނިޒާރު

 

މިމަހުގެ 27 ވަނަ ދުވަހު މަޖްލީހުގައި މުހިތްމު ވޯޓެއް އެބައުޮތް، އެވާހަކަ ދައްކަންޖެހޭ، ރައްޔިތުންގެ މަޖްލީހަކީ ރައްޔިތުންގެ ތަނެއް، އެއީ ރައީސް ޔާމިން އަދި ރައީސް ނަޝީދުގެވެސް ތަނެއް ނޫން، އަޅުގަނޑުމެން މިއުޅެނީ ރައްޔިތުންގެ މަޖްލިސް މިނިސްވަން ކުރަން، މިއީ ޒާތީވެގެން ކުރަން އުޅޭ ކަމެއް ނޫން، ރައްޔިތުންގެ މަޖްލިސް ރައްޔިތުންނަށް ހޯދައިދިނުން، މަހްލޫފް ވަނީ ޖަލަށްލާފަ، ސަރުކާރުގެ ނޭގާނީ ވާހަކަ ދައްކާތީ ވީގޮތް، ރާއްޖޭގައި ހިނގާ ހުރިހާ ނޭނގާނީ ހުރިހާ ކަމެއް އިސްލާހު ކުރަން އޮތް ތަނަކީ ރައްޔިތުންގެ މަޖްލީސް، އެތަން އިސްލާހުނުވެ، މިނިވަން މުއައްސަސާތަކާއި ކޯޓުތައްވެސް މިނިވަނެއް ނުކުރެވޭނެ، އެއީ އެއްވެސް ޙާލެއްގައި ޒާތީ ވުމެއް ނޫން، އަޅުގަނޑުމެން ބޭނުމެއް ނޫން ރައީސް ޔާމިންއާ ކުޅޭކަށް ރައީސް ޔާމިންގެ ވެރިކަމެއްވެސް ވައްޓާލާކަށް ބޭނުމެއް ނުވޭ، އެމްޑީޕީން ބޭނުންވާނީ ޑިމޮކްރެޓިކް އިންތިޚާބަކަށްދާން، މީ ބިރުން ބަޔަކު އުޅެންވީކަމެއް ނޫން، އަޅުގަނޑުމެންނަށް ވަނީ އިންޒާރުތައް ލިބިފަ، އެކަނކުރާނެ، ރައީސް ނަޝީދާއި ޝޭޚް އިމްރާންވެސް ޖަލަށްލީ ސަރުކާރުގެ ކުރމަތީގައި ބޯނުލަބައިގެން، 

24 މާރޗް 2017 | ހުކުރު 03:52
Writer Profile Picture
އަހުމަދު ފައިރޫޒު
މުޙައްމަދު ރިޒާން އަތޮޅު ކައުންސިލް މެމްބަރު

ލާމަރުކަޒީ ގާނޫނު އެކުލަވާލެވުނީ ރައްޔިތުންގެ ބާރުވެރި ކުރުވަން، އެކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރަނީ އެމްޑީޕީން، އެކަމަކު އެވެރިކަން ތިން އަހަރުވިތަނާ ބަދަލުކޮށްލި ހިސާބުން އެގާނޫނު ވަނީ އެގޮތް މިގޮތަށް ކޮށާމަށާފަ، އެމްޑީޕީ ލާމަރުކަޒީ ނިޒާމެއް ޤައިމްކުރަން މަސައްކަތް ކުރަނީ ހެޔޮ ވެރިކަމެއް ޤާއިމްކުރަން، ރައީސް ނަޝީދުގެ ވިސްނުންފުޅަކީ ވެސް ރައްޔިތުން ބާރުވެރިކުރުން، އެމަނިކުފާނު ވެރިކަންކުރާކަށް ނޫން، ލާމަރުކަޒީ ނިޒާމެއް ފައްކާވުމުން ފައިދާ ވާނީ ރައްޔިތުންނަށް، ކައުންސިލް އިންތިޚާބު ފަސްކުރުމަކުން ހިތްވަރަކަށް ބަދަލެއް ނާންނާނެ، އިތުރަށް ފަހަތަކަށް ނުޖެހޭނެ، ކައުންސިލުގައި ސަރުކާރާއި ގުޅިގެން މަސައްކަތްކުރަން އުޅުނުން، މި ސަރުކާރުން އެއްވެސް ފުރުސަތެއް ކައުންސިލުތަކަކަށް ނުދޭ، އެވަރުންވެސް އަޅުގަނޑުމެން ދުލެއް ނުދެން، އެކި ގޮތްގޮތުން ރައްޔިތުން ބޭނުންވާ ކަންކަން ސާފުކޮށް ބައެއް ކަންކަން ކުރެވިފައިވާނެ، ނުކުރެވޭކަމެއް އެގޮތަކަށް ދިމާވަނީ ސަރުކާރުގެ ފަރާތުން ލިބެންވާ އެއްބާރުލުން ނުލިބިގެން: ރިޒާން / އަތޮޅު ކައުންސިލް މެމްބަރު

24 މާރޗް 2017 | ހުކުރު 03:34
Writer Profile Picture
އަހުމަދު ފައިރޫޒު
ރައްޔިތުންގެ ތިޖޫރީ ވަގަށް ނަގައިފި

އަޅުގަނޑުމެންގެ ގައުމުގެ ތިޖޫރީ ވަގަށް ނަގައިފި، އަޅުގަނޑުމެންގެ ގޮހޮރު ދަމަައިގަނެފި، ރައީސް ނަޝީދާ ދިމާލަށް ވަރަށް އެއްޗިހި ކިޔައިފި، އެކަމަކު އަޅުގަނޑު ދަންނަވާނީ ތީތީ މިހާރު ވޯކެއް ނުކުރާނެއޭ، އަންހެނުން ގޭގައި ކައްކަން ތިބިގެން ވާކަށް ނެތް، ތަކެތީގެ އަގު ބޮޑުވެއްޖެ، ގައުމުގެ ހާލަތު ބަދަލު ކުރަން ޖެހޭ، އެކަނ ކުރަން ނުކުންނަން ޖެހޭ، ރައީސް ނަޝީދު ދެކެ ލޯބިވަނީ އެއީ ލޯތްބާ ކުލުނު ދޭން އެނގޭ ރައީސެއް، ރައީސް ޔާމިންގެ ދެކެ ލޯބި ނުވެވުމަކީ އަޅުގަނޑުމެންގެ ކުށެއް ނޫން، ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ދިނުމަކީ މަޖުބޫރު ކަމެއް، ރައީސް ޔާމިން ވެރިކަމަށް ވަޑައިގަތީ މެނިފެސްޓޯ އަކާއިއެކު، އެ މެނިފެނިސްޓޯ ތަންފީސް ކުރުން ލާޒިމް، ތިލަފަތަށް ވޯޓް ދޭންޖެހޭނީ ވައްކަމާއި ކޮރަޕްޝަނާއި ޚިޔާނާތް ނައްތާލަން: ފަރުޒީނާ / ކެނޑިޑޭޓެއް

24 މާރޗް 2017 | ހުކުރު 03:25
Writer Profile Picture
އަހުމަދު ފައިރޫޒު
މި ސަރުކާރަކީ ހުއްޖަތް ދައްކާ ސަރުކާރެއް

މި ސަރުކާރަކީ ހުއްޖަތް ދައްކާ ސަރުކާރެއް، މިސާރަކަށް އެއްވެސް ކަމެއް ނުކުރެވޭ، ދައްކަނީ ހުއްޖަތް، ސަރުކާރުން އެންމެ ބިރު ގަންނަނީ ރައީސް ނަޝީދުދެކެ، އެހެންވެ އެމަނިކުފާނު ވަނީ ހައްޔަރުކޮށް ހުކުމްކޮށް، ސަރުކާރުން ބޭކާެު ވާހަކަ ނުދައްކާ ރަށުގެ ތަރައްޤީއަށް ކޮށްދޭންޖެހޭ ކަމެއް ކޮށްދޭނީ ވަކި ބަޔަކަށް ކައުންސިލް ލިބިގެނެއް ނޫން، ރައްޔިތުންގެ ހައްގުތައް ހޯދައިދޭން ޖެހޭނެ: ސުޖާއު / ކައުންސިލްގެ ނައިބު ރައީސް

24 މާރޗް 2017 | ހުކުރު 03:16
Writer Profile Picture
އަހުމަދު ފައިރޫޒު
އެމްޑީޕީ ޖަލްސާ ކުރިއަށްދާ ހަރުގެއަށް ގާއުކައިފި

އެމްޑީޕީން ގައްދޫގައި ބާއްވާ ޖަލްސާއަށް ހުރަސްއެޅުމުގެ ގޮތުން ޖަލްސާ ކުރިއަށްދިޔަ ހަރުގޭގެ ފުރާޅަށް ވަނީ ގާއުކާފަ، ދެ ގާ ބުރިއެއް ވަރު ވަނީ އެއްލާފަ. އެކަމަކު ޖަލްސާ ދަނީ ކުރިއަށް، ހަމަ މިރޭ ގައްދޫގައި ޕީޕީއެމްގެ ކަނޑިޑޭޓުންވެސް ޖަލްސާއެއް ދަނީ ބާއްވަމުން

24 މާރޗް 2017 | ހުކުރު 03:06
Writer Profile Picture
އާމިނަތު ނުޒުހާ
ޒިފްލީން ހަސަން

މި ޖަލްސާއަށް އައިއިރުވެސް ޕީޕީއެމްގެ ޖަލްސާއެއް ކުރިއަށްދޭ، އެކަމަކު ދެންމެ އެ އިވުނީ މި ފުރާޅަށް ގާ އުކި އަޑު، ބަދަލު ހިފުމުގެ ރޫހު އަޅުގަނޑުމެން ނުގެން ގުޅޭން، އަމާން ވެއްޓެއްގައި ކުރަން ޖެހޭ ކަންކަން އަޅުގަނޑުމެން ކުރާނީ، ކިތަންމެ ބޮޑެތި ބޯޑު ބެހެއްޓިއަސް ނުރަނގަޅު ރަނގަޅެއް ނުވާނެ

24 މާރޗް 2017 | ހުކުރު 02:56
Writer Profile Picture
އާމިނަތު ނުޒުހާ
ރައީސް ޔާމީނަކީ 5 ޕަސެންޓްގެ ބޭ ފުޅެއް

ރައީސް ޔާމީނަށް އެމަނިކުފާނުގެ ސައިޒު ދައްކާލާނަން، އެމަނިކުފާނަކީ އެންމެ 5 ޕަސަންޓްގެ ބޭފުޅެއް، ރައްޔިތުން ހަނާވާ ފަނާވާން ފުރުސަތެއް ނުދެވޭ، މި މަސައްކަތުން މި އެނގެނީ ރައްޔިތުން ބޭނުންވަނީ މި ނިޒާމްކަން، މިނިޒާމް ތައާރަފް ކުރީ އެމްޑީޕީން، މި އިންތިޚާބު ފަސޭހަކަމާއި އެކު އެމްޑީޕީން ކާމިޔާބު ކުރާނަނަް- ޒިފްލީން

24 މާރޗް 2017 | ހުކުރު 02:53
Writer Profile Picture
އާމިނަތު ނުޒުހާ
ފަލަސުރުޚީ ގައްދޫގައި އެމްޑީޕީން ބާއްވާ ޖަލްސާ

  ގައްދޫގައި އެމްޑީޕީން ބާއްވާ ޖަލްސާ ފެށިއްޖެ. 

24 މާރޗް 2017 | ހުކުރު 02:47